ހޭވައްލާ ތައްޔާރެވެ.
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ބަޔަކު ބުރަކޮށް ހެއްދި ގަހެއްގެ މޭވާއެވެ.
ފައިދާ އެމީހުންނަށް ލިބިދޭން ވާނެއެވެ.
ގެއްލި ނުދާނެ ފައިދާއަކީ ކުރެވޭ ހެޔޮދުޢާއެވެ.
އެމީހުންނަށް ރަޙުމްކޮށް ހެޔޮކޮށް ހިތުންވާޖިބެވެ.
އެމީހުންގެ އަބުރަށް ހުތުރުނުވާ ގޮތަށް އުޅުން ލާޒިމެވެ.
ހާދަފޮނި އުއްމީދުތަކެއް އެވެރީން ކުރާނެއެވެ.
ހާދަ ވޭނަކާއި، ބުރަ ތަޙައްމަލު ކޮށްފައިވާނެއެވެ.
ހޭހަން ކުރުމުގައި ރޭތަކެއްގެ ނިދިން މަޙްރޫމް ވެފައިވާނެއެވެ.
ހާދަގިނަ ސުވާލެއްގެ ޖަވާބު ދީފައވާނެއެވެ.
ހާދަގިނަ ބޭނުންތަކެއް ފުއްދައިދީފައިވާނެއެވެ.
މަސަލަސް ކުރަން ލައްކަ ގިނަބަސް އިއްވާފައިވާނެއެވެ.
ފުރިހަމަ ކުއްޖަކަށްވުން އެދި ދުޢާތަކެއް ކުރެވިފައިވާނެއެވެ.
ޤުރްބާންތަކެއްގެ ނިޝާންތައް ހަށިގަނޑުގެ އެތައްމިތަނުން ފެނެއެވެ.
ދަރިންގެ ކުރިއެރުމާއިމެދު ވިސްނާ ފިކުރުކުރެއެވެ.
ދަރިންނަށްޓަކައި ހޭވައްލާ ތައްޔާރޭ ގޮވައެވެ.
ގެއްލުމާއި، ފައިދާވާނެ ކަންތައް ބުނެދެއެވެ.



