Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން

Faathii Level 410 Stories100 Comments100 Login
November 7, 2018 2 Mins Read
5 Comments

“ސުބުހާނަﷲ! ޤުދުރަތީ މަންޒަރު ތަކަކީ ހާދަހާވެސް ފުރިހަމަ ހިތްގައިމު މަންޒަރުތަކެކޭ. ބަލާބަލާ ފޫހިވެސް ނުވާފަދަ އަޖާއިބުން ފުރިގެންވާ އެތައްކަމެއް.” މަޑު ނޫކުލައިގެ އުޑުގައި ލައްވާފައިވާ ހިތްގައިމު ހުދުކުލައިގެ ވިލާތަކުގެ މަންޒަރުތަކަށް ބަލަހައްޓައިގެން އިން ހިބާ ހިތައް އަރަމުން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ އެ ޚިޔާލުތަކުގައި އިންދާ ބޯޓް ވިލާތަކަށްވުރެ ތިރިޔަށް ފައިބަމުންދާ މަންޒަރު ފެނުމުން އޭނާގެ މަންޒިލް ގާތްވެއްޖެކަން އިހްސާސް ކުރެވުމުންނެވެ. ރާއްޖޭގެ ކުދިކުދި ރަށްތަކުގެ ހިތްގައިމު ނޫ ވިލުތަކާއި، ފަޅުތަކާއި، ހުދު ފަސް ގޮނޑުދޮށްތަކުގެ ރީތި މަންޒަރުތަކަކީވެސް އެއަށް ބަލާބަލާ ފޫހިނުވާނެ މަންޒަރުތަކެކެވެ. ކަނޑުގައި ތެޔޮ ސާލެއް ލެވިފައިވާހެން ހީވާހާވެސް ކަނޑު މަޑެވެ.

ހިބާ އިނީ މަތީގައި އުދުހެމުންދިޔަ ފްލައިޓްގެ ބިއްލޫރި ދޮރުތަކާއި އިންވެގެން އިން ގޮނޑިއެއްގައެވެ. މެލޭޝިއާގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު އެނބުރި މާލެ އާދެވޭއިރު، އެ މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެއެވެ. ކާރޫބާރޫ ބޮޑު ދުއްވާތަކެތީގެ އަޑާއި، ތަންތަން މަރާމާތު ކުރާ އަޑުތަކުން ބޮލަށް އުނދަގޫކުރާ މާލޭގެ މާހައުލަށް އެނބުރި އަންނަ ހިތްވާނީ ކާކު ހެއްޔެވެ؟ ނަމަވެސް އޭނާގެ މައިންބަފައިން ތިބީ އެތާގައެވެ. ގެދޮރުހުރީ އެތާގައެވެ. ވީމާ ދިރިއުޅުންވެސް އޮންނާނީ އެތާގަތާއެވެ. ބިއްލޫރިގަނޑު ބޭރުން ފެންނަމުންދިޔަ ހިތްގައިމު ކުދިކުދި ރަށްރަށުގެ މަލަމަތި ފެންނަ ކޮންމެ މީހަކުވެސް އެތަންތާގައި އެވާ ހިތްހަމަ ޖެހުން އިހްސާސް ކުރެވޭނެއެވެ. ރަށުގެ ހިތްގައިމު ދޮންވެލި ފަސްގަނޑުގައި ލިބިދެވޭ، ރީތި ސާފު ވައިރޯޅިތަށް ހަށިގަނޑުގައި ބީހިލިމުން ސިކުނޑިއަށް އެ ލިބޭ ތާޒާކަމާއި، ހިތްހަމަޖެހުން އެންމެ ދުވަހަކަށް ނަމަވެސް ބޭނުންނުވާނީ ކާކު ހެއްޔެވެ؟ އެކަމަކުވެސް ކުރާނީ ކީއް ހެއްޔެވެ؟ ރާއްޖެއަށް ނިސްބަތް ވީ ނަމަވެސް އެންމެންނަކީ އެ ހިތްގައިމު ރަށްތަކުގައި އުޅުމުގެ ނަސީބު ލިބިފައިވާ މީހުންނެއް ނޫން ވިއްޔާއެވެ.

އެ ރީތި ޤުދުރަތީ މަންޒިލުތަކުގެ ފުރިހަމަކަމުން އެނބުރި އަމިއްލަ ދިރިއުޅުމުގެ ޚިޔާލުތަކަށް އެނބުރެލެވުނީ ހިތުގައިވީ ނުތަނަވަސްކަމުގެ އިހްސާސުންނެވެ. މިއަދު އޭނާގެ ދިރިއުޅުން ބަދަލުވެފަވާ މިންވަރު ހިތައް ވެރިވުމުންނެވެ. އޭނާގެ މައިންބަފައިން އެތައް ޚަރަދެއް ކޮށްފައި އޭނާ މެލޭޝިއާއަށް ބިޒްނަސް ކިޔަވަން ފޮނުވީ އެތައް ފޮނި އުންމީދަކާއި އެކުގައެވެ. އެންމެ ކުޑަ އިރުންސުރެ އޭނާގެ ބައްޕަ ދެކުނު ހުވަފެނަކީވެސް އެއީއެވެ. ހިބާ ބޮޑުވެގެން ނާސިރުގެ ވިޔަފާރިތަކުގައި އޭނާއަށް އެހީތެރިވުމެވެ. ބައްޕަ މުސްކުޅިވާ ދުވަހު ދަރިފުޅު އެ ހުރިހާ ކަމަކާއި ހަވާލުވުމެވެ. އަދި ނާސިރު ދެއްކި އެ ހުވަފެން ހިބާ ވެސް ދެކުނެވެ. އޭނާގެ ވެސް ހުވަފެނަކަށް ވީ ބައްޕަގެ ހުވަފެނުގައި ކުލަ ޖެއްސުމެވެ. ނަމަވެސް މިއަދު އެހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. ހިބާގެ މޫނުމަތީގައިއެވާ ނުތަނަވަސްކަމުގެ ސިއްރަކީ އޭނާގެ ބައްޕަ އެވެ. ކިޔެވުން ހުއްޓާލާފައި އެނބުރި ރަށަށް އަންނަން ޖެހުމުން ލިބުނު ހިތްދަތިކަން އިންތިހާއެވެ. ނަމަވެސް އެއަށްވުރެ ހިތްދަތިވަނީ ބައްޕަމެން މިހާރު އޭނާއާއި ދޭތެރޭ ދެކޭ ގޮތުންނާއި ކަންތައްކުރާ ގޮތުންނެވެ .

އޭނާގެ ދިރިއުޅުން މިއަދު މިވަނީ އެފުއް މިފުށަށް ޖެހިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރިން އެ އާއިލާގެ ހުރިހާ އެންމެގެވެސް ރަންގަނޑަކީ ހިބާއެވެ. އެންމެންވެސް ހިބާދެކެވަނީ އިންތިހާއީ ލޯތްބެކެވެ. ހިބާގެ އަޑުއަހާނުލާ، އޭނާއާއި ވާހަކަ ދައްކާނުލާ ނާސިރަށާއި ރަހްމާގެ ލޮލަށް ނިދިވެސް ނާންނާނެއެވެ. އެހެނަސް މިއަދު ހުރިހާ ކަމެއްވެސް އޭގެ އިދިކޮޅެވެ. މިއަދު ހިބާ އަށް އައިސްފައިވާ ބަދަލަކީ އެންމެ ރަނގަޅު، ހެޔޮ ބަދަލުކަމުގައި ހިބާ ޤަބޫލު ކުރިނަމަވެސް އޭނާގެ ބައްޕަ މިއަދު އޭނާއަށް ނަފްރަތު ކުރަނީ އިންތިހާއަށެވެ. ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުން ހިބާ ނިކުމެ ލަގެޖް ނަގައިގެން ބޭރަށް ނިކުތީ އެތައް ދުވަހަކަށްފަހު އޭނާގެ ލޯބިވާ މަންމައާއި ބައްޕަޔާއި އާއިލާގެ މެމްބަރުން ލޮލުން ދެކިލަން ކެތްމަދުވެފައިވާ ހާލެއްގައެވެ. ނަމަވެސް ހިތައް ކުރުވީ ފުން ހިތާމައެއްގެ އަސަރެވެ. ގޭގައި ގެންގުޅޭ ޑްރައިވަރު ހިބާ ބަލާ ފޮނުވިއިރު އިތުރަށް އެގެއިން އެކަކުވެސް އޭނާ ދެކިލާކަށް ނާދެއެވެ. ލިބުނު ހިތާމައިން ދެކޯތާފަތް މައްޗައް ކަރުނުތައް އޮހޮރިގަތެވެ.  އޭނާގެ މައިންބަފައިން އޭނާއަށް އެނަފްރަތު ކުރަނީ އޭނާގެ ކޮންކުށެއް އޮވެގެން ހެއްޔެވެ؟ އެ މީހުންގެ ތަރުބިއްޔަތާއި ހިލާފަށް އެޅި އެންމެ ފިޔަވަޅަކުން ހެއްޔެވެ؟ މަންމަ މެނަށް ރަނގަޅުގޮތް ވިސްނޭނީ ކޮންދުވަހަކުންބާވައެވެ؟

…………

**ނުނިމޭ**

ނޯޓް: މި ވާހަކަޔަކީ މީގެ ކުރިންވެސް މި ސައިޓްގައި ލިޔެވިފައިވާ ވާހަކައެކެވެ. މި ވާހަކަ އެކީ ނުނިމި އިނީތީ، އެކީ ނިންމުމުގެ ގަސްތުގައި މިއަދުން ފެށިގެން އަލުން ފަށައިގެން ގެނެސްދެނީއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

އެހަނދާން ފޮހެވޭތޯ ބެލިޔަސް (ފަހުބައި)

Next

އިމްތިޙާން (2ވަނަ ބައި)

Next
November 8, 2018

އިމްތިޙާން (2ވަނަ ބައި)

Previews
November 7, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް (ފަހުބައި)

5 Comments!

  1. Anna says:
    November 8, 2018 at 12:44 am

    Nice one.. 🙂

  2. Faathii says:
    November 8, 2018 at 6:19 am

    Next part will be uploaded today. In Shah Allah.

  3. snow says:
    November 8, 2018 at 6:39 am

    den continue kolli nama.. evahaka bunefa.. kureege parts tha hama benun myhaka faseyhain kiyene.. btw vaahaka v reethi..

  4. munni says:
    November 8, 2018 at 9:29 am

    maasha allah mi story v rythi kon irakun next part genes dheyni

  5. Shaya says:
    November 8, 2018 at 10:08 am

    Masha allah…varah furihama..waiting

Comments are closed.



All Right Reserved!