Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެގަޑި ތިރީސް – 12

naina Level 110 Stories
November 27, 2018 5 Mins Read
16 Comments

ކުއްލިއަކަށް ވަރަށް ބާރު އަޑަކާއި އެކު މުޅި ތަން އަނދިރިވިއެވެ. ޤުރުއާން ކިޔަވަން އިން ނާޝިދާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ދެތިން ފަހަރަށް އޭނަ ލޯއުނގުޅާލިއެވެ. އަނދިރިގަނޑު ތެރެއިން އެއްޗެއް ފެނޭތޯއެވެ. މަންމަމެން ތިބި ކޮޓަރީގަ ފޯނު ބާއްވަފަ އާދެވެނު މޮޔަ ހިތައްއެރިއެވެ. އަލިކޮށްލާނެ ގޮތެއް ނެތުމުންނެވެ. އުއްބަތިތައްވެސް ހުންނާނީ ސިޓިންގްރޫމްގަ ހުންނަ ކަބަޑުގައެވެ. ބިރުން މީހާ ތުރުތުރު އަޅަން ފެށިއެވެ. ކޮޓަރިން ބޭރަށް ކީއްކުރަން އިންތަނުން ވެސް ގުޑިލާކަށް އޭނައަކަށް ނުކެރުނެވެ. ޤުރުއާން ކިޔެވުން ހުއްޓާނުލަން ޒަކޯއީ ބުނި ހަނދާން ވުމުން ނާޝިދާ އަނެއްކާވެސް ކިޔަވަން ފެށިއެވެ. ހިތުންނެވެ. ޔާސީން ސޫރަތް ހިތުދަސްކަން އެއީ ނަސީބެކޭ އޭނަ ހިތަށް އެރިއެވެ. ކިޔަވަމުން ދޭތެރެއަކުން ކޮއްކޮމެން ގައިގަ އަތްކާތާލައެވެ. އެމީހުން ތިބީ ނިދާ މަރުވެފައެވެ. ގޭތެރޭ އެއްވެސް ކަމެއް ވެގެން އުޅޭހެންވެސް ހީނުވެއެވެ.

ނާޝިދާ އަނެއްކާވެސް ސިއްސައިގެން ދިޔައީ ވަރަށް ބާރަށް ބަރު އަޑަކުން މީހަކު ހޭން ފެށީމައެވެ. އަޑު އައީ ބޭރުންކަން އިނގުނެވެ. ދެން އިވުނީ މީހަކު ހަޅޭއްލަވައިގެން އަޑެވެ. ނާޝިދާ އަށް ހީވީ މޭގަނޑު އަނގަޔަށް އައިހެނެވެ. އެއީ ވޭނުގެ ހަޅޭކެކެވެ. އަޑުން ވައްތަރީ ފިރިހެނަކާއެވެ. ނާޝިދާ އަށް ރޮވުނެވެ. ބައްޕަ އަށް ނޫނީ ދޮންމުހައްމަދުބެއަށް ކަމެއްވީބާއެވެ. އޭނަގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. މިހުރިހާ ކަމެއްވެސް ދިމާވާން މެދުވެރިވީ ޔޫއާން އާއި އޭނަ ގުޅުމުންނޭ ހިތަށް އަރަންފެށިއެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލި އޭނަގެ އާއިލާ މިކަމުން ސަލާމަތް ވާނެ ކަމުގެ އުއްމީދު ކެނޑެންފެށިއެވެ. ނާޝިދާއަށް ނޭންގުނު ކަމަކީ އޭނަގެ ހިތަށް ވެރިވަމުންދާ މާޔޫސް ކަމަކީ އިބްލީސްގެ ވަސްވާސްކަމެވެ. ކުޑައިރުކޮޅަކަށް ނަމަވެސް ނާޝިދާގެ ހިތުގަ އޮތް އީމާންތެރިކަމާއި މެދު ޝައްކު އުފެއްދުމެވެ. ނަމަވެސް ﷲ އެއީ އެކަލަނގެ ޞޯލިޙް އަޅުންނަށް ނަޞްރު ދެއްވާ ކަލާންގެއެވެ. ނާޝިދާ އަށް ޒަކޯއީ އާއި އޭނަގެ ބައްޕަ ދިން ނަޞޭޙަތް ކުއްލިއަކަށް ހަނދާންވިއެވެ. އޭނާގެ މޫނުމަތީ ހުރި ކަރުނަތައް ފޮހެލުމަށް ފަހު ޔާސީން ސޫރަތް ކިޔަވަން ފެށިއެވެ. އާއިލާ ސަލާމަތްކުރުމުގެ އަޒުމު ވަރުގަދަވިއެވެ. ޝައިޠާނާއަށް ދުލެއް ނުދޭން ހިތްވަރުކޮށްލިއެވެ.

އަނެއްކާވެސް ވޭނުންފުރިގެންވާ ހަޅޭކެއްގެ އަޑު އިވުނެވެ. ނާޝިދާ އަޅައެއް ނުލައެވެ. ކިޔެވުން ކުރިއަށް ގެންދިއައީއެވެ. ދެން އިވުނީ އަންހެނަކު ހަޅޭއްލަވައިގެން އަޑެވެ. ނާޝިދާ ލޯމަރާ ތަގުޅިކޮށްލާ ކަންފަތުގައި އަތްއަޅައިގެން ބާރަށް ކިޔަވަން ފެށިއެވެ. އެއިން އެއްވެސް އަޑެއް އަހާކަށް އޭނާ ބޭނުމެއް ނުވިއެވެ. ކުޑައިރުކޮޅަކު އެގޮތަށް ކިޔަވަން އިނދެފަ މަޑުމަޑުން ކަންފަތުން އަތް ނެގިއެވެ. ކިޔެވުން މަޑުޖައްސާލާފައި އެއްވެސް އަޑެއް ބަޑެއް އިވޭތޯ އޭނަ މަޑުކޮށްލިއެވެ. ކުއްލިއަކަށް އޭނަގެ ނަމުން ހަޅޭއްލަވައިގަތެވެ. ނާޝިދާ ހަތަރެސްފައި ކޮޅަށް ޖެހުނު ކަހަލައެވެ. އެއީ ހަމަ ޔަޤީނުންވެސް އޭނަގެ މަންމަގެ އަޑެވެ. އިންތަނުން ފުންމައިގެން ތެދުވެ ދޮރާ ދިމާލަށް ދުއްވައިގަނެވުނު ގޮތެއްވެސް ނޭންގުނެވެ. ދޮރުތަޅުގަ ހިފާ އަނބުރާލަން އުޅުނު ވަގުތު އޭނަ ގަނޑުވިއެވެ. އެއްވެސް ގޮތަކަށް ހަށިގަނޑު ގުޑުވައެއް ނުލެވުނުވެ.

“ނާއްކޮ” ޒަކޯއީގެ އަޑު އޭނަ ކަންފަތުގަ ޖެހުނެވެ. އަޑުއައި ދިމާލެއް ނޭންގުނެވެ. ނާޝިދާއަކަށް އެއްވެސް ކޮޅަކަށް އޭނަގެ ހަށިގަނޑު އަނބުރައެއް ނުލެވުނެވެ.

“ނާއްކޮ، ހަމަޖެހޭ، ދޮރުހުޅުވަން ނޫޅޭ. ނާއްކޮ ބައްޕަ ބުނި ގޮތަށް ކަންތައް ކުރޭ. އަޑު އަޑު އިވޭނެ. ނާއްކޮ ތިތަނުން ނެރެވޭތޯ ވަރަށް މަސައްކަތް ކުރާނެ. އެކަމު ނާއްކޮ ތިތަނުން ނުނިކުންނާތި. ކޮއްކޮމެން އެކަނި ކޮށްނުލާތި. ކޮންމެ އެއް×ޗެއް އިވުނަސް ނުނިކުންނާތި. މަންމަ ރޯ އަޑު އިވޭނެ، ބައްޕަ ގޮވާއަޑު އިވޭނެ. އެކަމުވެސް ނުނިކުންނާތި. އަހަންނަށް އިތުބާރު ކުރޭ. ކެތްކުރޭ. ކިޔެވުން ހުއްޓާނުލާ. އަހަރުމެން ރަނގަޅު. ﷲގެ އިރާދަފުޅުން މިކަން އަހަރުމެން ކާމިޔާބު ކުރާނަން. ނަޞްރު ލިބޭނީ މުޢުމިނުންނަށް.”

ޒަކޯއީގެ ވާހަކަ އަޑުއިވިފަ ނާޝިދާ ރޯންފެށިއެވެ. އޭނަގެ ހަށިގަނޑަށް ބާރު ފޯރުވޭހެން ހީވީމަ ދޮރާ ދުރަށް ޖެހިލިއެވެ. ފަހަތަށް ޖެހުމުންގޮސް ކޮއްކޮމެން ނިދާފަ އޮތް އެނދުމައްޗަށް ވެއްޓުނެވެ. އަޑުން އަޑުނަގާ ރޯންބޭނުންވިޔަސް އޭނަ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ. ދެތިންފަހަރަކު ފުންކޮށް ނޭވާ ލުމަށްފަހު ބިސްމިއާއި އެކު އަނެއްކާވެސް ކިޔަވަން ފެށިއެވެ. ކޮޓަރިން ބޭރުން އަނެއްކާވެސް އަޑުފައްގަނޑު އިވެން ފެށެއެވެ. އަންހެނަކު ރޯ އަޑާ ފިރިހެނަކު ހޭ އަޑެވެ. އެކި އެއްޗެހި ވެއްޓި ތަޅައިގެންދާ އަޑެވެ. ނާޝިދާ ބާލިސް ނަގާ ދެކަންފަތް ފޮރުވާލިއެވެ. އަދި ބާރަށް ކިޔަވަން ފެށިއެވެ.

ދޮރުގަ ވަރަށް ބާރަށް އެއްޗެއް ޖެހި ދޮރަށް ގުޑިން އެރިއެވެ. ނާޝިދާ ސިއްސައިގެން ގޮސް ދޮރާ ދިމާލަށް ބިރުން ބަލަހައްޓައިގެން އިނދެވުނެވެ. އިރުކޮޅަކުން ފެނުނީ ދޮރުގެ ތަޅު އަނބުރާ ތަނެވެ. ނާޝިދާ ގަބުވެފަ އިނދެވުނީއެވެ.

“ނާއްކޮ، މިދޮރު ހުޅުވަބަލަ،” ދޮރުގަ ތަޅަމުން އިވުނީ ޒާހިޔާގެ އަޑެވެ. ނާޝިދާ ހިތްއަވަސްވިއެވެ. އެއީ ހަމަ މަންމަ ބާއެވެ. ނޫނީ މަންމައަށް ވެގެން އައި ޝައިޠޯނެއް ބާއެވެ. ކުރިއަށްވުރެ ބާރަށް އަނެއްކާ ދޮރުގަޖެހިއެވެ.

“ދަރިފުޅާ ހުޅުވަބަލަ. މިކޮޓަރިއަށް ބައްޕަ މަންމަ ފޮނުވާލީއޭ. ބުނީ އަވަހަށް ވަންނާށޭ. ގޭތެރޭ ނުހުންނަށްޗޭ. ހުޅުވަބަލަ ދަރިފުޅާ. މަންމަ ވަރަށް ބިރުގަނޭ އެބަ”

ނާޝިދާ އަށް ކަންކުރަންވީ ގޮތެއް ނުވިސްނުނެވެ. ޒަކޯއީ ބުނެފައޮތީ އެއްވެސް ހާލަތެއްގަ ދޮރުނުހުޅުވުމަށެވެ. އެކަމު ކޮޓަރި ބޭރުގަ އެއީ މަންމަ ކަމަށް ވެއްޖެޔާ މަންމަ އެހެރީ ނުރައްކަލެއްގެ ތެރޭގައެވެ. ނާޝިދާ އަށް ގޮތެއް ނުނިންމެގެން އުޅެނިކޮށް އަނެއްކާވެސް ދޮރުގަ ތަޅައިގަތެވެ.

“ނާޝިދާ މިދޮރު ހުޅުވާށެ! ކަލޭ ބޭނުންވަނީ އަހަރެން މަރުވާންތަ؟ މީކަލެޔާ ހެދިގެން ވާކަންތައްތަކޭ. ކަލޭގެ ބައްޕަ މިހާރު އެއޮއް މަރާ ހަނގުރާމަ ކުރަނީ. ދޮންމުހައްމަދުގެ ވެސް ދުވަސް ގޮއްސި. ކަލޭ ބޭނުންވަނީ ކަލެޔާ ކަލޭގެ ކޮއްކޮމެން ޔަތީމް ކޮށްލަންތަ؟ ހުޅުވާށޭ!

ނާޝިދާ ދެލޯބޮޑުވެގެން ދިޔައެވެ. އޭނަގެ ޝައްކު ޔާޤީނަށް ބަދަލުވެގެން ދިޔައެވެ. ބޭރުގަ އެހުރީ އޭނަގެ މަންމަ އެއް ނޫނެވެ. އޭނަގެ މަންމަ ކިތައްމެ ރުޅިއަޔަސް އެމޭރުމުން އޭނައާ ވާހަކައެއް ނުދައްކާނެއެވެ. ދޮރުގަ ތެޅުމަކަށް ހުއްޓުމެއް ނާދެއެވެ. ފަހަރަކަށް ވުރެ ފަހަރެއް ދަނީ ބާރުވަމުންނެވެ. ނާޝިދާ މަޑުމަޑުން ކުރުސި ކިޔަންފެށިއެވެ. އަދި ދޮރާ ދިމާލަށް ފުމެލިއެވެ. ހަމަހިމޭންކަން ވެރިވިއެވެ. ދޮރުގަ ތެޅުން ހުއްޓުނެވެ. ނާޝިދާ ނޭވާހިފަހައްޓާލައިގެން ހުއްޓެވެ.

ބަރު އަޑަކުން އަނެއްކާވެސް ހޭންފެށިއެވެ. ގުޑިލަންވެސް ނުކެރިފަ ނާޝިދާ ހުއްޓެވެ.

“ކަލެޔަށް ތިހެން ފިލައިގެން ނުހުރެވޭނެ ނާޝިދާ، ކަލޭގެ އަޖަލު އައިސް ޖެހިއްޖެ.”

ނާޝިދާ އަނގަމަތީ އަތްއަޅާލިއެވެ. އޭނަގެ ގިސްލުން ހުއްޓުވޭތޯއެވެ. ހިތުން ކުރުސި އާއި އިތުރު ދުޢާތައް ކިޔާލަ ކިޔާލަ ހުއްޓެވެ.

“ޔޫއާން އާއި ކަލޭ ދުރަށް ދިޔަޔަސް އަހަރެން ކަލޭ ދުލެއް ނުކުރާނަން. ކަލޭ އަރައިގަތީ އަހަރެންގެ ހައްޤަކަށް. ކަލޭ މަރާލީމަ ޔޫއާންއަށް ވިސްނޭނެ އޭނައަކީ ސުންޕާ މީހެއްކަން. އޭނަ ދެން އިތުރަކަށް އެހެން އަންހެނަކާ ގާތްވެސް ނުވާނެ.”

ވާހަކަ ދައްކަނީ ޔޫއާން ކައިރީގަ އުޅޭ ޖިންނިކަން އިނގުމުން ނާޝިދާ އިތުރަށް ބިރުގަތެވެ. އޭނަ އެޖިންނިއާ ވާހަކަ ދައްކަން ބޭނުންވިއެވެ. އޭނަގެ އާއިލާ ދޫކޮށްލަން އާދޭސް ކުރަން ބޭނުންވިއެވެ. ވާހަކަ ދައްކަން އަނގަހުޅުވާލާފަވެސް އެއްޗެކޭ ނުބުނެވުނެވެ. ޒަކޯއީގެ ވާހަކަ ހިތަށް ވަނީމައެވެ. އޭނަ އެއްޗެކޭ ނުބުނެ މަޑުމަޑުން އަނެއްކާވެސް ޔާސީން ސޫރަތް ކިޔަވަން ފެށިއެވެ. ކުއްލިއަކަށް ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ކަރަންޓު އައީއެވެ. ނާޝިދަ ﷲ އަށް ހަމްދުކުރަމުން އޭނަގެ ކޮއްކޮމެންނަށް ބަލާލިއެވެ. އަދިވެސް ނިދާފައެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލާފައި ޚަތިމް ނެގާ ބަޤަރާ ސޫރަތް ކިޔަވަން ފެށިއެވެ. ބޭރުތެރެއިން އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ދޮރު ހުޅުވަން ކިތަންމެ ބޭނުންވެފަ ހުރިނަމަވެސް ނާޝިދާ ނަފްސު ކޮންޓްރޯލް ކުރިއެވެ. ހުރިހާ ކަމެއް ރަނގަޅުވީމަ ޒަކޯއީ އޭނައަށް އެކަން އަންގާނެއެވެ.

ޤުރުއާން ކިޔަވަން އިނދެވުނީ ކިހާ އިރެއް ވަންދެންކަމެއްވެސް އޭނައަކަށް ނޭންގެއެވެ. އެކޮޓަރީގަ ގަޑިއެއް ނެތުމުން ގަޑިން ވީއިރެއްވެސް ނާޝިދާއަށް ނޭންގުނެވެ. އޭނަގެ ލޮލަށް ބަރުވާހެންވެސް ހީވެއެވެ. އެކަމުވެސް ބޯދެފަރާތަށް ހޫރުވާލާފައި ކިޔެވުމައިގެން ކުރިޔަށް ދިޔައެވެ. ބޭރުން އެއްވެސް އަޑެއް ނީވެއެވެ. މަންމަމެން ސަލާމަތުން ތިބި ކަމެއްވެސް އޭނައަކަށް ނޭންގެއެވެ. ކިތަންމެ ފަހަރަކު ޚަތިމް ބާއްވަން ހިތައް އެރިއެވެ. އެކަމު ހިތްވަރު ކުރަނީއެވެ.

ކުއްލިއަކަށް ބާރު އަޑުފައްގަނޑަކާއި އެކު ކޮޓަރި ދޮރު ހުޅުވިގެން ދިޔައެވެ. ނާޝިދާ އަށް ހަޅޭއްލަވައިގަނެވުނެވެ. ދޮރުމަތީގައި ހުރީ ޒަކޯއީއެވެ. އޭނަގެ ދެލޯވަނީ ރަތްކުލައިން ދިއްލިފައެވެ. ދިގު އިސްތަށިގަނޑު ފަހަތަށް ވިހުރެއެވެ. އޭނަގެ މޭމަތިން ލޭފައިބަމުން ދެއެވެ. އޭނަ ކުރިއަށް ދެތިން ފިޔަވަޅު އަޅާލިތަނާ ބިންމައްޗަށް ވެއްޓުނެވެ. ނާޝިދާ އަށް ޒަކޯއީ ކައިރިޔަށް ދާކަށް ނުކެރުނެވެ. އޭނައަށް ޝައްކުވަނީއެވެ. އޭނަގެ ކިޔެވުން ހުއްޓައެއް ނުލައެވެ. ޒަކޯއީއާއި ދިމާލަށް ބަލަހައްޓައިގެން އިނދެ އޭނަ ކިޔަވަމުން ގެންދިއައެވެ. ޒަކޯއީ ކޮށްލި އިޝާރާތަކުން ކޮޓަރު ދޮރުލެއްޕި ތަޅުލެވުނެވެ. ނާޝިދާ ސިއްސައިގެންގޮސް ކިޔެވުން ހުއްޓާލެވުނެވެ. ޒަކޯއީ ނާޝިދާ އާއި ދިމާލަށް ބަލާލާފައި ވަރަށް ބަލިކޮށް ހީލިއެވެ. އޭރު އޭނަގެ ކަޅި ކުރިން ހުންނަ ކުލަޔަށް ބަދަލުވެއްޖެއެވެ. އޭނަ ތެދުވަން މަސައްކަތް ކުރިނަމަވެސް ތެދުވެވޭ ގޮތެއް ނުވިއެވެ. ބިންމަތީ އޮށޯވެލާފަ އޭނަ ތުންތަޅުވަންފެށިއެވެ. އޭނަ ކިޔައިއެއްޗެއް އަޑުއަހާލަން ނާޝިދާ ތަންކޮޅެއް ކައިރިވެލިއެވެ. އޭނަ ދެލޯބޮޑުވެގެން ދިޔައީ ޒަކޯއީ ޝަހާދަތް ކިޔާ އަޑުއިވުނީމައެވެ. އަވަހަށް ޒަކޯއީ ކައިރިޔަށް ގޮސް ނާޝިދާގެ އުނގުމައްޗަށް އޭނަ ނެގިއެވެ.

“ޒަކޯއީ، ކިހިނެއްވީ؟ ކޮބާ އެހެންމީހުން؟ އަހަރެންގެ މަން—” ނާޝިދާ އަރުތެރެ ބެދުނެވެ. އޭނަ ހިންދިރުވާލާފަ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެންގެ މައިންބަފައިން ކޮބާ؟ ދޮންމުހައްމަދުބެ ކޮބާ؟” ޒަކޯއީ ލޯމަރާލިއެވެ. އޭނައަށް ވާހަކަ ދައްކަން އުނދަގޫވެގެން އުޅޭކަހަލައެވެ. ކުރު ނޭވަތަކެއް ދޫކުރަމުން އޭނަ ވާހަކަ ދައްކަން ހިތްވަރު ކުރިއެވެ.

“ނާއްކޮ، ހާސްނުވޭ. މަންމަ އާއި ބައްޕައަށް ގޮތެއް ނުވޭ. އެމީހުން ސަލާމަތުން އެބަތިބި. އެކަމު މުހައްމަދު…” ޒަކޯއީ އިތުރަށް އެއްޗެކޭ ނުބުނެވެއެވެ. އޭނާ ނޭވާލާން މަސައްކަތް ކުރަނީއެވެ. ނާޝިދާ އަށް އިނދެވުނީ ޝޮކެއްގައެވެ. ދޮންމުހައްމަދުބެ ދުނިޔެދޫކޮށް ދިޔައީބާއެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އޭނަ ޒަކޯއީ މޫނުގަ ކޮށްޓާލިއެވެ.

“ދޮންމުހައްމަދުބެ ކޮބާ؟ ޒަކޯއީ ބުނެބަލަ” ޒަކޯއީ އަނގައިން ނުބުނެ އޮތީއެވެ. ދެތިން ފަހަރަކު ނާއްކޮ އޭނައަށް ގޮވާލުމުން ވަރަށް އުނދަގުލުން އޭނަ ތެދުވެ އިށީނެވެ. އަދި ނާއްކޮއާއި ދިމާލަށް ފުންނަޒަރަކުން ބަލާލިއެވެ.

“ނާއްކޮ، އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ. އަހަންނަކަށްމާ ގިނަ ވަގުތެއް ނެތް.” އޭނަ އަތުތެރޭ އޮތް ހަތަރު އަނގޮޓިއެއް ނަގާ ނާޝިދާއަށް ހަވާލުކުރިއެވެ.

“މި ހަތަރު އަނގޮޓި މިއީ ތީން ކޮންމެ ކުއްޖަކަށް. މިވަގުތަށް މީތި އަޅާ.ކޮއްކޮ މެންގެވެސް އަޅުވާ. ޝައިޠާނުންގެ ލޯމައްޗަށް ތިއެންމެން ގެއްލޭނެ. އެމީހުންނަށް އިހްސާސް ވާނެ ނާއްކޮ މެން ތިބިކަން. އެކަމު އެމީހުންނަކަށް ނުފެންނާނެ.”

ޒަކޯއީ އަނެއްކާވެސް ލޯމަރާލިއެވެ. އަދި ވޭނުން ފުރިގެންވާ އާހެއް ދޫކޮށްލިއެވެ.

“ޒަކޯއީ” ރޮވިފައި އިނދެ ނާޝިދާ ގޮވާލިއެވެ.

“އަހަރެންގެ ވައުދުގެ ކޮންމެވެސް ވަރެއް ފުއްދައިދެވުނު ކަމަށް މިބަލަނީ. ލިވާކް ގެ އުނދަގުލެއް ދެން މިއާއިލާއަކަށް ނުޖެހޭނެ. އޭނަގެ ދުވަސް ހިނގައްޖެ. ނާއްކޮމެންނަށް މިއަނގޮޓި މިދިނީ އާމްރާގެ ފަރާތުން ސަލާމަތް ކުރަންވެގެން. އެއީ ޔޫއާންއާއި އަޅައިގަނެގެން އުޅޭ ޖިންނި. ލިވާކްގެ ދުވަސް ދިޔަތަން ފެނުނީމަ އޭނަ ފިލީ. އޭނަ ހީކުރީ ނާއްކޮ ޔޫއާން އާއި ގުޅުން ކަނޑާލީމަ އަހަރުމެން ދެން ޔޫއާން އާއި ދޭތެރޭ ނުވިސްނާ އޭނަ މަރާލަން އުޅޭނީކަމަށް.”

ޒަކޯއީ އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލިއެވެ.

“މިގޭ ވަށައިގެން އުޅުނު ޝައިޠޯނުންތައް މިހާރު ގޮއްސި. ލިވާކް މަރުވިތަން ފެނުނީމަ އެމީހުންވެސް ބިރުން ފިލީ. އެމީހުންގެ އުނދަގުލެއް ނުޖެހޭނެ.”

ވާހަކަ މެދުކަނޑާލާފަ ޒަކޯއީ ނާޝިދާއާއި ދިމާލަށް ބަލާލިއެވެ.

“ނާއްކޮ، ޔޫއާން ސަލާމަތް ކުރެވޭނެ. އެކަމު އެކަމަށް ނާއްކޮ ކުރިމަތިލާންޖެހޭނީ ވަރަށް ހިތްވަރުކޮށްގެން. ވަރަށް ގިނަ ހުރަސްތަކާ ދިމާވާނެ. ބިރުން ވިރެގެންދާނެ ކަންކަމާއި ދިމާވާނެ. ހިތްކުދިކުދިވާ ކަންތައްތަކާވެސް ދިމާވާނެ. އެކަމު ޔޫއާން އާއި އެއްކޮށް އުޅެން ބޭނުމިއްޔާ ނާއްކޮ ޖެހޭނީ އެކަންކަމާ ކުރިމަތިލާން. ރަނގަޅަށް ވިސްނާތި. ރަނގަޅު ނިންމުމެއް ނިންމާތި. އަހަރެން…..އަހަރެން އަބަދުވެސް އެދެނީ……މިއާއިލާ…..މިއާއިލާއަށް ހެޔޮގޮތް…..”

ޒަކޯއީގެ އެންމެ ފަހުބަހާއި އެކު އޭނަގެ ލޯމެރުނެވެ. އަދި އެންމެ ފަހުނޭވާޔާއިއެކު ޝަހާދަތުގެ ދެކަލިމަ ކިޔާލިއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

އަހަރެންނަކީ ޚިދުމަތްތެރި އަކީމެވެ.

Next

ހިތް ލޯބިން ދެވިއްޖޭ 7

Next
November 27, 2018

ހިތް ލޯބިން ދެވިއްޖޭ 7

Previews
November 27, 2018

އަހަރެންނަކީ ޚިދުމަތްތެރި އަކީމެވެ.

16 Comments!

  1. naina says:
    November 27, 2018 at 10:16 am

    Heekuran mi part kamudhaane kamah. post thakah reply nukureveythee varah bodah maafah edhen. Mi dhuvaskolhakee varah busy dhuvaskolheh kamun ekamaa noolheveny. Vaahaka ah thi emmeha kiyuntherin dhehvaa tharuheebah varah bodah shukuriyya. Adhi thibeyfulhun edhey gothah avahah vaahaka upload kureveytho varah massahkai kuraanan. 🙂

  2. Blu says:
    November 27, 2018 at 10:37 am

    It’s super super good.
    ? of luck for nxt part???

    1. naina says:
      November 27, 2018 at 10:41 am

      Thank you 🙂

  3. ?shifrraa?Shifnaa? says:
    November 27, 2018 at 11:20 am

    Wow. Mi part v.v.v. salhi. Thanks naina avahah up kohdhineema. When next part?? Mi vaahaka v.v.v. reethi. Mee varah kiyaa hithun kiyaa vaahaka eh. Waiting 4 next part

    1. naina says:
      November 27, 2018 at 11:24 am

      Thank you so much. Next part ga work kuramun midhanee. Insha Allah maadhama up kureveynehen heevanee

  4. unique says:
    November 27, 2018 at 2:55 pm

    maasha allah its so cute curiously waiting for the next part

  5. Sis says:
    November 27, 2018 at 6:15 pm

    Alheyyyyy zakoee maruveetha?? Dhn naakko ah ehn nahadhabala.?? Anyway story is amazing… ??????❤️???????? when next part?

  6. Sahkul says:
    November 27, 2018 at 7:08 pm

    Vrh biruveri ekamves kiyani
    Vrh reethi
    Superb
    ❤❤❤

  7. Shahaama says:
    November 27, 2018 at 7:24 pm

    Mihaaru ves midhanee next part ah inthizaaru kutamun

  8. samm says:
    November 27, 2018 at 7:55 pm

    really creepy…..whn nxt..

  9. މުހައްމަދު says:
    November 27, 2018 at 10:20 pm

    Vara reethi kon irakun next

  10. Lovely says:
    November 28, 2018 at 4:15 am

    Mi part vess hama awsome dhen in part vesa avahah up kohladheyythi plx .naina keep it up good work ?

  11. shaaliya says:
    November 28, 2018 at 4:23 pm

    kehmadhu vanyyyy..next part please..

  12. AJ says:
    November 29, 2018 at 8:38 am

    Hama habeys. Mivaruge vaahaka eh adhi nukiyey. Totally unexpected twists and turns.?

  13. Zoe says:
    December 15, 2018 at 1:15 pm

    Wow ??????????

  14. Rai says:
    February 23, 2019 at 3:01 pm

    Hi how are u nai I like to read storys and your story is the best story for me and story of u is so beautiful I love this story

Comments are closed.

Next Episodeދެގަޑި ތިރީސް – 13←


All Right Reserved!