Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރުހާލެވުނޭ ތި ސޫރަ މިހިތުގައި….2ވަނަބައި

rishu Level 110 Stories
December 5, 2018 One Min Read
2 Comments

“ހަލޯ” މަލަކު ފޯނުނެގިއެވެ.”މަލަކޫ… ނުވެސް ގުޅަމެއްނު އަހަންނަކަށް… ރިޔާ އެކަނި ގުޅަނީ… ހަނީ މޫންއޭ ކިޔާފައި ނުޖެހޭ އަހަންނަށް ނުގުޅާ ހުންނާކަށް…..” ޒޯޔާ ޝަކުވާކުރަމުންދިޔައިރު މަލަކު ގާތަށް އަންނަނީ ލާނެތް ހިންޏެކެވެ. “ހޫމް..ދެން ހެވޭ ނުކިޔާދިނަސް ސޮރީ..”މަލަކު ހިނިގަނދު ހިފަހައްޓަމުން ބުނެލިއެވެ.” މަލް ނުބުނާތި ރިޔާގާތު އަހަރެން އަންނަ ވާހަކަ…ޕްލީޒް” ޒޯޔާ އާދޭހުގެ ރާގަށް ބުނެލިއެވެ.”ޒޯ…މީ….ރިޔާ…ވަރަށް ޑިފަރެންޓް އުޅޭލެއް…ކުރީގެ ރިޔާ އެއްނޫން އެއީ…”މަލަކު އަޑު މަޑެވެ. “ކިހިނެއްވީ؟ ރިޔާ ބަލިވީތަ؟” “އައި ޑޯންޓް ނޯ.. އަބަދު ފެންނަނީ ހާސްވެފައި ހުންނަތަން… އެހީމަ ބުނަނީ ފްރެންޑެއް ފޯނު ނުނަގާތީއޭ…އައި ތޯޓް އެއީ ޔޫ ކަމަށް…”މަލަކު ބުންޏެވެ.”މަލަކް ޖަސްޓް ޑޫ ވަން ތިންގް…. މޭކް ހާރ ސްމައިލް…މިބުނީ އެނާ ފިކުރުކުރާކަށް ފުރުސަތު ނުދޭށޭ…”ޒޯޔާ ބުނެލިއެވެ. “އޯކޭ…..ޒޯ.. ދާން ވެއްޖެ… ބައި….ހޭވް އަ ސޭފް ޓްރިޕް” އިޒާން އަންނަން އިޝާރަތް ކުރިތަން ފެނިފައި މަލަކު އަވަހަށް ފޯނު ބޭއްވިއެވެ.

***އަނެއް ދުވަސް***

އަރިޔާ ހެނދުނު ހޭލައިގެން ރީތިވެ ހުރިހާ ކަމެއްކޮށް ހެނދުނު ނާސްތާ ކުރަންވެގެން ކޮޓަރިން ނުކުތެވެ. ސިޓިންރޫމްގެ ހާލު ފެނިފައި އަރިޔާ ހުރެވުނީ އަނގަހުޅުވައިގެންނެވެ.”އޯ ގޯޝް” ސިޓިންރޫމްއެކޭ ކުޑަކުދިންގެ އުފަންދުވަހުގެ ޕާޓީއަށް ތައްޔާރު ކޮއްފައި އޮތް ހޯލްއެކޭ ތަފާތެއްނެތެވެ. އެކި ކުލަކުލައިގެ ފުއްޕާހަންތައް އެލުވާފައި ހުރި އިރު ‘ވެލްކަމް ހޯމް ބްރޯ’ގެ ބެނަރއެއް ހަރުކުރެވިފަވެއެވެ. އަރިޔާހަމަ ބިމަށް އައުމާއެކު އެނާ ބަދިގެއަށް ވަދުނެވެ. ކޮފީތައްޓެއްހަދާލުމަށްފަހު އޭނާ ބަދިގެއިން ގޯތިތެރެއަށް ނުކުމެވޭގޮތަށް ހަދާފައިން ދޮރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އަރިޔާ ދޮރުކަނީ ގައި ލެގިލުމަށްފަހު އަރިޔާ ފުންވިސްނުމަކަށް ގެނބުނެވެ.

ބަދިގެއަށް ވަދުނު މަލަކުއަށް އަރިޔާ ހުރި ގޮތް އަރިޔާ ފިކުރު ކުރަނީކަން އެނގުނެވެ. މަލަކު ބަލާކަށްނުހުރެ އަރިޔާ އަތުގައި އޮތް ކޮފީތަށި އަތުލިއެވެ.”ދެން މަގޭ ކޮފީތަށި… މަލަކޫ” މަލަކު ކޮފީ އެއްކޮށް ހުސްކޮށްލިތަންފެނިފައި އަރިޔާ ރުޅިއައިކަމަށް ހެދުނެވެ.”ދެން އަރިޔާ ….. ކޭކް އަޅަންއުޅެބަލަ އެމީހުން އަންނަންވާއިރަށް ނިންމާލަންޖެހޭ ” މަލަކު ޒޯޔާ ބުނިފަދައިން އަރިޔާ ކަންކަމަށް ފިކުރުކުރާކަށް ފުރުސަތުނުދޭން މަސައްކަތް ކުރިއެވެ.”ހޫމް…. ހިނގާ” އަރިޔާ ހިނިތުންވެލަމުން ބުނެލިއެވެ.

***2 ގަޑިއިރު ފަސް****

“ފައިނަލީ” އަތްފޮޅާލަމުން މަލަކު ސިންކު ކައިރިއަށް ޖެހިލިއެވެ. ކޭކްއަޅަންވެގެން އަރިޔާ  ގިނައިރު ކޮޅަށްހުރުމުގެ ސަބަބުން ފަޔަށް ތަދުވާތީ އޭނާ ގޮނޑިއެއްގައި އިށީނދެ ކޭކަށް ނަޒަރެއް ހިންގާލިއެވެ. އިޒާން ބުނިގޮތަށް ޗޮކޮލެޓް ކޭކް ވަށައިގެން ޗޮކޮލެޓް ފްރޮސްޓިން އަޅަލެވިފައިވާއިރު އޭގެމަތީގައި ޗޮކޮލެޓް ސްޕްރިންކަލްސް އަޅާލެވިފައިވެއެވެ. އެވަގުތު އޭނާ ހަނދާނަށް އައީ އޭނާގެ މަންމަ އާއި ބައްޕައަށްފަހު އޭނާ އަށް އަލާލި އަދި އޭނާ އަށް ދިރިއުޅެން ދަސްކޮށްދިން އަޒުރާމަތިންނެވެ. އަޒުރާގެ ސޫރަ ލޯކުރިމަތިން ސިފަވި ހިނދު އޭނާގެ ދެލޮލުން ކަރުނަތިއްކެއްވެއްޓުނެވެ. އޭނާ ހިތާހިތުނ އަޒުރާ ހެޔޮހާލުގައި ލެއްވުމަށް އެދި ދުޢާކުރެވުނެވެ.

ހިޔާލުތަކުގެ ތެރޭ އެނބުރި އިން އަރިޔާ ސިހިގެން ދިޔައީ އިޒާންގެ އަޑުންނެވެ.”އަރިޔާ…ކޭކް ރެޑީތަ؟އަވަސްކުރޭ” އަރިޔާ ކޭކް ނިމިއްޖޭބުނުމުން އިޒާން ކޭކްހިފައިގެން ސިޓިންރޫމް އަށް ނުކުތެވެ. އަރިޔާ ސިޓިންރޫމްގައި ތިބިކުދިންނަށް ބަލާލިއެވެ.ކުދިންތައް މައިދޮރުގެ ދެފަރާތުގައި އެތުރިގެނ ތިބިއެވެ.އަރިޔާ އެކަމުގައި ބައިވެރިވާން ހިތްއެދުނަސް އެނަ ބއިވެރިކުރާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އޭނާ އަކީ ނިކަމެތި ފަޤީރެކެވެ. މަންމަ އާއި ބައްޕަ މި ދުނިޔޭގައި ތިބިނަމަ އަރިޔާގެ ދިރިއުޅުން ތަފާތުވާނެކަން ޔަގީނެވެ. ކެތްތެރިވެލަމުން އަރިޔާ ބަދިގެއަށްވަދުނެވެ. އެތަން މަލަކުއަށް ފެނުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

rishu

Level 110 Stories

i love to read stories as well as write stories.

Other Articles

Previous

ލޯބިވެވުނީ އެވެ. – 10

Next

ވުމުން ހިތެއްގެ މިލްކުގައި 4

Next
December 5, 2018

ވުމުން ހިތެއްގެ މިލްކުގައި 4

Previews
December 5, 2018

ލޯބިވެވުނީ އެވެ. – 10

2 Comments!

  1. rishu says:
    December 6, 2018 at 10:33 am

    here is the 2nd episode of the story
    hope u like it.
    Enjoy??

  2. Haapy says:
    December 7, 2018 at 12:09 am

    Nice. Whn next part? Thankolheh dhigukohladhehchey.??❤️

Comments are closed.

Next Episodeކުރަހާލެވުނޭ ތިސޫރަ މިހިތުގައި….3ވަނަބައި←


All Right Reserved!