Skip to content
އެސްފިޔަ

ދަރީންނާއިމެދު ފޮނި އުއްމީދު ތަކެއް ކުރެވެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ކުކުޅު ދަރިފިއްލާފައި ދިއަޔަސް އަހަރެން ބޭނުންވީ އެގޮތެއްނޫނެވެ.

ފޮނިފޮނި އުއްމީދުތަކެއް ދަރީންނާއިމެދު ކުރެވުނެވެ.

މަތީ މަޤާމު ހޯދާނެ ކަމުގެ އުއްމީދުގައި އަތްމަތި ހުސްކޮށްލީމެވެ.

މަތީ މަޤާމެއް ނުހޯދިތާ ރަގަޅު މަގުންވެސް ނުހިގިއެވެ.

އެކަނިކޮށް ދުރަށް ދިޔައީ އަވާމެންދުރުގެ ފަހަތުންނެވެ.

ބަދުނާމުގެ ސިއްކަ ޖެހުނީ މަގޭ ނިތްކުރީގައެވެ.

އެދަނޑިވަޅުގައި ވަފާތެރި ބައިވެރިޔާވެސް އެމަގުން ދިޔައީއެވެ.

ހަތަރު އުދަރެސް ފެނުޖެހުނީމާ ވާންވީގޮތް ވީއެވެ.

މިކަމަށް ހެދޭނެ ފަންޑިތައެއް ބޭހެއް ނެތެވެ.

ވިސްނާވިސްނާ ހަލާކުވީ މަފަކީރުގެ ސިކުނޑިއެވެ.

ބައިވެރިޔާ ވަކިވެ ދިޔައަސް ދަރީންގެ ފަރާތުން އުފާ ލިބުނު ނަމައެވެ.

ދުނިޔެމަތީން ފޫހިވީމާ ތިމާގެ ކަމުގެ ގުޅުން އަދައެއްނުކުރެވުނެވެ.

ދަރީން ދުނިޔޭގައި ތިބެމެ އެހެންބައެއްގެ އެހީތެރިކަން  ޤަބޫލު ކުރެވިދާނެހެއްޔެވެ؟

މިވޭންތަކުގެ އުދާސް އިރުގެ ހޫނަށްވުރެ ގަދައެވެ.

ކެތްތެރިކަމުގެ ތަށިބަންޑުންވީ އެހެންވެއެވެ.

ﷲގެ މަދަދު ނުލިބުނުނަމަ ނަރަކައަށް ދާވަރުގެ ކަމެއްކުރެވުނީހެވެ.

Comments (2)

  1. Ibsha

    Ibraiytheri

    1. ismail ali kaleyfaanu
      Ibsha

      thanks

Comments are closed.