Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނުދީނީ

އިރުއޮއްސުނީ އެވެ.

ismail ali kaleyfaanu Level 310 Stories100 Login100 Comments
November 11, 2018 One Min Read
0 Comments

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހާއި ނިވާ ވީއެވެ. ހުޅަނގު ފަރާތު އުދަރެސް އޮރެންޖު ކުލައިން ޖަރީ ކުރަމުންނެވެ.އިރު އޮއްސޭ މަންޒަރު ބަލާލުމަށް އައިސް ތިބި މީހުނަނަށް އުފާވެރި ހިތްހަމަ ޖެހުން ގެނެސްދޭ ރީތި މަންޒަރެއް ދައްކަމުންނެވެ. އިރުކޮޅަކުން ކަނުއަނދިރިކަން މުޅިތަނަށް ފެތުރިގެންދާނެވެ.

އިރު އޮއްސޭ މަންޒަރުން އުފާވެރިކަމެއް ހިތުގައި ހިނގާލިނަމަވެސް ދުވަސް ފާއިތުވެ ދިއުމުން ހިތުގައި މޮޅިވެރިކަމުގެ ސާލުފަތުރާލައެވެ.މުޅިދުވަހު ކުރި އުއްމީދު ޙާސިލް ނުވުމުން އެކަމުގެ ދެރައާއި، ހިތާމަ ހިތުގައި ހިނގައެވެ.އިންސާނީ ޙަޔާތުން މުހިއްމު ވަގުތު ކޮޅެއް ފާއިތުވެގެން ދާއިރު ވިސްނާލަންޖެހޭ ކަންތައް ތަކެއް ވެއެވެ.ތިބާގެ ޙަޔާތުގެ މުހިއްމު ވަގުތުތަކުގެ ތެރެއިން ވަރަށް މުހިއްމު  ވަގުތު ކޮޅެއް ފާއިތުވެ ދިޔައީއެވެ.ދެން ބާކީ އޮންނާނީ ކިތައްދުވަސްކަން އެނގޭނީ ކާކަށްހެއްޔެވެ.؟

މަރަކީ ކޮންމެ މީހެއްގެވެސް އެންމެ ގާތުގައިވާއެއްޗެވެ.އިންސާނާ އަބަދުމެ ހުންނަންވާނީ މިކަމަށް ތައްޔާރު ވެގެންނެވެ.ކޮންމެ ވަގުތަކުވެސް ތިބާގެ ޙަޔާތުގެ ބައްތި ނިވިވދާނެއެވެ. ރޭގަނޑުގެ ކަނު އަނދިރިން ސަލާމަތް ވުމަށްޓަކައި އިންސާނުން އީޖާދު ކޮށްފައިވާ އެކައްޗަކީ ފުޅިބައްތިއެވެ.ބައްތި ކަނިވުމުން ތެޔޮފޮދެއް އަޅާލުމުން އޭގެއަލިކަން ވަކިހިސާބަކަށް ފެތުރިގެންދެއެވެ.އަދި އެއްކޮށް ބައްތިނިވުނު ކަމުގައިވިޔަސް އެބައްތި އަލުން ދިއްލިދާނެއެވެ.ނަމަވެސް ތިބާގެ ޙަޔާތުގެ ބައްތި ނިވި ދިއުމުން ދެނެއް އާ ޙަޔާތެއް މިދުނިޔެއަކުން ނުލިބޭނެއެވެ.

ދުނިޔެވީ ޙަޔާތުގައި އިރުގެ އަލިކަން ފޯރާ ކޮންމެ ދުވަހަކީ،ވަރަށް މުހިއްމު ދުވަހެކެވެ.ނުހަނު ބުރަކޮށް މަސއްކަތް ކުރަންޖެހޭނެ ދުވަހެކެވެ.ފަހުދުވަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. ދުނިޔެވީ ޙަޔާތުގައި މިވާ މަދު ދުވަސްކޮޅު ހެޔޮގޮތިގައި ހޭދަ ކުރުމުގެ ގޮތުންވެސްމެއެވެ.ތިބާގެ ވާޖިބުތަކެއް އެބަހުއްޓެވެ.ތިބާ ހެއްދެވި ޚާލިޤުވަންތަ ﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ހީވާގި ކަމާއި، މުރާލިކަމާއިއެކު މަސއްކަތް ކުރަންވާނެއެވެ.މިކަމަށްޓަކައި ތިބާއަކީ ޢިލްމު ލިބިގެންވާ މީހަކަށް ވާންޖެހޭނެއެވެ.ފުރިހަމަ ސިއްހަތެއް ލިބިފައިވާ ހަށިގަނޑުގައި ބާރުހުރި މީހަކަށްވާން މަސއްކަތްކުރަންވާނެއެވެ.ޙަޔާތުގެ މުހިއްމު ދަތުރުގައި ބައިވެރިވާ  ޒަވާޖީ ޙަޔާތުގެ ބައިވެރިޔާއަކީ ވަރަށް މުހިއްމު މީހެކެވެ.ދަރިން ހޯދާ އެކުދިން ތަރުބިއްޔަތު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ޙަޤީޤީ ފޮނިކަމާއި،މީރުކަންވަނީ ފަހުދުވަހަށްޓަކައި އިންދުނު ގަހުން ލިބުނު ގޮވާމުގައެވެ.މިގޮވާމުގެ އަސަރު ދާއިމަށް ދެމިގެންދާނެއެވެ.އެލިބޭ އަރާމާއި،އުފާ ބަޔާންނެއް ނުކުރެވޭނެއެވެ.އެ އުފާލިބިއްޖެ މީހަކީ ނަސީބުވެރިއެކެވެ.އިރުގެ އަލިކަން ނެތް ދުވަހު އަލިކަން ލިބޭނޭ މީހެކެވެ.

 

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

އިންސާނުންނަކީ ނިކަމެތި ބައެކެވެ.

Next

ނަމޫނާ

Next
November 11, 2018

ނަމޫނާ

Previews
November 11, 2018

އިންސާނުންނަކީ ނިކަމެތި ބައެކެވެ.



All Right Reserved!