އާޅެން
ބޯހިޔާވަހި ކަމަކީ މިނިވަން ކަމުގެ ރަމްޒެކެވެ.
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ގޭގެއަށް ވަނުމުގެ ތަޅުދަނޑިއަކީ ސަލާމް ކުރުމެވެ.
ސަލާމްގެ ރައްދު ނުލިބިއްޖެ ނަމަ އެނބުރިދާންވީއެވެ.
ގޭގެއަކީ ޙިމާޔަތުގެ މަރުކަޒު ތަކެކެވެ.
ތަޅުދަނޑިއާއިނުލައި ގޭގެ އަށް ވަނުމީ ދެރަކަމެކެވެ.
ޙާލު ބަލާށާއި ގުޅުންބަދަހި ކުރުމަށް ގޭގެއަށް ދާންޖެހެއެވެ.
ދިރުން ދެއްވި ކޮންމެ އެއްޗަކަށް ހިޔާވަހި ކަމެއް ވެއެވެ.
ބޯހިޔާވަހި ކަމުގެ އަގު އެނގެނީ އެނެތި ދިއުމުންނެވެ.
އިންސާނާގެ ޢަމަލުތަކުގެ ސަބަބުން ބޯހިޔަވަހިކަން ގެއްލިދެއެވެ.
ބޯހިޔާވަހި ކަމަކީ މިނިވަން ކަމުގެ ރަމްޒެކެވެ.
އުފަލާއި އަރާމު ހޯދައިދޭ މަރުކަޒަކީ ގެއެވެ.
ސިގުނަލެއްނުދީ ގެއަށް ވަނުމީ ސިހުން ލިބޭނެ ކަމެކެވެ.
ޓީވީއަށް ނަޒަރު ހުއްޓާހެން ކުޑަދޮރުތަކުން ނުބަލާށެވެ.
އެކަށީގެންވާ ތަނެއްގައި އިށިއިނުމީ ރުހެވޭ ގޮތެކެވެ.
އަގުބޮޑު ތަކެއްޗާއި ކުޅެހެދުމީ ކޮށްގެންވާނެ ކަމެއްނޫނެވެ.
ޒިޔާރަތް ކުރާއިރު ވަގުތަށްވެސް ބަލަންވާނެއެވެ.
ލަސްނުވެ އެނބުރި ދިއުމަށް ސަމާލުވާންވާނެއެވެ.



