Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެގަޑި ތިރީސް – 13

naina Level 110 Stories
November 29, 2018 4 Mins Read
14 Comments

ޒަކޯއީ ކައިރީ އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއް ނާޝިދާއަކަށް ނޭންގުނެވެ. ޒަކޯއީގެ މޫނަށް ބަލަބަލާ އިނދެވުނީއެވެ. ކުއްލިއަކަށް ޒަކޯއީގެ ގައިން އަލިނިކުންނަން ފެށިއެވެ. އެއަލި މުޅިމީހާ ކަޝްފު ކޮށްލިއެވެ. ނާޝިދާ ސިހިފައި ކުޑަކޮށް ފަހަތަށް ޖެހެލެވުނުވެ. އަލި ގަދަކަމުން އޭނަ ލޯމަތީ އަތްއަޅާލިއެވެ. ކުޑައިރުކޮޅެއް ފަހުން އަލި ފަނޑުވިހެން ހީވުމުން ލޯމަތިން އަތްނެގިއެވެ. އަދި ވަށައިގެން ހޯދާލިއެވެ. ޒަކޯއީ ގެ އެއްވެސް ނިޝާނެއް ނެތެވެ. އޭނަ އެމީހުން ދޫކޮށްދިޔައީއެވެ.

ދޮރުގަ ތަޅާއަޑަށް އަނެއްކާވެސް ނާޝިދާ ސިއްސައިގެން ދިޔައެވެ. ދޮރު ހުޅުވުމަށް އޭނަގެ މަންމައާއި ބައްޕަ ގޮވަމުން ދެއެވެ. ނާޝިދާ ކުޑައިރުކޮޅަށް ފަސްޖެހުނެވެ. ބޭރުގަ ތިބީ އޭނަގެ މައިންބަފައިން ކަމާއިމެދު ޝައްކުވަނީއެވެ. ހަދަންވީގޮތް ނޭންގިފަ ހުއްޓާ ޒަކޯއީ ދިން އަނގޮޓިތައް މަތިން އޭނަ ހަނދާންވިއެވެ. އަވަސް އަވަހަށް އޭނަގެ ކަށި އިނގިލީގައި އެއް އަނގޮޓި އަޅާފަ ކޮއްކޮމެންގެ އަތުގަ ދެން ހުރި އަނގޮޓިތައް އެޅުވިއެވެ. އަދި މަޑުމަޑުން ދޮރާ ދިމާލަށް ދިޔައެވެ. ﷲ އަށް ވަކީލްކޮށް އޭނަ ދޮރުހުޅުވާލިއެވެ. ކުރިމަތީ ތިބީ އޭނަގެ މަންމައާއި ބައްޕަ އެވެ. ނާޝިދާ ނޭވާ ހިފަހައްޓާލައިގެން ހުއްޓެވެ. އެމީހުންނަށް އޭނަ ފެންނާނެބާއެވެ؟

އެދެމީހުންވެސް ތިބީ ނާޝިދާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އޭނަ މަންމަ ކުރިއަށް ޖެހިފަ އޭނަ ގައިގަ ބައްދާގަތެވެ. އަދި ބާރަށް ރޯންފެށިއެވެ. އެހާހިސާބުން ނާޝިދާއަށް ވެސް ކެތްނުކުރެވުނުވެ. އޭނަ ވެސް މަންމަގައިގަ ބާރަށް ބައްދައިގެންފަ ރޯންފެށިއެވެ. އާދަނުވެސް އެދެމައިން ކައިރިއަށް ޖެހިލާފަ ނާޝިދާ ގައިގަ ފިރުމާލިއެވެ. އަދި ކޮޓަރި ތެރެއަށް ވަދެގެން ދިޔައެވެ.

“ކޮބާ ޒަކޯއީ؟” ކޮޓަރިތެރެ ވަށައި ހޯދާލަމުން އާދަނު އަހާލިއެވެ. ނާޝިދާ އޭނަ މަންމަ ކައިރިން ދުރަށް ޖެހިލާފައި ބައްޕަ އާއި ދިމާލަށް އެނބުރިލިއެވެ. އޭނަގެ މޫނުމަތިން ފެނުނު ހިތާމަވެރިކަމާއި މޮޅިވެރިކަން ފެނި އާދަނަށް އޭނަގެ ސުވާލުގެ ޖަވާބު ލިބުނެވެ. އޭނަ ފެންކަޅިވިއެވެ.

“އިންނާލިއްލާޙި ވައިންނާއިލައިޙި ރާޖިޢޫން” މަޑުމަޑުން އާދަނު ބުނެލިއެވެ. ޒާހިޔާ މަޑުމަޑުން އެތެރެއަށް ވަދެ ނިދާފަ ތިބި ތިން ކުދިން ކައިރީ އިށީންދެލިއެވެ. އޭނަގެ ރުއިމަކަށް ބަދަލެއް ނާދެއެވެ.

“ޒަކޯއީގެ އިޙްސާންތެރިކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. މާތް ﷲ އޭނައަށް ދާޢިމީ ނިޢުމަތް ދެއްވާށި” ރޮމުން ރޮމުން ޒާހިޔާ ބުނެލިއެވެ.

ނާޝިދާ އޭނަ ބައްޕައާއި ދިމާލަށް ބަލާލިއެވެ. އޭނަގެ ހިތުގަ އޮތް ސުވާލު ތުންފަތާ ހަމައަށް ގެންނަން އުނދަގޫވިއެވެ. އާދަނަށް ނާޝިދާ ބުނަން އުޅޭ އެއްޗެއް އިނގޭކަހަލައެވެ.

“ދޮންމުހައްމަދަށް ވީގޮތެއް ނޭންގެ. އެމީހުން އޭނަ ގެންދިއައީ. އޭނަ މިހާރު ދުނިޔޭގަ…..” އާދަނަށް ބުނެވުނީ އެހިސާބަށެވެ. އޭނަގެ އަރުތެރެ ބެދުނެވެ. އެންމެ ކުޑައިރުއްސުރެ އެކުގަ އުޅުނު ރަޙްމަތްތެރިޔާ ދުނިޔެއިން ވަކިވެއްޖޭ ހިތައް އެރުމުން ހިތް ކުދިކުދިވިއެވެ. ނާޝިދާ އޭނަގެ ބައްޕަ ގައިގަ ބައްދާލިއެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ.

“ބައްޕާ އަހަންނަށް މާފް ކުރޭ. އަހަރެންގެ ސަބަބުން….”

“ނޫން ނާއްކޮ،” ނާޝިދާގެ ވާހަކަ މެނދުކަނޑާލާފަ އާދަނު ވާހަކަ ދައްކަން ފެށިއެވެ. “މީނާއްކޮގެ ސަބަބުން ވީކަމެއް ނޫން. މާފަށް އެދެން ޖެހޭނި ބައްޕަ. ތިދެމީހުންގެ ފަރާތުން.” ޒާހިޔާ އާއި ދިމާލަށް ބަލާލަމުން އާދަނު ބުންޏެވެ. “އަހަރެންނަށް ވިސްނާނުލާ ކުރެވުނު ކަމަކުން މިދުވަސް ދެކެން މިޖެހުނީ.” އޭނަ ނާޝިދާ ދުރުކޮށްލާފަ ލޮލުން ކަރުނަ ފޮހެލިއެވެ. “އަހަރެން ވަޢުދުވަން. ޒާހިޔާ އަށް ވެސް ނާޝިދާއަށް ވެސް. އަދި އަހަރެން އަމިއްލަ ނަފްސަށްވެސް. ދޮންމުހައްމަދު ހޯދާނަން. އޭނަ ދުނިޔޭގަ ހުރިއްޔާ ސަލާމަތް ކުރާނަން. އަދި ޔޫއާން ސަލާމަތް ކުރުމުގަ އަހަރެން ނާޝިދާ އަށް އެހީވާނަން. ޒަކޯއީއަށްވީ ވަޢުދު ފުއްދަދޭނަން.”

ޒަކޯއީގެ ނަން އިވުމުން ނާޝިދާ ހިތުތެރޭ ސުވާލުތައް ފުނިޖެހެން ފެށިއެވެ.

“ބައްޕާ، އަހަރެން އައިފަހުން ކިހިނެއްތަވީ؟ އަހަރެން މިތާ ތެރޭ އިންދާ ޔޫއާންއާއި އަޅައިގަނެގެން އުޅޭ ޖިންނި ބޭރުގަ ހުރެގެން ވަރަށް ގޮވި. ކީއްވެ އޭއްޗަށް މިގެއަށް ވަދެވުނީ؟ އަހަރެން ހީކުރީ ބައްޕަ މެން ކިޔަވާފަ ކަމަށް.”

އާދަނު ޒާހިޔާއާއި ދިމާލަށް ބަލާލާފައި އޭނަގެ ވާހަކަ ފެށިއެވެ.

“ދަރިފުޅާ މަންމައާއި ދެމީހުން އެކޮޓަރީގަ ބައިތިއްބާފަ ބައްޕަ އާއި ދޮންމުހައްމަދު ބެ ނުކުތީ ގޯތޮ ތެރެއަށް. ގޯތިތެރެވަށައިގެން ކިޔެވީ ދޮންމުހައްމަދު. އެކަން ނިންމާފަ ގޭތެރެ އަށް ވަދެ ސިޓިންގް ރޫމް ވަށައިވެސް ކިޔެވީ ދޮންމުހައްމަދު. ބައްޕަ ކިޔެވީ މި ކޮޓަރިއަށް. ދަރިފުޅު އައިސް ބައްޕަ ކައިރީ އެކޮޓަރިއަށް ދާން ބުނުމުން ބައްޕަ އަށް އިނގިއްޖެ ކަންތައް ވަރަށް ގޯށް ވެއްޖެކަން. ބައްޕަ ކައިރީ ދޮންމުހައްމަދު ބުނެފަ އޮތީ އެހާ އުނދަގޫކަމެއް ނޫނޭ. ބައްޕަގެ އެހީއެއް ބޭނުމެއް ނުވާނެއޭ. އެހެންވީމަ އޭނަ އަންނާށެ ބުނީމަ ކުޑަކޮށް ހިތުގަ ބިރުވެރިކަން އުފެދުނު. ބައްޕަ އެކޮޓަރިއަށް ވަންއިރު ޒާހިޔާ އޮތީ އެނދުމަތީގަ. އެންމެ ފުރަތަމަވެސް ބައްޕަ ދިޔައީ އޭނަ ކައިރިޔަށް. އޭރު ޒަކޯއީ އާއި ދޮންމުހައްމަދު ކިޔަވަނީ. އެމީހުންގެ އަތުގެ އިޝާރާތުން އެމީހުންނާ އެއްކޮށް ކިޔަވަން އަންނަން ބުނި. އަހަރެން އެމީހުން ކައިރީ އިށީނދެ ކިޔަވަން ފެށިތާ މާއިރުތަކެއް ނުވަނީސް މުޅިތަން އަނދިރިވީ. އެއްވެސް ތަނެއް ދޮރެއް ނުފެނޭ. އަހަރެންގެ ކިޔެވުން ހުއްޓާލެވެނު. އެކަމު ދޮންމުހައްމަދު އަހަރެން ގައިގަ ކޮށްޓާލާފައި ކުރިއަށް ގެންދާށޭ ބުނި. ދެން ކުއްލިއަކަށް އިވުނީ ޒަކޯއީ ވަރަށް ބާރަށް ހަޅޭއްލަވައިގެން އަޑު. ވެގެން އުޅޭގޮތެއް ނޭންގުނު. އަނދިރިގަނޑުގެ ތެރެއިން ބައްޕަ އަށް ފެނުނީ ޒަކޯއީ ހަށިގަނޑު ދިއްލެން ފެށިތަން. އެއަލިކަމުގެ ތެރެއިން އޭނަގެ ގައިގަ ވަށާލައިގެން ބޮޑުހަރުފައެއް އޮތްތަން ފެނުނު. ބައްޕައަށާ ދޮންމުހައްމަދުބެއަށް ލިބުނީ ސިހުމެއް. ދެމީހުންނަށްވެސް އެއްފަހަރާ ކިޔެވުން ހުއްޓާލެވުނީ.”

އާދަނު ލޯމަރާލިއެވެ.

“ދަރިފުޅާ، ބައްޕަ ދުވަހުކެވެސް އެހާ ބިރެއް ނުގަނެ. ބިރުންގޮސް ތިބީ ޝޮކެއްގެ ތެރޭގަ. އޭރުވެސް ޒަކޯއީ އަހަރުމެންނަށް އިޝާރާތްކޮށްފަ ކިޔަވާށެ ގޮވަމުން ދިޔަ. އޭނަވެސް ތުންތަޅުވަމުން ދޭ. އެހަރުފަ އައިގޮތެއް ވެސް އަހަރުންނަކަށް ނޭންގެ. އެކަމު އެވަގުތު އެއްކަންތައް ޔަޤީންވެގެން ދިޔަ. އަހަރުމެން ހަނގުރާމަ ކުރަމުން ދިޔައީ އާދައިގެ ޖިންނީންތަކަކާ ނޫންކަން. އަހަރުމެން ރައްކަލަށް ކިޔެވި އެއްޗެހީގެ ބާރު ކެނޑެނީއޭވެސް ހިތަށް އެރި. ދެން އެވަގުތު އިވުނީ ކުޑަދޮރުގެ އެއްޗެއް ޖެހޭ އަޑު އަހަރުމެން ދެމީހުންނަށް އެއްފަހަރާ ބަލާލެވުނު. އަހަންނަށް ފެނުނީ ހުސް އަނދިރިގަނޑު. އެކަމު ދޮންމުހައްމަދުއަށް އެތަނުން އެއްޗެއް ފެނުނު ކަން އިނގޭ. އޭނަ އިނީ އަނގަހުޅުވިގަ ބަލަހައްޓައިގެން. އޭނަގެ މޫނުމަތިން ކުލަވަރު ބަދަލުވިތަން ފެނުނު. ފުރަތަމަ ހިތާމަވެރިކަން ފެނުނު. ދެން މޫނުމައްޗަށް ވެރިވީ ހިނިތުންވުމެއް. އެހިނިތުންވުން ފެނިފަ އަހަރެންގެ ހިތަށް ފާޑެއްގެ ބިރެއްވަތް. އޭނަ ހީވި  މޮޔަވިހެން. ވީނުވީއެއް ނޭންގި ކުއްލިއަކަށް އަހަންނަށް ފެނުނީ ކުޑަދޮރާ ދިމާލަށް އޭނަ ދުއްވައިގަތްތަން. އަހަރެން އޭނަ ހުއްޓުވަން އުޅުމުގެ ކުރިން އޭނަ ގޮސް ކުޑަ ދޮރު ހުޅުވި. އަހަންނަށް އަޑު އިވުނު އޭނަ “ދަރިފުޅާ” އޭ ކިޔާފަ ގޮވާލި އަޑު. ދެން ފެނުނީ….ދެން ފެނުނީ ބޭރުގަ ތިބި…ތިބި މާރިދުން އޭނަ..އޭނަ ދަމައި….”

އާދަނަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. އޭނައަށް ގިސްލަ ގިސްލާފަ ރޮވެން ފެށިއެވެ. ނާޝިދާއާއި ޒާހިޔާ ތިބީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޒާހިޔާ ތެދުވެގެން ގޮސް އާދަނު ގައިގަ ފިރުމާލިއެވެ. ފިރިމީހާ އަށް ހިތްވަރުލައިދޭން އޭނައަށް ބުނާނެ އެއްޗެއް އެވަގުތު ނޭންގުނެވެ. އާދަނު ޒާހިޔާ އަތުގައި ހިފާލިއެވެ. އަދި އަމިއްލަ ނަފްސް ކޮންޓްރޯލް ކުރެވޭތޯ ބެލިއެވެ.

“ދޮންމުހައްމަދު ބޭރަށް ދަމައިގަނެގެން ގެންދިޔަ ދިމާލެއް ނޭންގެ. އަހަންނަށް ވަގިތުން އިނގިއްޖެ ދޮންމުހައްމަދުގެ ކިޔެވެލީގެ ބާރު ކެނޑުނީކަން. އަހަރެން އެންމެ ފުރަތަމަވެސް ބޭނުންވީ މިކޮޓަރިއަށް ދަރިފުޅުމެންކައިރިއަށް އަންނަން. އެކަމު އަހަންނަށް އެއްވެސް ކަމެއް ކުރެވުމުގެ ކުރިން ބޭރުގަ ތިބި ޖިންނީންތައް އެތެރެއަށް ދެމެން ފެށި. އަހަރެން ފަހަތަށް ޖެހެމުން އަޑުހަރުކޮށް ކިޔަވަން ފެށިން. އެކަމު އަހަރެންގެ ކިޔެވެލީގެވެސް ބާރު ކެނޑެމުންދާހެން ހީވާން ފެށި. އެވަގުތު ހިތަށް އެރި މީއަހަރުމެން އެންމެންގެ ފަހު ދުވަހޭ. ޝަހާދަތްވެސް ކިޔާލެވުނު. އެކަމު ކުއްލިއަކަށް ޒަކޯއީ އަހަރެންގެ ކުރިމައްޗަށް އެރި. މުޅިތަން އެއްކޮށް ދިއްލިގެން ދިޔަ. އަހަންނަށް އިވުނު އޭނަ ގޮވާލި އަޑު ޒާހިޔާ ކައިރިއަށް ދާށެ. އަހަރެން ލޯކުޑަކޮށްގެން ޒާހިޔާ އޮތް ދިމާލަށް މަޑުމަޑުން ދިޔައިން. ކޮޓަރި ތެރޭ ގުގުމާލާފަ އޮތީ ހަޅޭކުގެ އަޑު. ވާނުވާއެއް އަހަންނަކަށް ނޭންގެ. އަހަރެން ޒާހިޔާ ކައިރިޔަށް ގޮސް އޭނަގައިގަ ބައްދައިގެނެގެން އޮވެ ކިޔަވަން ފެށި. އަނެއްކާވެސް ޒަކޯއީ އަހަރުމެން ކައިރިޔައަށް އައިސް އަހަރުން ދެމީހުންގެ އިނގިލީގަ އަނގޮޓިއެއް އެޅުވި. އެކަމު އެއްވެސް އެއްޗެއް  ނުބުނެ އޭނަ އަނެއްކާވެސް އެއަލިގަނޑު ތެރެއަށް ފޭދުނު. ވާއެއް ނުވާއެއް ނޭންގެ. އަހަރެން ކިޔެވެލި ކިޔެވުން ހުއްޓައެއް ނުލަން. މީހާ އޮތީ ބިރުން ފިތްކަނޑައިގެން ދާވަރުވެފަ. އަހަރެން ހިތަށް އެރި އެވަގުތު މިތިބީ ހާމައަށެ، ކީއްވެބާއޭ އެއްވެސް ޖިންނިއެއް އަހަރުމެންނަށް ހަމަލާ ދޭން މަސައްކަތް ނުކުރަނީ”

އާދަނު ވާހަކަ މެދުކަނޑާލާފައި އޭނަގެ އަތުގައި އޮތް އަނގޮޓިއަށް ބަލާލިއެވެ.

“މިހާރު އިނގިއްޖެ ކީއްވެކަން.” (ނުނިމޭ)

 

ނޯޓް: ކުރިއަށް އޮތް ދެހަފްތާގައި އަޅުގަނޑު ރާއްޖޭގައި ނުހުންނާނެތީވެ، ދެންއޮތް ޕާރޓް އަޅުގަނޑަށް ގެނެސްދެވޭނީ ޑިސެމްބަރ 17 ގަ. މިކަމަށް ހުރިހާ ކިޔުންތެރިންގެ ފަރާތުން އަޅުގަނޑު ވަރަށް ބޮޑަށް މާފަށް އެދެން.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

ޙަޤީޤަތް އެނގޭނީ އެއްއޮޑީން ދަތުރު ކޮށްލީމައެވެ.

Next

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 12

Next
November 29, 2018

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 12

Previews
November 29, 2018

ޙަޤީޤަތް އެނގޭނީ އެއްއޮޑީން ދަތުރު ކޮށްލީމައެވެ.

14 Comments!

  1. ?shifrraa?Shifnaa? says:
    November 29, 2018 at 7:00 pm

    Yey me 1st. It’s ok dear. Shifoo mi vaahaka up vaa dhuvahakah inthizaaru kuraanan. Mi bai vx varah reethi. Thanks mihaa reethi koh vaahaka genes dhey theeve. L Y Naina????

  2. Ibsha says:
    November 29, 2018 at 10:39 pm

    Varah reethi

  3. unique says:
    November 30, 2018 at 12:08 am

    its ok dear will wait
    will miss the story n u too dear

  4. NISHA says:
    December 1, 2018 at 11:45 am

    masha Allah….. asluves ahdhi dhuvahakuves mihaa reethi vaahakaeh

  5. Sahkul says:
    December 5, 2018 at 8:57 pm

    Naina behn mi story fahatha nujjahssahchey ingey
    Vrh vai vaane

  6. Anonymous says:
    December 12, 2018 at 9:41 am

    new part akah inthizaarukuraathaa varah dhuvasvejje . adhives new part eh mivaahakaiga naima keiytherikan kolhunleema comment eh nukohlaa nuhurevuny.. varah avahah new part eh kiyaalan libeyne kamuge ummeedhuga mi comment nimmaalaanan.

  7. Fayaz says:
    December 17, 2018 at 2:14 pm

    Next part kobaa

  8. Rose says:
    December 17, 2018 at 10:00 pm

    Aah… Mee December 17…But adhives episodes 14 nulibeyy. Aah. Episode nerefinthaaa?? ???????

  9. naina says:
    December 18, 2018 at 1:34 pm

    Salaam everyone. Dec 17th ga vaahaka upload nukoh dhevuneethee hurihaa kiyuntherin kibain maafah edhen. 14 vana bai miadhu alhugandu submit kohfin. varah avahah kiyaalan libeyne.

    1. SIMY says:
      December 18, 2018 at 4:57 pm

      YAY!

  10. ގޯޕީ says:
    December 18, 2018 at 10:14 pm

    Koba vahaka

  11. Sid says:
    December 19, 2018 at 10:46 pm

    Adhives vaahaka upload eh nukurey. Kehtherikan kolhun laa eba vaahaka kiyaalaahithun. ummeedhu varah kuran thankolheh avahah upload kohdheyne kamah.

  12. Cute Lips says:
    December 21, 2018 at 2:43 pm

    Today is 21….. Alhe naina haadha kiyaa hihveyey…. Plz up kohba

  13. Cute Lips says:
    December 21, 2018 at 2:46 pm

    Srry blaa nulaa cmmnt kurevuny…ebain 14 part

Comments are closed.

Next Episodeދެގަޑި ތިރީސް – 14←


All Right Reserved!