ރަށް ފުށުގެ ނަލަ ރީތި ބަގީޗާ ތަކާއި ނޫކަން ގަދަ މުދާއި . ދޮން ވެލިން ސަލާމަތް ވެފައި ވާ މާލެ އަކީ ރާއްޖޭ ގެ ބިންގާ ހުރިހާ ކަމެއްގެ ވެސް ފެށުމާ އި ނިމުން އެކުލެވިގެން ވާ އާބާދީ ބޮޑު ނަމަ ވެސް ނިސްބަތުން ކުޑަ މިރަށު 4 އަވަށެއް ވާއިރު ސާފު ކަޑުން ވަކިވެފައި ވާ 2 އަވަށަކަށް ބެހިގެން ވާ މާލެ އަކީ ދިވެހިން ގެ އަމާޒް . ދިވެހިންގެ ދިރިއުޅުމަށް ބަދަލު ތަކެއް އަންނަ މި ތަރައްޤީގެ ބާނީ އަކީ ވިސްނާލަން ހިއްގައިމު ކަމުގައި ވިޔަސް ދިރިއުޅެން މާކަ ރަގަޅު ތަނެއް ނޫން … ފެހި ފަތް ކޯޅި ތަކުން ފޮރުވެފިއި ވާ އިމާރާތް ތަކުންނެވެ . ވައިރޯޅި އެއްގެ އުއްމީދުގައި ދަހިވެތި ވުމުގެ ބަދަލުގައި ލިބުގެން ދާނީ ހިރަފުހާއި ދިމުންނެވެ . ހާލެއް ކުކުޅެއް ނުފެންނަތާގައި ރަސްކަން ކުރަމުން ގެންދަނީ ސައިކަލާއި ކާރެއެވެ . އިރުވައި މޫސުމުގައި ނަރަކައިގެ އަލިފާނެއް ހިތައް އަރުވާލިޔަސް ފަދަ ހޫނެއް ކުރުވަނީ އަދި ހުޅަނގުގެ ކަޑާއި މަގު ވަކި ނުވާއިރު މި ރަށަކީ ދިވެހި ރާއްޖޭގެ ބޮޑު ހިދުމަތް ދޭ ރަށެއް ކެވެ . މިހާލުގައި އުމުރު ހުސްކުރާނެ އެތައް ބަޔަކު ފާހަގަ ކޮށްލެވޭނެއެވެ . އެ ގޮތުން މާލޭގެ ހުޅަނގު އައްސޭރީ ފަށުގައި ދިރިއުޅެމުން އަންނަ އެކަކަށް ރިޔާނާ ވާނެއެވެ ……..
2 ވަނަ ބަޔައް އިންތިޒާރު ކޮށްލަވާ …………….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

reethi feshumeh