Skip to content
އެސްފިޔަ

ތިބާ އާއި ނަމާދު

އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ

ނަމާދު ތިބާ ހެއްދެވި ޚާލިޤު ވަންތަ އާ ކުއްތަން ކުރުވައެވެ. ތިބާގެ ހިތުގެ ޚާލިސްކަން ފާޅުކޮށް ﷲ އަށް ބޯ ލެބުމުގެ ފުރުސަތު ހޯދައިދެއެވެ. ރައްބުގެ މަތިވެރިކަން ހާމަކޮށް އެއިލާހަށް ދުޢާ ދެންނެވުމުގެ މަގު ހުޅުވިގެން ދެއެވެ. އިންސާނީ ރިވެތި ސިފަތައް ދަސްކޮށް ދެއެވެ. ނަމާދު ތިބާ ނުބައިކަންތައްތަކުން ދުރުކުރުވައެވެ.ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދެއެވެ. ރޫޙަށް ދިރުން ގެނެސްދީ ހިތަށް ހަމަޖެހުން ގެނެސްދެނީ ނަމާދެވެ.

ރޫޙަށް ދިރުން ގެނެސްދީ ތިބާއަށް ހިތްހަމަޖެހުން ގެނެސްދެނީ ނަމާދެވެ.ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ފުރިހަމަ ކޮށްލުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި،އުފަލެއް ލލިބިގެންދެއެވެ.އެއީ ތިބާ ހެއްދެވި ޚާލިޤް ވަންތަ ﷲ އަށްޓަކައި ކުރެވުނު ކަމެކެވެ.ތިބާގެ މަސައްކަތަކަށް ހަދަންވީ ﷲގެ ރުހިވޮޑިގަތުން ހޯދުމެވެ.

ސާފުތާހިރު ކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ.ނަމާދު ތިބާ ސާފުތާހިރުކޮށް ހުރުމަށް ބާރު އަޅައެވެ.ނަމާދު ސައްހަ ވާނީ ހަށިގަނޑާއި،ފޭރާމާއި،ނަމާދު ކުރާތަން ސާފުތާހިރު ނަމައެވެ.ވުޝޫ ނެތި ނަމާދެއް ނުކުރެވެއެވެ. ވުޝޫގެ ސަބަބުން މުހިއްމު ގުނަވަންތައް ސާފު ވެއެވެ.

ދުޅަހެޔޮކަންމަތީ ހުރުމަށްޓަކައި ހަށިގަޑު ޙަރަކާތް ކުރުމާއި،ހެލިފެލިވެ އުޅުން ވަރަށް މުހިއްމެވެ. ނަމާދު ކުރާނަމަ ހަށިގަޑަށް  ބޭނުންވާ ހުރިހާ ކަސްރަތެއް ލިބޭނެއެވެ.މިކަން އެނގެނީ ނަމާދު ނުކުރާމީހުން ގައިގެ އެތައް މިތާގައި ރިއްސާތީ އުޅޭތީއެވެ. ހުޅުހުޅުން އަޑު ކިޔާތީ އެކަމުގެ ޝަކުވާ ކުރާތީއެވެ.ކޮންމެވެސް ކަހަލަ ކަސްރަތަކާއި ނުލައި އެމީހުންނަށް ދިރިއުޅޭން ދަތިވާތީއެވެ.

ވެރީންނަށް ކިޔަމަންތެރިވުމަކީ،ތިބާއަށް ވާޖިބު ކަމެކެވެ.ޖަމާޢަތުގައި ނަމާދު ކުރާއިރު ނަމާދުކުރާން ހުންނަ މީހާ އެއް ޙަރަކާތުން އަނެއްޙަރަކާތަށް ބަދަލުވާނީ އިމާމާގެ އިޝާރާތަކަށެވެ. މިތަމްރީނަކީ ތިބާގެ ކަންކަމުގައި ޒިންމާ ނަގާ ވެރިޔާއަށް ކިޔަމަންތެރިވާން ދަސްކޮށްދޭ ޢަމަލެކެވެ..ތިބާއަކީ ޖަމާޢަތުގެ ބައިވެރިއެކެވެ.

ނަމާދުގެބަދަހި ސަފުތައް ރަމްޒު ކޮށްދެނީ މުސްލިމުންގެ އެއްބައިވަންތަކަމާއި، ހަމަހަމަކަމެވެ.މި ޖަމާއަތުގައި މުއްސަނދިންނާއި،ފަޤީރުން ހިމެނެއެވެ. ދޮންމީހުންނާއި ކަޅުމީހުން ބައިވެރި ވެއެވެ.ހުރިހާ އެންމެންގެ އަމާޒަކީ،ރައްބުގެ ރުހިވޮޑިގަތުން ހޯދުމެވެ.އިންސާނުންގެ އާރެއްބާރެއް ނެތްކަން ޤަބޫލު ކުރާޙާލު އެންމެ މަތިއެރި،އެންމެ ބޮޑުއިލާހަށް،ރުކޫޢު،ސުޖޫދު ކުރުމެވެ.ޙަމްދުޡަނާ ދެންނެވުމެވެ.ޛިކުރުކުރުމާއި ދުޢާ ކުރުމެވެ.

ވަޤުތަކީ ވަރަށް މުހިއްމު ހަދިޔާއެކެވެ.ރަނަށްވުރެވެސް އަގުބޮޑު ކަމަށް ވެއެވެ.ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އެނގުމަކީ ނުހަނު ބޭނު ން ބޮޑު ކަމެކެވެ. ވަގުތުން ވަގުތައް ނަމާދު ޖަމާޢަތުގައި ކުރަން އާދަކުރެވިއްޖެނަމަ ވަޤުތަށް ކަމޭހިތާން ދަސްވާނެއެވެ.

ނަމާދު ތިބާ މުރާލި މީހަކަށް ހަދައިދޭނެއެވެ.އަމިއްލަ އަތުން ލަސައްކަތް ކޮށްގެން ދިރިއުޅުން ބިނާކުރާން ދަސްކޮށްދޭނެއެވެ.ހީވާގި އަދި ހުޝިޔާރުވެ ހުރުމުގެ މަގު ތަނަވަސްވާނެއެވެ. ދިރިއުޅުމުގެ ބުރަތައް ބަރުދާސްތު ކުރުމުގެ ޖޯޝް އުފައްދައެވެ.ﷲގެ ނިޔާފުޅާއި،މިންވަރުފުޅަށް ރުހޭނެއެވެ.

ތިބާއަށް ކޮންމެ ދުވަހަކު މިސްކިތުން ފެންނަ މީހުންނަކީ ރަގަޅު ރަޙުމަތްތެރީންނެވެ.އެގޮތަކީ ތިބާ އެބައިމީހުންންނާއި ގުޅުން ބަދަހިކުރާނީ ﷲ އަށްޓަކައެވެ.އެބައިމީހުންގެ ކިބައިން ފެންނަ ރަގަޅު ސިފަތަކަށްޓަކައެވެ.އެބައިމީހުން ﷲއަށް ކިޔަމަންތެރިކަން އަދާކުރާ މިންވަރު ފެނި ތިބާގެ ހިތުގައިވެސް ﷲއަށް ޝައުޤުވެރިކަން އުފެދޭ ނެއެވެ.

ނަމާދަކީ ތިބާ ފާޙިޝް ޢަމަލުތަކުން ދުރުކޮށްދޭނޭ ވަސީލަތެކެވެ.ނުބައި ކަންކަމުން ދުރުވެގެން ހުރުމަކީ ފައިދާ ލިބޭނޭ ކަމެކެވެ.ނަމާދު އެޅުމަކީ ވަރަށް ބޮޑު ފާފަ އެކެވެ.ތިބާގެ ދެ ޙަޔާތް އަނދިރި ވާނޭ ކަމެކެވެ.

 

Comments (3)

  1. No one

    Mi kahala dheeni echeh viyya ekakuvex comment adhi likeh vex nudheyne. Thiya kuraa hivvarah hama saabas … love your story and anything

    1. ismail ali kaleyfaanu
      No one

      shukran. beybe varah ufaa vejje.

  2. hawwa

    vara furihama .. ma sha Allah.. vara boda shukuriyya.. alhugandu ge dua vani thibeyfulha aa eki 🙂

Comments are closed.