Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކައިޒީން….. [ފުރަތަމަ ބައި]

Thiyaa Level 1
November 13, 2018 2 Mins Read
7 Comments

ކުޑަދޮރުން ފުރޭނިގެން އެޅިފައިވާ އިރުގެ ރަން އަލި ކައިޒީންގެ ދޮންމޫނަށް އުނދަގޫ ކުރަމުން ދިޔައެވެ.މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ ފޯން ހުޅުވާލީ ގަޑި ބަލާލުމުގެ ނިޔަތުގައެވެ.ނަމަވެސް ލޮލުގައި އަޅައިގަތީ ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ ގުޑްމޯރނިންގެ ފަށުވި އިބާރާތް ކޮޅެވެ.އަނެއްކާ ކާކުބާއެވެ؟ނުދަންނަ ނަމްބަރަކަށް ވުމުން ރިޕްލައި ކޮށްލުމުގެ ބަދަލުގައި ކައިޒީން ފޯން ބޭއްވުމަށްފަހު ފާހަނައަށް ވަދެ ފެންވަރާލިއެވެ.އަވަސް އަވަހަށް ޝޯލް އަޅާ ތައްޔާރުވަމުން ދިޔައީ ސުކޫލަށް ދިއުމަށެވެ. ކައިޒީން އެރަށު ސްކޫލްގެ ޕްރައިމަރީ ޓީޗަރެކެވެ. ފިރިމީހާ ޖާއިން އުޅެނީ ކައިރި ރިސޯޓެއްގައެވެ. 5 އަހަރުގެ ދަރިފުޅު އާޔަން ރީތިކޮށްލުމަށްފަހު ދެމީހުން އެކުގައި ގެއިން ނުކުތީ ގަޑި ޖެހުމުގެ ކުރިން ސްކޫލައް ދިޔުމަށެވެ. .ފޯން ވައިބްރޭޓްވުމުން ކައިޒީން ފޯނަށް ބަލާލިއެވެ.”ޔޫ ލުކް ޕްރިޓީ.. ސީޔޫ އެޓް ސްކޫލް…”. ހަމަ އެ ނުދަންނަ ނަމްބަރެވެ. ކާކު ބާއެވެ. މެސެޖް ކިޔާލުމައްފަހު ކައިޒީން އައް ބޭއިޚްތިޔާރުގައި ބަލާލެވުނީ މަގުމައްޗަށެވެ. ނަމަވެސް އޭރު މަގުމަތީގައިތިބީ ސްކޫލަށް ދާން ދިޔަ ދެތިން ކުއްޖަކާއި ޓީޗަރެކެވެ. މިފަހަރުވެސް ރިޕްލައިކުރުމުގެ ބަދަލުގައި ކައިޒީން ފޯން ލީ ދަބަހަށެވެ……

ސްޓާފް ކުއާޓަރ ގެ ކުޑަދޮރު ކައިރީގައި ހުރި ދާއިން އަށް ބެލެނީ އެލް ކިންޑަރ ގާރޑަން ގެ ކްލާސް ރޫމްއާ ދިމާއަށެވެ.ތުއްތު ކުދިންތަކަކަށް ކިޔަވައި ދިނުމަށް އެހީ ތެރިވަމުން ދިޔަ އެރީތި އަންހެން ކުއްޖާގެ ލޫޅާފަތި ހަށިގަނޑަށް ކަޅި ޖަހާނުލާ ބަލަން ހުރެވުނެވެ.ފަހަރަކު ކުއްޖަކު ގާތަށް ދުވަމުންދިޔަ އެ އަންހެން ކުއްޖާ ހުރީ ވަރުބަލިވެފައެވެ. ނަމަވެސް އެއްވެސް ޝަކުވާ އަކާއިނުލައި އޭނާގެ ވާޖިބު އަދާ ކުރަމުން ދިޔައެވެ. ދާއިންގެ ތުންފަތް މަތީގައިވަނީ ލުއި ހިނިތުންވުމެކެވެ. އިރުއިރުކޮޅާ ފޯނަށް ބަލާލެވެނީ ހީވާގޮތުން މެސެޖެއްގެ އިންތިޒާރުގައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެ މޫނު މަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ.އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާގެ މަސައްކަތަށް އެނބުރުނެވެ.ނަމަވެސް ހިތުގައި ވަނީ އެރީތި އަންހެން ކުއްޖާގެ ދޮން މޫނާއި ތުނި ހަށިގަނޑެވެ.އެއްގޮތަކަށް ވެސް މަސައްކަތަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ.ކޮމްޕިއުޓަރ ސްކްރީނުން ނަޒަރު ވަކިކޮށްލުމަށް ފަހު ދާއިން ފޯނަށް ބަލާލިއެވެ.އެއީ އެ އަންހެން ކުއްޖާއަށް ނޭނގި ވަގަށް ނެގި ފޮޓޯއެކެވެ.ފޯންގެ ސްކްރީންގައި އަތްކާއްތާލަމުން ދާއިން ބޯހޫރާލިއެވެ.”ޒީ….ޔޫ އާރ ޑްރައިވިން މީ ކްރެޒީ… ޑޭމް!!! ވައި އާރ ޔޫ ސޯ ހޮޓް…ހިތުގައި އެނބުރެމުން ދިޔަ ހިޔާލުތައް ދުލާހަމައަށް ނައިކަން ނަސީބެކެވެ.

ބެލް ޖެހުމާއެކު ކައިޒީން ހިންދެމިލިއެވެ. ބެލެނިވެރިންތައް ނިމެންދެން ކިލާސް ތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ ކުދިން ގެއަށް ފޮނުވުމަށެވެ. ހުރިހާ ކުދިން ގޮސް ކިލާސް ތެރެ ހުސްވުމުން މަސައްކަތު މީހެއްކަމުގައިވާ ހުދާ އައީ ކްލާސްތެރެ ކުނިކަހާށެވެ. ބޯއަޅައިގެން އޮތް ކައިޒީން ފެނުމުން ހުދާ ގޮވާލިއެވެ. “ބަލީތަ؟ ކިހިނެތްވެފަ ތިއޮތީ؟” ކައިޒީންގެ ކޮނޑުގައި އަތްލަމުން އޯގާތެރިމާއެކު ހުދާ އަހާލިއެވެ. “ނޫން”. ހުދާއަށް ހިނިތުންވެލުމަށްފަހު ކައިޒީން ތެދުވީ ގެއަށް ދިއުމަށެވެ… ގޭޓްއާއި ހަމަވިއިރު ގޭޓްގެ ކައިރީގައި ދާއިން ހުރީ  ފޯނާ ކުޅޭށެވެ…..

ރެއަށް ކެއްކުމަށްޓަކައި ހަނޑޫ ދޮންނަން ހުރި ކައިޒީން ސިހުނީ އާޔަންގެ ހަޅޭކުގެ އަޑަށެވެ.”ދަރިފުޅާ!! ކިހިނެއްވީ؟؟” ކައިޒީން ދުވެފައި ގޮސް ގޮވާލިއެވެ.. “ކުރައްޕެއް.. މިހާރު ނެތް” އާޔަން ހޭން ފެށިއެވެ… ” ހާދަ ލާނެތް ކުއްޖެކޭދޯ..؟؟” އާޔަންއަށް ހީލަމުން ކައިޒީން ބަދިގެއަށް ދިއުމަށް އެނބުރިލިއެވެ. “މަންމާ ފޯނެއް… އާޔަން ދުވެފައި އައިސް ފޯނު ދިއްކޮއްލިއެވެ. ކައިޒީން ފޯން ހުޅުވާލިއިރު ދެތިން މެސެޖެއް އައިސްފައި އިނެވެ…. “ކީއްވެ އެއްޗެކޭ ނުބުނެ ދިޔައީ؟”..ކާކުކަން ނޭނގޭތީތަ ރިޕްލައި ނުކުރަނީ..؟؟ އިޓްސްމީ ދާއިން.” މެސެޖް ކިޔާލުމުން ކައިޒީން އައް ލިބުނީ ކުޑަ ހައިރާން ކަމެކެވެ. ދާއިން މިފަދަ ގޮތަކައް އޭނަޔަށް މެސެޖް ކުރުމުގެ ބޭނުމަކީ ކޮބާ ބާ އެވެ. ނަމަވެސް ހިތުގެ ކަނަކުން އުފާވެރިކަމުގެ އިހުސާސެއްވެސް ކުރެވުނެވެ…..

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Thiyaa

Level 1

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 30

Next

ދެގަޑި ތިރީސް – 08

Next
November 13, 2018

ދެގަޑި ތިރީސް – 08

Previews
November 13, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 30

7 Comments!

  1. aIsH YdH says:
    November 13, 2018 at 7:00 pm

    Nice..nnext part kudakoh long koh dheh cheyyy…

  2. Lovely says:
    November 14, 2018 at 3:03 am

    Yeah vaahaka v reethi

  3. Thiyaa says:
    November 14, 2018 at 4:34 am

    thanks 2 kudhin..

  4. Thiyaa says:
    November 14, 2018 at 4:35 am

    ofcourse next park long vaane :]

  5. Aash says:
    November 14, 2018 at 4:55 am

    <3

  6. Saula says:
    November 14, 2018 at 6:31 am

    V reethi vaahma eh .. Next part upload kureveyne dhuvahakah v inthizaaru kuraanan.

  7. Bf says:
    November 17, 2018 at 8:14 am

    Varah reethi vaahaka eh luv… Keep it up

Comments are closed.

Next Episodeކައިޒީން 2←


All Right Reserved!