Skip to content
އެސްފިޔަ

ވިސްނުމުގެ ބޭނުން ހިފުމުން ލިބޭ ފައިދާ ބޮޑެވެ.

އިސްމާޢީލް އަލީ ރ.ކަނދޮޅުދޫ

 

އަހަރެން އިނީ ފެންޑާގައި އެލުވާފައިވާ އުނދޯޔެއްގައެވެ.އެވަގުތު ޚިޔާލު ކުރެވެނީ ހަންހެނުންގެ ކޮއްކޮއާމެދުގައެވެ.އަންހެނުންގެ ކޮއްކޮ ވަނީ ފޮޅޭން ތައްޔާރު ވެފައިވާ މަލެއްފަދައިން ފުރާފުރިހަމަ ވެފައެވެ.ޖަންބު ކުލައަރާ ކޯތާފަތާއި،ރަތްޖޭމެއްފަދަ ދެތުންފަތް އެކަމަށް ހެކިދެއެވެ.މިދުވަސްކޮޅު މިގެއަށް އައިސް އެއިންނަނީ ޗުއްޓީ ދުވަސްކޮޅަކަށްވާތީއެވެ.އެމަންޖެގެ ޚިޔާލުތައް އަހަރެންގެ ހިތުން ފިލުވައިނުލެވިގެން މިއުޅެނީ ކިއްވެ ކަމެއްނޭގެއެވެ.

އަހަރެންގެ ނަޒަރު ހުއްޓުނީ ގޯތިތެރޭގައިހުރި ޖޭމުގަހަށެވެ.އެގަހުގައިވަނީ ޖޭމު އަޅާ ފުރިފައެވެ.މަޑުމަޑުން ތެދުވެގެންގޮސް ޖޭމުކޮޅެއް ބިނދެލައިގެން އަތްގޮށްޓަށް އަޅައިގެން އައިސް އުނދޯލީގައި އިށީދެގެންއިނދެ ޖޭމުކާން ފަށައިފީމެވެ.ދެތުންފަތުން ބާރުލާގެން ފިއްތާލާފައި ދިޔަފޮދު ބޮއިލުމަށްފަހު ތޮށިގަޑުކައިލުމުން ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބޭހެން ހީވެއެވެ.

ކޮކާތައް މިނިވަންކަމާއިއެކު ޖޭމުގަހުގެ އެއްމަލުން ފޮނިކޮޅުބޮއިލައިގެން އަނެއްމަލަށް ތިރިކޮށްލައެވެ.ތަފާތު ކުލަކުލައިގެ ކޮކާތައް މިވަގުތު މާގިނަހެން ހީވެއެވެ.އެތަކެއްޗަށް ލިބިފައިވާ މިނިވަންކަން ދައްކަމުން އަހަރެންނަށް މަލާމާތް ކުރަމުން ދާހެންހީވެއެވެ.އެފަދަ މިނިވަންކަމެއް އަހަރެންނަށް ލިބޭނެ ނަމައޭ ހިތަށް އަރައެވެ.

އަހަރެމެންގެ ޢާއިލާއަކީ ބަދަހި އަދި އުފާވެރި ޢާއިލާއެކެވެ.ލޯބިލޯބި ދެކުދިންނާއިއެކު އަހަރެމެން އުޅެމުން އައީ ވަރަށް ހިތްހަމަޖެހިތިބެގެނެވެ.އަންހެނުންނަކީ ނުހަނު އޯގާތެރި،ނިޔަނެތި ގެވެހި އަނތްބެކެވެ.އަންހެނުންގެ މުރާލިކަމާއި ހީވާގިކަން ހަމައެކަނި ގޯތިތެރޭގައިވާ މިރުސްގަސްތަކުންވެސް ހެކިދެއެވެ.މުޅިގޯތިތެރޭގައި ބަރިޖަހާލާފައިއެވާ ދޮންކުލައިގެ ހަންބުރިތަކުގައިވާ ގިތެޔޮމިރުސް ގަސްތަކަކީ ދެވަނަ ދެމީހެއްގެ މަސައްކަތެއްނޫނެވެ.އެގަސްތަކުން އެކަށީގެންވާ އާމްދަނީއެއްވެސް އަހަރެމެން ޢާއިލާއަށް ލިބެއެވެ.

އަހަރެން އުޅެނީ ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއްގައި ކަމުގައިވާތީ ކުދިންގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލަނީ އަންހެނުންނެވެ.ގެއާއިގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަކީވެސް އަންހެނުން ޚާއްސަ ސަމާލުކަމެއްދޭ ކަމެކެވެ.

އަންހެނުންގެ ކޮއްކޮ އެކަނި ހުރި ވަޤުތެއްގައި އަހަރެން ކޮށްލި ކުޑަކުޑަ ސަމާސާ ވިހަވާނެކަން އަހަރެންނަށް އެގޭނީ ކިހިނަކުން ހެއްޔެވެ؟އެ ސަމާސާއާއި ކޮއްކޮ ވަރަށް ގަޔާވިއެވެ.އޭގެފަހުން އެފަދަ ސަމާސާތަކަށް އެދެމުންގޮސް ސަމާސާ ބޮޑުވެ އެންމެ ފަހުން ވިހަވީއެވެ.

Comments (3)

  1. Lucy

    Vaanuvaaga indha nimigen dhiyaee. Ashish improve kohlaa. And keep trying and hope you do better next time.???

  2. Lucy

    Vaanuvaaga indha nimigen dhiyaee. Adhi improve kohlaa. And keep trying and hope you do better next time.???

    1. ismail ali kaleyfaanu
      Lucy

      thank you. Thats a good coment.i will try.

Comments are closed.