އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ރޮއިރޮއި ހަނާވުން ނޫންގޮތެއް ނެތެވެ.
މަޔަކަށް ވުމުގެ ނަސީބެއް ނުލިބުނެވެ.
ފިރިމީހާގެ ކުދިން ތިބޭތީ އިތުރު ކުދިން ނުހޯދަނީއެވެ.
އަހަރެންގެ ހިތުން ކެކި އުތުރިއަރާ ޖަޒްބާތުތަކުގެ އަސަރެއްނުކުރިއެވެ.
މަޔަކަށް ވުމަށްޓަކައި ޤުރްބާންތަކެއްވާންވީއެވެ.
މިލޯބި ދޫކޮށް އެލޯބި ހޯދަންވީއެވެ.
މަސްތީ ނިދީން ހެލަންވީތާ ކިތަންމެ ދުވަހެކެވެ.
މަޤްސަދެއް ނެތި ދިރިއުޅުމުގެ ބޭނުމެއް ނެތެވެ.
ތަކުރާރުކޮށް ކުއްޖަކު ބޭނުން ކަމަށް ބުނެފީމެވެ.
ކަހާތަން ހިރުވާވެސް ނުލައެވެ.
މިހާރު ރައްކާތެރި ޢުމުރު ގެއްލެނީއެވެ.
ދުވަސްކޮޅަކުން ޢިއްދައިންވެސް ކެނޑިދާނެއެވެ.
މޫސުން ދިއުމުން މަލެއް ނުބިދެވޭނެއެވެ.
ވަރިކުރިފުޅު ހެދިގޮތުން ބިރުގަތީބާވައެވެ.
ދަރިންނަކީ ދެމީހުންގެ އަމާނާތެކެވެ.
އެއްކޮޅު ދޫވެއްޖެ ނަމަ އަނެއްކޮޅަށް ބާރުބޮޑުވާނެއެވެ.
ދެދުނިޔޭގެ ބާއްޖަވެރި ކަމަށްޓަކައި އަމާނާތް އުފުލާން ތައްޔާރެވެ.
ރީތިނަން ލިބޭހިނދު އުފުލި ބުރަ ހަނދާން ނެތޭނެއެވެ.
ހެޔޮ ދުޢާ ކުރެވެމުން ދާހިނދު ފުރާނައަށް އަރާމު ލިބޭނެއެވެ.



