Skip to content
އެސްފިޔަ

މަޢާފް ކުރާށެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަޚާ ހޯދަން ދިޔައީ އުފެދުނު ގަދަރުޅިގަނޑު ބާލާށެވެ.

ފެންނަން ނެތުމުން ރުޅިގަނޑު ބޭލީ ފާރުގައި ހުރި ގަޑިއަށެވެ.

ބިއްލޫރިތައް އަތަށް ވަދެ އަތް ހަލާކުވީއެވެ.

އަޚާގެ ރީތ އަގުބޮޑު ބޭނުންތެރި ގަޑި ގެއްލުނީއެވެ.

ރުޅިގަދަވީ ސަމާސާ އަކަށް ބުނެވުނު ބަހަކަށެވެ.

މަގޭ އަޚް ފޮންޏޭ ހާދަ ބޮޑަލެވެ.

ރުޅިއަކީ އިންސާނާ ހަލާކު ކުރާ އެއްޗެކެވެ.

ރުޅި މަޑުކަމީ މީހާގެ ބުއްދިވެރި ކަމުގެ ފާހަގައެވެ.

ރުޅި، މީހާ ނިކަމެތިކޮށް ބޭޒާރު ކޮށްލައެވެ.

ރުޅި،ސިކުނޑި ހައިޖާނެއްގެ ތެރެއަށް ފޮނުވާލައެވެ.

ރުޅި ނުރައްކާތެރި ވަބާއެއް ފަދައެވެ.

ޢާއިލާތައް ވިއްސި ވިހާލި ކުރުވައެވެ.

ތިމާގެ ކަމުގެ ގުޅުން ނެތި ކޮށްލައެވެ.

ކަލަ ގޮވުމަށް މަޖްބޫރު ކުރުވައެވެ.

ޒަމާންވީ އެކުވެރިކަމުގެ ފާރު ފުނޑުފުނޑު ކޮށްލައެވެ.

ހުންގާނުން ދޯނި ކޮންތްރޯލް ކުރެވޭހެން ރުޅިވެސް ކޮންޓްރޯލް ކުރެވޭނެއެވެ.

ދޯންޏަށް ހުންގާނު ބޭނުންވާ ފަދައިން ރުޅިއަށް ޙަޤީޤަތް އެނގެންޖެހެއެވެ.

ރުޅިމަތަ ކުރުމުގެ އައްޑަނައަކީ މަޢާފް ކުރުމެވެ.

ރުޅި،އައުމުން އަޢޫޛު ބިއް ﷲ ކިޔާލާށެވެ.

Comments (6)

  1. mode

    I don’t like this kinda stories. Mi vaahaka kee iruves foohikan ihusaas vi. Moral eh liben oi stories ah vure I ah muhinmee love stories. It means I don’t like this story. And is really short. Love stories I like to read mikahala kind of stories ah vure. Hadi kamun bunelee. Anehen maa bodu kamaka nuhadhachey

    1. ismail ali kaleyfaanu
      mode

      thank you Mode.You can read whatever you like.I hope someone will have …

  2. Greeny

    I love it ❤❤

    1. ismail ali kaleyfaanu
      Greeny

      thank you.

  3. piggy

    Vara Hadi story eh. I hate this.

    1. ismail ali kaleyfaanu
      piggy

      Thanks

Comments are closed.