Skip to content
އެސްފިޔަ

ޖާހިލުކަން ނިއްވާލާ ފެނަކީ ޢިލްމެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އިންސާނަކަށް ވުމުގެ ތަޅުދަނޑި އަކީ ބުއްދި އެވެ.

ބުއްދީގެ ކާނާއަކީ ޢިލްމެވެ.

ކަޅާއި ހުދުގައިވާ ތަފާތު އެނގުމާއި ނޭގުމުގައި ވެއެވެ.

ޖާހިލުކަން ނިއްވާލާ ފެނަކީ ޢިލްމެވެ.

ފަޚްރާއި ޝަރަފް ނޭދޭނެ މީހަކު ނުވެއެވެ.

އުސް ކުރިބޯޓަށް ވާސިލު ކޮށްދެނީ ޢިލްމެވެ.

ދިރިއުޅުމުގެ ގުންޑޮޅިތަކުން އަރަން ބޭނުން ވެއެވެ.

އަތްމަތި ތަނަވަސް ކޮށްދެނީ ޢިލްމެވެ.

އުނގެނުމަށް ވަކި މަޙައްލެއް ނެތެވެ.

ހުރިހާ ޢުމުރަކަށް ޚާއްސަ ވެފައިވާ އެއްޗަކީ ޢިލްމެވެ.

ދުރާއިގާތުން،އިރާއި ހުޅަގުން ލިބެވި ދާނެއެވެ.

މަސައްކަތްތެރިޔާގެ އެހީތެރިޔަކީ ޢިލްމެވެ.

ކުރާކޮންމެ ކަމެއްގެ މަންފާ ލިބެވި ދާނެއެވެ.

ރަނގަޅު ގޮތާއި އަވަސްމަގު ބުނެދެނީ ޢިލްމެވެ.

މާތްވި އިސްލާމްދީނަށް އުޅޭން ބޭނުން ވެއެވެ.

ދީނުގެ އަސާސްތައް ބުނެދެނީ ޢިލްމެވެ.

ޢިލްމު ނެތް ކޮންމެ ތަނެއް އަނދިރި ހޮހަޅައެއްފަދަ އެވެ.

އެތަނުގައި ދިރިއުޅޭނީ ބުއްދި ނެތް މަޅްލޫޤުންނެވެ.