Skip to content
އެސްފިޔަ

ފެންނަ ކޮންމެ ސޫރައަކަށް ހިތްދޭކަށް ނުވާނެއެވެ.

އާޅެން

ފެންނަ ކޮންމެ ސޫރައަކަށް ހިތްދޭކަށް ނުވާނެއެވެ.

 

އިސްމާއީލް ޢަލީ ކަނދޮޅުދޫ

ރީތިކޮންމެ ސޫރައަކަށް ހިތްކިޔަސް މިލްކެއްނުކުރެވޭނެއެވެ.

މިލްކު ނުކުރެވޭ ކޮންމެ އެއްޗެއް ހިޔަންޏެއްފަދައެވެ.

ފުޅާ ބާމައްޗާއި ތަނަވަސް މޭމަތި ފެނުމުން ހިތް ދޫކޮށްލީއެވެ.

މޮޔަވެފާވާ މީހަކު ފަދައިން އުޅެގަތީއެވެ.

ޙަޤީޤަތް އޮޅުން ފިލުވަން މަސައްކަތެއް ނުކުރެއެވެ.

ވަގުތީ އުފަލަކަށް ވާނެކަމަށް ހުވަފެނުންވެސް ނުދެކެއެވެ.

އިންތިޒާރު ކުރަން ޖެހުމުން ޙަޤީޤަތް ސާފުކުރި ހިނދެވެ.

އެއީ ތިންކުދިންނާއި ބަންގާޅު ފޮށްޓެއްގެ ވެރިއެކެވެ.

އުފާވެރި ޢާއިލާއެއްގެ މަސްއޫލުވެރި ފަރާތެކެވެ.

ވަފާތެރި އަނތްބެއްގެ ޒިންމާދާރު ފިރިއެކެވެ.

ޙަޤީޤަތް  ނުހޯދާ ޢިޝްޤުގެ ހުޅުކޮޅު ރޯކުރީއެވެ.

ސަލާމަތް ކުރާނެ މީހަކު ނެތުމުން އެނދީއެވެ.

މޭގެ ރިހުމާއި،ހިތުގެ ތަދު އިތުރުވީއެވެ.

Comments (3)

  1. Ey

    Ragalhu

    1. ismail ali kaleyfaanu
      Ey

      thanx.

  2. ޝައުނާ

    ވަރަށް ރީތި ވާހަކަ އެއްަ

Comments are closed.