ތަޤުދީރު
އިރުގެ ރަން ދޯދިތައް ކޮޓަރީގައިހުރި ދޮރުފޮތިގަނޑުން ފުރޭނިގެންއައިސް އަހަރެންގެ މޫނަށް އެޅިފައިވިއެއްކަމަކު އަހަރެންނަށް ދެލޯ ހުޅުވާލަން މަޖުބޫރުކުރީ އެއަލިކަމެއްނޫނެވެ. އެހެނެއްކަމަކު ނިދިފައިއޮއްވާ އަހަރެންނަށް ހޭލެވުނީ މީހެއްގެ ބީހުންތަކެއް އިހްސާސްވާން ފެށުމުންނެވެ. ދެލޯ ހުޅުވާ ބަލާލުމާއެކު ކުރިމަތީގައި އިން އިންސާނާފެނި އަހަރެން ބިރުން ރޫރޫ އަޅަންފެށިއެވެ. އެދެލޮލުގައިވި އަސަރުފެނި އަހަރެންނަށް ބިރުން ފަހަތަށްޖެހެވުނުއިރުވެސް އާދައިގެ މަތިން ކަންތައްވާނެގޮތް އަހަރެެންނަށް ރަނގަޅަށް އެނގެއެވެ. އެންމެ ހަތްއަހަރުގެ ޅަސިކުނޑިއެއްކަމަކު އަހަރެންނަށް ކުރިމަތިވަމުންދިޔަ ހުރިހާ ކަމެއް އަހަރެންނަށް ރަނގަޅަށް ފަހުމްވެއެވެ. އާނއެކެވެ. އަހަރެންގެ އުމުރުން އެންމެ ހައަހަރުން ފެށިގެން އަހަރެންނަށް ދިޔައީ ޖިންސީ ގޯނާކުރަމުންނެވެ. މާ ފަރިވެ ފޮޅުމުގެ ކުރިން މަލުގެ ފޮނިކޮޅުބޯލި އަނިޔާވެރި މާބުރަކީ އަހަރެންގެ ބޮޑުބޭބެއެވެ. އެއްގެއެއްގައި އުޅުމުގެ ސަބަބުން ބޮޑުބޭބެއަށް އުނދަގުލެއްނެތި ބޭނުންގޮތެއްހެދެމުންދިޔައެވެ. ނަމަވެސް އަހަރެންދިޔައީ ދުވަހަކަށްފަހު ދުވަހެއް ހިތްވަރު އެލެމުންނެވެ. ބޮޑުދައިތަޔަށްޓަކައި އަހަރެން ހުރީ ހުރިހާ ކަމެއް ހިތުތެރޭގައި ފޮރުވައިގެންނެވެ. އެކަމުން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރުކުރަމުންދިޔައީ މާތްﷲގެ ހަޟްރަތުން ވާގިއެދޭ ޙާލުގައެވެ. ކޮންމެވެސް ދުވަހަކުން އަހަރެންނަށް އިންސާފުލިބޭނޭކަމުގެ އުންމީދުގައެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުންދިޔައީ އެކިމީހުންގެ ދިރިއުޅުމުގައި އެކިކުލަތައް ޖައްސަމުންނެވެ. އެއްބައެއްގެ ދިރިއުޅުމަށް ބަހާރު މޫސުން އައިސްފައިވިއިރު އަހަރެންގެ ދިރިއުޅުމަށްވެރިވެފައިވި ޙަރީފު މޫސުމަކަށް ބަދަލެއްނާދެއެވެ. ހަޔާތުގައި ޖެހެފައިވި ކިލަނބުކުލަ ފިލުވާނެގޮތަކާމެދު ވިސްނުމަށް އަހަރެންގެ ސިކުނޑިވަނީ ނުކުޅެދިފައެވެ. ނަމަވެސް އިންސާނެއްގެ ތަޤުދީރުގައިވާއެއްޗެއް އެނގޭނީ ފަހެކާކަށް ހެއްޔެވެ؟ ހީވެސްނުކުރާފަދަ ގޮތްގޮތަށް ކަންތައްތައްވެގެންދާ ފަހަރު މަދެއްނޫނެވެ.
ބޮޑުބޭބެއަށް ފުއްޕާމޭގެ ކެންސަރުޖެހިފައިިވި ހަބަރުވެގެންދިޔައީ ބޮޑުބޭބެގެ ހަޔާތް އެފުށްމިފުށަށްޖަހާލި ހަބަރަކަށެވެ. ޖާހިލުކަމުން ދެލޯހުޅުވުނުއިރު ވަގުތުވަނީ ފާއިތުވެފައެވެ. ދުނިޔެމަތީގައިވެސް ބޮޑުބޭބެއަށް ޙައްޤުޖަޒާ ލިބިގެންދިޔައީއެވެ. އާއިލާާ އެންމެންގެ ކުރިމަތީގައި ބޮޑުބޭބެ އޭނަގެ ކުށްތަކަށް އިއުތިރާފުވެ އަހަރެންގެ ގާތުން މަޢާފަށް އެދުނީ ދެލޮލުން ކަރުނަހިލޭ ޙާލުގައެވެ. އިތުބާރާއެކު އަހަރެން ކުރަމުންދިޔަ ދުޢާތައް މާތްﷲ އިޖާބަކުރެއްވީއެވެ. އަހަރެންނަށް ޖެހިފައިވި މުސީބާތުން ސަލާމަތްކުރެއްވީއެވެ. އެއްވެސް މަޚުލޫޤަކަށް ނުފުއުފުލޭވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވާނޭކަން އަހަރެން ޤަބޫލުކުރީމެވެ.
….ނިމުނީ…..
7 Comments!
Comments are closed.

Mee first dhw.. Reetbi stry eh?
Thanks
Thanks
? ? ? lovely story ???
Thanks
Nyc. Waiting 4 a nw strii….
Thanks