Skip to content
އެސްފިޔަ

ފާފައިގެ ފޭރާން ލާކަށްނުރުހެވޭނެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ގުލާނު ކޮށްގެން ހުރިހާ ކުދިންގެ ބަނޑުފުރާނަ މުއްތި ކޮށްދެވޭތޯ ބެލީމެވެ.

ސާހިބަކު އެހީވެދޭން ބުނަނީ ފާފައަކަށްފަހުގައެވެ..

ހުއްދަވާ އެންމެ ގިނައަދަދަށް އަނބިން ތިބޭ އިރުވެސްމެއެވެ.

ކުދިވެރީން ބަނޑުހައިކަމުގައި ރޮއި ހަދަނީއެވެ.

އިތުރަށް އޮތްމަގަކީ އެގޮތާއި އެއްބަސް  ވުމެވެ.

ކުދިވެރީންގެ ޝަކުވާ އެހުމަށް ކަންފަތް ވަނީ ނުކުޅެދިފައެވެ.

މަފަކީރަކީ،ފިރިމަރުވިއިރުވެސް ޢިއްދައިން ކެނޑިފައިވާ މީހެކެވެ.

ކޯތާފަތުގައި ރޫޖެހި ދެއަޑިކޮޅު ހެދިފައިވާ މީހެކެވެ.

ޕަރީންތަކެއްފަދަ އަނބީން ލިބިފައިވާއިރު ހިތްއޮބިނޯވެގެން އުޅެނީއެވެ.

ނިކަމެތީންގެ ބަލިކަށިކަމުގެ ނާޖާއިޒް ފައިދާ ނަގަން ބޭނުންވަނީއެވެ.

މުއްސަނދިއިރުވެސް އެއުޅެނީ ކޮންހައި ކަމެއްގައި ހެއްޔެވެ؟

މަޚުމަލުގެ ދާނުގައި ނުނިދިގެން އެއުޅެނީ ކީއްވެބާވައެވެ.؟

ބަނޑުހައިހޫނުކަމަކީ ލޯބިވެސް ހަނދާން ނެތޭ ކަމެކެވެ.

ކުދިންނަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއް ވުމަށްވެސް ތައްޔާރެވެ.

ފާފައިގެ ފޭރާން ލާކަށް ނުރުހެވޭ ނެއެވެ.

ލިބިފައިވާ މުއްސަނދިކަމުގައި އެހެންމީހުންގެ ޙައްޤު ވެއެވެ.

ބަނޑުހައިކަމުގެ ފިލާވަޅު ލިބިފައިވާނެއެވެ.

ޖަނަވާރެއްގެ ކަރުހިއްކުން ފިލުވާލަ ދިނުމީ ޘަވާބު ހުރިކަމެކެވެ.

ނިކަމެތި އިންސާނަކަށް އެހީތެރިވުމުން ޘަވާބު އިތުރު ނުވާނެތޯއެވެ.؟

ބަނޑުހައިކަމުގައިވެސް އެފާފަ ނުކުރަން މިއުޅެނީ ބިރުވެތިވާތީއެވެ.

މުއްސަނދިއިރުވެސް އެފާފަކުރަން ޖެހިލުން ނުވަނީ ބިރުވެތި ނުވާތީއެވެ.

 

Comments (2)

  1. ???

    Pp ah laane ehenn photo eh nehtha?

    1. ismail ali kaleyfaanu
      ???

      thank you.Varah gulheyne kamah heekohgen levunu foto eh.

Comments are closed.