Skip to content
އެސްފިޔަ

ލީން

ކުޑަދޮރު ކައިރީ ހުރި މޭޒެއް ދޮށުގައި އަހަރެން އިނީ ވެހެމުންދާ ކުދި ވާރޭތިކިތަކުގެ ނަޒާރާއަށް ބަލަހައްޓައިގެނެވެ.

ވާރޭވެހޭ މަންޒަރަކީ އަހަރެން އަބަދުވެސް ބަލާހިތްވާ މަންޒަރެކެވެ. ކުއްލިކުއްލިއަށް ވިދާފައި ގުގުރާލިއެވެ. ދޭތެރެދޭތެރެއިން ވާރޭ ބޯކޮށްލާފައި ތުނިކޮށްލައެވެ. އެ ގުދުރަތީ މަންޒަރުން ހިތަށް ލިބެމުން ދިޔަ ފިނިކަން، ހިތް ގަނޑުކޮށްނުލާކަން ނަސީބެވެ.

އިރުކޮޅެއް ފަހެވެ. މޭޒުމަތީ އޮތް އަހަރެންގެ ފޯނުގެ “ފާރުކަރުދާސް” ފެނުމުން ހިތަށް އެރިއެވެ. މި ފެންނަ ހޫރުޕަރީ އަހަރެންގެ ޤަލަމުން ސިފަކޮށްދިނުން ކީއްހެއްޔެވެ. އަހަރެންގެ ފޯނު “ވޯލްޕޭޕާރ” ނުވަތަ ފާރުކަރުދާހުގައި އެވަނީ އަންހެން ކަނބަލެކެވެ.

ޔަޤީނުންވެސް މި ހިތުގައި ޙާއްސަ ޤަދަރަކާއި ލޯތްބާއި ޢިއްޒަތް އެ ކަނބަލެއްގެ މައްޗަށް ވެރިވެފައިވާ ޖިންސުއްލަތީފެކެވެ. އެއީ ” ލީން ” އެވެ.

ލީންއެވެ. ތިޔަހަރަ ރީތި ކަމެއް ދޯއެވެ. އާދަމުގެ ދަރީން މޮޔަ ނުވީއްޔާ ދެރައެވެ. ލީންއެވެ. ކަލާގެ ތި ހިނިތުންވުމުގެ މައްޗަށް ހިތް ނުލެނބޭނީ ފަހެ ކާކުގެ ހެއްޔެވެ؟ ލީންއެވެ. ކަލާގެ ދެލޮލުގައި ތިވަނީ ފިރިހެނުން އަވަދިވާވަރުގެ ޖާޒުބީ ބާރެކެވެ.

ލީންއެވެ. ކަމަނާއަށް ލިބިފައި ތިވަނީ ހިތިފަތު ބުމައެކެވެ.
ރިހި ކަނދުރާއެކެވެ. ޖަންބު ކޯތާފަތެކެވެ. އިހި ކަނދުރާއެކެވެ. ހިތިފަތު ބުމައެކެވެ.

ލީންއެވެ. ދުނިޔެ މަތީގައި ހޫރުލްޢީނުން ނޫޅެއެވެ. އެ ކަނބަލުން އުޅެނީ ސުވަރުގޭގައި އެވެ. އެހެނަސް ބުނާން ހެއްޔެވެ؟ އޭގެން ބަޔަކު ދުނިޔޭގައި ލެއްވި ނަމަ ތިޔައީ އެ ލިސްޓަށް އިތުރުވާނެ ނަމެކެވެ. ލޯބީގެ ގަނޑުވަރެއް ނަމަ، މަހާރެހެންދީގެ މަޤާމު ކަމަނާއަށް ނުދޭނީ މޮޔަ ރަސްކަލެކެވެ. ލީންއެވެ. ތިޔަ ރީތިކަން ޤަލަމުން ބަޔާންކޮށްދޭން އަހުރެން މިވަނީ ނުކުޅެދިދައެވެ. އަދި މިއީ ކުޑަމިންވަރެކެވެ.

ކުއްލިއަކަށް އަހަރެންނަށް ހޭލެވުނީ ފޯން ރިންގުވާން ފެށީމައެވެ. ފޯނު ނަގާ ބުނެލީމެވެ.

“ލީން… ފައްކާ ހުވަފެނެއް..”

– ނިމުނީ –

 

ނޯޓު: ލޯބިވާ ކުއްޖެެެއް ކަމަށްވާ ލީނާއަށް ޙާއްސަ ކުރެވިފައިވާ ވާހަކައެއް!

Comments (27)

  1. Zidhan ex twin

    Varah reethi……aslu ves zidhan ge story is best
    ……..afaa story part 3 up kohdybala please…..and also kiyun theringe faadah keeh kuri erun kamah balaafai…vaahaka liyaathih….zidhan geh vaahaka thah varah reethi….masha allah?❤

    1. Zidhan /R. Vaadhoo
      Zidhan ex twin

      Haha Yageen insha allah nuhuttuveyne!

  2. Sham

    Mi stry salhi… Asluvx… Meehun kiyaa echissa balanyyamun dhuvahaku vx kuri erume nulibane… Meehun hoadaanee abadhuvx Meehun ge mistakes… Ur stories are beautiful.. ?

    1. Zidhan /R. Vaadhoo
      Sham

      Thankyou sham! Alhaanulaa baeh dhivehinge goiy eii. Binaakuruvanivi faadukiyumah marukhabaa! Koosani negative stuffs ah liyuntherin sihi biruganna zamaan oyaa gossi!

  3. rai

    Dhw

    1. Zidhan /R. Vaadhoo
      rai

      Exactly!

  4. Sham

    Aan.. Dhw. Aslu e ulhenee j vegen??

    1. Zidhan /R. Vaadhoo
      Sham

      Yes.. ikr! ?

    2. Leen
      Sham

      Hmm dhw

  5. Someone

    Hae Hae such love hehe nice story ?????

    1. Zidhan /R. Vaadhoo
      Someone

      Kekeke! Thanks dear!

    2. Someone
      Someone

      Kaku kan neyguny dhw??

    3. Someone
      Someone

      Kaku kan neyguny dhw?? zidhaan “suvaleh kohlantha ” hadhan vehje?

    4. Zidhan /R. Vaadhoo
      Someone

      Laa! ??
      Hoan suvaalu kurey! ?

  6. Xidhaan luv

    Xidhaan haadha lwbi stry Liyey…i love it❤️❤️❤️

  7. Aana

    Dhen kbr afa eh vaahaka keehveh nuhgenehsh dheneeh.

  8. hajam

    WOW!!!!
    Vara reethi mi stroy vx
    Keep it up deer

    1. Leen
      hajam

      I know right ????keep it up zidhaan????

  9. Anonymous

    Aslu thedheh bunantha Zidhaan liyaa vaahaka thah ehgothakahves kamaku nudhey… Enme vaahakaeh reethi vegen comment koh levuny. Dhen hama zero …

    1. Kiya
      Anonymous

      Hajam kobba

    2. Leen
      Anonymous

      Dhen nukiyaba dhw comment kiriyas positive veba?

  10. Ishaan

    vrh hama habeys xidhaanoooo…..bunaane ehcheh ves neyngey habeys kamun gos

  11. Someone

    Nukuranan blllllllll ???

  12. Leen

    Zidhaan eve. Thiyaee ves hama fahaga kohlevey aligadha hih heyo thari yekeve. Vahaka kiyumaki alhugadu Emme ufava eh kameve Gina ginain vahaka genesdhy alhugadu happy kohdhy ☺️??Ehen noonanama “suvaleh kohlantha” ????????? blllllllll ???Dhen lalala??

    1. Zidhan /R. Vaadhoo
      Leen

      Laa.. hmm… suvaaleh kollaba lwby! ??

  13. Leen

    Ehentha zidhany ???

  14. Aishath Aala

    Ey your stories are amazing. Sorry ingey neyngigen leen kiyaa vaahaka ehh liyan feshunee. Vrh bodah sorry….

Comments are closed.