Skip to content
އެސްފިޔަ

ހަނދާންވަނީއެވެ.

އިސްމާޢީލްޢަލީ ރ.ކަނދޮޅުދޫ

ކަލާ ވަކިވެ ދިޔައީ ހުރިހާ އެއްޗެއް ހިފައިގެންނެވެ.

މިހާރު ނިދާ ހިތެއްނުވެއެވެ.ނިދި ލޮލާއި ރުޅިބުނެފިއެވެ.

މިހާރު ކާހިތެއްނުވެއެވެ.ބަނޑު އެކަމާއި އެއްބަހެއްނުވިއެވެ.

މިހާރު ރީތި ހެދުން ލާހިތެއްނުވެއެވެ.ބަލާނެ މީހަކު ނެތީމައެވެ.

މިހާރު ކުރާ ހިތްވާ އެއްކަމެއް އެބައޮތެވެ.

ކަލާ ހަނދާން ކުރުމެވެ.

ސިޓީތައް ނިއުޅަ ނިއުޅާފައި ކިޔުމެވެ.

މެސެޖްތައް ހުޅުވައިގެން ބެލުމެވެ.

ފޮޓޯއަލްބަމް ނަގައިގެން ބެލުމެވެ.

ލޯބީގެ ހަދިޔާތައް ނަގައިގެން ސާފުކުރުމެވެ.

ކަލާގެ ރިތިކަމާއި އަސަރުގަދަ ކަމުގެ ވާހަކަ ލިޔުމެވެ.

ކަލާއަށް ފޮނުވާނެ ހަދިޔާތައް ހޯދުމެވެ.

ކަލާގެ ވާހަކަ ދައްކާނެ މީހަކު ވޭތޯ ހިގުމެވެ.

ކަލާ އަންނާނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ.

Comments (4)

  1. ކަލާ 123

    ޅެން ރީތި. އިސްމާއީލުގެ ހިނގާ ގަލަމަށް އައްސަރިބަހާއި ސާބަސް.

    1. ismail ali kaleyfaanu
      ކަލާ 123

      shukran.

  2. shudhrr +!;

    Nice one..❤

    1. ismail ali kaleyfaanu
      shudhrr +!;

      shukran

Comments are closed.