Skip to content
އެސްފިޔަ

ހުސްގެއްލުމެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އުޑުގައިވާ ތަރިތަކަށް ވުރެ ނިޢުމަތްތައް ގިނައެވެ.

ތަރިތައް ވަކިމީހަކަށް ޚާއްސަ ވެގެންނުވެއެވެ.

ނިޢުމަތްތައްވެސް  ވަކިމީހަކަށް  ޚާއްސަ ވެގެންނުވެއެވެ.

މީހަކަށް ނިޢުމަތެއް ލިބޭ ހިނދު ހަސަދަވެރިވާން ވެދާނެ ހެއްޔެވެ؟

އެފަދަ ނިޢުމަތްތައް ތިބާއަށްލިބެވުމަށް އެދުމީ އޮތްކަމެކެވެ.

ޙަސަދައިގެ ހުޅުކޮޅު ރޯކޮށްގެން ހެޔޮކަންތައް އަންދާލަން އެދެނީ ހެއްޔެވެ؟

ތިބާކޮނުނު އަނދަވަޅަށް ވެއްޓޭނީ ހަމަ ތިބާއެވެ.

ތިބާ ފޭހުނު އިލޮށިގަނޑު ހެރޭނީ ހަމަ ތިބާގެ ލޮލަށެވެ.

ދަގުއި ގޯންޏެއް ކޮނޑަށްލާން ބޭނުންވާނީ ކާކުހެއްޔެވެ.؟

ޙަސަދައިގެ އަލިފާނުން ޖަރީގެ ހެދުން އަދައެވެ.

އެހެންމީހުންގެ ނިޢުމަތް ބީވެގެންދާއިރު ތިބާއަށް އެނިޢުމަތް ލިބެނީހެއްޔެވެ؟

މަތިވެރި މަޤާމަށްޓަކައި ޙަސަދަވެރި ވެއެވެ.

ރީތިވީމާ އަދި ރީތި ބައިވެރިއަކު ލިބިފައިވާތީ ޙަސަދަވެރި ވެއެވެ.

ފާގަތި ދިރިއުޅުމެއް އުޅޭތީ ޙަސަދަވެރި ވެއެވެ.

ފުރިހަމަ ސިއްޙަތެއް ލިބިފައިވާތީ ޙަސަދަވެރި ވެއެވެ.

އެކުވެރީން ގިނަވާތީ ޙަސަދަވެރި ވެއެވެ.

ޢާއިލާ ގުޅުން ބަދަހިވާތީ ޙަސަދަވެރި ވެއެވެ.

ޙަސަދައިގެ ސަބަބުން ލިބެނީ ހުސް ގެއްލުމެވެ.