Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ސަތާރަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
July 1, 2014 6 Mins Read
34 Comments

ކިނާންގެ ބޭނުމަކީ ލޫޝާގެ ލޮލުން ވައްޓާލި ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލުހިފުމެވެ. ލޫޝާގެ ހަޔާތް ބަރުބާދުކުރަން މަސައްކަތްކުރި ޔުމްނުގެ ހުވަފެންތައް ފުނޑު ފުނޑުކޮށްލުމެވެ. ކައިލްއާ ޔުމްނުގެ ލޯބީގެ ގަނޑުވަރު ވީރާނާ ކޮށްލުމެވެ. ތަޅާ ސުންނާފަތި ކޮށްލުމެވެ. އެމީހުންގެ ހަޔާތް ބަރުބާދުކޮށްލުމެވެ. ނަމަވެސް ހިތާމައަކީ ކިނާންއަށް ކައިލް މިހާރުގެ ދިރިއުޅުމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތްކަމެވެ. ތަޤުދީރުގެ ރޭވުން ކިނާންގެ ރޭވުމަށްވުރެވެސް މޮޅެވެ.

“..ހެއި.. ކިނާން..” އެއަރ ޕޯޓުން ނުކުތް ކިނާން ފެނުމާއެކު ލޫޠު ހަނާ އަޅާލިއެވެ.ކިނާންއަށް ލޫޠުފެނުމާއެކު ހިނިތުންވެލަމުން ފޮށިދަމަމުން ހިނގައިގަތެވެ.

ލޫޠު މީގެ ހަފްތާއެއްހާ ދުވަސްކުރިން ރާއްޖެއައީ އޭނާގެ ކުޑަކުޑަ އާއިލާއަށް ރާއްޖޭގެ މާހައުލު ދައްކާލާ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ބޭނުމުގައެވެ. އޭނާގެ އަންހެނުން ޒަރާއާއި އެދެމަފިރިންނަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅު ކަމުގައިވާ ޒީޝާއަށް ރާއްޖެއަކީ މުޅިން އާތަނެކެވެ. އެމީހުން ހީކުރިވަރަށްވުރެވެސް ރާއްޖެ ހިތްފަސޭހަވެފައި ހިތްގައިމެވެ. އެހެންކަމުން އެއްހަފްތާއަށް ޕްލޭންކުރެވުނު ދަތުރު އެއްމަހަށް ބަދަލްވެގެން ދިޔައީއެވެ.

“..ހެއި އަންކަލް..” ކިނާން ލޫޠުއާ ސަލާންކޮށްލިއެވެ. “..ސޮރީ އަންކަލްއަށް އުނދަގުލެއް ޖެހުނީމަ..”

ކިނާން މާފަށް އެދުނީ ލޫޠު މޮޅަދޫގައި ހުރެފައި މާލެ އަންނަންޖެހުނީ ކިނާންގެ ކުއްލި ދަތުރުގެ ސަބަބުންކަމުގައި ވާތީއެވެ.

“..އަންކަލް ކިޔަންޏާ ތިކަހަލަ އެއްޗެހި ހިތަށް ނާރުވާތި.. ދޮނާގެ ދަރިންނަކީ ހަމަ މި އަންކަލްގެވެސް ދަރިން ސޯ އުނދަގުލެއްނުވާނެ.. ދަރިންގެ އުފަލަށްޓަކައި ކޮންމެކަމެއް ކުރަންޖެހުނަސް ކުރާނީ އުފަލުންހުރެ..” ލޫޠު ކިނާންގެ ފޮށިއަތުލަމުން ހިނގައިގަތެވެ. ކިނާންވެސް ވަށައިގެން ފެންނަ މަންޒަރުތަކަށް ބަލަމުން ލޫޠު ފަހަތުން ހިނގައިގަތެވެ.

**************

އުމުރުން ފަސްދޮޅަސް އަހަރުގެ ސަކީނާ ސިޓިންގ ރޫމްގައި ދެކޮޅަށް ދެކޮޅަށް ހިނގަ ހިނގާހުއްޓެވެ. އޭނާގެ މާމަ ދަރިފުޅު ޔަލްވީ ސުކޫލް ނިންމާ ގެޔަށް ނައިސްގެން އޭނާ ހުރީ ކަންބޮޑުވެފައެވެ. އަސާގަނޑުގެ އެހީއާއެކު ހިނގަމުންދިޔަ ސަކީނާއަށް އިރު އިރު ކޮޅާ ގޭގެ މައި ދޮރާ ދިމާއަށް ބަލާލެވެއެވެ. އާންމު ގޮތެއްގައި 11:45 ގައި ނިމޭ ޔަލްވީއަށް ބަހުގައި 12 ޖަހައިލައި އިރު ގެޔަށް އާދެވޭނެއެވެ. ނަމަވެސް މިއަދު އެކެއް ޖަހައި ބޮޑުވެގެންދިޔަ އިރުވެސް އަންނާކަށް ނޫޅުނެވެ. ސަކީނާގެ ދެފައި ކޮޅުގައި ރިއްސަން ފެށުމާއެކު ސޯފާގައި އިށީނެވެ.

“..އާޝިތާ.. އާޝިތާ..” ގޭގައި ގެންގުޅޭ ނޯކަރު ލަންކާ މީހާއަށް ސަކީނާ ގޮވަންފެށިއެވެ. އުމުރުން ދުވަސްވެފައި ހުއްޓެއްކަމަކު އޭނާގެ އަޑު ބާރެވެ.

“..ލައްބަ.. މެޑަމް.. އަންނަނީ..އަންނަނީ..” އާޝިތާ ބަދިގެއިން ނުކުމެގެން ހަލުވި ހިނގުމެއްގައި އަޔެވެ.

“..އެމަންޖެ ބަލާދާންޖެހޭނޭ އާޝިތާ ކައިރީ ކިތަށް ދުވަހު ބުނަންވީ..” ސަކީނާ ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައި އިނދެއެވެ.

“..މެޑަމް..ޔަލް ބޭނުން ނުވަނީނު އެގޮތް.. ޔަލް ބުނަނީ ބޮޑުވަނީ.. ގްރޭޑް 8 ދަނީނުން.. އަޅުގަނޑު ދަނީވެސް އެއްޗެހި ކިޔަނީ.. ފިލަނީ.. އެހެންވެ ނުދަނީ..” އާޝިތާ ސަބަބު އޮޅުން ފިލުވައިދޭން މަސައްކަތް ކުރިއެވެ. ކޮށި ދިވެހި ބަހުން ވާހަކަ ދެއްކިނަމަވެސް ސަކީނާއަށް އާޝިތާ ބުނަން އުޅުން އެއްޗެއް ވިސްނުނެވެ.

“..އެހެންވިޔަސް މީގެ ފަހުން ދާންވާނެ..” ސަކީނާ ބުންޏެވެ. “..ބަލާބަ ގަޑިން ވީއިރު އަދިވެސް އަންނާކަށް ނޫޅުނެއްނުން.. ގްރޭޑް 8ގަ އުޅުނަސް އަދި ބޮޑުވީކީ ނޫން.. މަށަށް ދެވޭނަމަ ރުޅިއަޔަސް ބަލާދާނަން.. ދެން ދޭ..”

“..ލައްބަ މެޑަމް..” އާޝިތާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

“..ބަދިގެއަކަށް ނޫނޭދާންވީކީ.. އެމަންޖެއަށް ވީގޮތެއް ބަލަންދޭބަލަ..” ސަކީނާ އެހެން ބުނުމާއެކު އާޝިތާ އަވަސްއަވަހަށް ގެއިން ނުކުމެގެން ދިޔައެވެ.

***********

ތޮއްޖެހިފައިވާ މާލޭގެ މަގުތަކުން ޓެކްސީ ދުއްވާފައި ދިޔައިރު ކިނާން އިނީ ބިއްލޫރި ގަނޑުން މަގުމަތި ބަލާށެވެ. ކިނާންއާ ޖެހިގެން އިން ލޫޠު މާލޭގެ މުޙިންމު ބައެއް ތަންތަން ބުނެދެމުން ދިޔައެވެ. ކިނާންއަށް މާލޭގެ މާހައުލު އެހާކަމަކު ނުދެއެވެ. ދުއްވަން ހަދާފައި އޮންނަ މަގުތައް ނުލާހިކު ހަންޏެވެ. ދުވާރުވެސް އެހާމެ ކުޑައެވެ. އެހެންކަމުން ގިނަމީހުން ހިނގަނީވެސް ދުވާރުމައްޗަކުން ނޫނެވެ. ހިނގާ މީހުންނެކޭ އެއްފަދައިން ދުއްވާ މީހުންގެވެސް ހަމައެއް ލަމައެއް ނެތެވެ. ކަފިހި ހުރަސްމަތިން ހުރަސްކުރާ މީހުންނަށްވެސް ބެލުމެއްނެތެވެ. ޓްރެފިކް ލައިޓް އޮރެންޖް ވެއްޖެނަމަ ރާސްލާފައި ދުއްވާލައެވެ. އޮރެންޖް ކުލައިގެ މާނައަކީ ސުޕީޑް ބާރުކޮށްލުން ކަހަލައެވެ. މެލޭޝިޔާ މަގުތަކަށްވުރެ މާލޭގެ މަގުތައް ހަޑިކަމަށްވެސް ކިނާންއަށް ފާހަގަކުރެވުނެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނިޓްގެ ދަތުރަކަށްފަހު ޓެކްސީ ގޮސް މަޑުކޮށްލީ 05 ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ.

ކިނާން ކާރުން ފައިބަމުން އިމާރާތަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. މަޑުފެހި ކުލައާއި ގަދަފެހި ކުލަ ލާފައިވާ އިމާރާތް ފެންނަ ފެނުމަށް ވަރަށް ރީއްޗެވެ. ބައްޕަގެ މުއްސަނދިކަން އިމާރާތުގެ ބޭރުންވެސް ކިނާންއަށް ފާހަގަ ކުރެވުނެވެ. އެގޭގައި އުޅުމުގެ ފުރުޞަތު ބައްޕަ ދޭނެބާއޭ ކިނާން ހިތަށް އެރިއެވެ. އޭނާގެ މަޤްޞަދު ޙާސިލްކުރުމަށް ފަސޭހަވާނީ އެގޭގައި އުޅުމުގެ ފުރުޞަތު ލިބިއްޖެނަމައެވެ.

“..މީތަ ބައްޕަގެ ގެޔަކީ..” ލޫޠު ފޮށިހިފައިގެން އައިސް ކިނާން ކައިރިއަށް ހުއްޓުމާއެކު ސުވާލްކޮށްލީ ޔަޤީންކޮށްލުމުގެ ގޮތުންނެވެ.

“..އުހުމް.. ބަލާބަލަ ނަން ބޯޑަށް..” ކިނާން ނަން ބޯޑަށް ބަލާލިއެވެ. އެއިމާރާތަކީ އޭނާގެ ބައްޕަގެ ގެ ނޫންކަން އެނގުނީ އެހިސާބުންނެވެ. އެއީ ގެސްޓް ހައުސްއެކެވެ.

“..ކީއްކުރަން މިތަނަށް ތިއައީ..” ކިނާން އެހިއެވެ.

“..އަންކަލްގެ މަންމައެއް ބައްޕައެއް މިދުނިޔެއަކުނެތް..” ލޫޠު ބުންޏެވެ. “..ފެމިލީ މީހުން އެއުޅެނީ މެލޭޝިޔާގަ.. ދެން މި މާލޭން މިނޫން ކޮންތާކުތަ ހުންނާނީ..”

“..އަޅުގަނޑުގެ ބައްޕަގެ ގެ ހުންނާނޭ..” ކިނާން އަވަހަށް ބުނެލިއެވެ. “..އެތަނަށް ހިނގާ.. އެތަނުގަ އުޅެންވެގެން މިއައީވެސް..”

“..ނޯ.. ނޯ.. ތީ ނުވާނެކަމެއް..” ލޫޠު ވަގުތުން ދެކޮޅު ހެދިއެވެ. “..އެގެޔަކަށް އުޅޭކަށް ނުދެވޭނެ.. މިއަދު ބައްޕައާ ބައްދަލުކޮށްފަ މާދަމާ ފުރައިގެން މޮޅަދޫއަށް ދާނީ..”

“..އަޅުގަނޑު ބޭނުމެއް ނޫން ތިގޮތެއް.. އަޅުގަނޑު ބައްޕަމެން ގެޔަށް ލާފައި އަންކަލް ދުރުވޭ ރަށަށް..” ކިނާންވެސް އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ. “..އަންކަލް ފުރަންދެން އަޅުގަނޑު އުޅެން ބޭނުމީ ބައްޕައާއެކު..”

ލޫޠުއަށް ކިނާންގެ ނިންމުމާމެދު އެއްބަހެއް ނުވެވުނެވެ. އޭނާއަށް ކިނާން ދޫކޮށްލައިފައި ރަށަށް ދެވޭކަށްނެތެވެ. އަދި އެހެންމެ އަންހެނުންނާއި ދަރިފުޅު ރަށުގައި ބަހައްޓާފައި މާލޭގައި ހުރެވޭކަށްވެސް ނެތެވެ. އަދި އަމުދުން ޔުމްނުއާއި ކައިލް ދިރިއުޅޭ ތަނަކަށް ކިނާން އެކަނި ދޫކޮށްލުމަކަށް އޭނާގެ ހިތެއްވެސް ނޭދެއެވެ. ލޫޝާވެސްވަނީ އެހެން ނުހެދުމަށް އެތައްފަހަރަކު އެދިފައެވެ. ލޫޠު އެހުރިހާ ވާހަކަތަކެއް ކިނާންއަށް ކިޔައި ދިނެވެ. ނަމަވެސް ކިނާންވެސް ހުރީ ދޫދޭގޮތަކަށް ނޫނެވެ. އޭނާ ގެސްޓް ހައުސްގެ ތެރެއަށް ވަންނާކަށްވެސް ބޭނުމެއް ނުވިއެވެ. އޭނާގެ މަޤުޞަދު ހާޞިލްވާނީ ކުޑަކޮށް ބޮޑާ ހާކައިލައިގެން ކަމަށްވާތީ އެކަންވެސް ކުރީއެވެ.

“..އަންކަލް ދީބަލަ ފޯން..” ކިނާން އެދުނެވެ. ލޫޠު އޭނާ ބޭނުންވާގޮތަށް ކަންތައް ނުކޮށްދޭނެކަން އެނގުމުން ލޫޝާއާއި ނީލް ރުއްސަން ބޭނުންވީއެވެ. ލޫޠު ފޯނު ދިނުމުން ކިނާން ގުޅީ ނީލްގެ ނަންބަރަށެވެ. އޭނާ ފުރަތަމަ އެވާހަކަ ދައްކަން ބޭނުންވީ ނީލްއާއެވެ. ލޫޝާ ދެކޮޅު ހެދިނަމަވެސް ނީލް އޭނާ ބޭނުންވާގޮތަށް ކަންތައްކުރުމަށް މަގުފަހިކޮށްދޭނެއެވެ. ކިނާންއަށް އެހާފަސޭހައިން މާލެ އާދެވުނީވެސް ނީލް އެގޮތާ އެއްބަސްވީމަކަން އޭނާއަށް އެނގެއެވެ. ނަމަވެސް ނަސީބު ދެރަކަމުން ފޯން ނެގީ ލޫޝާއެވެ.

“..ތީ މަންމަ ރުހޭ ކަމެއް ނޫން.. ” ކިނާން ބޭނުންވާގޮތް ބުނެދިނުމާއެކު ލޫޝާ ވަގުތުން ދެކޮޅު ހެދިއެވެ. ” ތިހެންވެގެން ދަރިފުޅު އެކަނި ފޮނުވުމަށް މަންމަ ހިތް ހަމަނުޖެހުނީވެސް..”

“..ދެން މޮމް..” ކިނާން ކަންބޮޑުވިއެވެ. “..މާމަވެސް ކާފަވެސް އެގޭގަ އުޅޭނުން.. ޕްލީޒް..”

“..އެކަމްވެސް މަންމަ ޤަބޫލެއްނޫން.. ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ މަންމަ ބިރުގަނޭ..” ލޫޝާ ބިރުގަތީ ޔުމްނު ކިނާންއަށް ގެއްލުމެއްދޭން އުޅެފާނެތީއެވެ. ޔުމްނު ލޫޝާއަށް ހަދަން އުޅުނުގޮތްވެސް އިއްޔެވީކަމެއްހެން ހަނދާނުގައި އެބަހުއްޓެވެ.

“..އަޅުގަނޑުވެސް ބައްޕަ ކައިރީ އުޅޭހިތްވާނެނުން.. މިއޮއް އޮތްހާދުވަހު މޮމް ކައިރީނުން މިއުޅުނީ..ޝަކުވާއެއް ނުކުރަމެއްނުން..”

ލޫޝާ އިރުގަނޑަކު ވާހަކަނުދައްކާ ހިމޭނުން ހުއްޓެވެ. ކިނާން އޭނާއާމެދު ހިތްނުބައިކޮށްފާނެތީ ކިނާންގެ އެދުމަށް އާބަސް ބުނުމަށް ހިތްއެދެންފެށިއެވެ.

“..އެންމެ ރަނގަޅު..” ލޫޝާ އެއްބަސްވިއެވެ. ކިނާންއަށް ހިނިތުންވެވުނެވެ. “..އެކަމް އެންމެ 03 ދުވަހަށް..”

ކިނާންއަށް 03 ދުވަސްވެސް މިވަގުތަށް އެންމެ ރަނގަޅެވެ. އެގެޔަށް ދިޔުމަށްފަހުގައި މާމަމެންނާ ވާހަކަދައްކައިގެން ދުވަސްވެސް އިތުރުކުރެވިދާނެއެވެ. އެހެންކަމުން ކިނާން ޝުކުރުއަދާކުރުމަށްފަހު ފޯންބޭއްވީ ހިތްހަމަޖެހިފައި ހުރެއެވެ.

“..މިހާރު ހިތްހަމަޖެހިއްޖެއްނުން ..ބައްޕަ އުޅޭގެ މިތަނާ ވަރަށް ކައިރިވާނެ.. އިހަށް މިތަނަށް ފޮށިލާފަ.. ފަހުން އެގޭގަ ހުންނަގޮތް ހަމަޖެހިއްޖެނަމަ ފޮށި ބަލާއަންނާނީ.. އެންމެ ރަނގަޅެއްނުން.. އަދި ނޭގޭނުން ކިނާން ބަހައްޓާނެކަމެއްވެސް..” ލޫޠު ބުނިގޮތާ އެއްބަސްވުމުގެ ގޮތުން ކިނާން ބޯޖަހައިލިއެވެ. އަދި ލޫޠު ފަހަތުންގޮސް ދެވަނަ ބުރީގައި ލޫޠު ކުއްޔަށް ހިފާފައި ހުރި ކޮޓަރިއަށް ވަނެވެ.

“..އަންކަލް އެބަ ނުކުންނަން ފާހާނަކޮށްލައިގެން..” ކޮޓަރީގެ އެއްކަނެއްގައި ފޮށި ބަހައްޓަމުން ލޫޠު ފާހާނާއަށް ވަނެވެ.

ކިނާން އެނދުގައި ޖައްސާލިއެވެ. ކައިލްއާ ދިމާވުމަށްފަހު ކަންތައްކުރާނެ ގޮތަކާމެދު ވިސްނަންފެށިއެވެ. އޭނާ ކަންތައްކުރާނެ ގޮތްތައް ސިކުނޑީގައި ރާވަމުންދިޔައެވެ. ހިޔާލެއްގެ ތެރޭގައި އިން ކިނާން ކުއްލިއަކަށް ސިއްސައިގެން ދިޔައީ އަންހެން ކުއްޖެއްގެ ހަޅޭކުގެ އަޑު އިވުމުންނެވެ. ކިނާންއަށް ހުޅުވިފައިވާ ދޮރުން ކުރިމަތިން ފެންނަންހުރި ރޫމަށް ބަލާލެވުނެވެ. އަޑުއައީ އެރޫމުންނެވެ. މަޑުމަޑުން ތެދުވެގެންގޮސް ދޮރުމަތީގައި މަޑުކޮށްލެވުނީ ކުރެވުނީ ހީއެއްތޯ ޔަޤީންކޮށްލުމުގެ ގޮތުންނެވެ. އެޔާއެކު ރޫމްގެ ދޮރު ހުޅުވާލައިފައި ޒުވާންފުރައިގެ ފިރިހެން ކުއްޖަކު ނުކުމެގެންދިޔައެވެ. ކިނާން ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އެއްވެސް އަޑެއް ނީވުމުން ކިނާން ހިނގާގަތުމާއެކު “ހެލްޕްއޭ..” އަންހެންކުއްޖާ ބުނި އަޑުއިވުނެވެ. ކިނާން ކޮޓަރިއާ ދިމާއަށް ބަލާލުމާއެކު ދޮރުވެސް ކުޑަކޮށް ހުޅުވިގެންދިޔައެވެ. ކިނާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަންހެންކުއްޖާ ކޮޓަރިން ނުކުންނަން އުޅެނިކޮށް ފިރިހެނަކު އައިސް އޭނާގެ އަނގަމަތީ އަތްއަޅަމުން ފައިންޖަހާ ދޮރު ލައްޕާލިއެވެ. ކިނާންއަށް އެކޮޓަރި ތެރޭގައި ހިނގަމުންދާ ކަންތައް އެހިނގަނީ އަންހެންކުއްޖާގެ ނުޤަބޫލްގައިކަން ޔަޤީންވުމާއެކު ބަލާކަށް ނުހުރެވުނެވެ. ބާރަށް ހިނގާލާފައިގޮސް ތަޅުގައި ހިފާލިއިރު ދޮރު ހުރީ ތަޅުވެސް ނުލައެވެ. އެހިނދު އެތެރެއިން އެއްޗެހިތަކެއް ވެއްޓުނުއަޑާއި އެކުވެގެން އަންހެން ކުއްޖާގެ އަޑުވެސް އިވިގެން ދިޔައެވެ. ކިނާން ދަތްކުނޑި ވިކާލަމުން ކުއްލިއަކަށް ދޮރު ހުޅުވާލާފިއެވެ. ކުޑަކުޑަ އަންހެންކުއްޖާގެ މައްޗަށް ޖެހިގަނެގެން އޮތް ޖަނަވާރެއް ކަހަލަ ފިރިހެނާ ފެނުމާއެކު ކިނާންގެ ލޭތަށް ކެކިގަތެވެ. ބާރަށް ހަޅޭލަވައިގަތެވެ. އެޔާއެކު އެމީހާ ސިހިފައި ތެދުވުމާއެކު އެނދުގައި އޮތް ކުއްޖާ އަވަސްއަވަހަށް އެނދުން ފައިބެގެން އައިސް ކިނާންގެ ފަހަތަށް ވަނެވެ. ކިނާންގެ ދެއަތްހުރީ މުއްކެވިފައެވެ. ނުދަންނަ މިއަންހެން ކުއްޖާއަށްޓަކައި އެވަރުގެ ހިތްވަރެއް އެލިބުނީ ކީއްވެގެންބާއެވެ؟ އެމީހާ ހުރީ ހާސްވެފައެވެ. ކިނާން މަޑުމަޑުން ގާތަށް ޖެހެމުން ދަނިކޮށް އެމީހާ ކިނާން ކޮށްޕާލައިފައި ކޮޓަރިން ނުކުމެގެން ދުވެ ރައްކާވެއްޖެއެވެ.

ކިނާން ތެދުވަމުން ފަރުވާތެރިކަމާއެކު އެކުއްޖާއަށް ބަލާލިއެވެ. ފެންނަ ފެނުމަށް އެއީ ކުޑަކުއްޖެއްހެން ހީވެއެވެ. ލައިގެންހުރީ ޔުނީފޯމެއްހެން ކިނާންއަށް ހީވިއެވެ. އެކުއްޖާ ދާހިތްލާ ފޯވެފައިހުރި އިރު ފަންއިސްތަށިގަނޑުވެސް އޮތީ ހޭވިފައެވެ. އިސްޖަހައިލައި ހަށަން ބަދެލައިގެން ހުރިއިރު އެކުއްޖާ އަދިވެސް އެހުރީ ބިރުގެންފައިކަން ކިނާންއަށް އެނގުނެވެ. އެހެންކަމުން މަޑުމަޑުން ކައިރިއަށް ޖެހިލާ ކޮއްކޯ އޭ ގޮވާލިއެވެ. އެޔާއެކު އެކުއްޖާ ސިހިގެންދިޔުމާއެކު ބަޑި ފަޅައިގެން ގޮސް ރޮއެގަނެއްޖެއެވެ.

**********

ޔަލްވީ ހޯދަންދިޔަ އާޝިތާގެ ހަބަރެއް ނުވެގެން ސަކީނާ ގެއިންނުކުތެވެ. މަޑުމަޑުން ހިނގާލާފައިގޮސް ބަގީޗާ ތެރޭގައި ހައްދާފައިވާ ޖޭމުގަސްދޮށުގައި ހުރި އުނދޯއްޔެއްގައި އިށީނެވެ. ލައިގެންހުރި ހައުސްކޯޓް ޖީބުން ފޯންނަގައި އާޝިތާއަށް ގުޅާލިއެވެ. އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ހާސްވެފައި ހުރުމުގެ ސަބަބުން އަތުގެ ތުރުތުރުލުން ގަދަވެގެން ފޯންގައި ހިފަހައްޓައިގެން އިނދެވެނީވެސް ކިރިޔަކިރިޔާއެވެ.

“..ކޮބާ އެމަންޖެ ފެނިއްޖެތަ؟..” އާޝިތާ ފޯންނެގުމާއެކު ސަކީނާ އެހިއެވެ.

“..ނުފެންނަނީ..” އާޝިތާ ޖަވާބުދިނެވެ. “..ސުކޫލު ބުނަނީ ނިމިގެން ގެޔަށްދަނީ.. 11:45 ނިމެނީ.. އަހަރެން ބަލަނީ އަދިވެސް ބަލަނީ..މަގުމަތި ބަލަނީ..”

“..ކޮންތާކަށްތަ އެދިޔައީ..” ސަކީނާ ހާސްވެފައިހުރެ ފޯން ކަނޑާލިއެވެ.

**********

ކިނާން އާއި ލޫޠު އެތަކެއް ވާހަކަތަކެއް ދެއްކުމުންވެސް އެކުއްޖާ ވާހަކައެއް ނުދެއްކިއެވެ. އެކުއްޖާގެ ލޮލުން ހިފެހެއްޓުމެންނެތި ކަރުނަ ފައިބަމުން ދިޔައެވެ. މޫނުމަތީ އަތްއަޅައިގެން އިނދެ ރޮމުންދިޔައީ ގިސްލަމުންނެވެ. ކިނާންމެން ސުވާލެއްކޮށްލާ ކޮންމެ ފަހަރަކު އަޑުވެސް ގަދަވެގެންދެއެވެ. އެންމެފަހުން ލޫޠުއާއި ކިނާން އެކުއްޖާއަށް ރުއިމަށް ފުރުޞަތު ދިނެވެ. އެމީހުން އެއްވެސް ވާހަކައެއް ނުދައްކާ ހިމޭނުން ތިއްބެވެ. ގާތްގަނޑަކަށް ފަސް މިނެޓެއްހާއިރު ފަހުން ރުއިން މެދުކެނޑުނެވެ.

“..އަޅުގަނޑު ގެޔަށް ގެންގޮސްދީބަލަ..” އެކުއްޖާގެ ތުރުތުރުލަމުން ދިޔަ އަޑުން ބުނެލީ ބިރުންހުރެއެވެ.

“..ކޮއްކޮއަށް ކިޔަނީ ކޮންނަމެއް.. ކޮންގެޔަކު އުޅެނީ..” ލިބުނު ފުރުޞަތުގެ ބޭނުންކޮށް ކިނާން ސުވާލްކޮށްލިއެވެ.

“..އަޅުގަނޑަށް ކިޔަނީ ޔަލްވީ.. ހުޅުމާލޭގަ އުޅެނީ..” ނޯއްދަމަމުން ޔަލްވީ ބުނެލިއެވެ.

“..ކޮއްކޮގެ މަންމަ ނޫނީ ބައްޕަގެ ނަންބަރު އިނގޭތަ؟..” ލޫޠު އެހިއެވެ. ހުޅުމާލެއަށް ދެވޭނީ ކަނޑެއް ހުރަސްކޮށްގެންކަމުގައިވާތީ ޔަލްވީގެ މަންމަ ނޫނީ ބައްޕަގެ ފޯން ނަންބަރު ލިބިއްޖެނަމަ ހުޅުމާލެއަށް ނުގޮސް ފަރުޖެއްސިދާނެއެވެ.

“..އަޅުގަނޑުގެ މަންމަ ނުދެކެން ދުވަހަކުވެސް..” ޔަލްވީ ބުނެލިއެވެ. “..ބައްޕަވެސް ނުފެންނަތާ 04 އަހަރު ވެއްޖެ.. ބައްޕަ އުޅޭތަނެއްވެސް ނޭގެ.. ބައްޕަ ގުޅަނީ މާމަގެ ފޯނަށް.. ބައްޕަގެ ނަންބަރެއްވެސް މާމަގެ ނަންބަރެއްވެސް ނޭގެ.. ބޭބެމެން އަޅުގަނޑު ގެޔަށް ގެންގޮސްދީ.. އަޅުގަނޑުގެ މާމަ މިހާރު އިންނާނީ ވަރަށް ކަންބޮޑުވެފަ..” އަނެއްކާވެސް ޔަލްވީއަށް ރޮއެގަނެވިއްޖެއެވެ.

ލޫޠުއަށް ބަލާލެވުނީ ކިނާންއާ ދިމާއަށެވެ. ކިނާން މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭނާއަށް ބައްޕަގެ ގެޔަށް ފަހުންވެސް ދެވިދާނެއެވެ. މިވަގުތު ބޭނުންވަނީ ޔަލްވީ ސަލާމަތުން އޭނަގެ ގެޔަށް ގެންގޮސްދޭށެވެ. މިއަދު އަލަށް ދިމާވި މިކުއްޖާއާމެދު ކިނާންގެ ހިތުގައި ބުނެދޭން ނޭގޭކަހަލަ އިޙްސާސްތަކެއް އުފެދިފައިވަނީ ކީއްވެކަމެއް ޚުދު ކިނާންއަކަށްވެސް ނޭގެއެވެ.

********************

ސަކީނާ އިނީ ހާސްވެގެންގޮސް ދާހިއްލާ ދަލުން ފޯވެފައެވެ. ބަގީޗާއަށް ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން އޭނާއަށް ފިންޏެއްވެސް ނުވާކަހަލައެވެ. ޔަލްވީއާމެދު ވިސްނާ ވިސްނާގޮސް ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ. މެންދުރު ދޭއްޖަހާ ބޮޑުވެގެން ދިޔައިރުވެސް ޔަލްވީގެ ހަބަރެއް ނުވިއެވެ. އާޝިތާއަށްވެސް އެތައް ފަހަރަކު ގުޅުމުންވެސް އޭނާއަށް ޔަލްވީ ފެނުނުކަމަކަށް ނުވިއެވެ. ގޭގައި ގެންގުޅޭ އިތުރު ދެ ނޯކަރަކުވެސް ޔަލްވީ ހޯދުމަށްވަނީ ފޮނުވިފައެވެ. ސަކީނާ ދެއަތް މައްޗަށް ނަގައިގެން ހުރެ ދުޢާ ކުރަން ފެށިއެވެ. އޭނާގެ މާމަދަރި ސަލާމަތަށް އެދިއެވެ. އެދަރިފުޅަށް ކަމެއް ވެއްޖެނަމަ އޭނާގެ ހަށިގަނޑުގައި މިހާރު އެހުންނަ ހިތްވަރުވެސް ނެތި ހިނގައިދާނެއެވެ.

ސަކީނާ އުނދޯލިން ތެދުވެގެން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ހުޅުމާލޭ ޕޮލިސް ސްޓޭޝަން ހުންނަނީ ގެޔާ މާދުރުގައި ނޫންކަމުން ސަކީނާ ބޭނުންވީ އެތަނަށްގޮސް އެމީހުންގެ އެހީއަކަށް އެދޭށެވެ. އޭނާ ގޭގެ މައި ގޭޓުން ނުކުތް ވަގުތަކީ ކާރެއް އައިސް ދޮރުމައްޗަށް މަޑުކޮށްލި ވަގުތެވެ. ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނުކުތް ޔަލްވީއަށް ސަކީނާ ފެނުމާއެކު މާމާއޭ ގޮވަމުން ދުއްވާގަތެވެ. ސަކީނާވެސް ހެވިފައިހުރެ ޔަލްވީއާ ދިމާއަށް ދިޔައީ މާތްﷲ ޙަމްދުކުރަމުންނެވެ. ޔަލްވީ ރޮމުން ރޮމުން އޮޅުލައިގަތްއިރު ސަކީނާ ހުރީ އުފަލުން ގޮސް ފެންކަޅިވެފައެވެ. ކާރުގެ ފަހަތު ޝީޓުން ކިނާންއާއި ލޫޠު ފޭބިއެވެ. ލޫޠުއަށް ސަކީނާ ފެނުމާއެކު ފިޔަވަޅުތަށް ގަނޑުވިއެވެ. ހުއްޓުން އެރިއެވެ.

“..ދަރިފުޅާ ކޮންތާކުން ތިއައީ.. ކީއްވެ ލަސްވީ..” ސަކީނާ ޔަލްވީ ގަޔާ ދުރުކޮށްލަމުން ސުވާލްކޮށްލިއެވެ. އެވަގުތު ފަހަތުގައި ހުރި ލޫޠު ފެނުނެވެ. ސަކީނާގެ އަނގައިން ލޫޠުގެ ނަން ނުކުމެގެން ދިޔައީ ކެނޑިކެނޑިގެން ބުރިބުރިވަމުން ކަހަލަ ގޮތަކަށެވެ.

“..ކިނާން..” ލޫޠު ކައިރީގައި ހެވިފައި ހުރި ޒުވާނާ ފެނުމާއެކު އެއީ ކިނާންކަން ސަކީނާއަށް އެނގުންއިރު އޭނާގެ ދެލޯވަނީ ތަންމިނަށް ހުޅުވިފައެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

މަންމަގެ ޑައިރީ 18 ވަނަ ބައި (ޝާލިން)

Next

އެފާފަ (ފުރަތަމަ ބައި)

Next
July 5, 2014

އެފާފަ (ފުރަތަމަ ބައި)

Previews
June 30, 2014

މަންމަގެ ޑައިރީ 18 ވަނަ ބައި (ޝާލިން)

34 Comments!

  1. nishan says:
    July 1, 2014 at 2:13 am

    hey all.. nishan midhuvas kolhu balive ulheythi eh part in vaahaka ninmaa nulevunii.. ehkoh ninmaafa up koh dhinun las vedhaanethi two part ah bahaalaafa up kohlii mi..

  2. Anonymous says:
    July 1, 2014 at 3:49 am

    Masha allah v reethi mi part ves n get well soon nishan

    1. nishan says:
      July 1, 2014 at 12:47 pm

      thank you 🙂

  3. knmes myheh says:
    July 1, 2014 at 4:32 am

    Pis haadha avahakah thi ninmaaly man.. Ehn nuhadha dhn. V avahah up kohlahchey.. V nyc mi story..

    1. nishan says:
      July 1, 2014 at 12:50 pm

      avaheh nooneh nun mivaru ok vaane kamah balaafa ninmaali mi.. in sha allah will up soon.. and thank you 🙂

  4. ummi says:
    July 1, 2014 at 4:38 am

    Wow v reethii thankss up kohdhinii ma.. get well soon dear. … n Ramadan mubarak … anehbai avahah up koh dhehchey…

    1. nishan says:
      July 1, 2014 at 12:52 pm

      thank yu ummi… iraadha kurehviyya maa las nukoh fahubai genes dheynan..

    2. nishan says:
      July 1, 2014 at 1:06 pm

      and ramazaan mubaarak ummi..

  5. Jerry says:
    July 1, 2014 at 9:31 am

    vvv reethi mi story… n nishan ah get well sooon.. 🙂

    1. nishan says:
      July 1, 2014 at 12:54 pm

      thank yu jerry 🙂

  6. lin says:
    July 1, 2014 at 10:26 am

    v ves reethi mi part ves….leyge gulhun hama baarugadha ee dhw …adhives boda kiyaahih vani ..hehehehehe.avs shifaayakaedhen adhives ehfaharu.keep going 🙂 🙂 🙂

    1. nishan says:
      July 1, 2014 at 12:58 pm

      yeah dho leyge gulhumakii varah baaru gadha gulhumeh.. kandaa nuleveyne gulhumeh eii 😀 thank yu lin..

  7. strawberry says:
    July 1, 2014 at 11:26 am

    THNX FOR UPDATING EVEN WHEN U R SICK GET WELL SOOOOOOOON NISHAN

    1. nishan says:
      July 1, 2014 at 12:59 pm

      thank yu strawberry …

  8. bubbles says:
    July 1, 2014 at 12:28 pm

    Masha allah v v nice mi part ves. . Ramazan mubaarik to u and ur family.. get well soon.. yumnu maru v dhw yalvaa viheumuge thereyga..

    1. nishan says:
      July 1, 2014 at 1:02 pm

      neyge dho adhi yumnu ah vee gotheh.. yalvee ah yumnu nufenunas dhuniyeyga huredhaane nooni hama maruvee kamah vs vedhaane.. and thank you bubbles.. ramazaan mubaarak to u n ur family..

  9. Haxu says:
    July 1, 2014 at 8:14 pm

    Vaa vaaaa vaaa.. Haadha salhi ey dhw mi part vx.. kinaan haadha smart ey dhw.. haha yalvee e kail n yumnu ge dhari eh dhw.. v heeve ehen. ehen dhw evee nishan.. mioh fadha rwdha mahu nishan baliv dhw haadha dhera e.. GET WELL SOON.. dhen last part ah inthizaaru kurani mi.. gud luk.. <3 :D..

    1. nishan says:
      July 2, 2014 at 1:24 am

      Yalvi yumnu dhari eh hen heevani adhi 😀 nishan heekurii enmenah vs yageen vaane kamah hehe.. Thank you haxu..

  10. naj says:
    July 1, 2014 at 9:08 pm

    v reethi .. 🙂 .. get well soon nishaan .. naj vess miulheny v bodah balivegen … varah bodah hun aisgen 🙁 …. adhi vess ehfaharu get well soon ingey

    1. nishan says:
      July 2, 2014 at 1:26 am

      Thank you naju and get well soon naju ah vs 🙂

  11. naj says:
    July 3, 2014 at 10:46 am

    dhn kon dhuvahakun tha next part nishann ?

    1. nishan says:
      July 4, 2014 at 4:53 pm

      Mi start kurii liyan.. Feshey week ga up kohdheynan.. In shaa Allah..

  12. Jee says:
    July 3, 2014 at 12:15 pm

    gws nishan…. mi bai vx v reethi

    1. nishan says:
      July 4, 2014 at 4:55 pm

      Nishan Mihaaru ok.. Thank you jee..

  13. faai says:
    July 4, 2014 at 1:43 am

    Nishan dhen Konirakun tha aneh bai up kohdheyny
    V salhi mi part vx

    1. nishan says:
      July 4, 2014 at 4:57 pm

      Thank you faai.. Next week ga up kohdheynan.. In shaa Allah

  14. Sakitte7 says:
    July 4, 2014 at 11:12 pm

    Varah habeys inge mi part nishan

    1. nishan says:
      July 4, 2014 at 11:30 pm

      Thank you. Sakitte7

  15. she says:
    July 5, 2014 at 9:48 am

    Nishan liyunee mivaahaka ekani tha? Ithuru vaahaka ehves kiyaalan beynun.
    Get well soon nishan.
    Tgc

    1. nishan says:
      July 5, 2014 at 12:18 pm

      Mee alhuganduge 3 vana vaahaka.. Furathama liyunu gabool kuran dhathi hageegaiy adhi dhevana ah liyunu my name is khan ge Hurihaa baithakeh vs hunnaane mi site ga.
      Alhuganduge liyun thah bahlavaa lahvaa.. And thank you she..

  16. rosyy says:
    July 5, 2014 at 12:26 pm

    nishaan FB page eh hadhan vy ehnu …. hehehehe ……

    1. nishan says:
      July 5, 2014 at 3:19 pm

      Fb page eh hadhan visnin ekam adhi avas veema madukohlaigen hurii 🙂 Konmes dhuvahakun thikan vs vaane 😀

  17. strawberry says:
    July 6, 2014 at 4:58 pm

    ………where is next part nishaaaaaaaaaaaaaaaaaan i cant hardly wait

    1. nishan says:
      July 6, 2014 at 7:04 pm

      Day after tomorrow ga in shaa Allah..

Comments are closed.

Next Episodeބަރުބާދު (ފަހުބައި)←


All Right Reserved!