Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

އެންމެ ބާރުގަދަ ހަތިޔާރަކީ ދުލެވެ.

ismail ali kaleyfaanu Level 310 Stories100 Login100 Comments
November 18, 2018 2 Mins Read
1 Comment

އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ

ދުލަކީ އިންސާނާގެ ހަށިގނޑުގައިވާ އެންމެ މުހިއްމު އެއް ގުނަވަނެވެ.އަދި އެންމެ ބާރުގަދަ ހަތިޔާރެވެ.

 

އަހަރެން މިއޮތީ ކިހާރައްކާތެރި ތަނެއްގައިހެއްޔެވެ.ހުދުހުދު ފާރެއްގެ ތެރޭ ގައެވެ.އަހަރެންގެ ބޭނުންތެރި ކަމުގެ ބޮޑުކަން މިކަމުން އެނގި ކަށަވަރު ވެއެވެ.އަހަރެންގެ ބޭނުން ދެގޮތަކަށް ހިފިދާނެއެވެ.ރަނގަޅު ގޮތަށާއި،ރަނގަޅު ނޫން ގޮތަށެވެ.ރަނގަޅު ގޮތުގައި އަހަރެންގެ ބޭނުން ހިފިއްޖެ ނަމަ ނުހަނު ފައިދާ ބޮޑުވާނެއެވެ.ހަމަ އެހެންމެ ރަނގަޅު ނޫން ގޮތުގައި އަހަރެންގެ ބޭނުން ކޮށްފި ނަމަ އެތައް އެތައް ގެއްލުންތަކަކާއި ކުރިމަތިލާން ޖެހެއެވެ.

އަހަރެން ނުހަނު މަޑެވެ.ކަށިކޮޅެއް ޢަމުދުން ނުވެސްވެއެވެ.ފަސޭހަ ކަމާއިއެކު ޙަރަކާތް ކޮށްލެވެއެވެ.އެކަކު އަނެކަކާއި،މުއާމަލަތު ކުރުމަށާއި،ހިތުގައި ހިނގާޝުޢޫރުތައް އަނެކައަށް ސާފުވާނޭހެން އެންގުމަށް އަހަރެން އެހީތެރިވަމެވެ.

އަހަރެންގެ ސަބަބުން އެހެން މީހުންގެ ކުރިމަތީގައި އަހަރެންގެ ސާހިބުމީހާގެ ޤަދަރު އުފުލެއެވެ.ފައިދާ ހުރި ގޮތްތައް ކުރިމަތިވެއެވެ.ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދެއެވެ.އެއީ އަހަރެންގެ ބަސްމޮށުންތެރިކަން ރިވެތި ވީމައެވެ.ވިސްނުމުގެ ބޭނުން ހިފައިގެން ކޮންމެ ބަހެއް ބުނާތީއެވެ. ހަމަ އެހެންމެ އަހަރެންގެ ސާހިބުމީހާ އެހެންމީހުންގެ ކުރިމަތީގައި ފަޟީޙަތްވެއެވެ. އަގު ވެއްޓެއެވެ. އެތައް އެތައް ގެއްލުންތަކަކާއި ކުރިމަތިލާން ޖެހެއެވެ.އަހަރެންގެ ބޭނުން ނުއެދެވޭ ގޮތުގައި ހިފުމުގެ ސަބަބުންނެވެ.އެހެންވުމާއިއެކު އަހަރެންގެ ބޭނުން ހެޔޮގޮތުގައި ހިފުން ކިހާ މުހިއްމު ހެއްޔެވެ؟

އަހަރެންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ބޭކާރު ވާހަކަތަކުން ދުރުވެ ފައިދާހުރި ވާހަކަތައް ދައްކަންވީއެވެ.މީހުންގެ މެދުގައި ބައިބައިވުން އުފެދޭ ކަހަލަ ވާހަކަ ދެއްކުމުން ދުރުވެ ގަންނަންވީއެވެ.މީހުންގެ އަބުރާ ނުބެހޭންވީއެވެ.އެހެންމީހުންނަށް ދެރައެއް ދިނުމަށްޓަކައި ހަދަހަދައިގެން ވާހަކަ ނުފަތުރާށެވެ.ދޮގުވާހަކަތައް ފިޔަލައި އުދުހޭނެކަން ހަނދާން ކުރާށެވެ.މިއަދު ތިމާ އެހެންމީހުން ފަޟީޙަތް ކުރާނަމަ މާދަމާ އެހެން މީހުން ތިމާ ފަޟީޙަތް ކޮށްފާނެކަން ދަންނާށެވެ.އަޑަށް ކިތަންމެ ވަރަކަށް ބާރުލާ ހަޅޭއް ލެވިއަސް ދޮގެއް ޙަޤީޤަތަކަށްނުވާނެއެވެ.

ތެދު ހާމަ ކުރުމުގެ ވަގުތު ޖެހުމުން ފަސްޖެހިގެންނުވާނެއެވެ.ތިމާ ބަސް ނުބުނެ ހުރުމުގެ ސަބަބުން އެތަކެއް ޙަޤީޤަތް ފޮރުވި އެތަކެއް މީހުންގެ ޙައްޤު ގެއްލިގެންދެއެވެ. އެތައް ބައެއްގެ މަސައްކަތް ލަސްވެގެން ދެއެވެ.ދޮގުހެކި ދިނުމަކީ ވަރަށް ބޮޑު ފާފައެކެވެ.ކުށް ނުކުރާ މީހުނަށް އަދަބު ލިބޭ ކަމެކެވެ.

އަހަރެންނަކީ ބާރުގަދަ ހަތިޔާރެކެވެ.ތޫނު ހަތިޔާރުގެ ބޭނުން ކޮށްގެން ހަމަޖައްސާ ނުލެވޭ އެތައް ކަމެއް އަހަރެންގެ ބޭނުން ކޮށްގެން ހަމަޖައްސާލެވެއެވެ.ކަނޑިން ކުރާ ޒަޚަމަށްވުރެ އަހަރެން ބުނެލާ ބަހަކުން ކުރާ އަސަރު މާވަރުގަދައެވެ. ޒަޚަމުވި ފާރުގަޑު ލަކުނަށްވުމުން އެތަނުން ތަދު އިޙްސާސް ނުވިނަމަވެސް އަހަރެން ބުނެލާ ބަހުގެ އަސަރު އަބަދުގެ އަބަދަށް ކުރެއެވެ.

އަހަރެންގެ ނުބައިކަމުން ކަމުން ސަލާމަތްވެ ތިބުމަށް ދުޢާ ކުރުމަށް ރަސޫލާ އަންގަވާފައި ވެއެވެ. އަދި އަހަރެންގެ ބޭނުން ހެޔޮގޮތުގައި ނުކުރާ މީހަކީ އެންމެ ނުބައި މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށް އަންގަވާފައިވެއެވެ. “ބަސް ނުބުނާހާ ހިނދަކު ބަހަކީ ތިމާގެ އަޅެކެވެ.ބަސް ބުނުމަށްފަހު ތިމާ ވާނީ ބަހުގެ އަޅަކަށެވެ. “

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ލީން

Next

ހަނދާން ނެތިއްޖެއެވެ.

Next
November 18, 2018

ހަނދާން ނެތިއްޖެއެވެ.

Previews
November 18, 2018

ލީން

One Comment

  1. HAWWA says:
    February 27, 2019 at 11:27 am

    VARA REETHI ADHI IBURAITHERI VAHAKA THA GENESDHEYTHI VARA BODA SHUKURIYYA .. ABADUVES MIKHALA VAHAKA LIYANE KAMA UMMEDHU KURAN.. THIBA AH ALLAH HEYO RAHUMAIH LAVVASHI

Comments are closed.



All Right Reserved!