އިސްމާޢީލްޢަލީ ރ.ކަނދޮޅުދޫ
އިރުއިރުކޮޅާ ހިތުގައި ވިކާހެން ހީވެއެވެ.
ހަފަރާތް ބަލާ ނުފެނުމުން ދެރަވެއެވެ.
ކެޔޮގަޑު ކަނޑާލީމާ ގަހުގެ ބޭނުމެއް އޮވޭހެއްޔެވެ؟
ޝުކުރުވެރިވުން ވާޖިބެއްކަމުގައި ދެކޭހެއްޔެވެ؟
ކޫރުމެއް ހިތުގައި އެޅޭނެކަން ވިސްނޭހެއްޔެވެ؟
ރުޅި އިސްކުރުމުން ހިތުގެ ރިހުން ގަދަވެއެވެ.
ނީލަމަށް ލެވިފައިވާ އެއްޗަކަށް ވެއްޖެއެވެ.
ލީކުވެ އަޑުތައް މުޅިރަށަށް ފަޟީޙަތް ވެއްޖެއެވެ.
ސިޔާސަ ކުއްޖަކަށްވެ ނިމިއްޖެއެވެ.
ތާރީޚް އިޢާދަ ނުވާނެކަން އެނގިއްޖެއެވެ.
ރާޙަތެއްނުކުރި ލޯތްބަކަށްވެ ނިމިއްޖެއެވެ.
ފެންނަ ފަށުގައި އަބަދު ހުންނާނެ ކަމުގާވިއެވެ.
އުފާވެރި ޢީދަކާ އެއްވަރު ކުރިއެވެ.
ރޭދުވާ ތަކުރާރު ވާހާ ހިނދަކު ވަކިނުވާނަމޭ ބުންޏެވެ.
ފަހުނޭވަޔާ ޖެހެންދެން އަތުގާ ހިފާނަމޭ ބުންޏެވެ.
ދުނިޔޭގެ ތަބީޢަތަކަށް ބަދަލެއް ނާދެއެވެ.
ބަދަލުއައީ ހިތަށެވެ.ގެއްލުނީ ބަހުގެ އިތުބާރެވެ.



