Skip to content
އެސްފިޔަ

މޮޅުގޮތް

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ޞިއްޙަތު ސަލާމަތުން ހުރުމީ ހާސް ނިޢުމަތެވެ.

ހާސް ނިޢުމަތަށް ފުރަގަސް ދޭން ވާނެހެއްޔެވެ؟

ދުންފަތުގެ ވިހަ ގުލްކޯޒް ތިއްކަކަށް ވުރެ މުހިއްމު ވެއްޖެއެވެ.

މަސްތުވާ ތަކެތީގެ އެހީއާއި ނުލައި ހައިކަމެއް ނުފިލައެވެ.

މިއީ ހަށިގަނޑު ސަލާމަތުން ނެތްކަމުގެ ހެއްކެކެވެ.

ދުޅަހެޔޮކަމަށްޓަކައި ނުރަގަޅު ޢާދަ ތަކާއި ދުރުވާން ޖެހެއެވެ.

އަވަހަށް ނިދައި، ބޮޑުފަތިހާ ތެދުވުމީ ރިވެތި އާދައެކެވެ.

ފަތިހު ފިނީގައި ހިނގައި ކަސްރަތު ކުރުމީ މޮޅު ގޮތެކެވެ.

ބަނޑަކީ ޖާޑީއަކަށް ނުހަދާށެވެ.

އިންޖީނަށް ތެޔޮ ބޭނުންވާ ފަދައިން ހަށިގަޑަށް ފެން ބޭނުންވެއެވެ.

ސާފުތާހިރު ވުމަކީ ވޭނުން ދުރުވާނެ ގޮތެކެވެ.

މޮޅުނޫނަސް ފައިދާ ބޮޑު ކާނާއަށް ބުރަވުމީ އޮތްކަމެކެވެ.

ތެޔޮމަދުކޮށް ފޮނި ނުވުމީ ބައްޓަން ނުގެއްލެނެ ގޮތެކެވެ.

ބަލިޖެހުމުގެ ކުރީން ރައްކާތެރި ވުމީ ފައިދާ ބޮޑުގޮތެކެވެ.

ބަލި ޖެހިއްޖެމަނަ ފަރުވާ ހޯދަން ވާނެއެވެ.

ޞިއްޙަތު ސަލާމަތުން ހުރުމަކީ ތަނަވަސް ކަމެކެވެ.

ހާސް ނިޢުމަތާއިމެދު ސަމާލު ވާން ވާނެއެވެ.

Comments (2)

  1. secret

    mee habarehnu

    1. ismail ali kaleyfaanu
      secret

      thank you. faalhu kurehvi khiyaalu v.rangalhu.

Comments are closed.