Skip to content
އެސްފިޔަ

ލޯބިވާ އޭ (އެއްކޮށް)

އެއީ އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި އެވެ. ބޭސްފަރުވާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ އިނޑިއާއަށް ދިޔައީ އަހަރެން ބޮޑުދައިތަ ކަައިރީ ރަށުގައި ބަަހައްޓާފައި އެވެ.

ތަޤުދީރުގައި ކަން އެހެން ވާން ލިޔުއްވާފައި އޮތްކަން އަހަރެންނަށް ކުރިން އެނގުނު ނަމަ އެ ހަޑި މުޑުދާރު އަމަލުން ރެކުމަށް މަންމަމެންނާއި އެކު ދިޔައީމުހެވެ. އާއެކެވެ. ގަދަކަމުން އަހަންނަށް ބެހުނީ ދުރު މީހެއް ނޫނެވެ. މިބުނާ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުޑަކުޑަ އަހަރެން އެ ބިޔަ މީހާ ކައިރީން ސަލާމާތްވާން ކުރި މަސައްކަތް ﷲ ދެނެވޮޑިގެންވާނެއެވެ.

އާއެކެވެ. އެޝައިތާނު މި ފަކީރުގެ އިއްފަތްތެރިކަން ފޭރިގަތީއެވެ. އަހަރެން ރޮއެރޮއެ އޮއްވައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ނުވިތާކަށް މި ވާހަކަ މީހަކަށް ކިޔައިދީފި ނަމަ މަރާލާނެ ކަމަށް އެ ނުބައި މީހާ އަހަންނަށް އިންޒާރު ދިނެއެވެ.

ކުރާނީ ކީއް ހެއްޔެވެ؟ އަދި އަދަށް ދަންދެން ވެސް މިވާހަކަ މީހަކު ގާތު ނުބުނަމެވެ. އަހަރެން ބިރުގަނެއެވެ. ބިރުގަނެއެވެ. ބިރުގަނެއެވެ. ބިރުގަނެއެވެ.

ހިތުތޭރޭގައި އެ މާޔޫސްކަން ފޮރޮވައިގެން ހުށްޓާ އަހަރުތައް ފާއިތުވެ، އުމުރުން ސާދަ އަހަރުވީއެވެ. އަހަރެން ކުއްޖަކާ ލޯބީގެ ގޮތުން ފުރަތަމަ ގުޅުނީ އެއަހަރުއެވެ. އެވެސް ކޮންމެހެން އަހަރެން ބޭނުންވެގެން ނޫނެވެ. އޭނަ ވާ ލޯތްބެއްގެ ބޮޑުކަން ދައްކާވަރުން ނެވެ. ނަމަވެސް، އެ ގުޅުމަށް މަހެއް ނުވަނީސް އޭނައާ ވަކިވާން ޖެހުނީ މަޖުބޫރު ވެގެނެވެ.
އާއެކެވެ. އިންސާނާގެ ތަޤްދީރަކީ ލިޔެވި ތައްޔާރުކުރެވިފައިވާ އެއްޗެކެވެ. ތިމާގެ އާއިލީ މީހުންނާއި، ހަޔާތުގެ ބައިވެރިންނާއި އެކުވެރިންނަކީ ވެސް ހަމަ ތަޤްދީރުގައި ލިޔެވި ހަމަޖެހިފައިވާ ކަންކަމެވެ. މި ދުނިޔޭގައި ވާހާއެއްޗަކީ ދޫކޮށް ދާނެ އެއްޗެއްސެވެ. ފުރާނައާއި ތިމާގެ ހިޔަނިވެސް ތިމާ ދޫކޮށްފައިދާނެއެވެ.

އަހަރެން ރައިހާންއާއި ގުޅުނީ ވަރަށް އިތުބާރުކޮށްފައި އެވެ. ނަމަވެސް، އޭނާވެސް ދިނީ ދޯކާއެވެ. އަހަރެންގެ މާޒީ އިނގުނު ހިސާބުން ފެށިގެން ރައިހާން ހުރީ އަހަރެންގެ ބޭނުން ހިފާލުމަށް ވިސްނައިގެން ތާއެވެ. ބާތުޑޭ ސަޕްރައިޒް ދޭންވެގެންނޭ ކިޔާފައި މީހުން ނޫޅޭ ވަޤުތު ބަލާފައި އަހަރެން އޭނާގެ ގެއަށް ގެންދިޔައީ އެ މަޤުސަދުގައި ތާއެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން އޭނާ ކުރުން އުޅުނު ކަންތައް ނާކަމިޔާބު ވީއެވެ. ރައިހާންގެ ހަރަކާތްތަށް ހުރިގޮތުން ފާހާނައަށް ކަމަށް ބުނެ، ފާހާނާއަށް އަހަރެން ވަނީ އެކުވެރިޔަކަށް ގުޅާ ހަބަރު ދޭށެވެ.

ނަސީބު ރަނގަޅު ކަމުން ޒާން އައީ ސައިކަލުގައި އެވެ. ކުޑަވަޤުތު ކޮޅެއް ތެރޭގައި އެވެ. އަހަރެން ފާހާނާއިން ނުކުތީ ޒާން އައިސް ދޮރުގައި ޓަކި ދިން އަޑަށެވެ.

ރައިހާން ގޮސް ދޮރު ހުޅުވިއެވެ. އެވަގުތު ޒާން އަހަރެންގެ އަތުގައު ހިފައި ބޭރަށް ނުކުމެ، ގެއަށް ލައިދޭން ދިޔައެވެ.

އަހަރެން އެރޭން އެރެއަށް ރައިހާންއާ ރުޅިވެއްޖައީމުއެވެ. މިހާރު އަހަރެންނަކީ ފިރިހެނުންނަށް އިތުބާރުކުރާ މީހެއް ނޫނެވެ. ފިރިހެންކު ކައިރިން ދިޔަސް ސިހިފައި ބިރުގަނެއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ.

މިހެން އުޅުމުގެ ތެރޭގައި އަހަންނަށް ލިބުނު އެކުވެރިއެކެވެ. ނަމަކީ ޒޭންއެވެ. ދުވަހަކަށް ފަހު ދުވަހެއް ވީއްލެމުން ދިޔަ ވަރަކަށް ދެމީހުންގެ އެކުވެރިން ދިޔައީ ބަދަހިވަމުންނެވެ.

ފޯންކުރެވޭލެއް ގިނަވެއްޖެއެވެ. ބައްދަލުކުރެވޭލެއް އިތުރުވެއްޖެއެވެ. ދެ ލޯބިވެރިންނެކޭ އަހަރެމެންނެކޭ ތަފާތެއް ނެތެވެ. ހަމައެކަނި ރަސްމީ ސިފައެއްގައި އެކަހަލަ ގުޅުމަކުން ނުގުޅޭ ކަމެވެ.

ޒޭންއަކީ ހިތްހެޔޮ، އަހުލާގު ރަނގަޅު ކުއްޖެކެވެ. ބަސްމަދު އަދި މަޑުމައިތިރި ކަމުގެ ލާމަސީލު މިސާލެކެވެ. ދީނީ ކަންކަމަށް ފަރުވާތެރި އޯގާތެރިކަމުގެ ނަމޫނާއެކެވެ. ލައްކަ މަޖާ ވެސް ސޮރެކެވެ. މަޖާ ޖޯކުތަކުން ދުވަސް އުޖާލާ ކޮށްދެއެވެ. މާޝާ ﷲ އެވެ.

އަހަންނަށް އޭނަ ކިތަންމެހާވެސް ރަނގަޅެވެ.

އެއްރެއެކެވެ. ބޮޑު ވާހަކައެއް ބުނާން ކަމަށް ބުނެ ޒޭން މެސެޖު ކުރިއެވެ. “އާން އަވަހަށް ބުނޭ” އަހަރެން ޝައުގުވެރިކަމާއެކު ޖަވާބު ފޮނުވީމެވެ.

ކުޑައިރުކޮޅަކުން އައި އިތުރު މެސެޖެކެވެ. ތިޔަ ހީވީ ރަނގަޅަށެވެ. ދަމާފައި އޮތް ބަނދިވަރަކާއެކު އޭނަ ލޯބިހުށައެޅީއެވެ. ދެން އަހަރެން ބުނާނީ ކީކޭހެއްޔެވެ؟ ވިސްނާނެ އެއްޗެއް އެބައޮތް ހެއްޔެވެ؟ “ތީ އަހާކަހަލަ ސުވާލެއްތަ؟ އައިމް އޯލް ޔުވާރސް” އަހަރެން މެސެޖު ފޮނުވާލީމެވެ. އޭރު އެރޭގައިވާ ހިތް އުފަލުން ނަށައެވެ.

ކުއްލިއަކަށް ރޭޑިއޯއިން އިވެންފެށި ލަވަޔާއެކު އަހަރެން ގަލަން ބާއްވާލީ ވާހަކަ ލިޔުމަށް ގަސްދުކުރު ހިސާބަކީ މިއީ ކަމަށް ވާތީއެވެ.

އިވެމުން ދެއެވެ.

“ލޯބިވާ އޭ… ތީއޭ ހިތަށް ލިބޭ ފިނިކަމަކީ…
ބުނެދެންހޭ.. ކުރެވޭ އިހްސާސް.. ؟
މިވަގުތު މިހިތަށް… ޔާރާ ލިބުމުން”

Comments (15)

  1. Manje

    Yay??me first dhw. V salhi ingey. And by the ways happy holidays to you.??????

  2. Anonymous

    mi koacheh????

    1. anonymus ge girlfriend
      Anonymous

      vaahaka eko

  3. someone

    mivx meehun vaaahaka liyaa goi tha? liyanyaa thankolheh shauguveri vaa kahaka ehchehh liyebala.. mi vaahaka liyaameehun nah huthuthu kohfa…

    1. Leen
      someone

      Shaugu nethihya nukiyaba dhw blllllll

  4. Leen

    Vvv reethi vahaka zidhaan love it thanx☺️☺️masha Allah keep it up ????

  5. hajam

    E meehaku liyaane aichakaa liyaane gothe igeiny emeehaka
    Mi vaahaka vx vara reethi
    When is your next stroy?
    KEEP IT UP “ZIDHAAN”

  6. Zidhan /R. Vaadhoo

    Haadha hajamu nuvaa meehun gina ey? ? 100 kuriyas neiy shaugeh thi kiyaa ehchakah! ? Thanyou leen and Hajam! Blll ❤

  7. Zidhan ex twin

    Varah reethi
    Dhen ehen story eh liyebala avahah…i can’t wait to read other story of zidhan

    1. Zidhan /R. Vaadhoo
      Zidhan ex twin

      Ex twin ey?

  8. Xidhaan frnd

    Ebunaahen… Emeehaku stry liyaagoii egenee emeehaka!!! Mi stry OK.. Whn nxt stry… Waiting?????????

    1. Zidhan /R. Vaadhoo
      Xidhaan frnd

      Soon. Thankyou for encouraging!

  9. shaha

    ??????

  10. rai

    Zidhaan!!!wow.varah loabi mi story❤

  11. Leen

    Yh?????☺️☺️

Comments are closed.