Skip to content
އެސްފިޔަ

24 ގަޑިއިރެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ﷲ ސުބްޙާނަހޫ ވަތަޢާލާ ތަދްބީރު ކުރައްވަވާފައިވާ ފުރިހަމަ އުޞޫލާއި އެއްގޮތަށް ކާއިނާތުގެ ކަންތައް ހިނގަމުން ދެއެވެ. އެކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދުނިޔެ ދައުރުވެއެވެ. ރޭދުވާ ތަކުރާރުވެއެވެ.އިރުއަރާ އޮއްސެއެވެ. އިންސާނާގެ ވުޖޫދު ނިމުމުގެ މަރްހަލާތައް ކަޑައްތު ކުރަމުން ދަނީ ރޭވިފައިވާ ނިޒާމުގެ ތެރެއިންނެވެ.

އިންސާނައަށް ހީވަނީ ވަގުތު ވަރަށް ހަލުވި ކަމާއިއެކު ދާކަމުގައެވެ.އެހެންނަމަވެސް ދުވަހެއްގެ ދިގު މިނަކީ 24 ގަޑިއިރެވެ. 1440 މިނެޓެވެ.86400  ސިކުންތެވެ.

ރޭވިފައިވާ ނިޒާމަކަށް ބަދަލެއް ނާންނާނެއެވެ. އިންސާނަ އޭނާގެ ޢަމަލުތައް ކުރުމުގައި ރޭވިފއިވާ ނިޒާމަށް ތަބަޢަ  ވާންޖެހޭނެއެވެ. އިންސާނަކު ބޭނުން ވިޔަސް ދުވާލެއްގެ ދިގުމިން 24ގަޑި އިރަށްވުރެ ދިގު ނުކުރެވޭނެއެވެ. އިންސާނުންނަށް ވަގުތު މުހިއްމު ވަނީ މިސަބަބަށްޓަކައެވެ.

ރެއާއިދުވާލުގެ ތެރެއިން އިންސާނާއަށް ލިބިފައިވާ 1440 މިނިޓްގެ ތެރެއިން ﷲ ފަރްޟު ކުރައްވާފައިވާ ފަސްނަމާދު ކުރުމަށް ހޭދަވާނީ ގާތްގަޑަކަށް ފަންސަވީހަކަ މިނިޓެވެ. ދެންބާކީ ހުރި ހުރިހާ ވަގުތަކީ އެކިއެކި ކަންކަމުގައި ހޭދަކުރާ ވަގުތެވެ.މިހުރިހާ ވަގުތެއްވެސް އެމީހަކު ބޭނުން ނަމަ އަޅުކަމެއްގެ ގޮތުގައި ހެދިދާނެއެވެ.އެއީ ރަނގަޅު ނިޔަތެއްގައި ﷲ ހުއްދަ ކުރައްވާފައި ގޮތުގައި އެކަންތައް ކޮށްގެނެވެ.

މުއްސަންޖަކަސް ފަޤީރަކަސް ދޮންމީހަކަސް ކަޅުމީކަސް އިސްތިސްނާއެއް ނެތި ވަގުތުލިބޭނީ އެއްވަރަކަށެވެ.ދުނިޔޭގައި ކާމިޔާބު ހޯދާފައިވާ މީހުން އެމީހުން ކާމިޔާބު ހޯދާފައިވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެނެވެ.

އިންސާނުންނަށްވަނީ ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުއްވާ ދެއްވާފައެވެ.އެދޮރުކޮޅުތަކުން އިންސާނުން ވަދެގެންދާންވީއެވެ.އިންސާނުން ދިރިއުޅުމުގެ މައިގަނޑު އަމާޒަކަށް ވާންވާނީ ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމެވެ.

Comments (3)

  1. ނާހީ

    ma sha Allah keep up the good work

    1. ismail ali kaleyfaanu
      ނާހީ

      ޝުކްރަން

  2. HAWWA

    MA SHA ALLAH.. V FURIHAMA

Comments are closed.