Skip to content
އެސްފިޔަ

އަޅުގަޑު ބޭނުންވަނީ…..

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަޅުގަނޑު ބޭނުންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ރުހިވޮޑި ގަންނަވާފަދަ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރާށެވެ. ކޮންމެ ވަގުތަކުމެ އެލާނގެ ބައްލަވާ ވޮޑިގަންނަވާކަން ޤަބޫލު ކޮށްގެން ދިރިއުޅޭށެވެ. މުނާޖާ ދެންނުވުމަށްޓަކައި ވީހާވެސް ގިނައެއްކޮށް ރުކޫޢު ސުޖޫދު ކުރާށެވެ. ނަހީކުރެއްވި ކަންތައްތަކުން ދުރުވެ އުޅޭށެވެ. ﷲގެދީން މަތިވެރިކުރުމަށްޓަކައި އަޑު އުފުލާށެވެ.

އަޅުގަނޑު  ނޭވާލީ ވެށްޓަކީ އިސްލާމީ ވެށްޓެކެވެ. މިވެށީގައި ހުޅަގުގެ އޮއިވަރު ވަރަށް ބޮޑަށް ވަކި ހިއްޕާލާފައި ވެއެވެ.އެމީހުންގެ ނުފޫޒާއި،ބާރުގެ ސަބަބުން މިވެށި ކިލަނބު ކޮށްލާފައި ވީނަމަވެސް އިސްލާމީ އުސޫލުތައް ދެހެހެއްޓުމަށް ވަރަށް ބޮޑަށް ކާބަފައިން މަސައްކަތް ކޮށްފައިވެއެވެ.ވަރަށް ތުއްތުއިރު ޤުރްއާން ކިޔަވައިދޭން މައިންބަފައިން މަސައްކަތް ކުރިއެވެ. ނަމާދު ކުރުމަށް މިސްކިތަށް ފޮނުވައެވެ.ހެޔޮ ނަސޭހަތް ދެއެވެ.

އަޅުގަޑަށް އެނގެއެވެ. އެއްވެސް ކަމެއް ﷲއަށް ސިއްރެއް ނުކުރެވޭނެއެވެ. މައިންބަފައިންނަށް ސިއްރުން ބައެއްފަހަރު ކަންތައް ކުރެވެއެވެ.އެކަމަކު އަޅުގަޑުމެން ބިރުގަންނަންވީ ފަރާތަކީ ﷲ އެވެ.އެއީ ސިއްރުން އެއްވެސް ކަމެއް ނުކުރެވޭނެއެތީއެވެ. “ކަޅުފޮއި ރޭރޭ ކަޅުހިލަމަތީ ކަޅުހިނި ހިރޭ ހިރުން ” ﷲ ދެނެވޮޑިގެން ވެއެވެ.

އަބަދާއިއަބަދު ﷲ މަތީން ހަނދާން ކުރަންޖެހޭނެއެވެ.ޚާއްސަކޮށް ހެދުނާއި ހަވީރު ﷲ ޛިކުރު ކުރަންވާނެއެވެ.ރޭގަނޑު އަރާމު ނިދީގައި މީސްތަކުން ވަނިކޮށް އަރާމު ތަންމަތި ދޫކޮށް ﷲއަށް ރުކޫޢު ސުޖޫދު ކޮށް ﷲ އަށް ދުޢާ ދަންނަވާމީހުންގެ ދުޢާ އެކަލާނގެ އިޖާބަ ކުރައްވާނެއެވެ.

ﷲ ނަހީ ކުރައްވަފއިވާ ކަންތައްތަކަކީ އޭގެފައިދާ އަށްވުރެ ލިބޭނެ ގެއްލުން ބޮޑުވާނެތީ މަނާ ކުރައްވާފައިވާކަންތަކެވެ.އެކަންތަކުން ދުރުވީމާ އެކަމުގެ ހުރިހާ ހެވެއްލިބޭނީ އަޅުގަޑުމެންނަށެވެ.

ﷲ ގެ ދީންމަތިވެރިކުރުމަށްޓަކައި ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތް މަނާކުރަން ޖެހެއެވެ.އަޅުގަޑުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެމީހެއްގެ ކުރިމަތީގައި ގޯސްކަމެއް ހިގިޔަސް އެއްޗެއް ބުނަން ކެރޭމީހުން މީހުން މަދުވުމެވެ.

Comments (5)

  1. ixu?

    Reethih mazumooneh.

    1. ismail ali kaleyfaanu
      ixu?

      Ixu varah bodah thanks.

  2. mariyanbu

    masha allah… vr rythi 🙂

  3. Sss

    A good reminder
    Wish to see More

    1. ismail ali kaleyfaanu
      Sss

      thank you.Beybe varah ufaavejjein Sss menkahala rangalhu kudhin ulheythy.

Comments are closed.