Skip to content
އެސްފިޔަ

މީހުންގެ ހައްޤު ތަކަށް ރައްކާތެރި ވާށެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ދަތް ހުރި ދުވަހު ކާށި ކެވޭތީ ފަޚުރުވެރި ވީމެވެ.

މީހެއްގެ ޙައްޤަކަށް ނުބަލަންމެއެވެ.

ބަދަހި ޢާއިލާތައް ރޫޅާލީމެވެ.

އުފާ ބޭނުން ނަމަ ދަރިންކޮޅު ދޫކޮށްލަން ބުނީމެވެ.

ފިރިމީހާގެ އަސާއަކަށް ނުވުމަށް ނަސޭހަތް ދިނީމެވެ.

އަނބިމީހާ ހިތާމަ ކޮށް ކޮށް ހިކި އަނަރޫފަ ވެއްޖެއެވެ.

އުފަން ދަރިންކޮޅަށް ރަޙުމެއްނުކުރެވުނެވެ.

އޭނާގެ ހިތްވެސް ކިހާ ހިލަ ހެއްޔެވެ.

އުފަން ދަރިންނާއި ފިރިމިހާ ދޫކޮށް އައުމަށް ރުހިއްޖެއެވެ.

ބަތްތަށީގެ އެއްފަޅީން ކެއުމަށް ރުހިއްޖެއެވެ.

ދެ ހަނދު އުދަވީ އިރު މަފަކީރު އޮންނަން ޖެހުނީ ތަންމަތީގައެވެ.

ޙިމާޔަތް ދޭނެ މީހަކަށް ބޭނުން ވެފައެވެ.

ކުދިންކޮޅު ޔަތީމުކޮށް ދާންޖެހެނީއެވެ.

ވޭން ތަކަކަށްފަހު ކަރުނައިން ފެން ވަރަމުންނެވެ.

މި ލިބޭ ވަޤުތު ކޮޅަކީ މަޢާފު ހޯދުމުގެ ފުރުސަތަކަށް ވެދާނެއެވެ.

ހެޔޮ ޢަމަލު ފިޔަވައި ބީވެ ނުދާނެ އެއްޗެއް ނެތެވެ.

މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުން ވާޖިބެވެ.