Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިޒީން 2

Thiyaa Level 1
November 14, 2018 6 Mins Read
8 Comments

ކައިޒީން ފޯން ހުޅުވާލިއިރު ދެތިން މެސެޖެއް އައިސްފައި އިނެވެ…. “ކީއްވެ އެއްޗެކޭ ނުބުނެ ދިޔައީ؟”..ކާކުކަން ނޭނގޭތީތަ ރިޕްލައި ނުކުރަނީ..؟؟ އިޓްސްމީ ދާއިން.” މެސެޖް ކިޔާލުމަށްފަހު ކައިޒީން ރިޕްލައި ކޮއްލިއެވެ… “އޯވް.. ޔާ.. ކާކުކަން ނޭނގޭތީވެ.. އެނީވޭ ތޭންކްސް..”  ދެމީހުން މެސެޖްކުރުމުގައި ދުވަސްކޮޅެއް ހޭދވިއިރު ވަނީ ފުދޭވަރެއްގެ ގާތްގުޅުމެއް އުފެދިފައެވެ….

އެހެން ދުވަހެކެވެ… އާދައިގެމަތިން ސްކޫލް ނިންމާލުމަށްފަހު ކައިޒީން ނުކުތީ ގެއަށް ދިޔުމަށެވެ. “ޒީ..! ވެއިޓް..” ފަހަތުން ދާއިންގެ އަޑުއިވުމުން ކައިޒީން މަޑުކޮއްލިއެވެ…

“ހާދަ އަވަހަކަށް ދަނީ؟…” ދާއިން އަހާލިއެވެ… “ޔާ.. އާޔަން ކުޑަކޮއް ބަލިވެ އުޅޭތީވެ..”.. އިސް ޖަހާލަމުން ކައިޒީން ބުނެލިއެވެ….  އޯވ… އޯކޭ.. ޓޭކް ކެއަރ އިނގެ.. ބައި..” އިތުރަށް މަޑުކުރުމެއްނެތި ދާއިން ހިނގައިގަތީ ހޯލާ ދިމާއަށެވެ………………………..

“ހާދަ ހުން ގަދައޭ އާން”… އާޔަން ގެ ބޮލުގައި ފެން ރުމާ އަޅަން އިން ކައިޒީން ގެ މޫނުމަތީގައި ވަނީ ހާސް ކަމެވެ… އާޔަން ގެ ބައް÷ޕަ އަށް ވެސް ގުޅުނުވަރުގެ އަދަދެއް ނޭންގެއެވެ. ކައިޒީން ގެ ދެމައިން ގެ އިތުރުން ދެން އެގޭގައި ދިރި އުޅެނީ ޖާއިންގެ މައިންބަފައިންނާއި އެމީހުންގެ ދެކުދިން ކަމައްވާ ޔާނާ އާއި ޒިދާން އެވެ. ގޭ އެންމެން ތިބީ ނިދާފައެވެ.. މިއޮށް ދަންވަރު އެމީހުންނަށް އުނދަގޫ ކުރާކަށް ކައިޒީން އަކަށްނުކެރޭނެއެވެ… “މަން…..މާ….” އާޔަން އައް ގޮވާލެވުނީ ކިރިޔާ އެވެ.. މަޑުމަޑުން އެ ދެލޯ މެރެމުން ދިޔައެވެ..ކައިޒީން ގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ.. އަނެއްކާ އާޔަން އަށް ފިޓް ޖެހެނީބާއެވެ.. “މަންމާ….” ހަދާނެގޮތެއްނޭންގިފައި  ހުރި ކައިޒީން އަށް ރޮމުން ދުއްވައިގަނެވުނީ މައިދައިތަގެ ކޮޓަރިއާދިމާއަށެވެ.. ދެތިންފަހަރު ޓަކިޖަހާލި އިރުވެސް ހަބަރެއް ނުވުމުން ކައިޒީން އެނބުރުނީ ޔާނާގެ ކޮޓަރިއާ ދިމާ އަށެވެ… ނަމަވެސް އެވަގުތު ފޯން ރިންގް ވާން ފެށުމުން ކައިޒީން ފޯނަށް ބަލާލިއެވެ.. ކާކުގެ ނަސީބުކަމެއް ނޭނގެއެވެ.. ކައިޒީންގެ ހިޔާލުގައި ނުނިދހިފައި އޮތް ދާއިން އަށް ކައިޒީންގެ އަޑު ޖެހުމުންވެސް ކަމެއްގޯސްވެއްޖެކަން ނަގައިގަނެވުނެވެ…”ދާން… އާން… ފިޓް ޖެހެނި…… ” ކައިޒީން އަށް ބުނެވުނީ އެހިސާބަށެވެ… މާބޮޑަށް ރޮވުނީއެވެ..”ނޯ.. ޒީ ޑޯންޓް ކްރައި…. އަވަހަށް އާން ގޮވައިގެން ނުކުމެ.. ދާން މި ދަނީ..” އޯގާތެރިކަމާއެކު ދާއިން ބުނެލިއެވެ..”ތޭންކްސް ވަރަށް ބޮޑަށް..” ދާއިން އަށް ޝުކުރު އަދާ ކުރުމަށް ފަހު ކައިޒީން ފޯން ބޭއްވިއެވެ…………… ފަސް ވަރަކަށް މިނެޓް ފަހުން ކައިޒީން ނުކުތް އިރު ދާއިން ހުރީ ބޭރުގައެވެ.. ކައިޒީން ގެ ކޮނޑުމަތީގައި އޮތް އާޔަން ނަގާ އުރާލަމުން ދާއިން ކައިޒީން ގެ އަތުގައި ހިފައިގެން ހިނގައިގަތެވެ……………………..

އިމަރޖެންސީ ރޫމް ގެ ދޮރުމްތީގައި އިން ކައިޒީންގެ މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ….ދާއިންއަށް އެ މޫނުމަތީގައިވި ހިތްދަތިކަން ފެނުމުން އިތުރަށް ކައިޒީން އަށް ބެލުންވީ ވޭނަކަށެވެ… “ކަމޯން ޒީ… ހިތްވަރުކުރަން ވާނެ… އިރާދަކުރެއްވިޔާ އާޔަން ރަނގަޅުވާނެ….” ހިތްދަތިވެފައިވާ ވަގުތު ހަމްދަރުދީގެ ކިތަންމެ ކުޑަ ލަފްޒެއް އިވުނަސް އިތުރަށް ރޮވޭނެއެވެ.. ކައިޒީން އަށްވެސް ވީ އެހެންނެވެ… ދާއިންގެ މޭގައި ބޯ އަޅާލަމުން ރޯންފެށުނީއެވެ…  ކައިޒީންގެ ތުނި ހަށިގަނޑުގައި ދެއަތުން ވަށާލަމުން ދާއިން ލޯމަރާލިއެވެ… “އެދެއަތުގެ ހިމާޔަތައް އެދިއެދި އޮތް ކައިޒީންގެ ހިތައް ކޮންމެސްވަރެއްގެ ތަސައްލީއެއް ލިބިގެން ދިޔައެވެ………………………………………

ބައިގަޑިއެއްހާއިރުފަހުން އާޔަން ވޯރޑަށްގެންދިޔައިރު އޮތީ އައިވީ ގުޅާފައެވެ…. “ދާން… ދެން ގެއައް ގޮސްލަންވީނު… މިހާރު އެއޮއް 4 ޖަހަނީ.. ޒީ ގުޅާނަމޭ އާޔަން މާމަޔަށް….” ލުއި ހިނިތުންވުމަކާ އެކު ދާއިންގެ ކިބައިން ކައިޒީން އެދުނެވެ… “އޯކޭ…” އަތުކުރީގައި އަޅާފައި އޮއެއް ގަޑި އައް ބަލާލަމުނ ދާއިން ބޯޖަހާލިއެވެ.. އާޔަންގެ އަތުގައި ހިފާލަމުން ކައިޒީން ގެ ނިއްކުރިއައް ދޮނެއް ދިނުމައްފަހު ދާއިން ދާން ހިނގައިގަތެވެ…”ކަމެއް ބޭނުން ވެއްޖިޔާ ގުޅައްޗޭ ގާލް…” ދޮރުން ނުކުންނަމުން ދާއިން ބުނެލިއެވެ… ޝުކުރުން ފުރިފައިވި ހިނިތުންވުމަކާއެކު ކައިޒީން ބޯޖަހާލުމައްފަހު ފޯން ނެގީ އާޔަންގެ މާމަ އައް ގުޅާށެވެ.. ނަމަވެސް އެވަގުތު އައި ފޯންކޯލާއެކު ކައިޒީން ގެ މޫނު ބަނަވެގެން ދިޔައެވެ. ފޯން ގެ ސްކްރީނައް އަރާފައިވާ ޖާއިން ގެ ނަމުގައި އަތް ޖައްސާލަމުން ކައިޒީން ފޯން ބޭއްވިއެވެ.. ފަހަކައް އައިސް ޖާއިން އާ މެދު ކައިޒީން ގެ ހިތުގައި ވަނީ ފޫހިކަމެއް އުފެދިފައެވެ…

ގެއަށް ވަތް ދާއިން އަށް ކުރިމަތި ލާން ޖެހުނީ ޖަވާބު ދެވެން ނެތް ކިޔާރާގެ ސުވާލު ތަކާއެވެ…… “ބުނެބަލަ ދާއިން.. އަހަރެން މި އަހަނި ދާއިން ކޮންތާކު އުޅެފަހޭ ތި އައީ؟…” ކިޔާރާ އޭނާގެ ސުވާލު ތަކުރާރު ކުރަމުން ދިޔައެވެ…..”ކިޔާ ޕްލީސް… އެހައް މިދުވަސްކޮޅު އަހަރެންގެ ކަންތަކާ ތިވަރަށް ނުބެހިބަލަ..” މަޑުމަޑުން އެހެނަސް ހަރުކަށި ރާގެއްގައި ދާއިން ބުނެލިއެވެ..”ކީއްވެ ނުބެހެވެންވީ؟ ދާއިންގެ އަންބެއްގެ މަގާމުގަ ހުރިހާ ހިނދަކު އަހަންނަށް ދާއިންގެ ކަންތަކާ ބެހެވޭނެ… ބެހޭނަން… ދާއިން ތެދައްބުނޭ.. އަހަންނައް ސިއްރުން ކީތް ތިކުރަނި؟… އަންހެނަކު ފަހަތުން ދުވަނީތަ؟”… ކިޔާރާ އަށް ނުބުނަންވީ އެތިވެސް ބުނެވުނީ އެވެ…. “ހުއްޓާލާ ކިޔާރާ… މާ މާއްޗައްތިދަނީ…. ކިތައްފަހަރު ބުނަންވީ އަހަރެންގެ ކަންތަކާ ނުބެހޭށޭ…މާ އަޑުގަދަ ކޮއްގެން މިހާރު ތިއުޅެނި މަ ނުބައިކުރަން… ތިހެން އުޅެންޏާ މަށައްވެސް ކުރެވޭނެ ކަންތައްހުންނާނެ އިނގޭ. ދެންވެސް ރީއްޗައް އުޅެން ބޭނުމިއްޔާ މައިތިރިވެގެން ހުރޭ!….” ދާއިން ގެ އެ އިންޒާރު ކިޔާރާގެ ހިތް ފޮތިފޮތި ކޮއްލިއެވެ… ބޭއިޙްތިޔާރުގައި ދާއިންގެ ފައިބުޑައްތިރިވެ ރޮއެގަނެވުނެވެ.. “ދާއިން.. ދާއިންގެ ކުދިންނާދޭތެރޭ އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ އެ ކުދިން…..” ކިޔާރާގެ ޖުމްލަ ފުރިހަމަ ނުވަނީސް ދާއިން ކިޔާރާ ފޮޅުވާލުމައްފަހު ކޮޓަރިން ނުކުމެގެން ދިޔައެވެ..   ލޮލުގައިވި ކަރުނަތަކުގެ ތެރެއިން ކިޔާރާ އައް ބަލަން އިދެވުނީ ފަސްދީ ނުކުމެގެން ދިޔަ ދާއިން އަށެވެ. އެއީ ހަމަ ކިޔާރާ ދެކެ ފުރާނަފަދައިން ލޯބިވި ދާއިން ހެއްޔެވެ؟

ގަޑީގެ ކަށި އޮންނާނީ އަބަދުވެސް ކުރިއައް އޮތް ވަގުތު އަތުލައިގަތުމައް ދަހިވެތިވެފައެވެ. ދުނިޔޭގެ އާދައިގެ މަތިން ދުވަސްތައް ހަފްތާތަކައް، ހަފްތާތައް މަސްތަކައް ބަދަލުވަމުން ދިޔައެވެ. އެންމެންނަށް ވަންހަނާ ވެފައި އޮތް ކައިޒީން އާއި ދާއިންގެ ސިއްރު ގުޅުން ދިޔައީ އިތުރައް ބަދަހިވަމުންނެވެ.އެއާއެކު ދާއިން އާއި ކިޔާރާގެ ދެމެދުގައި އޮތް ގުޅުން ދިޔައީ ދުވަހެއް ދުވަހަކައް ހީނަރު ވަމުންނެވެ. ނޭންގޭ ބާރަކުން ދާއިންގެ ހިތުގައި ލިޔެވިފައިވާ ކިޔާރާގެ ނަން ފަނޑު ކުރުވަމުން ދިޔައެވެ.ކައިޒީންގެ ހިތުގައި ޖާއިން އާ މެދު އުފެދެމުން ދިޔަ ފޫހިކަން ދިޔައީ އިތުރު ވަމުންނެވެ.

އާ ދުވަހަކައް އިރު ފެނުން ތޮޅެލީ އެއް ބައެއްގެ ހިތައް އުފާވެރިކަން ގެނުވަމުންނެވެ.. ނަމަވެސް އަނެއްބަޔަކަށް ހިތާމައިގެ ކަޅު ސާލު އޮޅާލަމުންނެވެ. އަތްމަތި ހަލުވިކަމާއެކު ކައިޒީން ތައްޔާރު ވަމުން ދިޔައީ ސްކޫލައް ދިޔުމަށެވެ.. ބޯމަތިވަމުން އަންނަ ބިޔަ ވިލާގަނޑުގެ އެއްވެސް ހިލަމެއް ނުވާ ހާލު އާޔަން ގެ އަތުގައި ހިފާގެން ގެއިން ނުކުމެވުނީ ފޯން ބާއްވާފައެވެ.  ސްކޫލާ އަރާހަމަވީރު ފޯން މަތިން ހަނދާންވިއެއްކަމަކު ބަލާނުދިޔައީ ގަޑި ޖެހޭނެކަން ޔަގީންވާތީއެވެ….

“މަންމާ.. ޓީވީ އައް ކިހިނެތްތަ ވެފައެހެރި؟ އަހަރެންގެ މެޗްވެސް ނުފެނުނީއޭ…” ޒިދާން އޭނާގެ މަންމައަށް ގޮވާލުމައްފަހު ބުނެލިއެވެ..” ނޭންގެ.. ހެނދުނުވެސް ހުރީ ސްޓަކްވެފަ.. ދޭ ދޮންބެ ކޮޓަރިއަށް. ކައިދައްތަވެސް ވާނި ސްކޫލްގައެންނު އަދި.” ހުސްނާ ބުނެލިއެވެ. ވީ އުފަލުން ޒިދާން އަވަހަށް އެކޮޓަރިއަށް ވަނީ މެޗްބަލަން ބޭނުންވެފާ ހުރިލެއް ބޮޑުކަމުންނެވެ… ނަމަވެސް ވައިބްރޭޓް ވަމުން ދިޔަ ކައިޒީން ގެ ފޯން ފެނުމުން ޒިދާން އަށް މިސްރާބު ޖެހުނީ ފޯނާ ދިމާލަށެވެ.  އެފޯންގެ ލޮކް ކޯޑް އާޔަން ޖަހަނިކޮއް ފެނިފައި ހުރުމުން ޒިދާން ނުހަނު ފަސޭހަކަމާއެކު ފޯން އަންލޮކް ކޮއްލިއެވެ.

“އޯ މައި………………… ބަޓް……ގަޑި ފެނުމާއެކު ޒިދާން ފޯން އެއްލާލާފައި ރިމޯޓްނަގައިގެން ޓީވީ ހުޅުވާލިއެވެ.. މިހާރު މެޗްފަށާނެވިއްޔާއެވެ. މެޗް ބަލަން އިން އިރުވެސް އިރުއިރުކޮޅާ ފޯން ވައިބްރޭޓްވަމުން ދިޔައެވެ. ނަމަވެސް ޒިދާން އެއަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ..މެޗްގެ ފުރަތަމަ 45 މިނެޓްގެ ކުޅުން ނިމި ހާފަށް ހުއްޓުމާއެކު ޒިދާން ހިންދެމިލިއެވެ…

“ކަމޯން ޒީ… ހާދަ އިރެއްތިވަނީ”.. ކައިޒީން އަށް ހައެއްކަ މެސެޖް ކުރިއިރުވެސް ރިޕްލައި ނައުމުން ދާއިން އިނީ އޭނަގެ މަސައްކަތް ކުރިއަށްގެންދާހިތް ނުވެފައެވެ. ކުއްލިއަކައް ފޯން ވްއިބްރޭޓް ވުމުން ދާއިންގެ ތުންފަތުގައި ހިނިތުންވުމެއްކުޅެލިއެވެ.. “ދާއީ… ކައި ވަރައް ބިޒީ ކޮށޭ މިއުޅެނި.” ކައިޒީން ގެ ކުރު ޖުމްލަ ކިޔާލުމާއެކު ދާއިންއަށް ކުޑަ ހައިރާންކަމެއް ލިބިގެންދިޔައެވެ.. މީ ކައިޒީންގެ ބްރޭކް ގަޑިވިއްޔާއެވެ. ބިޒީ ވާންވީ ކީއްވެ ހެއްޔެވެ. އަނެއްކޮޅުން ކައިޒީން ދުވަހަކުވެސް އޭނަ އާ “ދާއި”އޭކިޔާފަކަ ވާހަކައެއް ނުދައްކައެވެ. އަމިއްލައަށް “ކައި”އެކޭވެސް ނުކިޔާނެއެވެ.ނޫނެކެވެ. އެއި ހަމަ ޒީ އެވެ. އެންމެރަނގަޅެވެ. ދާއިން ހައްދަން އުޅެންޏާ އޭނަވެސް ވަކި މަޑަކުން ނުހުންނާނެއެވެ.” ހެހެ.. އޯކޭ ކައި ޑާރލިނ. ފްރީ ވީމަ ދާއި އަށް މެސެޖެއް ކޮއްލާ އިނގެ” ލާނެތް ގޮތަކައް އެއްލޯމަރާގެން އިން ފޭސް އަކާއެކު ދާއިން ރިޕްލައި ކޮއްލިއެވެ.

މެސެޖަކަށްފަހު މެސެޖެއް ކިޔަމުން ދިޔަ ޒިދާން އިނީ ގަބޫލުކުރަން ދަތިވެފައެވެ. މީ ހަމަ އޭނަގެ ދޮންބެ ދައްތަގެ ފޯންތޯ ދެފަހަރަށް ބަލާލެވިއްޖެއެވެ. އާނއެކެވެ. ހަމަ އެފޯނެވެ. “ކުޑަދޮރު ކާރި މިހުރި. ވަންނަން ވީތަ؟”ޔާ އޯކޭ.” ރޭގައި ކޮށްފައި އިން އެ ދެ މެސެޖް ފެނުމާއެކު ކަންތައްތައް ގޯސް ވެފައިވާ މިންވަރު ޒިދާން އަށް ނަގައި ގަނެވުނެވެ. އިތުރައް އެންމެ ސިކުންތެއްވެސް ބޭކާރުކޮއްނުލާ އެ ހުރިހާ އެޗެއްގެ ސްކްރީން ޝޮޓް ނެގުމައްފަހު ޖާއިން އަށް ފޮނުވާލީ ޒިދާން ގެ ފޯނުންނެވެ. ކުޑައިރުކޮޅެއްތެރޭ ޖާއިން ކައިޒީންގެ ފޯނަށް ގުޅަންފެށުމުން ޒިދާން ފޯން ނެގުމައްފަހު ފޯން އޮތީ އޭނާގެ އަތުގައި ކަމަށާއި ކައިޒީން ވީ ސްކޫލް ގައޭ ބުނެލިއެވެ. އަދި ވީ އެންމެ އަވަހަކަށް ދޮންބެ އައިސްދިނުމަށްއެދުނެވެ. 1 ގެ ފެރީއިން ރަށަށް ދާނަން ކަމަށް ބުނަމުން ޖާއިން ފޯން ބޭއްވިއެވެ…………..

ޖާއިން އަށް ރަށަށް އާދެވުމާއެކު ފުރަތަމަވެސް މިސްރާބު ޖެހީ ދާއިންގެ ގެއާ ދިމާއަށެވެ. އައިސްފައިވާރުޅި ކޮންޓްރޯލް ކުރުމައް އެތަށް މަސައްކަތެއްކުރަމުން ދިޔަނަމަވެސް އެކަންތައް ވީ ބޭކާރެވެ. ޖާއިން ގެ ދޮން މޫނުވަނީ ރަތްވެފައެވެ. ތުންފަތުގައި މަޑުތުރުތުރެއް ވަނީ އުފެދިފައެވެ.

“ދާއިން އަށް މަގޭ އަންހެނުންނޫން އެހެންމީހަކު ހަމަ ނުފެނުނީތަ؟ ކަލޭ ތިން ދަރިންނާ އަންބެއްވެސް އެބަހުއްޓެންނު. ނުވީތާކައް ކައިޒީންގެ ވެސް ފިރިއަކާ ދަރިއަކު ހުރޭ. ކިހިނެތްތަ ތި އުޅެނި؟ މޭޒުގައި އަތްވިއްދާލަމުން ހަރުކަށި ރާގަކައް ޖާއިން ބުނެލިއެވެ. އޭރު ދާއިން އިނީ ކާގޭގައި ކާށެވެ. ކާރީގައި ކިޔާރާ އާއި ދާއިންގެ މަންމަވެސް ހުއްޓެވެ. ދާއިންގެ މަންމަ އަށް މި ވާއެއްނުވާއެއް ނޭނގުނެއް ކަމަކު ކިޔާރާއަށް ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ. އެއާއެކު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައްފާބައިގަތެވެ. އިތުރަށްއެތާ ނުހުރެވުމުން ކިޔާރާ ދުއްވައިގަތީ ކޮޓަރިއަށެވެ. ޖާއިން އެތަކެއް ސުވާލުތަކެއް ކުރުމުންވެސް ދާއިންގެ ފަރާތަކުން ޖަވާބެއް ނުލިބުނެވެ. ވަރަށް ކެތް ކޮއްގެން ގަޔަށް އަތް ނުލާވޭތޯ ބެލީ އެއީ ހަމައެކަނި ދާއިން ކުރިކަމަކައް ނުވާތީއެވެ. ޖާއިންގެ އަންހެނުންވެސް އެކަމުގެ ތެރޭގައިވާތީއެވެ. ދާއިންގެ ގާތުގައި ގަޑިއެއްހާއިރު ހުރުމަށްފަހު ޖާއިން ނުކުތީ އޭނާގެ ގެއާދިމާލަށެވެ. ދެލޯނޭދި އެދުނު އޭނާގެ އަންހެނުންނާ ކުރިމަތިލުމަށެވެ…………………………………………………………

ކޮޓަރީގެ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. މަޑުމަޑުން ޖާއިން އޭނާގެ އަތުގައި އޮތް ޑަބަލް ކީއިން ކޮޓަރި ހުޅުވާލިއެވެ. ދޮރު ހުޅުވުމާއެކު ލޯގަނޑު ކައިރީގައި ބޯ ހިއްކަން ހުރި ކައިޒީން އަށް ސިއްސައިގެންގޮސް ބަލާލެވުނެވެ. ކައިޒީންގެ ހާމަޔަށް ފެންނަން ހުރި ދޮން ހަށިގަނޑު ފެނުމުން ޖާއިން ގެ ހިއްސުތައް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަނެއް ފަރާތަށް މޫނު އަނބުރާލެވުނީ ރީތިނަމަވެސް މިހާރު އެހަށިގަނޑަކީ ޖާއިންގެ ކުރިމަތީގައި އެއްވެސް އަގެއް ހުރިއެއްޗަކަށް ނުވީމައެވެ. ނަމަވެސް ޖާއިން ގެ މި ހަރަކާތުން ކައިޒީން އަކަށް މާބޮ ސަމާލުކަމެއްނުދެވުނެވެ. ލޯގަނޑާ ދިމާއަށް އެނބުރެމުން އަނެއްކާވެސް ބޯހިއްކަންފެށިއެވެ. “ކޮބާ ފޯނު؟ ” ހަމަ އެހުރިގޮތައްހުރެ ޖާއިން އަހާލިއެވެ. “ނޭންގެ. ކީތަކުރަން އަހަރެންގެ ފޯނު ހޯދަނީ.” ޖާއިން އަށް ބަލާލަމުން ކައިޒީން އެހެން ބުނެލިއިރު ގައިން ހީބިހިނަގާލިއެވެ. “ހެވެންނު ކޮންމެ ކަމެއްކުރަންވިޔަސް. ފޯން ދީބަލަ” ޖާއިން ގެ ރާގު ހުރިގޮތުން ކައިޒީން އަށް ހުރިހާކަމެއް އެނގިއްޖެއެވެ. ޔަގީނެވެ. މިހާރު އޭނަ އާއި ދާއިންގެ ގުޅުން ވާނީ އެނަމެންނަށް އިނގޭ ބޮޑު ސިއްރަކަށެވެ. “ނުދޭނަން” ކައިޒީން ބުނެލީ އެއްވެސް ޖެހިލުމެއްނެތި އެވެ. “މިބުނީނު ދޭށޭ.” ޖާއިންގެ އަޑު ބާރުވަމުން ދިޔައެވެ. ނަމަވެސް ކައިޒީން އަށް ފާހަގަވީ ޖާއިން އޭނާގެ ގަޔަށް ނުބަލަން އުޅޭކަމެވެ. ގަސްތުގައި ހަމަ ޖާއިން ރުޅީއަރުވާލުމަށްޓަކައި ކައިޒީން ޖާއިންގެ ގައިގައި ބާރަށް ބައްދާލިއެވެ. ޖާއިންގެ ގައިގައި ކައިޒީންގެ ފޭރާމެއްނެތް ހަށިގަނޑު ބީހެންފެށުމުން އިޙްތިޔާރުން ބޭރުވާގޮތްވިއެވެ. ނަމަވެސް ޖާއިން ދާދި އަވަހަށް ކައިޒީންގެ އަތް ފޮޅުވާލުމަށްފަހު ދުރަށް ދިޔައެވެ. އެވަގުތު ރިންގްވަމުންދިޔަ ކައިޒީންގެ ފޯން ފެނުމާއެކު ދެމީހުންނަށް އެއްފަހަރާ މިސްރާބު ޖެހުނީ ފޯނާ ދިމާލަށެވެ. ނަމަވެސް ފޯން ލިބުނީ ޖާއިން އަށެވެ. ގުޅަނީ “ދާން” އެވެ. އިތުރު އެއްވެސް ތަފްސީލަކާނުލާ ޖާއިން އަށް އެއީ ކާކުކަން ޔަގީން ވިއެވެ. ނަމަވެސް ފޯން ނެގުމުގެ ކުރިން އެކޯލް މިސްވިއެވެ. “މީގެ ލޮކް ކޯޑް ޖަހާދީ.” ޖާއިން އަމުރުކޮއްލިއެވެ.” ނުޖަހާނަން. މަރާލިޔަސް ނުޖަހާނަން” ކައިޒީން އޭނަގެ ގޮތުގައި ހިފާއްޓާލިއެވެ. ނަމަވެސް ހަމައެސިކުންތު ޖާއިން އޭނަގެ ފޯން ނެގުމަށްފަހު ޒިދާން ފޮނުވި ސްކްރީން ށޮޓްތައް ދައްކާލިއެވެ. އެއާއެކު ކައިޒީންގެ ބަސް ހުއްޓުނެވެ. ހަތަރު އުދަރެސް ފެނު ޖެހުނީއެވެ. ބިން ފަޅާފައި އަޑިއަށް ހިނގައިދާންމޭވެސް ހިތައް އެރިއެވެ. ނަމަވެސް ތަގްދީރު ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Thiyaa

Level 1

Other Articles

Previous

ވާ ލޯބި އިނގޭ ނަމަ 10

Next

ކައިޒީން 4

Next
November 14, 2018

ކައިޒީން 4

Previews
November 14, 2018

ވާ ލޯބި އިނގޭ ނަމަ 10

8 Comments!

  1. Lovely says:
    November 14, 2018 at 3:05 am

    Wow me first dhww v reethi vaahaka konirakun next part genesdheyny

  2. Lovely says:
    November 14, 2018 at 3:16 am

    Im curious

  3. Thiyaa says:
    November 14, 2018 at 4:37 am

    yea.. first.. thanks lovely.. nw mi up kollany next part..

  4. Xxxxx says:
    November 14, 2018 at 5:18 am

    Kaizeen akee girl orboy

  5. Thiyaa says:
    November 14, 2018 at 6:23 am

    girl eh..

  6. melon says:
    November 14, 2018 at 12:06 pm

    hey…..!! story is mind blowing; wen next…<3

  7. Bf says:
    November 17, 2018 at 8:26 am

    Thiyaa u r my favourite… Author

  8. Thiyaa says:
    November 22, 2018 at 4:49 pm

    Thanks Bf…

Comments are closed.

Next Episodeކައިޒީން 4←


All Right Reserved!