Skip to content
އެސްފިޔަ

ހަލާކުގެ އަސްލަކީ އެކުވެރިކަން ނެތުމެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އުއްމަތުގެ ދިރުމަކީ އެކުވެރި ކަމެވެ.

އެކުވެރި، ކަމަކީ ދިރިހުރި ބާރެކެވެ.

އިސްލާޙަށް މަގުފަހި ވުމުގެ މަދަދުގާރެވެ.

ދުޝްމަނުން ބަލިކުރުމުގެ އައްޑަނައެވެ.

ތަރައްޤީގެ ސިއްރަކީ އެކުވެރިކަމެވެ.

މުސްލިމުންގެ ރަމްޒަކީ އެއްބައެއްވަންތަ ކަމެވެ.

ހަލާކުގެ އަސްލަކީ ވަކިވަކި ވުމެވެ.

އުފާތައް މުގުރާލާ ހަތިޔާރަކީ އަނިޔާވެރިކަމެވެ.

މުސްލިމުންގެ ބިރަކީ،ޢަދުލުވެރިކަން ގެއްލުމެވެ.

ފާގަތި ޙަޔާތުގައި ސިއްކަ ޖަހަނީ ރުޅިވެރިކަމެވެ.

ދަގަނޑުގެ ފާރަކަށްވުރެ އެކުވެރިކަމުގެ ބާރުގަދައެވެ.

ފަނިފަކުސަގެ މެދުގައިވެސް އެކުވެރިކަން އޮވެއެވެ.

ގުނަވަނަކަށް ވޭނެއްލިބުމުން މުޅިހަށިގަނޑު އެވޭން އުފުލައެވެ.

މުސްލިމް އަޚަކަށް ލިބޭވޭން ދުރުކޮށް ދޭންވާނެއެވެ.

އެކުވެރިކަމުގެ ލަގަން ވިރުވާލަނީ ޙަސަދައިގެ އަލިފާނުންނެވެ.

އެކުވެރިކަން ކަފުން ކުރަނީ މަކަރާއި،ޙީލަތުގެ ކަފައިންނެވެ.

ދީނުގައިވާ ގޮތަށް އުޅެވޭނަމަ އެކުވެރިކަން ބަދަހިވާނެއެވެ.

Comments (2)

  1. ?shifrraa?Shifnaa?

    Yey me 1st. Varah reethi. Unmeedhu kuran ithurah vx mikahala vaahaka fennaanekamah. Waiting 4 a new storeee……..???

    1. ismail ali kaleyfaanu
      ?shifrraa?Shifnaa?

      thanks

Comments are closed.