Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް ތި ލޯބި އެދިގެން 1

mickymicky Level 1
November 6, 2018 3 Mins Read
6 Comments

“އެއްސަހަރެއްގަ އުޅުނިއްޔޯ ފަންމިނި އަންހެން ކުއްޖެއް..އެއީ ޔައްލު ކިޔާ ކުއްޖެކޯ..ކަނޑިއަކާ ލިބާހަކާ ލައިން އެކުއްޖާ މި އިނީ އަތިރިމަތީގަ..އިނދާ މި އަންނަނީ ލުވެއިޒް ކިޔާ ފިރިހެން ކުއްޖެއް..އެކުއްޖާ އައިސް ބުނަނީ ޔައްލު ކައިރީ ކޮލަށް ދޮނެއް ދެއްވާށޭ..” އަތުތެރޭގައި އޮތް ޔައިނާއަށް ވާހަކަ ކިޔައިދެމުން ދިޔަ ލުވެއިޒް ޔައިނާ ގެންގުޅުނީ ކުޑަކުއްޖެއް ފަދައިންނެވެ. އޭނާގެ މޮޅު ވާހަކަ ނިންމާލަމުން އޮށޯވެ އޮތް ޔައިނާގެ މޫނާ އޭނާގެ ކޯ ކައިރިކޮށްލިއެވެ. “ދެއްވާ އުންމައެއް..” ޅަ އަޑަކުން ލުވެއިޒް ބުނެލިއެވެ. ” އޯ ޕްލީސް..ދެން އަޅެ މަމީ ކުޑަކުއްޖެއްތަ..” ޖެއްސުމަށް އޭނާގެ މޫނު އަނބުރާލަމުން ޔައިނާ ލޯ އަޅާލިއެވެ. “ޕްލީސް…ބަސްއަހާ ކުއްޖެއްނު..” ލުވެއިޒް އޭނާގެ ކުޅިގަނޑު ހުއްޓާކަށް ނޫޅުނެވެ.

“ނޮޕް އައިމް އައްޗި ކުއްޖެއް..” އެއްބުމަ އަރުވާލަމުން ޔައިނާ ފޮނިވެލިއެވެ. ލުވެއިޒް ހުތްވިއެވެ. އިތުރަށް ބުނާނެ އެެއްޗެއް ނޭނގުމުން ޔައިނާ ގައިގައި އޭނާ ބައްދާލަމުން އޭނާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. “މައި ކަންނެޔޮ..” އޭނާ ބުނެލިއެވެ. “އެންޑް މައި ބާލިސް..” ލުވެއިޒްގެ އަތުތެރެއަށް  ބޮނޑިވެގަންނަމުން ޔައިނާ ޖަހާލީ ހިނިގަނޑެކެވެ. ލުވެއިޒް އެއަތް ހިއްލާލަމުން އެނދު ފަޑިން މަތީގައި އިން ނިދާބޮކި ދިއްލާލުމުން އަރާމު ނިންޖަކަށް އެ ދެމަފިރިން ގެނބިގެން ދިޔައެވެ.

_________________________________________

އެއީ ބޮޑު ގެއެކެވެ. ހުރިހާ ފާރެއްގައި ހުދު ކުލަ ލެވިފައިވާއިއިރު ބޮޑު ފަތި ޓީވީއެއްގެ އިތުރުން ކުޑަކުދިން ކުޅެން ޙާއްސަކޮށްފައިވާ ތަނާއެކު ސިޓިންގް ރޫމްވެސް ފެންނީ ޝާހީ ކޮށެވެ. ފެންޑާގެ ކަނުގައި ބަހައްޓާފައި ހުރި ފަންސަވީސް މީހުންނަށް އިށީނދެވޭވެރުގެ އަޅިކުލައިގެ ސޯފާގައި މަޑު ނުލާއި ކަޅުގެ ޑިޒައިންތަށް ހުރުމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ސިޓިންގް ރޫމްތެރެއިން ކާ ކޮޓަރިއަށާއި ބަދިގެއަށް ވަދެވޭ ގޮތަށް ހަދާފައިވާއިރު ކޮޓަރި ތަކާ ހަމައަށް ވާސިލްވެވެނީވެސް ސިޓިންގް ރޫމްތެރެއިންނެވެ. ހަތް ބުރިއަށް ނަގާފައިވާ މި ބޮޑު ގަންޑުވަރެއް ފަދަ ގޭގައި އުޅެނީ ވަރަށް މުއްސަނދި ޢާއިލާއެއްކަން ފެންނަ ކޮންމެ މީހަކަށްވެސް އިނގޭނެއެވެ.

“ކޮބާތަ އެ ލަވް ބާރޑްސް..” ގޭގެ ދޮރު ހުޅުވާ އަޅާފައި އެތެރެއަށް ވަތް ނާއިޝް ވެއްޓިގަތީ ސިޓިންގް ރޫމް ސޯފާއަށެވެ. ސޯފާގައި އިށީނދެގެން ޓީވީއަށް ގެއްލިފައި އިން އޭނާގެ އަންހެނުން ޔުމްނުގެ އުނގުގައި ބޯ އަޅާލިއެވެ. ޔުމްނުގެ ބުރުގަލާ ކުޅެން ފެށީ ކުރާނެ ކަމެއް ނެތިގެން ފަދައެވެ. “ކޮން ލަވް ބާރޑްސް އެއް..” ޓީވީއިން ނަޒަރު ވަކިކޮށްނުލާ ޔުމްނު ބުނެލިއެވެ. ” ލުވެއިޒް އެން ޔައިނާ…” ޔުމްނުގެ ބުރުގަލުގައި އެލިފަ އިން ރޮދިކޮޅެއް ނައްޓާލަމުން ނާއިޝް ރައްދުދިނެވެ. “މިހާރު އެގާރަގަޑި ބައިވަނީނު..އެދެމީހުންވެސް ގޮއްސި ނިދަން…މިގޭ އެންމެން ކަހަލަ ގޮތަކަށް ގޮއްސި ނިދަން..” ޔުމްނު ޓީވީ ނިވާލާ ކަހަލަ ހިޔާލެއް ކުރާކަށް ނޫޅުނެވެ. އެނާގެ ލައިގެން ހުރި ޓްރެކްޝޫޓުގެ ޖީބުގައި އޮތް ފޯނު ރިންގުވުމުން ވެސްމެއެވެ. ފޯނު ރިންގް ޓޯނުގެ އަޑު ނުކެނޑުމުން ބޮލަށް އުނދަގޫވީ ނާއިޝްއަށެވެ. ޔުމްނުގެ ޖީބުން ފޯނު ނެގުމަށްފަހު އޭނާ ސްކުރީނަށް ބަލާލިއެވެ.

“ކޮން ލިވާން އެއް…” ނާއިޝްގެ ދެބުމަ ގޮށްޖެހުނެވެ. ޔުމްނުގެ އުނގުން ތެދުވަމުން އޭނާގެ މޫނަށް ބަލާލީ ހިތްހަމަ ނުޖެހިފައެވެ. ދެލޯ ބޮޑުކޮށްލަމުން ޔުމްނު ސޯފާއިން ތެދުވިއެވެ. އޭނާގެ ވިންދު އަވަސް ވަމުން ދިޔަ ނަމަވެސް ހަމަޖެހެން މަސަތްކަތް ކުރިއެވެ. “ތީ އަނެއް..ފްރެންޑެއް..” ގަދަކަމުން ހިނިތުންވެލަމުން އޭނާ ބުނެލިއެވެ. ނަމަވެސް ނާއިޝް އަތުން އޭނާގެ ފޯނު އަތުލަން ކުރި މަސަތްކަތް ވީ ބޭކާރެވެ. “މަށަށް ނޭނގޭ ފިރިހެނުންވެސް ޔުމްނުއާ ރައްޓެހިތަ..” ނާއިޝްގެ ހިތުގައި ހަސަދަވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލީ ކަންނޭނގެއެވެ. “އެއީ އަލަށް އޮފީހަށް ވަތް މުއައްޒަފެކޭ ދެން އޭނާ މަގޭ ސެކްޝަންގަ އުޅޭތީ ވަރަށް ފްރެންޑް ވާނެ..” ޔުމްނު ބުނެލިއެވެ. “ފްރެންޑަކަސް މިހާ ދަން ގަޑިއެއްގަ ގުޅާކަށް ނުޖެހޭނު..” ނާއިޝް ހިތްހަމަ ޖެހޭ ކަމަށް ނުވިއެވެ. އޭނާ ދިޔައީ ފުލުފުލުގައި މައްސަލަ ޖައްސަމުންނެވެ.

“އެ ވާނީ އޮފީސް ވާހަކައެއް އަހަން ކަމަށް..ދީބަ ދެން..” އާދޭހުގެ ރާގަަކަށް ޔުމްނު ބުނެލިއެވެ. “ނޮޕް ނޮޓް ނައު މާދަން އޮފީހަށް ގޮއްސަ ތި ވާހަކަ ދައްކާނީ…” ސްކުރީނަށް އަރާފައި އިން ރަތް ކުލައިގެ ފިތަށް އޮބާލިއިރު ނާއިޝްގެ އަޑާ ރާގަކަށް ބަދަލެއް ނާދެއެވެ. “ދެން ނާއިޝް…..” ޔުމްނާ އަޑަށް ދަމާލިއެވެ. ނާއިޝްއަތުން ފޯނު ޖަހައިގަންނަމުން ސިޑިއާ ދިމާލަށް މިސްރާބުޖެހީ ކޮަޓަރިއަށް ދާންށެވެ. އައިސްފާ ހުރި ރުޅިން އޭނާގެ ދެބުމަވެސް ވަނީ ގޮށްޖެހިފައެވެ. އަލުން ލިވާންއަށް ގުޅުމަށްޓަކައި ފޯނު ހުޅުވާލިއެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަށް ގަނޑުވިއެވެ. ބާރު ހިނގުމެއްގައި ނާއިޝްއައިސް އޭނާގެ ކޮނޑުމައްޗަށް އެކޮޅުކޮޅުން ޔުމްނު އަރުވައިގެން ސިޑިންތަށް ގިރާ ކުރަން ފެށިއެވެ. އޭނާގެ ބުރަކަށީގައި ތެޅުން ނޫންކަމެއް ޔުމްނުއަކަށް ނުކުރެވުނެވެ.

________________________________________

“އޭ މޭން އެއްކަލަ ކަންތަށް ކިހިނެތް..” ނިދާ ބޮކި ދިއްލާފައި ހުރި ލިވާންގެ ކޮޓަރި ތެރެއަށް އަލި އެޅުނީ އައިމަން ދޮރު ހުޅުވާލުމުންނެވެ. އޭނާ ވެއްޓިގަތީ ލެޕްޓޮޕް ހިފައިގެން އެނދުމަތީގައި އިން ލިވާން ކައިރިއަށެވެ. “ކޮން ކަމެއް..” ނަންބަރު އައިނު ހެޔޮވަރުކޮށްލަމުން ލިވާން އެއްސެވެ. “ޔޯ އޮފީސް މޭޓު ޔުމްނުގެ ސިސް އިންލޯ ސެޓް ކުރުމުގެ ކަންތަށް ކިހިނެއްހޭ..” އައިމަން ވާހަކަ ފެށީ ދުރުދުރުންނެވެ. “އާން ޔައިނާ ދޯ..މަ އެ ޔުމްނު އާ ކައިރިވެގެން މިއުޅެނީ ޔައިނާ ލިބޭތޯ..ދެންމެވެސް ޔުމްނުއަށް ގުޅައިފިން އެކަމު އޭނަ ފޯނު ކަނޑާލީ..” ލިވާންގެ އަޑުގައި ފޯރިއެއް ވިއެވެ. އޭނާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވީ “ޔައިނާ” ގެ ނަން އިވުމުންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

mickymicky

Level 1

Other Articles

Previous

ވާ ލޯބި އިނގޭ ނަމަ 7

Next

ލޯބިން

Next
November 6, 2018

ލޯބިން

Previews
November 6, 2018

ވާ ލޯބި އިނގޭ ނަމަ 7

6 Comments!

  1. mickymicky says:
    November 6, 2018 at 7:15 pm

    Assalam alaikum everyone ?..alhuganduge mi stry ge furathama bai hurihaa kiyuntherinnahves kamudhaane kamah ummedhukuran..nd mistakes thah faahaga kohdhinumakee alhugandah libeyne varah bodu kurierumeh ??? vaahaka kiyalumahfahu vaahaka yaa medhu dhekey goii nd expectations comment kohlacheyy…next part tommorow insha allah ????
    Gud nite ❤?

  2. Aami says:
    November 6, 2018 at 7:26 pm

    First part vrh furihama.
    Story vrh reethivaaane hn heevany best of luck dear ❤️

  3. Gud❤ says:
    November 6, 2018 at 7:34 pm

    Wow.. vrh reethi… maashallah.. nd vaahaka thankolheh dhigu kohlla dhehvaane kamah unmeedhu kuran

  4. fuvahmulaki rayyithu myhaa says:
    November 7, 2018 at 2:08 pm

    dhen enme heu mi vaahaka..dhen oh part mihaa dhigi kerummaa hama baraabaro vennen..ekameki yainaa sha ehen nihadha.. eoh loabi couple haias avahakaha mi vaahakai dhen oh episode ginaaho dhevvun edhen..

    1. fuvahmulaki rayyithu myhaa says:
      November 7, 2018 at 2:09 pm

      eoh loabi couple niroolha*

  5. Ree?reena says:
    November 14, 2018 at 12:42 pm

    Vara reethi story thigotha kuriyadee

Comments are closed.



All Right Reserved!