Skip to content
އެސްފިޔަ

ދުއްވާފައި ދާ ދޯންޏެއް ހުއްޓުވި ދާނެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ފަހު ނޭވާ ލުމުގެ ކުރިން އެފަކީރަށް އެހީވެވުނު ނަމައެވެ.

ނިމި އެދިޔައީ އެހީތެރިކަމުގެ އަތެއް ނެތިއެވެ.

ގުލާނު ކޮށްގެން އަހަރެންނަށް ހޭހަން ކުރިއެވެ.

ބޮޑުވެ މީހަކަށްވީދުވަހު އެފަކީރު ދޫކޮށް ލެވުނީއެވެ.

އަޅާނުލާކަށް  ނޫނެވެ.ހޭހަން ނުކުރާކަށް ނޫނެވެ.

އެހީތެރިކަން ބޭނުންވާނީ މުސްކުޅި ވީމާ ކަމުގައި ހީކުރެވުނީއެވެ.

ދުއްވާފައި ދާ ދޯންޏެއް ހުއްޓުވި ދާނެއެވެ.

ވަގުތު ހުއްޓުވުމަކީ މުސްތަޙީލު ކަމެކެވެ.

ޖަވާހިރަށްވުރެވެސް ވަގުތު އަގުބޮޑެވެ.

ވަގުތު އިންސާނާއަކަށް ނުބަލާނެއވެ.

އިންސާނާ ވަގުތު ފަހަތުން ދުވަންވީއެވެ.

ގެއްލިއްޖެ ވަގުތެއް ދެނެއް ނުލިބޭނެއެވެ.

ފެން ނެގޭނީ ވެހޭ އިރުއެވެ.

ބޮޑުވުމަށް ފަހު ކުޑަ ކުއްޖަކަށް ނުވެވޭނެއެވެ.

މަންމަގެ އުނގުގައި ބޯއަޅައިލާގެން ދެނެއް ނޯވެވޭނެއެވެ.

ލޯމަރާލުމުން ޚިދުމަތެއް ދެނެއް ނުދެވޭނެއެވެ.

 

 

Comments (2)

  1. Hajja

    V iburaiytheri vaahaka kolheh..

    1. ismail ali kaleyfaanu
      Hajja

      thank you hajja.

Comments are closed.