Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަލޯބި

ތައުބާ ވާންވީއެވެ.

ismail ali kaleyfaanu Level 310 Stories100 Login100 Comments
November 17, 2018 2 Mins Read
6 Comments

 

އިސްމާޢީލް ޢަލީ،ކަނދޮޅުދޫ

ވިލާތަކުގެ ތެރެއަށް ހަނދު ނިވާވުމާއިއެކު ކަނުއަނދިރިކަން ދުނިޔެއަށް    ވެރިކުރުވައިފިއެވެ.އަހަރެން އިނީ އަތިރިމަތީގައެވެ.ބިރުވެރިކަން އިޙްސާސްކުރެވޭމެއެވެ.އެހެނަސް ފަހުން ލިބޭނެ ހިތްހަމަ ޖެހުން ބޮޑުވާނެތީއިންތިޒާރު ކުރެވެނީއެވެ.ގޭމީހުންނަށް އެނގިގެން  ހަޅޭއްލަވާ ތަންގަނޑު އެންމެންނަށް ބޭޒާރު ވިޔަސް އެއުފާވެރި އިޙްސާސްތަކާއި ދުރެއްނުވެވޭނެއެވެ.އެބީހިލުމުގައިވާ އަރާމު ހިތަށް އިޙްސާސް ކުރެވުމުން މައިމީހާ ކޮންމެ ދުވަހަކު ކިޔާ އެއްޗިއްސާއި،ކުރާ އަނިޔާގެ ސަބަބުން ހަށިގަޑަށް ލިބޭ ވޭން ފިލައެވެ.އެއުފާވެރި ބައްދަލުވުން ނުބޭއްވިއްޖެނަމަ މޫޑު އެއްކޮށް ޚަރާބުވެއެވެ.

ފިރާޝް އަހަރެން ދެކެ ލޯބި ވެއެވެ.ކޮންމެ ގޮތަކުން ވިޔަސް އަހަރެންނާއި ބައްދަލު ކުރާނެއެވެ.އެވަރުން އަހަރެންނަށް ފުދެއެވެ.މީހުން ކޮންމެ އެއްޗެއް ކިޔަސް މައްސަލަ އެއްނެތެވެ.ވަގުތީ އުފަލުގެ މަރުކަޒަކަށް ހަދައިގެން ފިރާޝް އަންނަނީއޭ ބުންޏަސް އެންމެ ރަނގަޅެވެ. ރަށުގެ އެތަން މިތާގައި ތެޅިތެޅިފައި އެންމެ ފަހުމަންޒިލް ކަމުގައި އަހަރެން ހެދިޔަސް ފަރުވާލެއް ނެތެވެ. ކޮންމެ ގޮތަކުންވެސް އަހަރެން ބޭނުމީ ފިރާޝް އެވެ. ފިރާޝާއިއެކު ވަގުތު ކޮޅެއް ހޭދަ ކޮށްލުމެވެ.

އަހަރެންގެ ގައިގެކުލަ އަލިވެ، ރޫފަ ރަނގަޅުވާން ފެށުމުން މަންމައަށް ގޮތްތަކެއް ވާންފަށައިފިއެވެ.މިހާރު އެއްގޮތަކަށްވެސް ނުތެދުވެއެވެ. މަންމަގެ ބަލިވުން އަހަރެންނަށް ލިބުނު ރަނުގެ  ފުރުސަތެއްފަދަ އެވެ. އެފުރުސަތުގެ ބޭނުން ހިފޭތޯ އަހަރެން ބެލީމެވެ. އެހެނަސް އެއްގޮތަކަށްވެސް އެނައާއި ބައްދަލުވާ ގޮތެއް ނުވިއެވެ.މުޅިރޭގަނޑު ހަތަރުދަން ހޭދަކުރަން ޖެހެނީ އިންތިޒާރީގައެވެ.

އަހަރެންނާއިބެހޭގޮތުން ވާހަކަތަކެއް ދައްކާން ފަށައިފިއެވެ.އެވާހަކަތައް މަންމަގެ ކަންފަތަށް އެރުމާއިއެކު ކެތްނުކުރެވިގެން މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ.މަންމަ ވަކިވެ ދިއުމަކުން އަހަރެންނަކަށް އަސަރެއްނުކުރެއެވެ. އަހަރެންގެ މަގަށް އެޅިފައިވާ ހުރަހެއް ފިލީކަމަށް ދެކުނީމެވެ.

އަހަރެން ނުކެޔަސް ހަށިގަނޑު ބޮޑުވުމަކަށް ބަދަލެއް ނާދެއެވެ.މީހުން ދައްކާ ވާހަކައެއްވެސް ނުހުއްޓުނެވެ. ކޮންމެ ދެމީހަކު ތުންގުޅާފައިވެސް ދައްކަނީ އެއްވާހަކަ އެކެވެ. އަހަރެންގެ ވިޔާނުދާ ވާހަކައެވެ.އަހަރެންގެ ސަބަބުން ހިތްދަތި ވެގެން މަންމަ ދުނިޔެ ދޫކުރި ވާހަކައެވެ.

އަހަރެން އެކަނިވެރި ވެއްޖެއެވެ.ގެ ފަޅު ވެއްޖެއެވެ.ހާލު ދެކިލާ މީހަކު ނޫޅެއެވެ.އެންމެގާތް އެކުވެރީން ދުރަށް ހިގައްޖެއެވެ.

އަހަރެން މިއޮންނަނީ ފަޅުގެއެއްގައި އެކަނިމާ އެކަންޏެވެ.ފުޅިބައްތީގެ ފަނޑު އަލިކަން ފިޔަވައި އެހެން އަލިކަމެއްނެތެވެ.އުދަގޫ ކުރާނެ މީހަކުނެތެވެ.އަހަރެމެން ބޭނުންވި ވަގުތު ޖެހުނީއެވެ.އެކަމަކު އޭނައެއްނައެވެ.އަހަރެން ވަނީ ވަރަށް ބޮޑަށް ކަރުހިއްކުން ފިލުވަންބޭނުން ވެފައެވެ.

ތަޖުރިބާކާރު މީހަކު ފުރުސަތުގެ ބޭނުން ހިފިއެވެ.އަހަރެންނަށް އެހީތެރިވާނެ ކަމުގައި ބުނެ ކަރުހިއްކުން ފިލުވައިދީފިއެވެ.ކުރިންވެސް އަހަރެންވަނީ ތަޖްރިބާތަކެއް ހޯދާފައެވެ.ހިތުގައި ބިރުވެރިކަމެއް އޮތްނަމަވެސް މިނޫން އެހެންގޮތެއް ނެތްކަމުގައި ނިންމީމެވެ،

އަހަރެންގެ ލޯބީގެ ފުރަތަމަ ނިޝާން ދުނިޔެއަށް އައީ އަހަރެން އެކަނިމާއެކަނި ވޭންތަކެއް  އުފުލަމުން ދަނިކޮށް ފުރަމެންދަމުގެ ވަގުތެއްގައެވެ.ދަރިފުޅު ރޯއަޑަށް އަވަށްޓެރިއަކު އައިސް އެހީތެރި ވެދިނެވެ.

އަހަރެން ޤަބޫލުކުރާ ގޮތުގައި އަހަރެންނަށްވުރެ ނުބައިމީހަކު ނުވެއެވެ.އަހަރެންނަށް މިނޫންގޮތެއްނެތެވެ.އަހަރެންނަކީ ވަރަށް ބޮޑު ކުށްވެރިއެއް ކަމުގެ އިޙްސާސް ކުރެވެއެވެ.ގާތްތިމާގެ އެއްވެސްމީހަކު އަހަރެންގެ ގާތަކަށްނާދެއެވެ.ވާހަކައެއްނުދައްކައެވެ.އެއްޗެއްނުދެއެވެ.

އަހަރެން ދުނިޔެ މަތީން ވަރަށް ފޫހި ވެއްޖެއެވެ.ބޭވަފާތެރިޔާ ހެދިގޮތުން އަހަރެން ދުނިޔޭގައި އުޅެން ބޭނުންވަނީ ވަރަށް ވިޔާނުދާ ގޮތަކަށެވެ.މީހުން އެއްޗެހި ކީވަރަކަށް އަހަރެންނަށް ހިތްހަމަ ޖެހުންލިބެއެވެ.އެއްވެސް މީހަކާއި ވާހަކަ ދައްކާ ހިތެއް ނުވެއެވެ.

ކުޑަކުއްޖަކު ގެންގުޅުނު ފޮތެއް ކިޔާލުމުން އަހަރެންގެ ހިތަށް އަސަރުކުރިއެވެ.އެއީ ރަޙުމަތުގެ ވާހަކަ މިނަން ކިޔާފޮތެކެވެ.އެފޮތުގައިވާ އެއްވާހަކާގައި އުޅުނީ މީހުން މަރާމީހެކެވެ.އެމީހާ މެރިމީހުންގެ ޢަދަދު ސަތޭކަ އަށް އަރައެވެ.އެހެނަސް އޭނައަށްވެސް ތައުބާ ވެވޭނެކަން އެނގުނެވެ.

އަހަރެންވެސް މިކުރެވިފައިވާ ކުށްތަކަށް ތައުބާ ވާންވީއެވެ.އިތުރު ކުށެއްނުކޮށް ދިރި އުޅެވޭތޯ ބަލަންވީއެވެ.ފާފަތައް ފުއްސެވުން އެދި ﷲގެ ޙަޒްރަތުގައި ދުޢާ ދަންނަވަންވީއެވެ.ރަގަޅު މަގުން ހިގަން އެދޭމީހަކަށް އެކަމުގެ ފުރުސަތު ދެއްވަވާނެކަން ޔަޤީނެވެ.

 

 

 

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ހޯދޭތޯ މަންޒިލެއް… 19

Next

ބަހުގެ އިތުބާރު

Next
November 17, 2018

ބަހުގެ އިތުބާރު

Previews
November 17, 2018

ހޯދޭތޯ މަންޒިލެއް… 19

6 Comments!

  1. Lucy says:
    November 17, 2018 at 7:08 pm

    Story varah salhi. But kudhi kudhi thankolhuthah rangalhu kohlan eba jehey. Keep trying and never give up.??

    1. ismail ali kaleyfaanu says:
      November 19, 2018 at 2:56 am

      thanks

  2. Zoe says:
    November 18, 2018 at 12:38 am

    Vaahaka vvv reethi

    1. ismail ali kaleyfaanu says:
      November 18, 2018 at 5:32 am

      shukriyya.

  3. ahmed says:
    November 18, 2018 at 10:13 am

    v, reethi vaahaka a hurehaamen ves mekamun eburathay haaselkurun muhinmu

    1. ismail ali kaleyfaanu says:
      November 18, 2018 at 1:25 pm

      shukran Ahmed.

Comments are closed.



All Right Reserved!