އޯގާވީ ހިތަކުން…38
”ފިޒޫ ތިބުނީ ތެދެއް، ވެދާނެ ހިތާމައެއް ލިބުމުގެ ކުރިން އަހަންނަށް ވިސްނެން ކަމަށް ވެސް މިއަދު އަލްޔަސްއާ ބައްދަލު އެވީ… ހީ ލަވްސް ސަމްވަން އެލްސް… ދެލޯބިވެރިންގެ ދެމެދަށް ވަނުމަކީ ރަގަޅުކަމެއް ނޫން، ވެދާނެ އަލްޔަސް އުޅެނީ އެކުއްޖާއާ މެރީކޮށްގެން ކަމަށް ވެސް… އަހަރެން ވާހަކަ ދައްކަން އުޅުނީމަ ވެސް އިގްނޯރ ކުރީ އެސަބަބާ ހެދި ކަންނޭގެ، ނުވިސްނުނީ އަހަންނަށް…. އަހަރެންގެ ހިތަށް ވިސްނައިދޭނީ، ލިބެން ނެތް އެއްޗެއް ހާސިލް ކުރަން އުޅުމުން އިތުރަށް ހިތަށް އަނިޔާތައް ލިބުން ނޫންކަމެއް ނުވާނެ…” ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން ޒެލީން ބުންޏެވެ.
ޒެލީންގެ ހިތާއި ސިކުނޑި ދިޔައީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އޭނަ އަލްޔަސްގެ މަތިން ހަނދާން ނައްތާލާން މަސައްކަތް ކުރާނީއެވެ. ދެމަފިރިންގެ ދެމެދަށް ވަނުމަކީ ރަގަޅުކަމަށް ނުވާނެއެވެ. އޭނަ ކުރިން އަލްޔަސް ބޭނުންވިޔަސް މިއަދު ފެނުނު މަންޒަރުން އޭނަ އުޅެމުން ދިޔަ ހުވަފެނީ އާލަމުން ހޭލެވިއްޖެއެވެ. އަލްޔަސް އަކީ މީހެއްގެ ހައްޤެކެވެ. ކުރިން ފެނުނު ހިތާމަވެރިކަން ކެނޑި އަލްޔަސްގެ މޫނު މަތިން ފެނުނީ އުފާވެރިކަމެވެ. ތާޒާކެމެވެ. އެއިން ވެސް ސާބިތުކޮށްދެނީ އަލްޔަސްގެ އުފާތަށް ވަނީ އީނާއާއެކު ކަމުގައެވެ. ދެލު ބޭރުން ޖެހި ޒަހަމްވުމުގެ ކުރިން އެކުވެރިން އޭނަގެ ސިކުނޑި ހުޅުވާލަ ދިންކަން އެއީ ނަސީބެކެވެ. ޒެލީން ފުންނޭވާއެއް ލިޔެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް އޭނަ ހިތަށް ވިސްނައިދޭނެއެވެ. އެއްވެސް މީހެއްގެ ނަފްރަތު އޭނައަށް އަމާޒުވާން ޒެލީން ބޭނުމެއް ނުވެއެވެ.
ތާރާ ހުރީ ރުޅި އައިސް ރަތްވެފައެވެ. އޭނަ ފިޒާޔާގެ މޫނަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ފިޒާޔާ ޒެލީންއަށް ހެޔޮއެދިގެން ބުނި ޖުމްލައަކަށް ނުވިކަމުގައި ވިޔަސް އޭގެ ސަބަބުން ޒެލީންގެ ވިސްނުން ބަދަލުވެ އެހެން ދިމާއަކަށް ހިނގައިދާނެކަމުގެ ބިރުން ތާރާ ވަށާލައިފިއެވެ. ޒެލީން ދެކެ ފިރިހެން ކުދިން ދީވާނާ ވާކަން އޭނައަށް އިނގެއެވެ. މިއަދު އެފެނުނު ޒުވާނާ ވެސް ހުރީ އޭނަގެ ދެލޯ ޒެލީންއާ ދިމާއަށް ތަތްކޮށްލައިގެން ނެވެ. ހީވީ އުއްބައްތިއެއް ރޯކޮށްލުމުން އޭގެ ހުޅުކޮޅުގެ ސިހުރުގައި ޕަރުވާނާތައް އާގަމަކޮށްލާ އުސޫލުން އެޒުވާނާ ވެސް ޒެލީން ރީތި ކަމަށް ދީވާނާ ވީ ހެންނެވެ.
”ތޭންކް ގޯޑް، ނަސީބެއްނު ދެމަފިރިއެއްގެ ދެމެދަށް ނުވަދެވުނުކަން، ކުރިން އަލްޔަސް އެހާ ސޭޑް ވެގެން އުޅުނީ ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ދިމާވީމަކަން ނޭގޭ، އީނާގެ ކޮއްކޮ ވެސް އަލްޔަސް ދެކެ ރުޅި އައީ އެހެންވީމަކަން ނޭގެ، މިހާރު ދެމީހުންގެ ދެމެދުގައި ވި ހުރިހާ މައްސަލައެއް އެވަނީ ހައްލުވެފައި، ދެއި އާރ ހެޕީ… އެންޑް އައި ވޯޒް ޓްރައިންގް ޓު ސެޕަރޭޓް ދެމް، އަހަރެން ފަދަ ނުބައި ކުއްޖަކު މިދުނިޔެ މަތީގައި ހުންނާނެތަ؟ ހިތަށް ގެނުވުނު ތަކެއްޗާ މެދު މިހާރު އަހަރެން ހިތާމަކުރަން …” ޒެލީންއަށް ބުނެވުނެވެ. ޒެލީންގެ ސިކުނޑިއަށް ދެން ވެރިވެގެން ދިޔައީ މިއަދު ފެނުނު ޒުވާނާއެވެ. އޭނައާއި ވެސް ވާހަކަ ދައްކާލެވުނީ އަދަބުވެރިކަން ކުޑަ ގޮތަކަށެވެ. ހަޤީޤަތުގައި އޭނަގެ ކުށްވެސް އެ އެކްސިޑެންޓްގެ ފަހަތުގައި އެބައޮތެވެ. މާފަށް އެދެން ދާންވީއެވެ. މަޑުމަޑުން ޒެލީންގެ ހިތުގެ ތެރެއަށް އެޒުވާނާގެ ތަސްވީރު ފެވެމުން ދިޔައެވެ.
”ކޮންމެހެނެ އޭނައަށް ވިސްނައިދޭން އެބަޖެހޭތަ؟ އަހަރުމެންނަށް ކޮންކަމެއް ޒެލީން މަރުވިޔަސް، ފިޒޫގެ ސަބަބުން އޭނަގެ ވިސްނުން އެބަދަލުވީ، ބަލާތި ދެން އޭނަ އުޅެނީ އެޒުވާނާގެ ފަހަތުން… ބޮޑުކަމެއް، ހަމަހިލާ އަހަރެން ހުއްޓަކާ ޒެލީންއަކަށް އޭނަ ނުލިބޭނެ….” ފިޒާޔާއާ ގާތަށް ޖެހިލަމުން ތާރާ ބުނެލީ ވައިއަޑަކުންނެވެ.
”ފިޒޫ ހިނގާބަލަ…” ޒެލީން އޭނަގެ މިސްރާބު ބަދަލުކޮށްލީ އާރޓިފިޝަލް ބީޗްއާ ދިމާއަށެވެ. ”ޒީ، ލަސްވަނީ ބަލާބަ މިހާރު އެއޮތް ހަގަޑި ވިހިވަނީ….” ތާރާ ވަގުތުން ޒެލީންގެ އަތުގައި ހިފެހެއްޓިއެވެ. ޒެލީންގެ ބޭނުން އޭނައަށް އެނގުނީ ކަންނޭގެއެވެ.
”އެކަމަކު…” ”ދެން ފަހުން ދާނީ، ގަޑި ޖެހުމުގެ ކުރިން ދަން ވާނެ… އެންމެން ތިބޭނީ އަހަރުމެންގެ އިންތިޒާރުގަ…” އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މާހެފުން މަތިން ފިޒާޔާ ވެސް ހަނދާންކޮށްލަ ދިނެވެ.
ފިޒާޔާ އާއި ތާރާގެ ފަހަތުން ޒެލީން ހިނގައިގަތީ ދާން ބޭނުންނުވެފައި ހުރެއެވެ. ޒެލީންގެ މޫނުމަތީގައިވި ކުލަވަރުތައް އެންމެ ސާފުކޮށް ނަގައިގަނެވުނީ ތާރާއަށެވެ. އޭނަ ހުރީ ތުންފިއްތާލައިގެންނެވެ. ފިޒާޔާގެ ސަބަބުން ދިމާވި ކަންތައްތަކެކެވެ. ހެޔޮއެދޭ މީހެއްގެ އެކްޓްކުރުމުގެ ހިތިނަތީޖާ ލިބުނީ އޭނައަށެވެ. އަލްޔަސްއަކާ ހެދި ޒެލީން ދީވާނާ ވެފައި ހުއްޓާ ޒެލީންގެ ހިތް ބަދަލުވެއްޖެއެވެ.
އިރުއޮއްސި އަނދިރިކަން ވެރިވެގެން ދިޔައިރު ނަޒްޔަކް އޮތީ ގޭގެ ބަގީޗާގައި ހުރި އުނދޯއްޔެއްގައި އޮށޯވެލައިގެން ފޯނާ ކުޅޭށެވެ. ވަށާ އިންދާފައިވާ ރަތް ފިނިފެންމާ ގަސްތަކުގެ ގޮފިތައް ދިގުވެ އެހިސާބުގަނޑު މުޅިން ހިސޯރުކޮށްލާފައި އޮތްއިރުގަސް ވަނީ ރަތްކުލައިގެ މާތަކުން ބަރާވެފައެވެ. ބޯގަންވިލާ ގަސް ތަކެއްވެސް އޭގެ ފަރިކަން ދައްކާލުމުގައި ކާމިޔާބުކަން ހޯދާފައި ވެއެވެ. ލުއި ލުއި ރޯޅިތައް ޖެހިލާއިރު ނަޒްޔަކްގެ ސިކުނޑިއާ ކުޅެލާހެން ވެސް ހީވިއެވެ. ފޯނާ ކުޅެލަމުން ދިޔަކަމުގައި ވިޔަސް އޭނަގެ ޚިޔާލުގައި ވަނީ މުޅިން އެހެން ޚިޔާލު ތަކަކެވެ.
”ޒެލީން…” އެނަން ތަކުރާރު ކުރެވުނު އަދަދެއް ނޭގެއެވެ. ލޯކުރިމަތިން ސިފަވަނީ ޒެލީންގެ ރާޅުބާނީ އިސްތަށިގަނޑެވެ. ބުޅިކޮޅުތައް ކޯތާފަތުގައި ބީހިލަމުން ގެންދިޔައިރު ނިކަން ލޯތްބެވެ. އެފަދަ ދެވަނައެއް ނެތް ރީތި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެލާތަން ދެކެން ހާދަ ބޭނުމެވެ. ކަޅުކަންގަދަ ދިގު އެސްފިޔަތަކުގެ ތެރޭ ގައިދުވެފައި ވާ ތޫނުދެލޮލުގައި ބޮސްދޭން ހިތް އެދި ރޮނީއެވެ. އޭނަގެ ހިތާއި ހަމައަށް ވާސިލު ވެވުމުގެ ނަސީބު ލިބުނު ފުރަތަމަ ފަރާތަކީ ޒެލީން އެވެ. އެ ތަފާތު ރީތިކަމަށް ހިތްކިޔައިފިއެވެ. އިސްކޮޅުން ދިގެއްކަމަކު ދެމީހުން އެކުގައި ފެނިލާއިރު ހުތުރެއް ނުވާނެއެވެ.
”ހޭއި ކޮންކަމަކަށް ގެއްލިފަ؟ ޗެޓް ކުރަނީތަ؟ މަންމަ ބުނޭ ތި ބޯގަންވިލާ ގަސްތަކުގަ ޖިންނިންއުޅެޔޭ…” އެތެރެއަށް ވަންނަން ދިޔަ އަލްޔަސްއަށް އުނދޯލީގައި އޮތް ނަޒްޔަކް ފެނުމުން އުނދޯލިކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ. އަލްޔަސްގެ އަޑަށް ނަޒްޔަކް ދިޔައީ ސިއްސައިގެންނެވެ.
”ކަމެއް ނުވޭ، ހަމަ މިތާނގައި އޮތީ…” ނަޒްޔަކް އުނދޯލިން ތެދުވެލަމުން ބުންޏެވެ. ”އައި ކޭން ރީޑް ޔޯރ ފޭސް، ޔޫ ލުކް ހެޕީ އެންޑް ޑިފަރެންޓް….” ނަޒްޔަކްއާ އެކު އެތެރެއަށް ދާން ހިނގައިގަތް އަލްޔަސް ސަމާސާ ރާގަކަށް ބުންޏެވެ. ދެބެއިން އެކުގައި ވާހަކަ ދައްކަމުން އައިސް އެތެރެއަށް ވަންއިރު ކުލްޘޫމް ނަމާދުކޮށްލައިގެން ކޮޓަރިން ނިކުންނަނީއެވެ.
”ސައިބޮއެގެން ތަ ތިތިބީ؟…” ހަވީރު ގަޑީގައި ދެބެއިންވެސް ގެއިން ނުފެނުމުން ކުލްޘޫމް ސުވާލުކޮށްލިއެވެ. ”އުހޫނ…” ޖަވާބު ދިނީ އަލްޔަސް އެވެ. އޭނަ ހުރީ ނަޒްޔަކް އާ އިތުރު ސުވާލުތަކެއްކޮށްލާ ހިތުންނެވެ. ނަޒްޔަކް ކޮންމެވެސް އެއްޗެއް ސިއްރުކުރާހެން އޭނައަށް ހީވިއެވެ. ނަމަވެސް އަލްޔަސްއަށް ސުވާލުކުރާނެ ވަގުތެއް ނުލިބު އީނާގެ ފޯން ކޯލެއް އަންނަން ފެށުމުން ތަންކޮޅެއް އަވަހަށް ސައިބޮއެ ނިންމާލައިގެން އޭނަ ދިޔައީ ކޮޓަރިއަށެވެ. އޭރު އަލްޔަސްގެ ހަރަކާތްތަކަށް ބަލަން ކުލްޘޫމް އިނެވެ.
ރޭގަނޑުގެ އަށެއްގެ ޚަބަރު ބަލަން އިން މައިމޫނާއަށް ކޮޓަރިން ނިކުތް އީނާ ފެންނައިރަށް ކަޅިއަޅާލިއެވެ. އޭނަ ރުޅި އައިސް އަނދަމުން ދަނިކޮށް ސުންޕާގަނޑު ދައްކާލުމުން ހީވީ ހަށިގަނޑުގައި އަލިފާން ރޯވެގެން ދިޔަ ހެންނެވެ. އީނާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން އޭނަ އިނީ ރުޅިގަނޑު ހިންދާލައިގެންނެވެ. ކާރީގައި ފަޒްލާ އިނުމުން ފުރުސަތުގެ ބޭނުން ހިފާލަން މައިމޫނާ ނިންމިއެވެ. އޭނަ ދުނިޔޭގައި ހުރިހާ ހިނދަކު އީނާއަށް އުފަލެއް ލިބުނަކަ ނުދޭނެއެވެ. އަދި އުމެއިރާގެ އުއްމީދުތަކުގައި ވެސް ހުޅުރޯކުރާނެއެވެ.
”އީނާ މިހާރު ހާދަ ގިނައިން ބޭރަށް ތިދަނީ؟ މިހާރު މެލޭޝީޔާއަށް ނުފުރަނީތަ؟…” ފައިވާން ހަރުގަނޑު ކާރިއަ ށް އީނާ ހުއްޓޭއިރަށް މައިމޫނާ އަހާލިއެވެ. މައިމޫނާގެ ޖުމްލައިން އޭނަ ކަންބޮޑުވިއެވެ. މައިމޫނާ އޭނައަށް ފާރަލަނީ ހެއްޔެވެ؟
”މިދަނީ އެކުވެރިޔަކާ އެކު ފިލްމެއްބަލަން ދާން…” އީނާ ވިސްނާލަމުން ބުންޏެވެ. މަންމަގެ ދެލޯވެސް އޭނައަށް އަމަޒުވެފައިވުމުން އީނާގެ އަޑު ނުކުތީ ވެސް އުނދަގުލުންނެވެ.
”ތަންކޮޅެއް އަވަހަށް ގެއަށް އަންނައްޗޭ، މަންމަ ހިތްހަމައެއް ނުޖެހޭ އީނޫ އެހާ ގިނައިން ބޭރަށް ދާކަށް….” ފަޒްލާ ބުންޏެވެ. އީނާ ބޯޖަހާލަމުން ބޭރަށް ނިކުމެ ފުންނޭވާއެއް ލިޔެވެ. ހިތުގެ ތެޅުންވެސް އަވަސްވެފައިވެއެވެ.
މައިމޫނާ ޓީވީއަށް ނަޒަރު ހިންގާލުމާއެކު ހީވީ މެޔަން ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނެވެ. މުޅި ހަށިގަނޑު ގުޑައިގެން ދިޔަ ޚަބަރެކެވެ. ހާސްވެ ނޭވާ ނުލެވުނެވެ. މައިމޫނާ އިނީ ގަނޑުވެފައެވެ. އޭނަ ހަލުވިކަމާއެކު އެސްފިޔަ ތަޅުވާލީ އެޚަބަރު ބަދަލު ވެދާނެކަމުގެ އުއްމީދުގައެވެ. ކަންފަތުގައި ގުގުމާލަމުން ދިޔައީ އެންމެ އަޑެކެވެ. ކަންފަތް ބުޑުގައި ބާރުގަދަ ބޮމެއް ގޮވައިގެން ދިޔަކަމުގައި ވިޔަސް ހާސްބައި ރަގަޅުވީސްކަން ކަށަވަރެވެ. މޫނު ހުދުވި އިރު ހަށިގަނޑު ރޫރޫއަަޅަން ފަށައިފިއެވެ.
”ނޫން. ނޫން…” މައިމޫނާ އިނީ ނޭވަ ހިފަހައްޓާލައިގެންނެވެ. އޭނަ ވާހަކަ ދެއްކީ އަމިއްލަ ނަފްސާއެވެ. ހުސް ހިތާމަވެރި ބަނަ ދުވަސްތަކެކެވެ. ނެގި އުސް ރާޅުތަކުގެ ގެއްލުން ފޫނުބެއްދިގެން އުޅެނިކޮށް އަނެއްކާ ވެސް ބޮޑު ތޫފާންގަނޑެއް ކުރިމަތިވަނީއެވެ. ޔަޤީނުންވެސް އޭނަގެ އުފާތަކަށް ވިހަ ލޮލެއްގެ ނަޒަރު އަމާޒުވީއެވެ. އޭނަގެ އުފާވެރިކަން މިދަނީ ކަފުން ވަމުންނެވެ.
މައިމޫނާއަށް ޓީވީގެ ސްކްރީނަށް ބަލަން އިނދެވުނީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. ޓީވީން ދައްކަމުން އެދަނީ ހައްޔަރު ކުރެވުނު ޕާޓޭންގެ ފޮޓޯ ތަކެކެވެ! އެމީހުންނާ ދެކޮޅަށް ހެއްކެއް ނުލިބުމުން ދޫކޮށްލުމުގެ ފުރުސަތު ބޮޑު ވާހަކައެވެ! މައިމޫނާގެ ހިތް އޮތީ އަތްމަތީގައެވެ. އެނާޒުކު ހިތް ބިރުން ރޫރޫއަޅަމުން ދިޔައެވެ. އެމީހުން ސަލާމަތް ވާ ދުވަހަކުން އޭނަގެ ދުވަސް ދާނެއެވެ. އެހީއަށް އެދޭނީ ފަހެ ކާކު ގާތުން ހެއްޔެވެ؟ އޭނަ މަރުވިޔަސް މުނީރާ ގާތަކަށް ނުދާނެއެވެ. އޭނަ ބޭޒާރު ވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެމީހުން ޖަލަށް ދިޔަ ކަމުގެ ބަދަލު ހިފާނެއެވެ. އޭނަ އެންމެންގެ ތެރޭގައި ފަޟީހަތްކޮށްލަން ވެސް އެމީހުން ފަހެއް ނުޖެހޭނެއެވެ.
”އެއީ ނޫރާލް ރޭޕްކުރަން އުޅުނު މީހުން ދޯ؟ އެފަދަ ކުށްވެރިން ދޫކުރުމުން މުޅި މުޖްތަމައު ހަލާކުވެގެން ދަނީ، އެއްވެސް މީހަކަށް އިންސާފެއް ނުލިބޭ، ރޯމާދުވާލު މީހަކު ގަޔަށް ވަޅިހަރާ މަރާލިޔަސް އެކަން ސާބިތުވާކަމަކަށް ނުވޭ…..” ފަޒްލާ ބުންޏެވެ. މައިމޫނާއަކަށް އެޖުމްލަ އަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނަ ބާރު ބާރަށް ހިނގާލާފައި ގޮސް ވަނީ ރޫޔާގެ ކޮޓަރިއަށެވެ. ލެޕްޓޮޕް ހުޅުވާލަމުން އޮންލައިން ނޫހެއް ހުޅުވާލީ އެއީ ދޮގު ޚަބަރަކަށް ވުމަށް އެދީ އާދޭސް ކުރަމުންނެވެ. އިނގިލިތަކުގައި ތުރުތުރުލުމެއް އުފެދިފައިވުމުން ޓައިޕްކުރެވުނީވެން ހާލަކުންނެވެ. އެޑްރެސް ލިޔެލަމުން މައިމޫނާ ދެލޯ މަރާލަމުން އެއަށް ފިތާލީ ނޫސްހުޅުވޭއިރު އެޚަބަރު ނުފެނުމަށް އެދި ދުޢާ ކުރަމުންނެވެ.
މައިމޫނާ ލަސްލަހުން ލޯ ހުޅުވާލުމާއެކު މޭގަނޑަށް ބާރުގަދަ އެތިފަހަރެއް އަރައިގެން ދިޔައެވެ. ކުޅު ދިރުވާލަން ހަނދާންވީވެސް އިރުކޮޅެއް ފަހުންނެވެ. އެމީހުން ސަލާމަތްވާ ދުވަހަކުން އޭނައަށް ހަދާލާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ.
”ވަޓް ޓު ޑޫ؟…” މައިމޫނާއަށް މަޑުމަޑުން ބުނެލެވުނެވެ. ރޫޔާ ފާޚަނާއިން ނިކުތް ތަނާ މަންމަ ފެނި އޭނަ ބިރުގަތެވެ. މަންމަ އެހާ ބޮޑަށް ހާސްވެފައި އެއިނީ އަނެއްކާ ބޮޑުކަމެއް ލައިގަތީ ހެއްޔެވެ؟ރޫޔާއަށް މައިމޫނާއާ ދިމާއަށް ދެވުނު ގޮތެއް ނޭގެއެވެ. އޭނަ މައިމޫނާގެ އަތުގައި ހިފަހައްޓާލަމުން ސުވާލުތައް ކުރިއެވެ.
”ބަނޑުގައި ރިއްސާތީ މިއުޅެނީ. މިހާރު ދެތިން ދުވަސް ވެއްޖެ….” މައިމޫނާ ދޮގެއް ހަދާލިއެވެ. ”ތީ މައްސަލައަކަށް ވެދާނެ…. ރޫޔާ ބޭނުންވީ އޭނަގެ މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. މަންމަ މާޔޫސްވެފައި އެހުންނަނީ އެކަމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް މައިމޫނާ ހޮސްޕިޓަލަށް ދާކަށް އެއްބަހެއް ނުވިއެވެ. އޭނަ ރޫޔާ ގާތު ބުނީ ޕެއިންކިލާރއެއް ގެނެސްދިނުމަށެވެ.
މައިމޫނާ އޭނަގެ ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލަމުން މޫނުގައި ވާއަތުން ފިރުމާލިއެވެ. ކޮންމެ ދިމާއަކުން އޭނަ ފިއްތަމުން ދަނީއެވެ. އެންމެން އެތިބެނީ އުފަލުގައެވެ. ހާއްސަކޮށް އޭނަގެ ދުޝްމަނުންނެވެ. އީނާ މިހާރުވެސް އުޅެނީ އަލްޔަސްއާ އެކުގައެވެ. މައިމޫނާ ތުންފަތުގައި ދަތްއަޅާލިއިރު އެދެލޮލުން ކަރުނަ ފޭދުނެވެ. އީނާ އަކީ ބޮޑު ފުރޭތަގަނޑެކެވެ. އީނާގަނޑު އައީމުސީބާތްތަކެއް ވެސް ހިފައިގެންނެވެ. އީނާ މަރު ވެދާނެހެން ބަދުދުޢާ ކުރަމުން ގޮސް މައިމޫނާ ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ.
”ބޮޑު ނުފޮރުއްޕާނެއް، އޭނަ މަރުވާނީ ކޮން ދުވަހަކުންތަ؟ ތަންކޮޅެއް އަވަހަށް މަރުވެއްޖެނަމަ ހިތަށް ފިނިކަމެއް ލިބޭނެ….” މައިމޫނާ ހިތާހިތުން ކިޔާލިއެވެ.
****
ފިލްމު ބަލާލުމަށްފަހު އަލްޔަސް އާއި އީނާ ދިޔައީ ސައިކަލު ދުއްވާލަންށެވެ. އަލްޔަސްއާ އެކު ހޭދަކުރެވޭ ވަގުތުތަކުން އީނާއަށް ލިބިގެން ދަނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އަލްޔަސްގެ އަންބަކަށް ވުން އެއީ މިހާރު އީނާގެ ހުވަފެނެކެވެ. އެދުވަހަކުން އީނާގެ ހިތަށް ބުނަން ނޭގޭ އުފާވެރިކަމެއް ލިބޭނެއެވެ.
އީނާއަށް ގެއަށް އާދެވުނީ ދިހައެއްވެސް ޖެހިފަހުންނެވެ. އޭނަ ބަދިގެއަށް ވަންއިރު މައިމޫނާ އިނީ ނޫޑުލްސް ތައްޔާރުކުރާށެވެ. އީނާ ފެންނައިރަށް ހޫނުފެން ޖަގު އީނާގެ ދޮން ހަށިގަނޑަށް ބަންޑުންކޮށްލަން މައިމޫނާ ބޭނުންވިއެވެ. ނަމަވެސް އެވަގުތު ރޫޔާ އައުމުން އޭނަގެ ރޭވުން ޖެހުނީ ބަދަލުކޮށްލާށެވެ. ރޫޔާ ފެންފުޅިއެއް ހިފައިގެން ދާން އުޅުމުން އީނާ ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ރޫޔާ ސަމާލުކަމެއް ނުދިނުމުން ރޫޔާގެ ފަހަތުން ދާން އީނާ ގަސްދެއްނުކުރިއެވެ. ރޫޔާއަށް ފަހުން ވިސްނޭނެއެވެ. މައިމޫނާއަށް ހިނިތުންވެލަމުން އީނާ ބަދިގެއިން ނިކުންނަން ދިޔައެވެ. ފަރުވާކުޑަކޮށްލެވުމުން މައިމޫނާ ތައްޓަށް އަޅަން އުޅުނު ހޫނުފެން އަތުން ދޫވެ ވެރުނީ އޭނަގެ ފަޔަށެވެ. ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަނެވުމުން މައިމޫނާ އަތުގެ ކޮޅަށް ފެންކައްކާ ޖަގު ހޫރާލަމުން އޭނަ ރޮއި ހޭރިގަތެވެ.
މައިމޫނާގެ އަޑަށް އީނާ ދިޔައީ ސިއްސައިގެންނެވެ. އޭނަ ފަސްއެނބުރި ބަލާލިއިރު މައިމޫނާ ވޭނުންފުރިފައިވާ އަޑަކުން ރޮނީއެވެ. ދެފައިވަނީ ފިހިފައެވެ. އެމަންޒަރު ފެނި އީނާ އަނބުރައިގަންނަ ގޮތް ވިއެވެ. ނަމަވެސް އީނާ މައިމޫނާއަށް އެހީގެ އަތެއް ފޯރުކޮށްދޭން އުޅުމުން މައިމޫނާ އެކަމަށް ހުރަސް އެޅިއެވެ. އަދި އީނާއާ ދިމާއަށް ކަޅި އަޅާލީ އީނާގެ ސަބަބުން ވީކަމެއް ކަން އަންގަން އުޅޭ ފަދަ ގޮތަކަށެވެ. އީނާ އެވަރުންވެސް މައިމޫނާއަށް އެހީވެދިނެވެ.
ފިނިފެން އެޅުމުން ތަދު ކުޑަކޮށް ކުޑަ ވިއެވެ. އޭރު ފަޒްލާގެ އިތުރުން ރޫޔާ ވެސް އީނާއަށް އެހީވެ ދިނެވެ. ތަދު މުޅިން ފިލައިގެން ނުދިއުމުން މައިމޫނާ ޕެއިންކިލާރއެއް ކިއެވެ. އޭނަ ކޮޓަރިއަށް ދިޔައީ ރޫޔާގެ އެހީގައެވެ. ރޫޔާ އެރޭ ނިދަން އޮތީ އެކޮޓަރީގައެވެ.
****
ހަވީރުގެ ވަގުތެވެ. ގެއަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކެއް ގަންނަން ޒެލީން އަގޯރާއަށް ވަންއިރު އިއްތިފާގަކުން އެތަނުން ނަޒްޔަކް ފެނިއްޖެއެވެ. ނަޒްޔަކް ދުރުން ފެނިލިއިރުވެސް އެއީ ކާކުކަން އޭނައަށް ނަގައިގަނެވުނެވެ. ނަޒްޔަކްއާ ވާހަކަދެއްކުނު ގޮތާމެދު ދެރަވެފައި ހުރި ޒެލީން ބޭނުންވީ ނަޒްޔަކް ގާތުން މާފަށް އެދޭށެވެ. އޭނަ ލުއި ފިޔަވަޅުތަކެއްގައި ނަޒްޔަކް ކައިރިއަށް ހުއްޓިލަމުން ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ. ދެފަހަރަކު އޭނަ ނަޒްޔަކްގެ މޫނަށް ބަލާލިއެވެ. ނަމަވެސް ނަޒްޔަކްއަށް އޭނަ ފެނުނު ހެނެއް ހިޔެއް ނުވެއެވެ.
”އައުޗް…” ނަޒްޔަކް އެނބުރުނު ވަގުތު ޒެލީންގެ ގައިގައި ޖެހުމުން ޒެލީންއަށް ބުނެވުނެވެ. ނަޒްޔަކްގެ އަތުގެ އިނގިލިތައް ބީހިގެން ދިއުމުގެ އިތުރުން ، އެހާ ގާތުން ނަޒްޔަކްގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްކުރެވުމުން ޒެލީންގެ ނޭވާ އަވަސްވެގެން ދިޔައެވެ. އޭނަ ފަހަތަށް ފިޔަވަޅުތަކެއް އަޅާލަމުން ބަލާލިއިރު ނަޒްޔަކް ހުރީ ދަތްތައްފެންނަވަރުގެ ހިނިތުންވުމަކާއެކު އޭނައަށް ބަލަހައްޓައިގެންނެވެ. އެތޫނު ދެލޯ އަމާޒުވުމުން ޒެލީންގެ ހިތް އަވަސް ވިއެވެ. ގާތުން ނަޒްޔަކްގެ މޫނު ފެނުމުން އަލްޔަސްއާއި ނަޒްޔަކްގެ އެއްގޮތް ސިފަތައް އޭނައަށް ފާހަގަ ކުރެވުނެވެ. ނަޒްޔަކް ފަދައިން ޒެލީންއަށް ވެސް ބަލަން ހުރެވުނީއެވެ.
”ސޮރީ، އަނެއްކާ ވެސް އަހަރެންގެ ފޯލްޓް…” ނަޒްޔަކް ފުން ނޭވާއަކާއެކު ބުންޏެވެ. ޒެލީންއާއި ވާހަކަ ދައްކަން ވުމުން އޭނަ ކުޑަކޮށް ހާސްވީ ކަމަށް ވެސް ވެދާނެއެވެ. ”އަބަދު ސޮރިއޭ ނުބުނެބަލަ، އަހަރެން އުޅުނީ އިއްޔެގެ އެކްސިޑެންޓަށް މާފަށް އެދެންށޭ، ވަރަށް ރޫޑްކޮށެއްނު ވާހަކަ ދެއްކުނީވެސް….” ޒެލީން ހިނިތުންވެލިއެވެ. ޒެލީންގެ އަޑުގެ އޮމާންކަމާއި އަންހެންވަންތަކަން ނަޒްޔަކްގެ ކަންފަތުގެ ތެރެއަށް ވިރިގެން ދިޔައެވެ.
”އިޓްސް އޯކޭ….” އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުން ނަޒްޔަކް އާއި ޒެލީންގެ ދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ.
”އެކަނިތަ އައީ؟…. ނަން ނުބުނާނަންތަ؟….” ޒެލީން އަތުގެ އިނގިލިތަކާ ކުޅެލިއެވެ. ”ނަޒްޔަކް….” ނަޒްޔަކް ތަޢާރަފްވެލާއިރަށް ޒެލީންވެސް ތަޢާރަފް ވެލިއެވެ. ”ޒެލީން، ވަރަށް ރީތި ނަމެއް….” ނަޒްޔަލް ބުންޏެވެ.
”އޯކޭތަ ކުރުކޮށް ޒެކް ކިޔަސް، ވީއާރ ފްރެންޑްސްއެއްނު….” ޒެލީން ބޭނުންވީ އެގުޅުން އިތުރަށް ބަދަހި ކުރާށެވެ. ޔަޤީނުންވެސް އޭނަގެ ހިތުގައި ނަޒްޔަކް އަށްޓަކާ ވިންދެއް ޖަހާލައިފިއެވެ. އޭނަގެ ހަޔާތުގެ އެކަނިވެރިކަން ފިލުވާލަދެވޭނެ ބައިވެރިޔަކަށް ނަޒްޔަކް ވާން އޭނަ ބޭނުމެވެ. ރީއްޗެވެ. އެހެނިހެން ފިރިހެނުންނާއި އަޅާބަލާއިރު އެތައް ގުނަ ތަފާތެވެ.
ނަޒްޔަކް ބޯޖަހާލިއެވެ.
”ބައި ދަ ވޭއި ފްރެންޑްސް ކޯލް މީ ޒީ، އެކަމަކު ޒެކް ބޭނުން ނަމެއް ކީ ދާނެ….” ޒެލީން ނަޒްޔަކްއާ އެކު ހިނގައިގަންނަމުން ބުންޏެވެ. ”ކިހިނެއްވާނެތަ ޒިލް؟….” ނަޒްޔަކް ބުންޏެވެ. ޒެލީން ހިނިތުންވެލިއެވެ. އޭނައަށް އެނަން ކަމުގޮސްފިއެވެ.
ބާޒާރުކޮށް ނިމުނުއިރު ޒެލީންއާއި ނަޒްޔަކްގެ ގުޅުން އިތުރަށް ބަދަހިވެ ޒެލީންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ދެލޯބިވެރިންގެ ދެމެދަށް ވަދެވުމުގެ ކުރިން ހެޔޮވިސްނުން ލިބުނީތީ އޭނަ އުފާކުރިއެވެ. ފަހަރެއްގައި އަލްޔަސް ލިބުން އޭނަގެ ނަސީބުގައި ނެތީ އެއަށް ވުރެ ރަގަޅު ބައިވެރިޔަކު ލިބެން ތަޤުދީރުގައި ވުމުން ކަމަށް ވެސް ވެދާނެއެވެ. ނަޒްޔަކް އަކީ އެބައިވެރިޔާ ހެއްޔެވެ؟
ޒެލީން ގެއަށްގެންގޮސް ދިނީވެސް ނަޒްޔަކް އެވެ. ބޭރުގައި އެކުވެރިޔަކާ އަނގަތަޅާލަން ހުރި އުމެއިރާއަށް މިމަންޒަރު ފެނި އޭނަގެ މޫނު ފޯވެގެން ދިޔައީ އުފާވެރިކަމުންނެވެ. ރޭވުންގަނޑަކާއި ނުލައި ޒެލީންއާއި ނަޒްޔަކް ގުޅެން އުޅޭކަމުގެ ފެހި ސިގްނަލް ލިބުނީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


Ramadan mubaarak to all <3 sorry for the delay was very busy and liyan time eh nuvi,… hope you all will like this parts and story ge baaki inani 12 parts 🙂 🙂
mi bai ves varah reethi….muthhaa Ramazan Mubarik 🙂 avahah up kohdheyne kamah uhmeedhu kuran 🙂
wow.. mutha mihaaru haadha salhi ey mi vaahaka.. avahah hurihaa kameh falhaaa aruvaalaba eyrun dhen salhi vaani.. mihaaru imagine kurevey inoo aa seym aa marry kohgen ulheyne happy life <3 😀 gudluk muthaa luv this story <3 :*
chichichc no way nazyak n zeleen …..
nazyak and zeleen eh noon… …:/
Vvvvvvvvvvvvvvvvvvvvvvvvvvvvvv reethi
v v v v salhi avahah up kohdhyba v wait kurevey nxt part ah
muthaa .. konbaa adhives upload kureveyy vareh nuveyytha…… varah avahah aneh part upload kohdhyyba
Mi part vx vv v salhi
Kon irakun uuload kureveynee luv this story
މުތާ… ރޯދަމަހު ދެން މިވާހަކަ ނުގެނެސްދޭނީތަ… ހަދާ ގޮތެއް އަންގާލަށްޗޭ… އޭރުންނު އެނގޭނީ… އިންތިޒާރުކުރުމަކީ މީ ހާދަ ވޭން ހުރި ކަމެކޭ…
hey all dhen story upvaany ramadan ah fahu, sorry for the delay, roadhamas nimunima upkuran fashaanan
Ekeevve las kury? Sababu angaala dhinun edhen. 🙂
mihaaru roadha mas nimihjje….konbaa story
MIHAARU RODHA MAS VES NIMIJE KOBAARTHA VAAHAKA MUTHAA HAADHA LAHEY UP KURAALEH ANEHKA MUTHAA MIVAAHAKA MATHIN HANDDHAAN NAHTHAALEETHA
ethedheh muthaa.. kobaa story??.. roadhamas ves nimijje mihaaru.. adhi miuthaa ah roadhamas nunimeny thoacheh dhw muthaa??… Xl
Yu are such a fake persone mauthaaaaaaa
މުތާ…..! އިންތިޒާރު ކުރުވުމަކީ ރަނގަޅު އާދައެއް ނޫން!!!! ބުނާބަހުގެ އިތުބާރު ހިފަހައްޓާ!! މިއަދު މީ ޝައްވާލް 11
muthaa thivarah inthixaaru kuruvaakah nuvaane now vaahaka kiyaahithun mio halaakuvanee muthaa comment tha ves balaa nulantha balaalafa avaha up kohbala vaahaka plx plx
vaahaka genesdheny knirakuntha v v v kiyaahiyvefa mihury
muthaa? ru alive?? ramazan is over nd u r still nt uploading the story..mutha ekey gudu ekey hama ekkahala myhun..up nukuraa thaaga vaa gotheh vess bunelaa nama readers kudakoh hiy hama jehidhrne dhw