Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް (ތިންވަނަ ބައި)

Xim Level 110 Stories
July 5, 2014 3 Mins Read
7 Comments

ރޭގެ ކަންތަކާއި ހުރެ އޮފީހަށްދާން ތެދުވެވުނީވެސް ގަޑިޖެހެން ކައިރިވެފައި ވަނިކޮށެވެ. އަވަސް އަވަސް ކޮށްލައިގެން ހުސްބަނޑާ އޮފީހަށް ދިއުމަށްޓަކައި ސައިކަލަށް އަރާ ދުއްވާލީމެވެ. އަދިވެސް އަހަރެންގެ ބޮލުގެތެރޭގައި އެނބުރެނީ ރޭގައި ޝިފާ ދެއްކި ވާހަކަތަކެވެ. އިޙްސާސް ވަމުން ދިޔައީ ދުނިޔޭގައި އެކަނިވެފައިވާ މިންވަރެވެ.

އެހެންދުވަސްތަކާއި ޚިލާފަށް ހާޒިރީގައި ސޮއިކުރުމަށްފަހު ރިސެޕްޝަން ކުދިންނާއި އަނގަތަޅަން މަޑުނުކޮށް އަހަރެން އަވަސްވެގަތީ ސެކްޝަނަށް ދިއުމަށެވެ. އަހަރެން ބޭނުންވީ ރޭގައި ޝިފާ ދެއްކި ވާހަކަތަކުގެ އިތުރު ތަފްޞީލް ހޯދުމަށެވެ. އޭގެ ޙަޤީގަތަކީ ކޮބައިތޯ ބެލުމަށެވެ. އަހަރެންގެ ލޯތްބަށް ޝިފާގެ ބައްޕަ ހުރަސް އެޅުމުން އަހަރެންގެ ހިތުގައި އުފެދިފައިވާ ނަފުރަތާއި ރުޅިވެރިކަމަށް ކޮންމެވެސް ލުޔެއް ހޯދުމަށެވެ.

ގިނައިރުތަކެއްވާންދެން ފޯނުކުރިފަހުން ޝިފާ ފޯނުނެގިއެވެ.

އަހަރެންގެ ކަންފަތުގައި އައިސް ޖެހުނީ ޝިފާގެ އުފާވެރި އަޑެވެ. އޭގައި އެއްވެސް ހިތާމައެއްގެ އަސަރެއްވެސް ނެތެވެ.

“ޝިފާ، ލޯބި ކިހިނެތްތަ؟” އަހަރެންގެ ހިތާމަތައް ފޮރުވޭތޯ މަސައްކަތް ކުރަމުން އަހާލީމެވެ.

“ރަނގަޅު، ކިހިނެއްވީ؟” އަހަރެންގެ އަޑު ޖެހުމާއިއެކު ޝީފާ ފޯނު ނެގިއިރު ހުރި އުފާވެރިކަން ބަދަލުވިކަން ޝިފާގެ ޖަވާބުދިން ރާގުން އެނގުނެވެ. ހިތްހަމަ ނުޖެހުމުގެ އަޑަކަށް ބަދަލުވިއެވެ.

ޝީފާގެ ކައިވެނިކުރުމަށް ޝިފާގެ ބައްޕަ ނިންމާފައިވާ މީހަކީ ކާކުތޯ ވަރަށް އާދޭސް ކޮށްގެން އޮޅުން ފިލުވީމެވެ. އެއީކާކުކަން ނުބުނުމަށް ޝިފާ ވަރަށް ބަހަނާ ދެއްކިއެވެ.

ޖެހިގެންއައިދުވަހު އަހަރެން ސަލާމަށް ގުޅީމެވެ. އަދި ޝިފާއާއި ސަލާމުގެ ކައިވެނި ކުރެވެން އުޅޭކަން އަހަރެންނަށް އެނގުނުކަމާއި އަހަރެންނަކީ ޝިފާގެ ކުރީގެ ލޯބިވެރިޔާ ކަމުގައި ބުނީމެވެ. އެއީ މަޖުބޫރުން ކުރެވޭ، ޝިފާގެ ބައްޕަ ނިންމައިގެން ކުރާ ކައިވެންޏެއް ތޯއެހުމުން ސާލާމް ދިންޖަވާބު އަހަރެންނަށް ގަބޫލުކުރަން ދަތިވިއެވެ. އަދި ހިން ދިރުވާލުމަށްފަހު މަޑުމަޑުން ބޯހުރާލީމެވެ. އަހަރެންނަށް މިހުރިހާ ދުވަހު މިހުރެވުނީ ބޭވަފާތެރި މަކަރުވެރިއެއްގެ ދަލުގަ ޖެހި ވާ ވަދެވިފައެވެ. ޝިފާ އަހަރެން ބޭނުންކުރީ އޭނާ މާލޭގައި ހޭދަކުރި ދުވަސްތަކުގައި ހިތްއުފާކޮށްލުމަށް ބޭނުންކުރި ކުޅޭ އެއްޗެއްގެ ގޮތުގައެވެ.

“މިއީ މަޖުބޫރުން ކުރާ ކައިވެންޏެއްނޫން. މިއީ އަހަރެންނާއި ޝިފާ އާއި ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވެގެން ދެމީހުންވެސް ބޭނުންވެގެން ކުރާ ކައިވެންޏެއް. ކާކުބުނީ މިއީ މަޖުބޫރުންކުރާ ކައިވެންޏެކޭ؟” ސަލާމް ވަރަށް އުފަލުންހުރެ ވާހަކަ ދައްކަމުންދިޔައިރު އަހަރެންގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. އެބަސްތައް އަހަރެންނަށް އިވެމުންދިޔައިރު އަހަރެންގެ ހިތައްލިބެމުންދިޔަ ވޭންތަކުގެ ސަބަބުން އަހަރެންނަށް ވާހަކަދެއްކުމަށް ދަތިވިއެވެ.

“ޝިފާ ކީއްވެ މިހާ ބޮޑަށް އަހަރެންނަށް އޮޅުވާލީ؟” އަހަރެންގެ އަމިއްލަ ނަފުސާ ހިތާހިތުން ޝަކުވާލު ކުރަމުން ދިޔައީމެވެ.

“ކިހާ ދުވަހެއްވެއްޖެ ސަލާމް އާއި ޝިފާ ރައްޓެހިވެގެން އުޅޭތާ؟” އަހަރެންގެ ހިތާމަތައް ފޮރުވަމުން ސަލާމު ކުރެން އެހީމެވެ.

“މިހާރު ވަރަށް ދުވަސްވެއްޖެ، ގާތްގަނޑަކަށް އަހަރެއްވަނީ” ސަލާމް އެހެން ބުނުމުން ޝިފާ އަހަރެންނަށް އޮޅުވާލާފައިވާ މިންވަރު އިޙްސާސް ކުރެވުނެވެ.

“ދެން ބާއްވަނީ! އުފާވެރި ކައިވެންޏަކަށް އެދެން” އެހެން ބުނުމަށް ފަހު އަހަރެން ފޯނުބޭއްވީމެވެ. އަދި އަހަރެންނަށް ވަމުންދިޔަގޮތް އެހެންމީހަކަށް ފެނިދާނެތީ އެކަން ސިއްރުކުރުމަށްޓަކައި އަވަހަށް ގޮސް ފާޚާނާއަށް ވަނީމެވެ.

ބައްޕަ މަޖުބޫރުކޮށްގެން ކަމަށްބުނެ ޝިފާ ރަށަށްދިޔަތާ މިހާރު މިވީ ހަމަސްދުވަހެވެ. ޝީފާ ފުރަން ބޯޓަށް ދިޔައިރުވެސް އެއްމެ ފަހުވަގުތާއި ޖެހެންދެންވެސް އަހަރެން ޝިފާއާއި އެކުގައި ވީމެވެ. ބޯޓްގޮސް ލޮލުކޮޅަށް އޮބާލަންދެން ތޮށިގަނޑުމަތީގައި އެ ރޭ ހޭދަކުރީމެވެ. ޝިފާ އެވަނީ އަހަރެންނާއި ރައްޓެހިވެގެންހުރެ އެހެންމީހަކާއިއެކު ގުޅުން ބާއްވާ އެހެންމީހަކާއި ކައިވެނި ކުރުމަށް ނިންމާފައެވެ. އޭނާ އަހަރެންނަށް އޮޅުވާލީ ކީއްވެ ހެއްޔެވެ؟ އަހަރެން އޭނާއަށް ނުދެނީ ކޮން އުފަލެއްހެއްޔެވެ؟ އޭނާ އެއީ ބޭވަފާތެރިއެކެވެ. ބައްޕަ މަޖުބޫރު ކޮށްގެން ކުރާ ކައިވެންޏެކޭބުނެ އަހަރެންނަށް އޮޅުވާލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަހަރެންނާއި އެކުގައިވި ދުވަސްތަކުގައި އަހަރެން އޭނާއަށް ހިތްހަމަ ޖެހުމާއި އުފާ ނުދެން ހެއްޔެވެ؟ މިއަދު އަހަރެންނަށް މިހިތާމަތަށް ދިނީ އަހަރެން ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ އަހަރެންނަށް މިހެންހެދި އިރު އޭނާގެ ހިތެއްވެސް ނެތީހެއްޔެވެ؟ ފާރުގައި ބޯޖައްސައިގެންހުރެ ރޮމުންދިޔައިރު މިޝަކުވާތައް އަހަރެންގެ އަމިއްލަ ނަފުސާއި ކުރަމުންދިޔައީމެވެ. އެތައް އިރެއްވަންދެން ފާހާނާގައި ހުރެ ރުއިމަށްފަހު ނިކުމެ ޝިފާއަށް ގުޅީމެވެ.

“ޝިފާ…. ކީއްވެ..އަހަރެންނަށް އޮޅުވާލީ؟” އަހަރެން ވަރަށް ގިނައިރު ގުޅިފަހުން ޝިފާ ފޯނު ނެގުމާއި އެކު އަހަރެންގެ އަޑުގައިވާ ހިތާމަތައް ފޮރުވުމަށް މަސައްކަތް ކުރަމުން ޝަކުވާ ކުރަން ފެށީމެވެ.

“އަހަރެން ނަދީމަށް އޮޅުވައެއް ނުލަން” ޝިފާ އަދިވެސް މަސައްކަތްކުރީ ދޮގުހަދާ އޮޅުވާލުމަށެވެ.

“ނުވާނެ! އަހަރެން ސަލާމަށް ގުޅައިގެން ހުރިހާ ކަމެއް އޮޅުން ފިލުވައިފިން” އަހަރެން އެހެން ބުނުމާއި އެކު ޝިފާ ބަހެއް ނުބުނެ މަޑުޖެހުނެވެ.

“ނަދީމް ކީއްކުރަން ސަލާމަށް ގުޅީ؟ އަހަރެންދެން ބޭނުމެއްނޫން ނަދީމް އާއި ވާހަކަދައްކާކަށް” ޝިފާ ކުރިކަންތައް ބޭޒާރުވުމުން ޝިފާ އަހަރެންދެކެ ރުޅިއައެވެ.

“ނަދީމް ދެން އަހަރެންނަށް ގުޅައިގެން ނުވާނެ!” ޝިފާ އަހަރެންނަށް އޮޅުވާލާފައިވާކަން އެނގުމުން އެކަމާއި ކުށްވެރިކުރީ އަހަރެންނެވެ.

“އަހަރެންނަށް މިހާރު އެނގިއްޖެ، ޝިފާ އެއްއިރެއްގަވެސް އަހަރެންދެކެ ލޯބި ނުވާކަން. ތިއީ ބޭވަފާތެރިއެއް!” އަހަރެންގެ އިޙްސާސްތައް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ.

“ހެޔޮ އެނގުނަސް ނޭންގުނަސް، އަހަރެންނަށް ދެން ގުޅައިގެން ނުވާނެ، އަހަރެން ބޭނުމެއްނޫން ނަދީމްއާއި ވާހަކަ ދައްކާކަށް” ޝިފާގެ އަސްލު އެނގުމުން ބޫނާނެ އެއްޗެއްވެސް ނޭންގިފައި އަހަރެންނަށް ފޯނު ހިފަހައްޓައިގެން ހުރެވުނީއެވެ.

“އަހަރެންމިހާރު ބޭނުންވަނީ ސަލާމު” ޝިފާ އޭނާގެ ހިތުގައިވާ ހުރިހާއެއްޗެއް އެއްފަހާރާ ގޮވާލުމަށް ފަހު ފޯނުބޭއްވީ އަހަރެންގެ ހިތްކުދިކުދި ކޮށްލުމަށް ފަހުގައެވެ. ޝިފާ ފޯނުބޭއްވުމުންވެސް އަހަރެން ތަކުރާރުކޮށް އެތަށްފަހަރަކު ގުޅީމެވެ. އެހެންނަމަވެސް ކޮންމެފަހަރަކުވެސް ފޯނު ރިންގުވާން ފެށުމާއިއެކު ފޯނު ބިޒީ ކޮށްލަނީއެވެ. އަދި އެންމެފަހުން އަހަރެން ފޯނު ކުރުމުން ޝިފާގެ ކޮއްކޮ އާއި މަންމަ އަތަށް ފޯނުދީގެން އަހަރެންނާއި ދިމާއަށް އެއްޗިހި ގޮވަންފެށިއެވެ. ދެން ޝިފާއަށް ދުވަހަކުވެސް ނުގުޅުމަށް ނިންމާފައި އަހަރެން ފޯނުބޭއްވީމެވެ. އަދި އެކަމާއި ހިތާމަކޮށް ނުރުއިމަށްވެސް ނިންމީމެވެ.

އަހަރެންގެ މޫނުމަތިން ފެންނަން ހުރިހިތާމަތަށް އެހެންމީހުނަށް ފޮރުވުމަށް މަސައްކަތް ކުރިނަމަވެސް އެކަން އަހަރެންނަށް ކާމިޔާބު ނުވިކަން އަހަރެންނަށް އެނގުނީ ޒީނާ ފަހަތުން އައިސް އަހަރެންގެ ކޮނޑުގައި އަތްއަޅާލުމުންނެވެ.

“ނަދީމު..ރޮނީތަ؟ ކިހިނެއްވީ؟” ޒީނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. މީގެ ކުރިން ހިނިތުންވުމާއި މަޖާކުރުން ފިޔަވާ އެހެންކަމެއް އަހަރެންގެ ފަރާތުން ޒީނާއަށް ފެނިފައި ނުވާނެއެވެ. ޒީނާގެ ސުވާލަށް ޖަވާބުދޭނެހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އިތުރުމީހަކަށް އެކަން އެނގުމުގެ ކުރިން އަވަސް އަވަހަށް ގޮސް އަނެއްކާވެސް ފާޚާނާއަށް ވަނީމެވެ. ގިނައިރުތަކެއްވަންދެން ފާޚާނާގައި ހުރުމަށްފަހު އައިސް ސެކްޝަނަށް ވަނުމާއިއެކު ޒީނާ އަހަރެންނާއި ދިމާއަށް ސުވާލުތަކުން ފުރިގެންވާ ނަޒަރަކުން ބަލާލިއެވެ. ޒީނާގެ މޫނުމަތިންވެސް ފެންނަންހުރީ ކަންބޮޑުވުމާއި ހާސްކަމެވެ. ޒީނާ އަހަރެންނާއި ދިމާއަށް ބަލާލުމުން ހީލުމަށް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އެހީލުމުގައި އެއްވެސް އުފާވެރިކަމެއް އަހަރެން ނަކަށް ނުގެނެވުނެވެ.

ނުނިމޭ

Share Article

Follow Me Written By

Xim

Level 110 Stories

I am a freelance writer, who always love to write about different topics.

Other Articles

Previous

އެފާފަ (ފުރަތަމަ ބައި)

Next

އެފާފަ (ދެވަނަ ބައި)

Next
July 7, 2014

އެފާފަ (ދެވަނަ ބައި)

Previews
July 5, 2014

އެފާފަ (ފުރަތަމަ ބައި)

7 Comments!

  1. me says:
    July 5, 2014 at 9:26 pm

    aharaku partehtha, hun v foohi vey

  2. Xim says:
    July 5, 2014 at 9:37 pm

    Mifaharu avas vaane in sha Allah

  3. Xim says:
    July 5, 2014 at 9:39 pm

    Gina dhuvasthakeh medhu ken’digen dhiyakamah takai kiuntheringe kibain nihaayathah ma’aafah edhen.

  4. zam says:
    July 6, 2014 at 4:58 am

    V fooohi vaahaka eh mee
    Dhen ragalhee vaahaka liyun huttalun fake writer

    1. zo says:
      July 19, 2014 at 4:30 pm

      Mi vaahaka v reethi…ekam up kohdheyy leh hadh laheyyy. V avahah anehbai kiyaalan libeyne kamah ummeed kurannn…waitin waitin 🙂 🙂 😀

  5. shahu says:
    July 6, 2014 at 10:49 am

    Dhn rangalhu dhw

  6. Xim says:
    July 6, 2014 at 10:53 am

    Hurihaa khiyaalakahves adhi faadu kiumakah ves marukhabaa…

Comments are closed.



All Right Reserved!