Skip to content
އެސްފިޔަ

ހަނދާން ނެތިއްޖެއެވެ.

ހަނދާން ނެތިއްޖެއެވެ.

އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ

ކައިވެނީގެ ސަބަބުން ކާވެނި ޙަރާމްވާ އަންހެނެއްކަން

ކުދިވެރީން ހިތާމަތަކެއް ކުރާނެކަން

މުޖްތަމަޢުގައި ޤަދަރު ގެއްލޭނެކަން

ފުރިހަމަ ނަމޫނާއެއް ދައްކަން ޖެހޭނެކަން

ދިރިއުޅުން ބަރުބާދު ވާނެކަން

ދަޅައެޅުމުން ހަނދާންނެތިއްޖެއެވެ.

އަވާގައި ޖެހުނު ހިނދު ހެޔޮވިސްނުން ބީވެ ދިޔައެވެ.

ކޮންމެ މަލެއް ފޮޅޭ ހިނދު ފަރިވާނެއެވެ.

ގަސްއެކީ ކުލަބޮކިތަކެއްހެން ޒީނަތްތެރި ކުރުވާނެއެވެ.

ހަވާނަފްސުގެ ގޮވުންވެސް މިފަދައެވެ.

އަރާމާއި ލައްޒަތު ލިބިދެނީ ކުޑަ ހިނދުކޮޅަކުއެވެ.

ޢުމުރުހަމަވުމާއިއެކު މާތައް މިލާމޯޅި ވެދެއެވެ.

އުފާތައް ނެތިކޮށްލަނީ ފާފައިގެ ބިރުވެރިކަމެވެ.

މުޖުތަމަޢުގެ ނުރުހުމުގެ ބެލުންތަކެވެ.

ކޮކާލުގެ މިނިވަންކަމަށް ދަހިވަތިވަނީ ހެއްޔެވެ؟