Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލީން 3…

Aishath Aala Level 1
November 30, 2018 3 Mins Read
4 Comments

“ލީން؟ އިސް ދެޓް ޔޫ؟؟؟؟……….”

އޭނާ ސިއްސައިގެނެއް ނުދެއެވެ. ލަސްލަހުން އޭނާ ފަހަތްް ބަލާލާ އަހަންނާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި ޝަހާދަތް އިނގިލި އޭނާގެ ތުންފަތުގައި ޖައްސާ އަޑުމަޑުކުރުމަށް އެންގިއެވެ. އަހަރެން ހިމޭންވީމެވެ. ދެވަނަ ސިކުންތުގައި އޭނާ އަހަރެންގެ މޭގައި އަޅާ އެނދާއި ދިމާލަށް ކޮށްޕާލިއެވެ.

އަނެއްކާވެސް އޭނާ ހިމޭންވުމަށް އެންގިއެވެ. އަހަރެން ޖެހުނު ގޮތަށް ހިރިވެސް ނުލާ އޮތީމެވެ. އޭނާ ހުރި ތާގައި އަހަންނާ ފުރަގަސް ޖަހައިގެން ހުރީއެވެ. މަޑުމަޑުން އަހަރެން އެނދުން ތެދުވީމެވެ. ފުރަގަސް ޖަހައިގެން ހުރި ލީން ކައިރީގައި ހުއްޓުނީމެވެ.

“ލީން މިތާ ކީއްކުރަނީ؟ ކިހިނެއް މިތަނަށް ވަނީ؟” އަހަރެން ސުވާލުތައް އޮއްސާލީމެވެ.

ލީން އަދިވެސް ހުރީ މަޑުންނެވެ.

“ދެން ހެވޭ އޭރުންް ކޮންމެ ގޮތަކަށް ވަނަސް, އާދޭ ކޮފީއެއް ބޯލަން” އަހަރެން ލީންގެ ޖަވާބަކަށް ހުރީމެވެ.

“ލީން. އަންނާށޭ. ކީއްވެތަ އަނގައިިންް ނުބުނެ ތި ހުންނަނީ؟” އަހަރެން ލީންގެ އެ ހަރަކާތާމެދު ސުވާލު އުފެދުނެވެ.

“ލީން!” އަހަރެން އައިި ރުޅީގައި ގޮސް ލީންގެ ކޮނޑުގައި ހިފާ ތަޅުވައިގަތީމެވެ.

“އާހް! ލީން! ކިހިނެއްވެފަތަ ތިހިރީ؟ ކިހިނެއް ވެފަހޭ ތިހިރީ؟!” އަހަރެންގެ ރުޅިގަނޑު ކެކިގަތެވެ.

އަދިވެސް ލީން ހުރީ ހުރިގޮތަށެވެ. އަހަރެން އަޅާނުލާ ކޮޓަރިން ނިކުންނަން ދިޔައީމެވެ.

“ލީން, އެޓް ލީސްޓް ޓެލް މީ ވަޓްސް ރޯންގް؟ އައި ވޯންޓްް ޓު ހެލްޕް ޔޫ” އަހަރެން ފުރަގަސް ޖަހައިގެން ހުރެ ވާހަކަ ދެއްކީމެވެ.

ލީންގެ ޖަވާބު ލަސްވުުމުން އަހަރެން ފަސް އެނބުރި ފަހަތް ބަލާލީމެވެ.

“ވަޓް؟ ލީން؟ ލީންް؟ ލީން؟” އަހަރެން ކޮޓަރިތެެެެރެެ ވަށާ ހޯދާލީމެވެ. ނަމަވެސް ލީންގެ އެއްވެސް އިޝާރާތެއް ނުވެއެވެ.

“ލީންތަ އެެއީީ؟ ނޫނީ, ކާކު؟” ޝައްކެއްްގެެ ތެރޭގައި ހުރެ އަހަރެން އެނދުގައި އޮށޯވެ ނިދާލީމެވެ.

އައުު ދުވަހަކަށް ދުނިޔެ މައްޗަށް އިރު ދައްކާލައިފިއެވެ. އިރުގެެ ދޯދިތައް ގަސްތަކުގެ ތެރޭން ފުރޭނިގެން އައިސް މަގުތަކަށް ފެތުރިފައި އޮތް މަންޒަރު ރަށުގެ ނަލަކަން އިތުރުކޮށްދީފައިވެއެވެ.

އާދައިގެމަތިން އަހަރެން ނިކުުތީީ ޑިއުޓީއަށް ދާށެވެ. ދެއަތް ދެ ޖީބަށް ޖަހާލައިގެން ހުރެ އަހަރެން ހިނގާފައި ދިޔައިރު ރޭގެ ހާދިސާ އަހަރެންގެ ސިކުނޑިތެރޭ މެއްސެއްހެން އެނބުރެމުން ދިޔައެވެ. ލީން ފެނުނީއްސުރެ ޒާތަކަށް އޭނައާއި ގަޔާވެވި މި ދިމާވި ހާދިސާގެ ސަބަބުން ލީންގެެ ހަގީީގަތް ދެނެގަންނަން އަހަރެން ކިތަންމެހާވެސް ބޭނުމެވެ.

“ކައިލް! ކައިލް!” ލީންގެ އެ އޮމާން އަޑު އަހަރެންގެ ކަންފަތުގައި ގުގުމާލުމުން ވަގުތުން އަހަރެންގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އަހަރެން ފަސްއެނބުރި ފަހަތް ބަލާލިއިރު އެހެންޏާވެސް އޭނާގެ އެ ފަރި ހިނގުމުގައި ހުރެ އާދެއެވެ. ކޮނޑުގައި އަޅުވައިގެން ހުރި ސައިޑު ބޭގުގެ އަތްގަނޑަށް ދަމާލަމުން އޭނާ އައިސް އަހަންނާ އަރާ ހަމަކުރިއެވެ.

“ލީން އަހަރެން ސުވާލެއް ކޮށްލަންތަ؟” އަހަރެން ކުރިއަށް ބަލަން ހުރެ އޭނާގެ ގާތުގައި އަހާލީމެވެ.

“ހމމ ކޮށްބަލަ” ލީން އޭނާގެ ބޮލުގައިި އިން ޕިން ނަގާ އަނގަޔަށް ލިއެވެ.

“ލީން ތި އަނގަޔަށް ގޮސްދާނެ. ނަގާާ ތި އަނގައިން” އަހަރެން ލީންގެ އަނގައިގައި އޮތް ޕިން އަތުލީމެވެ.

“ކިހިނެއްވީ؟ ދަންޔާ ގޮސްފާނެއްނު؟ ދެން ނަގާނީ އެއްނު؟” ލީން ގެ ވާހަކަ ހުރި ގޮތަކީ އެއީއެވެ.

“ލީން، ސްޓޮޕް އެކްޓިން ލައިކް އަ ބޭބީ. ލީން އަމިއްލަ ނަފްސަށް ކެއަރ ނުުކުރިޔަސް އައި ޑޫ ކެއަރ އެބައުޓް ޔޫ” އަހަރެން ލީންއަށް އޭނާގެ ޕިން އަނބުރާ ދިނީމެވެ.

“ދަ ކުއެޝަން އިސް، ވައިި؟ ވައިި ޑޫ ޔޫ ކެއަރ އެބައުޓް މީ؟” ލީން ސީރިއަސްވިއެވެ.

“ކަޒް… ކަޒް.. ކަޒް ޔޫ އާރ އަ ފްރެންޑް” އަހަރެން ދޭނެ ޖަވާބެއް ނޭނގިގެން އެންމެ ފަހުން ބުނީމެވެ.

“ދެން ކީއްވެ ރާޔާއަށްް ތިހާާ ކެއަރ ނުކުރަނީ؟ ކީއްވެ ޖަދޫއަށް ތިވަރު ނުކުރަނީ؟ ޑޭލް، ޝާމް، އިއްމި، އިނާނު، ރަޝް، އެއީ ހަމަ ފްރެންޑުންނެއް ނޫންތަ؟” ލީންގެ އެ ވާހަކައިން އަހަރެންގެ ދޫ އެއްކޮށް ބަންދުކޮށްލިއެވެ. ދޭނެ ޖަވާބެއް ނޭނގިގެެންް އަހަރެން ހުރި ތާގައި ހުއްޓި އިސް ޖެހީމެވެ.

“ކައިލް، ސަމްތިން އިސް ނޮޓް ރައިޓް. ޕްރޮބަބްލީ ޔޫ ފީލް ޔުނީކް އެބައުޓް މީ. ކައިލްގެ އުޅުމަށް ބަލާފަ އެކަން އެނގިއްޖެ” ލީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އަހަރެން އަދިވެސް ޖަވާބެއް ނުދީ ހުރީއެވެ.

“ފައިން. ކައިލް އަހަންނާާ ވާހަކަނުދައްކަން ހުންނަންޏާ ހުރޭ. އައި ޑޯންޓް ކެއަރ. އަހަރެންގެ ގަޑި ޖެހެނީ. އަހަރެން މި ދަނީ” ހިތްހަމަނުޖެހި ހުރެ ލީން ހިނގައިގަތީ އަހަންނާ ދުރަށެވެ.

“ކައިލް ދިސް އިސް ނޮޓް ރައިޓް. ފުރުސަތުގެ ބޭނުން ހިފާ” ހިތާހިތާ އަހަންނަށް ކިޔާލެވުނެވެ.

“ނޯ. ނޮޓް ނައު. ފަހުން” އަހަރެން ލީންއަށް ގޮވަން އުޅެފައިވެސް ހުއްޓާލީ ގަޑި ޖެހެން އުޅޭތީއެވެ.

އާދައިގެމަތިން އަހަރެން ބްރޭކަށް ދާން ނިކުތީމެވެ. ލީން ޖަދުވާއާއި އެކީ ކަޑައަށް ދާތީ އަހަންނަށް ފެނުނެވެ. ނަމަވެސް ލީންގެ ހުރިހާ ވާހަކަތަކަކީވެސް ތެދުކަން ހާމަކުރަން މީ މާ ރަނގަޅު ވަގުތެއް ނޫނެވެ. އެހެންކަމުން އަހަރެން ޝާމްއާއި އެކީ ދަޅެއް ގަނެގެން ދިޔައީ އަތިރިމައްޗަށެވެ.

“ޖަދޫ ހިނގާ އެ ދިމާލަށް. މިތާ މާ މީހުން ގިނައެއްނު؟” ލީންއާއި ޖަދުވާާ ވަށައިގެެންްވާ މާހައުލުން ހަމަޖެހިލައިގެން ވާހަކަ ދެއްކޭނެ ކަހަލަ މޭޒެއް ފެނޭތޯ ހޯދިއެވެ.

ދެމީހުން ގޮސް މޭޒެއްގައި އިށީނުމަށްފަހު އޯޑަރ ދިނެވެ. ޖަދުވާ އެހާ ވަރަށް އަޗާ ތަޅަމުން ދިޔައިރުވެސް ލީން ބަހެއް ނުބުނެ އިނީ ހިމޭނުންނެެވެ.

“ލީން. ކިހިނެއްވެފަ މިއަދު ތިހިރީ؟ ހާދަ މަޑުން ތިއިންނަނީ؟” ޖަދުވާ ލީންގެ ހިމޭންކަން ފާހަގަކުރިއެވެ.

“އާނ މިހާރު ނޭނގޭ މިއޮއް ވާ ގޮތެއް” ލީން އޭނާގެ ނިތުގައި އަތް ހިންގާލިއިރު ހާސްވެފައިވާ މިންވަރުު ޖަދުވާ ދެނެގަތެވެ.

“ކިހިނެއްވީ އަނެއްކާ؟ ލެޓް މީ ހެލްޕް” ޖަދުވާ ލީންއަށް އެހީވެދޭން ބޭނުންވިއެވެ.

“އިޓްސް ކައިލް. ހީ އިސް ސޯ ޑިފެރެންޓް ވެން ވިތް މީ. ޖަދޫ އަޅެެ ފާހަގައެއް ނުވޭތަ؟” ލީން ޖަަދުވާާއާާއިި ހަތަރުކަޅި ހަމަކޮށްލިއެވެ.

“ލީން އައި ނޯ. ޝާމް ބުނި ލީންގެ ވާހަކަ ދައްކާވަރުން ސިކުނޑި ސުމަކަށްވެސް ދެޔޭ. ކައިލް ރިއަލީ ލަވްސް ޔޫ. ލީންއަށް ހީީ ނުވެދާނެ. ބަޓް ހިސް ލަވް އިސް ޓްރޫ” ޖަދުވާގެ ވާހަކައިން ލީން ކޮސްވިއެވެ.

“އާހް! ޖަދޫ އައި ނޯ ގައިސް ލައިކް ހިމް. އެމީހުުންް ބަލާނީ ރީތިކަމަށް. ޝާމްއާއި ޖަދޫ އޭޭނަގެެ ވާހަކަ ގަބޫލުކުރީތީވެސް އަހަރެން ހަމަ ހައިރާންވެއްޖެ. އައި ހޭޓް ޔޫ ޖަދޫ! އައި ހޭޓް ޔޫ!” ލީން ހިތްހަމަނުޖެހުމާއެކު ތެދުވެ ކަޑައިން ނިކުތެވެ.

އަހަރެންނާއި ޝާމް ހިނގާފައި އަންނަނިކޮށް ލީންއަށް ނިކުމެވުނީ އަހަރެމެންގެ ކުރިމައްޗަށެވެ. އަހަރެން ބޭނުންވީ ލީން އޭނާއާއި މެދު ހިތްހަަމަނުޖެހި ހުރީތީވެެ މައަާފަށް އެދޭށެވެ.

“ލީން އަހަރެންް…….” އަހަންނަށް ޖުމްލަ ފުރިހަމަނުކުރެވެނީސް ލީން އައި ގޮތަށް އައިސް އަހަރެންގެ ކަންފަތް މައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ.

ޝާމްގެ ދެެލޯޯ ވަށްވެ ގޮބޮޅިގަނޑަކަށް ވިއެވެ. ފަހަތުން ނުކުތް ޖަދުވާގެ އަނގަ ހުޅުވުނެވެ. ލީން ބަލަން ހުރި މިނިކާވަގެއްގެ ނަޒަރުު ފެނިފައިި އަހަންނަށް އޭނާއާއި ދިމާލަށްް ރުޅިވެެރިި ނަޒަރަކުން ބަލާލެވުނީ ބޭއިހްތިޔާރުގައެވެ.

Share Article

Follow Me Written By

Aishath Aala

Level 1

Other Articles

Previous

ތުއްތު ކުއްޖާގެ ރޮއުން 1

Next

އިމްތިޙާން (17ވަނަ ބައި)

Next
November 30, 2018

އިމްތިޙާން (17ވަނަ ބައި)

Previews
November 30, 2018

ތުއްތު ކުއްޖާގެ ރޮއުން 1

4 Comments!

  1. Ibsha says:
    November 30, 2018 at 4:29 am

    Varah reethi

    1. Aishath Aala says:
      November 30, 2018 at 12:30 pm

      Thnks

  2. Leen says:
    November 30, 2018 at 2:26 pm

    Yayyyy me… Varah reethi story ?????

  3. aisha says:
    December 1, 2018 at 12:11 pm

    when next episode release kurany

Comments are closed.



All Right Reserved!