ކަނޑުގެ ލޮނުގަނޑު ކަފަމުން ދެފަރާތަށް ފޮނު ބުރުވަމުން ދުއްވާފައި ބާރު ސްޕީޑެއްގައި ދިޔަ ލޯންޗު ކައިރިކޮށްލީ ރަށުގެ ބަންދަރު ކައިރިއަށެވެ. ލޯންޗުން ފޭބުމަށްފަހު ފާލަން މަތީގައި އަހަރެން މަޑުކޮށްލީމެެވެ. އެހާ ދުރުންނޫނަސް ލޯކުރިމައްޗަށް ކަޝްފުވެލި ރަށުގެ މަލަމައްޗަށް އަހަރެން ނަޒަރު ހިންގާލީމެވެ. ދިހަ އަހަރަށްފަހު އުފަން ރަށަށް އާދެވުމުން އަހަންނަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. އަހަރެން ބަލައި އައިސް ހުރި އެންމެ ގާތް އެކުވެރިޔާ އީނާލްއަށް ހިނިތުންވުމެއް ދެމުން ބައްދާލީމެވެ. އަހަރެން މާލެ ދިޔަފަހުންވެސް ގްރޭޑް ދިހައެއް ނިމެންދެން އެ […]