Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯތްބަށްޓަކައި (ޓްރެއިލަރ)

zayynie Level 1
November 29, 2018 3 Mins Read
19 Comments

ކަނޑުގެ ލޮނުގަނޑު ކަފަމުން ދެފަރާތަށް ފޮނު ބުރުވަމުން ދުއްވާފައި ބާރު ސްޕީޑެއްގައި ދިޔަ ލޯންޗު ކައިރިކޮށްލީ ރަށުގެ ބަންދަރު ކައިރިއަށެވެ. ލޯންޗުން ފޭބުމަށްފަހު ފާލަން މަތީގައި އަހަރެން މަޑުކޮށްލީމެެވެ. އެހާ ދުރުންނޫނަސް ލޯކުރިމައްޗަށް ކަޝްފުވެލި ރަށުގެ މަލަމައްޗަށް އަހަރެން ނަޒަރު ހިންގާލީމެވެ. ދިހަ އަހަރަށްފަހު އުފަން ރަށަށް އާދެވުމުން އަހަންނަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. އަހަރެން ބަލައި އައިސް ހުރި އެންމެ ގާތް އެކުވެރިޔާ އީނާލްއަށް ހިނިތުންވުމެއް ދެމުން ބައްދާލީމެވެ. އަހަރެން މާލެ ދިޔަފަހުންވެސް ގްރޭޑް ދިހައެއް ނިމެންދެން އެ އެކުވެރިޔާއާއެކު ކިޔެވީމެވެ. ނަމަވެސް ގްރޭޑް ދިހައެއް ނިންމާފައި އޭނާ ފުރުމުން ނާރސިންގެ ހެދުމަށް އަހަރެން މަޑުކުރީމެވެ.

އީނާލްއާއެކު ރަށު ތެރެއަށް ހިނގައިގަތްއިރު އައިސްފައިވާ ބޮޑު ބަދަލާ މެދު އަހަރެން އަންތަރީވީމެވެ. ދިގު ރުށްތަކާއި ބިޔަ ބޮޑެތި ގަސްތަކުގައި ބެނާތަށް ދަމާފައިވާއިރުސް ފެންނަނީ ޒަމާނީ ކުލަތަކެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެއް އުމުރުން ދިހަ އަހަރާއި ހަމައަށް ފެންނަމުން ދިުަ ޖިފުޓި ގެގަނޑުތަކާއި ފަނުން ވިޔެފައި ހުރި ގެތަށްވެސް މިހާރު އިމާރާތް ތަކުގެ ސިފައި ފެނުމުން އާޝޯހްވިއެވެ. ކޮނޑުގައި އަޅާފައިވާ ލެދާރ ބެކްޕެކްގައި އެއްއަތުން ހިފާއްޓާލައިގެން އަނެއްއަތުން ފޮށިދަމަމުން އީނާލް ދައްކައިދިން މަގުން ހިނގަމުން ގެންދިޔައީމެވެ.

މަގުމަތިން ފެންނަ ކޮންމެ މީހަކަށް ހިނިތުންވުމެއް ރައްދުކޮށްލި ކަމުގައިވިޔަސް އޭގެތެރެއިން އަހަންނަކީ ކާކުކަން އިނގޭނީ މަދުބަޔަކަށް ކަން އަހަންނަށް ޔަގީނެވެ. ވާނީވެސް އެހެންނޫނެވެ. މަންމަ ކާންދޭލެއް ގިނަ ކަމުގެ ނަތީޖާއެއްގެ ގޮތުން އަހަންނަކީ ކުޑައިރު ފަލަފަލަކޮށް ހުރި ކުއްޖަކީމެވެ. ދެކޮލުގައި މަސްޖަހާލާ އަބަދު އަތިރީގެ ހޫނު އަވީގައި އުޅުމުގެ ސަބަބުން ހަމުގެ ގޮތުންވެސް އޭރު ކަޅުވާނެއެވެ. ނަމަވެސް މާލެ ދިޔަފަހުން ކިޔަން ގޭގައި އޮތުމުގެ އިތުރަށް މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ދުވާލު ދެދަޅަޔަށް ހިނގުމުން ނަތީޖާއެއްގެ ގޮތުން މިއަދު އަހަންނަކީ ހިކި ދިގު ނަމަވެސް ބައްޓަން ރީތި އަންހެން ކުއްޖަކީމެވެ. މޫނުގައި އުނގުޅާ ޒަމާނީ ޕްރޮޑަކްޓްސްގެ ސަބަބުން މޫނުގެ ކުލަ އަލިވެއްޖެއެވެ. ބަދަލުވެފައިވާ ސިފަޔާއެކު އަހަރެން އިނގޭނީ މަދުމީހަކަށް ނޫންހެޔެވެ.

______________________________________

ރަށުގައި ހޭދަކުރި ފުރަތަމަ ދުވަހު އެކުވެރިންގެ އާދޭސް ތަކާއެކުވެސް ގެއިން ނުނިކުތީ ވަރުބަލިވެފައި ހުރުމުންނެވެ. ސައްވީސް ގަޑިއިރު ހަމަނުވަނީސް ފަސް ސަމުސާގެ ދެ ބަތް ތަށި ކެވިއްޖެއެވެ. މަންމަގެ ކަންތަކެވެ. ކާން ބޭނުން ނުވިޔަސް މަންމަ އެހާ ލޯބިން ދިނުމުން ނުކައި ހުންނަން ނުކެރުނީއެވެ.

“އޭ ކަންނެތް ކުކުޅާ ދެން ހިނގާބަލަ މިގަޑީގަ އެއުޅޭ ޒަކްވާން މެންގެ ގްރޫޕެވެސް ނިކުމެ އުޅޭނެ ” އަރާމުގައި ފޯނު ކުޅެން ޖައްސާލައިގެން އޮއްވާ އީނާލް ފަދައިން އަހަރެންގެ އެކުވެރިއެއް ކަމަށްވާ އަލްވާ އަހަރެންގެ ފަޔަށް ދަމަން ފެށިއެވެ. ކަންނެތް ގޮތަކަށް އަހަރެން މޯޅިއަކަށް ދެމިލީމެވެ. “ޒަކްވާން.” އަލްވާ ބުނި ނަން އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކޮންމެވެސް ގޮތަކުން ދެކެފަރިތަ ނަމެއްހެން ހީވިއެވެ. އެހެންނަމަވެސް ހަނދާން ކުރަން އަހަރެން ކުރި މަސަތްކަތްވީ ބޭކާރެވެ. ކުރުނުކޮށް އީނާލްއާއި އަލްވާ ކިޔަން ފެށުމުން އަހަރެން އެނދުން ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިލީމެވެ.

އަތްދިގުގަމީހަށް ދަމާލަމުން ކަޅު ކުަލައިގެ ޖިންސު ރީތިކޮށްލީމެވެ. ކުޑައިރުސުރެއް އެންމެންގެ ހިތްތަށް ފަތަހަ ކުރާ ކަޅުކަން ގަދަދިގު އިސްތަށިގަނޑުގައި އައްސާފައިވާ ވޫލުކޮޅު ނައްޓާލަމުން އިސްތަށިގަނޑު މިނިވަންކޮށްލީ އަހަންނަށް ބާލާލަން މާ ޗާލު ވީމައެވެ”ހޫހޫނނ. ހިނގާ..” ކެތްތެރިކަމެއްނެތި އިންތިޒާރުގައި ތިބި އަލްވާމެންގެ ކޮނޑުގައި ޖަހާލަމުން ޖީބަށް އައިފޯނު ޖަހާލައިގެން އަހަރެން ގެއިން ބޭރަށް ނިކުތީ ނުތަނަވަސްކަމަކާއެކުގައެވެ. ލައިގެން ހުރި އެއްޗެހީގެ މައްސަލައެވެ. އަހަންނަށް އިނގިފައި އޮތް ގޮތުންނަމަށް ޒަމާނީ ހެދުން އަޅާ ކުދިންނާމެދު ރަށުގެ ދުވަސްވީ މީހުން ދެކޭގޮތް ވަރަށް ތަފާތެވެ. ނަމަވެސް ރަށުގެ އަތިރިއާ ހިސާބަށް ހިނގާލިއިރު އަހަރެންގެ ވިސްނުންވެސް ބަދަލުވިއެވެ. ކަމަކު ދާކަށް ނެތެވެ. ޒަމާން ހަމަ ރަނގަޅަށްވެސް ބަދަލުވެއްޖެއެވެ. ކުރިން ލިބާހާއި ދިގު ހެދުން ނުވަތަ ހަރުވާޅުހެދުން ލާ އުޅުނު މާމަމެނާއި ދައްތަމެން އެހެރަ އުޅެނީ ޝޯލް އޮޅާލައިގެންނެވެ. ތުންފަތުގައި ކުލަނުޖައްސާ ދައްތައެއްގެ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ.

ހަވީރުގެ ހިތްގައިމު ފިނިފިނި ރޯޅިތަށް ހަށިގަނޑުގައި ބީހެމުން ދިޔަ އަތިރިމަތީގެ ވެލިގަނޑުމަތީގައި އިށީނދެލަމުން ވަށައިގެންވާ މާހައުލަށް އަހަރެން ނަޒަރު ހިނގާލީމެވެ. އެކުވެރިންނާއެކު އަހަރެންވެސް ކުރިން އުޅުން ފަދައިން ރަތްތަކާއި އަވީގައި ހިޔަންޏާ ކުޅުމުގެ އިތުރަށް ވެއްޔާ ކުޅެން އުޅުނު ކުދިންގެ އަދަދު މަދެއް ނޫނެވެ. އެ މައުސޫމްް ކުދިންގެ ހަރަކާތްތަށް ފޫހިކަމެއް ނެތި ބެންޗު ތަކުގައި ތިބެ ބަލަމުން ދިޔަ މައިންބަފައިން ލޮލު ފިޔަވެސް ޖަހާނުލައެވެ. ހޮޅު އަށިތަކުގައި ބޭބެމެނާއި ދައްތަމެން އެބައިމީހުންގެ ބޮޑު ތަކުރުފާނު ވާހަކަހާ ދިގު ވާހަކަތަށް ކިޔަމުން ދާއިރު ޒުވާން ފިރިހެން ގުރޫޕުތަށް މޫދުގައި މަޖާނަގަމުން ދިޔައެވެ. ޒުވާން އަންހެން ކުދިން އަނގަތެޅުމާއި ފޮޓޯ ނެގުމުގައި ވަގުތު ހުސްކުރަމުން ދިޔައެވެ. ކޮންމެ މީހެއްގެ ކޮންމެ ހަރަކާތަކުންވެސް އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދެނީ އިންތިހާއަށެވެ.

“އޭ އަސްލުވެސް ހާދަ ބަދަލު ވެއްޖެޔޭ ދޯ..ހީވަނީ ހަމަ މާލެހެން..” އީނާލްއާއި އަލްވާއާ ދެމެދު ފެތުރިފައިވާ ހިމޭންކަން ފޫއަޅުވާލީ އަހަންނެވެ. “އާ އަދި ތިފެނުނީ ކުޑަ ތަންކޮޅެއް..މުނާސަބަތެއް އައިސިއްޔާ މާ ފޯރިގަދަވާނެ ޙާއްސަކޮށް މިއުޅޭ ޒުވާން ގުރޫޕު ގަނޑުތަށް ހެސްކިޔާފަ ސަކަރާތްޖާހާނެ..ވަކި ވަގުތެއް ނޯންނާނެ.” ވަރަށް ފޯރިޔާކު އަލްވާ ބުނެލިއެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.

“ޒުވާން ގުރޫޕޭ ތިބުނީ ކޮންބަޔަކަށް،،” ހަމައެއާއެކު އެ ސުވާލު  ދުލާ ހަމައަށް ގެނައީމެވެ. “އަހަރުމެން އޭޖް މީހުންނެއްނު..އެއުޅޭ ޒަކްވާންމެން ގުރޫޕްވެސް ފޯރިގަދަވާނެ. އެއީ މިރަށުގެ މައިގަނޑު ގުރޫޕަކީ..” ޒަކްވާންގެ ނަން އަހަރެން ކުރިމަތީ ކިޔާ ކޮންމެ ފަހަރަކު އޭނާ ލާނެއް ވާ ސަބަބު އަހަންނަށް އޮޅުނެވެ. “ކޮން ޒަކްވާނެއްތަ..” ގޮފިގަނޑަކުން ވެލިގަނޑުމަތީގައި އަމިއްލަ ނަން ޖަހާލަމުން އަހަރެން އެހީމެވެ. އީނާލް އާއި އަލްވާގެ ތެރެއިން އެކަކަށްވެސް ޖަވާބު ނުދެވެނީސް އިސްއުފުލާލީމެވެ. އަހަންނަށް ދެލޯ ކުޑަކޮށްލެވުނެވެ. އެނާ ހާދަ ދަންނަ ވައްތަރު ޖަހައޭ؟؟ އަހަރެން ހިތް ބުންޏެވެ. “ތިހިރީ ދެލޯ ކުރިމަތީގަ..” އަހަރުމެންނާ ދިމާލަށް ހިނގާފައި އައި ހަތަރު ފިރިހެން ކުދިންގެ ގުރޫޕެއް ދައްކާލަމުން އީނާލް ބުނެލިއެވެ. އަހަރެން އެއްބުމަ ހިއްލާލީމެވެ.

“ކޮބާ..” އަހަންނަށް ސާފުވާ ގޮތެއް ނުވިއެވެ. “އެހެރީއެއްނު..އޯވާރ ސައިޒް އަތްދިގު ޓީޝާރޓަކާ ކަޅު ޖިންސަކާއެކީ..ކަނދުރާއާ ހަމައަށް ބޯ ދިގުކޮށްފަ ހާވާލާފަ..” އަލްވާ އަހަންނަށް ސިފަކޮށްދިނެވެ. ސިފަކޮށްދިނީ ހަމަ އެސޮރެވެ. ދެކެފަރިތައޭ އަހަރެންގެ ހިތް ބުނި ސޮރެވެ. އަލްވާމެން އެކިޔާ ޒަކްވާންއެވެ. ދެލޯ ކުޑަކޮށްފައި ބޯ އަރިކޮށްކޮށްފައި ހެމުން ހެމުން އެކުވެރިންނާ ވާހަކަ ދައްކަމުން ދިޔަ ޒަކްވާންއަށް އަހަރެން ބެލީމެވެ. ކީއްވެގެން ކަމެއް ޙުދު އަހަންނަކަށްވެސް ނޭނގެެއެވެ. އޭނާއަކީ އަހަންނާ ކޮންމެވެސް ގުޅުމެއް ވާނެ މީހެކޭ ހިތް ބުނަނީއެވެ. ހާވާލާފައި އޮތް އޭނާގެ އެހާ ބޯ ނޫން ކަނދުރާއާ ހަމައަށް އަރާ އިސްތަށިގަނޑު އަހަރެން ހާވާލާ ހިތްވީ މީހުންގެ އިސްތަށިގަނޑު ހޭވުމަށް އަހަންނަކީ އެއްވަނައިގައި އުޅޭ މީހެކޭ އެންމެންވެސް ބުނާތީއެވެ.

ބިންމައްޗަށް ވެއްޓުނު ތަޅުދަނޑިފަތި ނެގުމަށްޓަކައި އޭނާ ގުދުވެލިވަގުތު އޭނާގެ ކަރުގައި އަޅާފައިވާ ރިހި ފަށުގެ ފޫ އަހަންނަށް ފެނުނެވެ. އެވެސް ދެކެފަރިތަ އެއްޗެކޭ ހިތް ބުންޏެވެ. ކިހާދެރަކަމެއް ހެއްޔެެވެ. ދެކެފަރިތަ ނޫން އެއްޗެއް ޒަކްވާންގެ ކިބައިން ފެންނާނީ ކޮން ދުވަހަކުން ބާއެވެ. ޒަކްވާންއަށް ބަލަހައްޓައިގެން އަހަރެން ދެތިން މިނެޓު ހުރީމެވެ. ފަހަތުގައި ތިބެގެން އަލްވާއާއި އީނާލް ލައްވަމުން ދިޔަ އެއްވެސް އަޑަކަށް ފަރުވާލެއް ނުބަހައްޓަމެވެ. “ޒަކީ..ޒަކޫ..ޒަކްވާނާ މިކޮޅަށް އައިސްބަލަ.” ނަމަވެސް އަހަރެންގެ ކެތްތެރިކަން ކޮޅުން ލީ ޒަކްވާންއާއި އަހަރެންގެ ނަޒަރު ހަމަކޮށްލުމަށް އީނާލްމެން މަސަތްކަތް ކުރުމުންނެވެ.

1 ޑިސެމްބަރަށް އިންތިޒާރު ކޮށްލައްވާ!!!

މާޒީގެ ސަބަބުން ނަފްސާނީ ބަލީގެ ޝިކާރައަަށްވެފައިވާ ޒަކްވާންގެ ލޯބީގެ ސަފްހާތަށް…

______________________________________

މި ވާހަކައިގައި އުޅޭ އަންހެން ކުއްޖާއަށް ނަން ހުށެއެޅުމުގެ ފުރުސަތު މާދަމާ ދަންވަރު ބާރަ ޖަހުމުގެ ނިޔަލަށް އަޅުގަނޑު ހުޅުވާލަމެވެ. ވަރަށް ރީތި އަދި އެހާމެ ތަފާތު ނަންތަކެއް ފެންނާނެކަމަށް އުންމީދުކުރަން.

Share Article

Follow Me Written By

zayynie

Level 1

Other Articles

Previous

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 12

Next

އެހެނަސް…(17)

Next
November 29, 2018

އެހެނަސް…(17)

Previews
November 29, 2018

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 12

19 Comments!

  1. mammma says:
    November 29, 2018 at 5:56 pm

    avya aliya

  2. daisy says:
    November 29, 2018 at 6:53 pm

    livyaa,mishk,aayaa

  3. daisy says:
    November 29, 2018 at 6:57 pm

    yooin,saavee,yumnu

  4. Shuza says:
    November 29, 2018 at 7:30 pm

    Sakha,aileen

  5. Kiyara says:
    November 29, 2018 at 7:34 pm

    Imsha

  6. Aizlin says:
    November 29, 2018 at 8:24 pm

    Aizlin thafaathu unique nameh nun?

  7. Nyy says:
    November 29, 2018 at 8:47 pm

    Yamaany pls add this name its my humble request

  8. R@! says:
    November 29, 2018 at 11:41 pm

    Wow..mihaaru ah wait vx nukurevey

  9. Reiny says:
    November 30, 2018 at 9:59 am

    Rafa
    Ema
    Eva
    Ena
    Aaya
    Aliya
    Khaashiya
    Alaika
    Alishka

  10. Fasa says:
    November 30, 2018 at 10:59 am

    Muska

  11. Lirunfsaa says:
    November 30, 2018 at 1:20 pm

    Sylvie varah thafaathunameh

  12. Beryl Stone says:
    November 30, 2018 at 1:45 pm

    Nikya

  13. meeheh says:
    November 30, 2018 at 1:47 pm

    naisan eii vrh salhi nameh please

  14. agreed says:
    November 30, 2018 at 1:48 pm

    eyy assuves naisan alishka and yamaany is nice

  15. Shafaq says:
    November 30, 2018 at 1:48 pm

    THEEN

  16. Emaa says:
    November 30, 2018 at 2:10 pm

    Thooba,thuga,axlee

  17. malikah says:
    December 1, 2018 at 1:57 pm

    avya reechey alaika ves

  18. nikya says:
    December 7, 2018 at 11:46 am

    Azly

  19. Rahuma says:
    December 19, 2018 at 7:37 pm

    Eleen , ziviyan, noyaa

Comments are closed.



All Right Reserved!