Skip to content
އެސްފިޔަ

މާޔޫސް ކުރުވިއެވެ.

އާޅެން

ދީވާނާ ވެވުނެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ނަފްރަތާއެކު މޫނު އަނބުރާލިއެވެ.

ބުޅާ ފެނުމުން ދުވާ މީދަލެކޭ އެއްގޮތެވެ.

ގޮނޑުދޮށަށް ބީއްސާލި ރާޅެއް ފަދައެވެ.

ބީހި އުޅުމަށްފަހު ވަކިވެ ދިޔައީއެވެ.

މަފަކީރުގެ ކުށަކީ ކޮބައިކަން އަންގާނުލައެވެ.

ހަނދާން ތައް އާވެ އިންތިޒާރު ކުރެވެނީއެވެ.

އިވުނު ޚަބަރުން ހިތް ތޮރުފިގެން ދިޔައެވެ.

މަހުޖަނަކާއި ކައިވެނި ކުރަނީއެވެ.

ކެހިދިނީ ކީއްވެކަން ވިސްނުމުން މާޔޫސް ވެވުނެވެ.

ބިތްޖެހެވި ގަނޑު ވެފައި އިނދެވުނެވެ.

ކަތިމަގަކުން ނުދެވުނީ ނޫނެކޭ ބުނަން ކެރުނީމައެވެ.

ރަޙުމާއި ހަމްދަރުދީގެ އަތެއް ލިބުނީ އެހިނދެވެ.

އޯގާތެރި ފިރުމުން ލިބެން ފެށުމުން ކެހިވެރިޔާ ހަނދާންނެތުނެވެ.

ނަފްރަތުގެ ހުޅުކޮޅު ރޯވެ ބޭވަފާ ތެރިޔާގެ ލޯބި އަނދާ ހުލިވީއެވެ.

Comments (7)

  1. shdhr:!?

    Nice..?

    1. ismail ali kaleyfaanu
      shdhr:!?

      thax .good job. alah fashaiganna kudhinnah ves v bodu hivvareh dhemun thiyagendhany.

  2. ?

    great job ????

  3. ކަލާ 123

    އިސްމާޢީލުގެ ޅެންތަކަކީ ދަހިވެތިކަމާެކު އިންތިޒާރު ކުރެވޭ އެއްޗަކަށް ވެއްޖެ.

    1. ismail ali kaleyfaanu
      ކަލާ 123

      shukran.

  4. someone

    Lol…this may be my life

    1. ismail ali kaleyfaanu
      someone

      thanx

Comments are closed.