Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ސާދަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
June 16, 2014 6 Mins Read
45 Comments

“..ލޫޝްއަށް ނޭގޭ އިތުރުކަމެއްވެސް އެބައޮތް..” ނީލް ބުނެލިއެވެ. “..ލޫޝްގެ ހިތަކަށް ނާރާތަ ލޫޝް ބަލިވީ ކީއްވެގެންބާއޭ؟..”

ނީލްގެ އެޖުމްލައާއެކު އަހަރެންގެ ހިތް ތެޅިގަތެވެ. އެއީ އަހަރެންނަށް އަދި ވިސްނާނުލެވި އޮތްކަމެކެވެ. އަހަރެން ބަލިވެ އެޗްއައިވީ ޕޮޒިޓިވް ވުމުން ފުރަތަމަ މަރުހަލައިގައި މެދުވެރިވާ ކަންތައްތައް އަހަރެންނަށް ދިމާވުން އެއީ އިއްތިފާޤަކަށް ނުވާނެއެވެ.

“..ލޫޝް ބަލިވީ އެރޭ ލޫޝްގެ ގަޔަށް އެޅި ލޭގެ ސަބަބުން..” އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ހަމަ ހަޤީޤަތަށްވެސް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުނީބާއެވެ.

“..ބިރު ނުގަނޭ.. ލޫޝް ގަޔަކު އެވައިރަސްގެ އަސަރެއް ނެތް..” ނީލް ކޮޅަށް ތެދުވެލަމުން ބުނެލިއެވެ.

“..ދެން ކީއްވެ ބަލިވީ..” އަހަރެންނަށް އެހުނެވެ.

“.. ލޫޝާ ބަލިވީ އަހަރެންގެ ސަބަބުން.. ލޫޝް ބަލިކޮށްލީ އަހަރެން.. އައި އޭމް ސޮރީ.. އަހަރެންނަށް މަޖުބޫރުވީ ލޫޝް ބަލިކޮށްލަން..”

“..ކީކޭތަ ތިކިޔަނީ..” އަހަރެންނަކަށް ނީލްދައްކަމުން ދިޔަ ވާހަކަތަކުގެ ފަހަތުގައި ފޮރުވިފައިވާ ވާހަކަތަކެއް ނުވިސްނުނެވެ.

“..ލޫޝްގަޔަށް އެރޭ އެޅީ އަހަރެންގެ ލޭ.. އެއީ އެއީ އަހަރެން..” ނީލްގެ އަރުތެރެއިން އެވާހަކައެއް ބޭރުވާ ވަރެއް ނުވިއެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ ނީލް ބުނަން އުޅޭ އެއްޗެއް ނޭގިގެންނެވެ.

“..އެއީ ކޯއްޗެއްތަ؟.. ނީލްގެ ލޭ އަހަރެން ގަޔަށް އެޅުނީމަ ބަލިވާންޖެހޭތަ؟ ތިކިޔާ އެއްޗެއް ނުވިސްނުން.. ބުނެބަލަ.. ސާފުކޮށް ކިޔާދީބަލަ.. ނީލް ކޮންމެ ކަމެއްކޮއްފަ އޮތަސް އަހަރެންނަށް އިނގޭ އެކަމެއް ކުރާނީ އަހަރެންނާމެދު ވަރަށް ވިސްނާފަކަން.. ބުނެބަލަ.. އެއީ..”

“..އެއީ އަހަރެން ސިހުރު ހަދާފަ ހުރި ލޭ..” ނީލް ބާރަށް ބުނެލިއެވެ.

“..ވަޓް..” އަހަރެންގެ އަނގަ ހުޅުވިގެންދިޔައީ ލިބުނު ހައިރާން ކަމެއްގެ ސަބަބުންނެވެ.

“..އާނ..” ނީލްގެ ލޮލުތެރެއަށް ޖަމާވެފައިވާ ކަރުނަތައް އޮހިގަތުމާއެކު ފޮހެލައިފިއެވެ. “..މިހުރިހާ ދުވަހު އަހަރެން މިއައީ ލޫޝްއަށް ސިހުރު ހަދަމުން.. ފަންޑިތަ ހަދަމުން.. ރިއަލީ ވެރީ ސޮރީ.. އަހަރެން ކުރި ކަމެއްގެ ސަބަބުން ވޭންތަކެއް އުފުލަން ޖެހުނީތީ..”

“..އައި ކާންޓް ބިލީވް ދިސް..” އަހަރެންނަށް ނީލްގެ ވާހަކަތައް ޤަބޫލްކުރަން އުނދަގޫވިއެވެ. އޭނާ އަހަރެންނަށް ފަންޑިތަ ހަދައިގެން ވޭންތަކެއް އުފުލަން ޖެއްސުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

“..އައި ނޯ އަހަރެން ވިސްނިނަމަ މިނޫން އެހެން ގޮތަކަށްވެސް ކަންތައް ކުރެވިދާނެކަން.. އެކަމް އެދުވަހު އަހަރެންގެ ވިސްނުންހުރީ މިގޮތައް ކަންތައްކުރަން.. އަހަރެން ބޭނުންވީ ކައިލް އެންޑް ޔުމްނުއަށް ވީހާވެސް ބޮޑަކަށް ހަޤީޤަތްކަން ހާމަކޮށްދޭން..”

ނީލް އެގޮތައް ކަންތައް ކޮށްފާނެކަމަށް އަދިވެސް ޤަބޫލެއްނުކުރެވެއެވެ. ހަޤީޤަތްކަން އަންގަދޭން އެވަރުގެ ބޮޑު ވޭނެއް އުފުލަން ޖެއްސީ ކީއްވެގެން ހެއްޔެވެ؟ ވޭތުވެދިޔަ 03 ހަފްތާއެއްހާ ދުވަހު އަހަރެން އުޅުނު ހާލެއް އިޙްސާސްވާނީ އަހަންނަށެވެ. އަހަރެން ގައިގައި އަޅަމުންދިޔަ ވޭން އެނގޭނީ ޚުދު އަހަރެންނަށެވެ. ބޮލުގައި ރިއްސާވަރުން ރޭގަނޑު ނުނިދިފައި އޮތީ ކިތައް ރޭ ހެއްޔެވެ؟ ހޮޑުލެވޭ ވަރުން އަރު ތެރެއިން އެއްޗެއް ނުދިރިގެން އުޅުނީ ކިތައް ދުވަހު ހެއްޔެވެ؟ ގައިގައި ރިއްސާ ހުންއައިސް ހިރިނުލެވިގެން އެނދުމަތިވެފައި އޮންނަން ޖެހުނީވެސް ނީލްގެ ސަބަބުންނެވެ. އަހަރެންގެ ގައިން ވަރުދޫވާހެން ހީވެގެން ސޯފާގައި މަޑުމަޑުން އިށީދެލީމެވެ.

“..ނީލް ތިގޮތައް ކަންތައް ނުކޮށްވެސް ކައިލްއަށް ހަޤީޤަތް އަންގަދެވުނީހެއްނުން..” އަހަރެން އިސްއުފުލާލަމުން ނީލްއާ ހަތަރުކަޅި ހަމަކޮށްލީމެވެ. “..ނޫނީ އަހަރެން ކައިރީ ބުނެލިނަމަ.. އަހަރެންނަށް ޤަބޫލްކުރެވޭނެ.. އަހަރެންނަށް މާކުރިން އެނގިފަ އޮތީ އެމީހުން ރިސްކް ބޮޑު ރޭވުމެއް ރާވަމުން އަންނަކަން.. ސިހުރުހެދުން އެއީ ރަނގަޅުކަމެއް ނޫން..”

“..އައި ނޯ ލޫޝް..” ނީލް ޓައިލްސް ގަނޑުމަތީ ދެކަކޫ ޖައްސާލިއެވެ. “..އަހަރެންނަށް އެވާހަކަތައް ކިޔައިވެސް ދެވިދާނެ.. އެކަމް އަހަރެންނަށް ލޫޝް ފިރިމީހާ އެވަރުގެ ރޭވުމެއް ރާވަމުން އަންނަކަން ލޫޝް ޤަބޫލްކުރާނެ ކަމުގެ ޔަޤީންކަމެއް ނެތް.. އަހަރެން ދައްކާ ވާހަކަ ލޫޝް ޤަބޫލް ނުކޮށްފިނަމަ ލޫޝް ކައިލްގެ ކަންފަތާ ހަމައަށް އެވާހަކަތައްގެންދާނެ.. އެމީހުން ވަގުތުން ޕްލޭން ބަދަލްކޮށްލާނެ.. ލޫޝް އެމީހުންގެ ލައިފް އިން ފައްސާލަން ދެން ކުރާނީ ކީއްކަމެއްވެސް ނޭގެ.. މިކަންތައް އިއްތިފާޤުން އަހަރެންނަށް އެނގުނަސް އެމީހުންގެ ހުރިހާކަމެއް އަހަރެންނަކަށް ނޭގޭނެ.. ލޫޝް ދިރިހުއްޓާ މަރާލަންވެސް އެމީހުން ފަހަކަށް ނުޖެހޭނެ.. އެހެންވެ އެރިސްކް ނަގަން އަހަރެން ބޭނުން ނުވީ..”

“..އަހަރެން ޤަބޫލްކުރަން ނީލް އަހަރެންނަށް ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއްކަން..” އަހަރެން ބުނީމެވެ. “..އެކަމް ނީލް ހެދި ސިހުރުގެ ސަބަބުން ތަހައްމަލްކުރި ވޭން ހިތައްއަރާފަ ދެރަވަނީ.. އެހާ ހިތްހަމައެއް ނުޖެހެވޭ އެކަމަކާ.. ބަޓް އެޔައްވުރެ ބޮޑުވޭނަކުން ސަލާމަތްކޮށްދިންކަންވެސް އަހަރެން ޤަބޫލްކޮށް ޝުކުރުވެރިވެސް ވަން..”

“..އެއީ އަހަރެން ހެދި ފަންޑިތައެކޭ ހީކޮށްލާ.. ނޮޓް ސިހުރު… އަހަރެންނަށް އެކަންވެސް ކުރުމަށް މަޖުބޫރުވީ ހަމަ ލޫޝް ސަލާމަތްކުރަން.. ލޫޝް ބަލި ނުވެއްޖެނަމަ ކައިލްމެންނަށް ޝައްކުވެދާނެތީ ފަންޑިތަ ހަދައިގެން ލޫޝް ކުޑަދުވަސް ކޮޅަކަށް ބަލިކޮށްލީ.. އަހަރެންނަށް އެނގޭ އެޗްއައިވީގެ އަސަރު އެންމެ އަވަހަށްވެސް ފެންނާނީ ތިންމަހެއްހާ ދުވަސްތެރޭގަކަން.. އެކަން ކައިލްމެންނަށްވެސް އެނގޭނެ.. އެހެންވެ އޭނަ އެހާ ދުވަހަށް ރާއްޖެއިން ބޭރަށް ދިޔައީވެސް.. އެކަމް ތިންމަހު ތެރޭ އެޗްއައިވީގެ އަސަރު ނުފެނިވެސް ހުރެދާނެ.. އެތައް އަހަރެއް ވަންދެންވެސް ހުރެދާނެ.. ލޫޝްއަށް 3 މަސް ދުވަސްވާއިރުވެސް އެކަމުގެ އަސަރެއް ނުކޮށްފިނަމަ ކައިލްމެން ލޫޝްގެ ބްލަޑް ރިޕޯޓެއްކަހަލަ އެއްޗެއް ހައްދުވާނެ.. ރިޕޯޓްތައް ލިބޭއިރު އެ ވައިރަސް ނެތިއްޖެޔާ އެމީހުންނަށް ހުރިހާކަމެއް ފަޅާއެރީ.. ދެން އަލުން ހަމަ އެޕްލޭނަށް ކަންތައްކުރާނީ ނޫންކަމެއްވެސް ނޭގެ.. އެހެން ވެއްޖެނަމަ އަހަރެންނަށް ޤައިމުވެސް ލޫޝްގެ ފުރާނަ ސަލާމަތެއް ނުކޮށްދެވޭނެ.. އެހެންވެ އަހަރެންގެ ގައިން ބްލަޑް ނަގައިގެން ފަންޑިތަ ހަދާފަ ޒައިކްގެ ކޮއްކޮއާ ޙަވާލްކުރީ.. ޒައިކު ކޮއްކޮއަށް އަހަރެން ހުރިހާ ވާހަކަތަކެއް ކިޔާދިނީމަ އޭނަ މިކަމުގަ އެހީވެދިނީ.. ލޫޝް ބޯ ފަޅައިގެންދިޔަރޭ ޒައިކު ލޭ ހޯދަން އައިމަ އޭނަގެ ކޮއްކޮ ދިނީ އަހަރެން ފަންޑިތަ ހެދި ލޭ! ދެން ލޫޝްގަޔަށް އިންޖެކްޓް ކުރިތާ ތިންމަސްވީމަ އަހަރެން ފަންޑިތަ ހަދައިގެން ލޫޝް ބަލިކޮށްލީ.. އަހަރެން ފުރަތަމަ ހުރީ މި ފަންޑިތަ އެއްދުވަހު ހަދަން.. އެކަމް ނަސީބު ދެރަކަމުން ލޫޝް އެވަގުތު ހުރީ ރަށުގަ.. ގިނަދުވަހު އެކަންތައް ކުރަންޖެހުނީ ލޫޝް ޑޮކްޓަރއަށް ދައްކަން މާލެ ނައިސް ރަށުގަ ހުރީމަ.. ބޮޑުވަރު ކުރަންޖެހުނީ އެހެންވެގެން.. އޭރުން ލޫޝް މާލެ އަންނަން މަޖުބޫރުވާނެކަން އަހަރެންނަށް އެނގޭ.. އަސްލުވެސް ލޫޝް ރަށުގަ ހުރީމަ އެހާ ދުވަސްވަންދެން އެވޭންވެސް އުފުލަން ޖެހުނީ.. މާލޭގަ ހުރި ނަމަ މިކަންވީހީ އެއްދުވަހުގެ ކަމަކަށް.. ދެން އެއްގޮތަކުން ލޫޝް ރަށުގަ ހުރިކަންވެސް ނަސީބު.. އަހަރެންނަށް ރިޕޯޓް ބަދަލްކުރުމުގެ ކަންތައް އެހާ ފަސޭހައިން ހަމަޖައްސާލެވުނީ އެހެންވެގެން.. ލޫޝް ރިޕޯޓްތައް ލިބުނީމަ ކައިލް މާލެ އަންނާނެކަންވެސް އަހަރެންނަށް އެނގޭ އެހެންވެގެން.. އަހަރެން އެދުވަހު ހުރީ ލޫޝްމެން ގޭކައިރީ ފާރައަށް.. އެހެން ހުއްޓާ ލޫޠުއާ ދެމީހުން ފޮށިހިފައިގެން ނުކުތީ.. އަހަރެން ހުރީ ގެޔަށް ގެންގޮސް ހުރިހާ ހަޤީޤަތެއް ކިޔާދޭން.. އެކަމް ލޫޠު އަލުން ރިޕޯޓް ހަދާ ވާހަކަ ބުނީމަ އަޅާނުލީ.. ރިޕޯޓްތައް ލިބުނީމަ ހަޤީޤަތް ކިޔައިދޭން އަހަރެން ނިންމީ..އަހަރެން ކުރި ކަމެއް ކުރީ ލޫޝް ސަލާމަތްކުރުމަށްޓަކައި.. ލޫޝް ބަލިވީ އަހަރެން ކުރިކަމަކުންކަން އެނގޭ ދުވަހުން ލޫޝްއާ އޮންނަ އެކުވެރި ގުޅުން ކެނޑުނަސް އަހަރެންނަށް ކެތް ކުރެވިދާނެ.. ބަޓް އަހަރެންނަށް އެނގިހުރެ މިވަރުގެ ބޮޑުކަމަކުން ލޫޝް ސަލާމަތްކޮށް ނުދެވިއްޖެނަމަ ދުވަހަކުވެސް އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ.. ގުޅުން ކެނޑުނަސް އޯކޭ ކަމަށް ބަލާފަ އެހެން ހެދީ.. އައި އޭމް ސޮރީ..”

“..ސްޓޮޕް އިޓް..” ލޫޠު ނީލްގެ ދެކޮނޑުގައި ހިފާކޮއްޅަށް ނެގިއިރު އޭނާގެ ލޮލުންވެސް ކަރުނަ އޮހެމުންދިޔައެވެ. އަހަރެންގެ ލޮލުންވެސް ކަރުނަ ފޭދެމުންދިޔައެވެ. ނީލް ދެއްކި ވާހަކަތައް އަހަރެންނަށް ޤަބޫލްކުރެވެއެވެ. އޭނާ ކަންތައްކޮށްފައި އެވަނީ އެކަންތައްކުރަންވީ ގޮތަށެވެ. ކައިލްގެ ކިބައިން ސަލާމަތްމިވީ ނީލް އެގޮތައް ކަންތައްކުރީމަކަން ޤަބޫލްކުރެވިއްޖެއެވެ.

“..އައި އޭމް ރިއަލީ ސޮރީ.. އަހަރެން އެކަންތައްކުރީ ހަމައެކަނި ލޫޝްއަށްޓަކައި.. ލޫޝް ކައިލްގެ ކިބައިން ސަލާމަތްކުރުމައްޓަކައި.. ރިއަލީ ވެރީ ސޮރީ.” ނީލް ދެއަތް ދެއަތާ ޖޯޑްކޮށްލައިގެން ހުރެ މާފަށް އެދެމުންދިޔައެވެ. ލޫޠު ލޯ ފޮހެލަމުން ނީލްގައިގާ އޮޅުލައިގަތީ މާފަށް ނޭދުމަށް ބުނަމުންނެވެ.

“..ތިކަހަލަ މީހަކު މަދުވާނެ.. ބްރޯ.. ތިވަރަށް މާފަށް އެދޭކަށް ނުޖެހޭނެ.. އައި އޭމް ޝުއަރ ދޮނާވެސް ނީލް ކަންތައްކުރީ ރަނގަޅަށްކަމަށް ޤަބޫލްކުރާނެކަން..” ލޫޠު ނީލް ގަޔާ ދުރުކޮށްލަމުން އަހަރެންނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އަހަރެން ލޫޠު އަތުގައި ހިފަމުން ކަރުނަތައް ފޮހެލީމެވެ.

“..ލޫޠު އެބުނީ ރަނގަޅަށް.. ނީލް މާފަށް އެދޭކަށް ނުޖެހޭނެ..” އަހަރެން ނީލްއާ ހަތަރު ކަޅި ހަމަކޮށްލީމެވެ. “..އައި އޭމް ސޮރީ.. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިތްހަމަ ނުޖެހެވުނީތީ.. ނީލް ކަންތައް ތިކުރީ ހަމަ އެންމެ ރަނގަޅަށް.. އަހަރެންގެ ހިތުގައި ނީލްގެ މައްޗަށް އެއްވެސް ބުރަކަމެއް ނެތް..”

“..ތޭންކްސް..” ނީލް ހިނިތުންވެލިއެވެ.

“..ކޮން ތޭންކްސް އެއް..” ލޫޠު ނީލް ގަޔާކައިރިކޮށްލިއެވެ. “..އަހަރުމެންނޭ ނީލްއަށް ޝުކުރުއަދާކުރަންޖެހޭނީ.. ތީ ހަމަ އެއްވަނައިގެ މީހެއް.. ކައިލްއަށް އެކަންޏެއްނޫން މޮޅެތި ޕްލޭންތައްކުރެވޭނީކީ..”

ލޫޠު ހީލަމުން އެއް އަތުން ނީލް ގަޔާލައި ފިއްތައިލިއިރު އަހަރެން ހުރީ އަނެއް އަތު ތެރޭގައެވެ. އަހަރެން ލޫޠުގެ މޭ މަތީގައި ބޯ އަޅާލަމުން ނީލްއަށް ބަލާލީމެވެ. ހަތަރު ކަޅި ހަމަވެގެންދިޔައެވެ. އަހަރެން ފުޅާ ހިނިތުންވުމެއް ދިނުމުން ނީލްވެސް ހިނިތުންވެލިއެވެ. މިހާރު ނީލްގެ މޫނުމަތިން ފެންނަމުންދަނީ އުޖާލާކަމެވެ. އުފާވެރިކަމެވެ.

“..ސޯ އިތުރު އެއްޗެއް އެބައޮތްތަ އަހަރުމެންނަށް އެނގެންޖެހޭ..” ލޫޠު ބުނި އަޑުއިވުނެވެ.

“..އާނ.. އަދި އެއްވާހަކަ..” ނީލް ކުއްލިއަކަށް ދުރުވެލަމުން ބުނެލިއެވެ. “..އަހަރެންނަށް ހެދިފަ އޮތް ދޮގެއް..”

“..ކޮން ދޮގެއް..” އަހަރެންނާއި ލޫޠުއާ ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

“..ލޫޝާއަށް މިއަދު ދިނީމެއްނުން ބޭސް ގުޅައެއް..” ނީލް ބުނެލިއެވެ. އަހަރެން ބޯޖަހައިލަމުން ކިހިނެއްވީތޯ ސުވާލްކޮށްލީމެވެ. އަދި ނީލް ބުނަން އުޅޭއެއްޗެއް އަޑުއެހުމަށްޓަކައި ހިމޭނުން ހުރީމެވެ.

“..އެއީ ނިދާ ބޭސް ގުޅައެއް ނޫން.. އެއީ އަހަރެން ހެދި ފަންޑިތަ ބާޠިލްކުރަން ލޫޝާއަށް ދޭން މަޖުބޫރުވި އެއްޗެއް.. ލޫޝް ހަށިގަނޑު ތެރޭގައި އަހަރެން ފަންޑިތަ ހެދި ލޭ ހުރީމަ މިއަދުވެސް މާވަރަކަށް ހުންގަދަވީ.. މިހާރު އެފަންޑިތައިގެ އަސަރެއް ލޫޝްއަކަށް ނުކުރާނެ.. ލޫޝްއަށް ފީލްވާނެ ބަލި މުޅިން ފަސޭހަ ވެއްޖެހެންވެސް..”

“..އޯ..” އަހަރެންގެ އަނގައި އަޑު ބޭރުވެގެންދިޔައީ ބޭއިޚްތިޔާރުގައެވެ. “..އެހެންވެ ދޯ އެބޭސްގުޅަ ކޭތަނުން މުޅި ހަށިގަނޑު ލުއިވެގެން ދިޔައީ..”

ނީލް ހިނިތުންވަމުން ބޯ ޖަހައިލިއެވެ. އަހަރެން ހިނިތުންވަމުން ޝުކުރުއަދާކުރުމާއެކު ނީލް ގެއިން ނުކުތުމަށް ހިނގައިގަތެވެ. އަހަރެންނަށް ހުރިފިޔަވަޅު މަތީ ހުއްޓި ހުރެވުނީ ނީލްއަށް ބަލާށެވެ. އަހަރެންގެ ހިތަށް އެރިއެވެ. އޭނާ އެހުރިހާ ކަމެއްކޮށްދިނީ ކީއްވެގެންބާއެވެ؟ އަހަރެން ފުރާނަ ސަލާމަތްކޮށް ކައިލްގެ ކިބައިންވެސް ސަލާމަތްކޮށްދީފިއެވެ. އަހަރެންނަށް ކިނާން ހޯދޭނެ މަގުފަހިކޮށްދީފިއެވެ. ބަދަލުގައި އެއްވެސް ކަމަކަށް ނޭދެއެވެ. އަދި އެހެންމެ އަހަރެންނަށް ވޭނެއް ތަޙައްމަލްކުރުވަން ޖެހުމުން އެކަމަށްޓަކައި ރޮއެ ރޮއެފައި މާފަށްވެސް އެދިއްޖެއެވެ. އަހަރެންގެ ހަށިގަނޑުގައި އަޅާނެވޭން އޭނާއަށް އިޙްސާސްވާ ކަހަލައެވެ. އަހަރެންގެ ހިތުގައި ނީލްގެ މައްޗަށް ބުރަކަމެއް ނުވާކަމަށް ބުނި ހިނދު އެމޫނުމަތިން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އެއީ ހަމަ އެކުވެރި ކަމުގެ ގަދަފަދަ ބާރުން އުފެދިފައިވާ ކުލުނު ހެއްޔެވެ؟ ނޫނީ އޭނާގެ ހިތުގައި އަހަރެންނާމެދު ޙާއްސަ ގަދަރެއް ދެވިފައިވަނީ ހެއްޔެވެ؟ ނީލްގެ ހިތުގައި އަހަރެންގެ މައްޗަށް ބާރުގަދަ ލޯތްބެއްވާކަން ޔަޤީންނެވެ. އެއީ އިޝްޤީ ލޯބިކަމެއް ނުވަތަ އެކުވެރިކަމުގެ ލޯބިކަމެއް ބުނާކަށް ނޭގެއެވެ. ނަމަވެސް އަހަރެންނަކީ ނީލްއަށް ވަރަށް ޙާއްސަ ކުއްޖެއްކަން ޔަޤީންކަމާއެކު ބުނަންކެރިދާނެއެވެ. އޭނާގެ ޢަމަލުތައް އެކަމަށް ހެކިދެއެވެ.

“..ތި ހީވަނީ ރަނގަޅަށް ކަންނޭގެ..” ލޫޠު އަހަރެންގެ ކޮނޑުގައި އަތްބާއްވާލުމާއެކު ސިހުނެވެ. އަހަރެންނަށް ލޫޠު ބުނި އެއްޗެއް އިވުނު ނަމަވެސް އޭނާ ބުނި އެއްޗެއް ނުވިސްނުނެވެ.

“..އައި ތިންކް ހީ ލަވްސް ޔޫ އަ ލޮޓް..” ލޫޠުއަށް އަހަރެން އެކަމާ ވިސްނިކަން އެނގުނީ ކީއްވެގެން ބާއެވެ. އަހަރެން އަނގައިން ނުބުނެ ހުރީ ލޫޠު ވާހަކަ ދެއްކުމަށް ފުރުޞަތު ދީގެންނެވެ. ލޫޠުއަށް ނީލް އަހަރެންދެކެ ލޯބިވާހެން ހީވާ ސަބަބެއްވެސް އޮންނާނެތާއެވެ.

“..އަހަރެން އެހީމެއްނުން އިތުރައް އެނގެންޖެހޭ އެއްޗެއް އޮތްތޯ؟..” ލޫޠު ވާހަކަ ދައްކަންފެށިއެވެ. “..އޭނަ އެއްވާހަކަ ނުބުނެ އެދިޔައީ.. ދޮނާ ބަލިވެގެން އުނދަގޫތައްވީ ވަރަށް ނީލްއަށްވެސް އުނދަގޫތައްވި.. ނީލް ފަންޑިތަ ހެދި ވާހަކަ ބުންޏެއްނުން.. އޭނަ ފަންޑިތަ ހެދުއްވީ އޭނަގެ އަމިއްލަ ނަފްސަށް.. ނީލް ފަންޑިތަހެދި ލޭ ދޮނާ ހަށިގަނޑުގައި ހުރެފަ، ނީލްއަށް ފަންޑިތަ ހަދައިގެން ނީލް ބަލިވީމަ ދޮނާވެސް ބަލިވީ..”

ދެންވެސް އަހަރެން އަނގަޔަކުން ނުބުނަމެވެ. އަހަރެންވަކި ބުނާނީވެސް ކީކޭ ހެއްޔެވެ؟ ނީލް އެފަދަ ބޮޑު ޤުރުބާނީއެއްވާނީ އަހަރެންދެކެ ވަރުގަދަ ލޯތްބެއްވެވިފަ އޮތީމަކަން ޔަޤީން ވެއްޖެއެވެ. ހިލޭ ފިރިހެނެއްގެ ހިތުގައި އެވަރުގެ ލޯތްބެއް އުފެދިފައިވާނަމަ އެލޯބި އިޝްޤީ ލޯތްބަށް ނުވާނެ ގޮތެއް ނޯންނާނެއެވެ.

“..ދޮނާ.. މީ މިކަހަލަ ވާހަކައެއް ބުނަން އެންމެ ރަނގަޅު ދަނޑިވަޅެއް ނޫންކަން އެނގޭ އެކަމްވެސް އަހަރެންނަށް ހީވަނީ ނީލްއަށް ދޮނާގެ ހަޔާތުން ޖާގައެއް ދީފިނަމަ ދޮނާއަށް މާޒީ ހަނދާން ނައްތާލައި އުފާވެރި ހަޔާތެއް ލިބިގެން ދާނެހެން..”

އަހަރެން ހިނގައި ގަތީ ކޮޓަރިއާ ދިމާއަށެވެ. ނީލްއަށް އަހަރެންގެ ހަޔާތުން ޖާގައެއް ދިނުން އެއީ ކުރަން ވަރަށް އުނދަގޫވާނެ ކަމެކެވެ. ސަބަބަކީ އަހަރެންގެ ހިތުގައި ކުޑަކޮށް ނަމަވެސް ނީލްގެ މައްޗަށް ލޯތްބެއް ނެތީމައެވެ. އަހަރެންނަށް ނީލް ފެންނަނީ އޯގާތެރި ހިތްހެޔޮ އެކުވެރިއެއްގެ ސިފައިގައެވެ. ނީލްދެކެވަނީވެސް އެކުވެރިޔަކު އެކުވެރިޔެއްދެކެ ވާނޭފަދަ ލޯތްބެކެވެ. ނަމަވެސް އަހަރެންނާ ކާވެނި ކުރުމަށް ނީލް އެދެފިނަމަ އެކަމާމެދު އިތުރަށް ވިސްނާނަމެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަހަރެން އުޅުނީ ސިޓިންގ ރޫމް ފޮޅާ ސާފުކޮށް މޮޕް ލުމުގެ މަސައްކަތުގައެވެ. ލޫޠު ވީ ކިނާން ބަލައި ގޮހެވެ. އަހަރެން ކިނާން ބަލާދިޔުމަށް ލޫޠު އެއްބަސް ނުވީއެވެ. އެހެންކަމުން އަހަރެން ކިނާންގެ އިންތިޒާރުގައި ސޯފާގައި އިންދާ ގޭތެރެ ސާފުކޮށްލުމުގެ ހިޔާލު ދިނީ ނީލްއެވެ. ނީލްވެސް މަސައްކަތުގައި އެހީތެރިވެދީ އުޅުނެވެ. މަސައްކަތުގައި އުޅުނުއިރު ކުރިން ފާހަގަ ނުވާ ކަންތައްތަކެއް ނީލްގެ ކިބައިން ފާހަގަ ވަމުންދިޔައެވެ. އޭނާ އަހަރެންނަށް ސިއްރުން ބަލާކަމެވެ. މާނަ ފުން ހިނިތުންވުމެއް އޭނާގެ ތުންފަތްމަތީގައި ވެއެވެ. އަދި އެހެންމެ އޭނާ ހުންނަނީ ވަރަށް ހަމަޖެހިފައެވެ. ނަމަވެސް މިހާރު އަހަރެންނަށް ނީލްއާ ހަތަރުކަޅި ހަމަކޮށް ވާހަކަދައްކައި އުޅެން އުނދަގުލެވެ. ނީލް އަހަރެންނާމެދު ދެކޭ ނަޒަރު އެނގޭތީ އަހަރެން ލަދު ގަންނަނީއެވެ. އުނދަގޫވަނީއެވެ.

ލޫޠު ގެއިން ނުކުމެގެން ދިޔަތާ ދެގަޑި އިރު ފާއިތުވެގެން ދިޔައިރުވެސް އަންނާކަށް ނޫޅުނެވެ. އަހަރެންގެ ހިތުގައި ގޮތް ނޭގޭ ބިރުވެރިކަމެއް އުފެދެން ފެށިއެވެ. އަތުގައި ފޯނެއް ނެތުމުން ވީގޮތެއް އެހުމަށް ގުޅާލެވޭ ކަށެއްވެސް ނެތެވެ. ނީލް ކައިރީ އެވާހަކަ ބުނާކަށް ނުކެރުނެވެ. އަހަރެން ހުރީ ސިޓިންގ ރޫމްގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިރުއިރު ކޮޅާ ދޮރާ ދިމާއަށް ބަލާލެވެއެވެ. ހިތުގެ އަޑިން ދުޢާ ކުރެވެމުން ދިޔައީ ހުރިހާ ކަމެއް ރަނގަޅުވުމަށް އެދިއެވެ.

“..އަން.. ފޯނު.. ވީގޮތެއް ބަލައިލަން ގުޅާލަބަ..” ނީލްގެ އަޑުއިވުނެވެ. އަހަރެން ބަލާލިއިރު އޭނާ ހުރީ ކޮޓަރި ދޮރުކަނީގައި ލެނގިލައިގެންނެވެ. އަހަރެންނަށް އިސްޖަހައި ލެވުނެވެ. ނީލް އަހަރެންގެ އަތަށް ފޯން ދިއްކޮށްލުމާއެކު އިސްޖަހައިގެންހުރެ ފޯންގައި ހިފަން އުޅެނިކޮށް ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް ސިހުމެއްލިބުނެވެ.

“..މިއަދު ކޮން ހިޔާލަކަށް ގެއްލިފަތަ ތިހުންނަނީ.. މާވަރަކަށް ސިހެނީ..” ނީލް ހީލަމުން ދޮރު ހުޅުވުމަށް ހިނގައިގަތެވެ. އަހަރެން ހުރީ ހެވިފައެވެ. އުފާވެފައެވެ. އެތަކެއް އަހަރުތަކެއް ފަހުން ކިނާން ފެންނަން އުޅޭކަހަލައެވެ. ނަމަވެސް ނީލް ދޮރު ހުޅުވާލުމާއެކު ކުއްލިއަކަށް އަހަރެންގެ ހިނިތުންވުން ސީރިޔަސްކަމަށް ބަދަލުވެގެންދިޔައެވެ. ދޮރުމަތީގައި ހުރީ ކިނާން އެއް ނޫނެވެ. ލޫޠުއެއްވެސް ނޫނެވެ. ކައިލްގެ މަންމައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ބަރުބާދު (ތޭރަވަނަބައި)

Next

އޯގާވީ ހިތަކުން…36

Next
June 16, 2014

އޯގާވީ ހިތަކުން…36

Previews
June 14, 2014

ބަރުބާދު (ތޭރަވަނަބައި)

45 Comments!

  1. nishan says:
    June 16, 2014 at 9:08 am

    good morning to all .. maadhama vaahaka up koh nudhevidhaanethii liyevifa in varah up kohla dhinee mii.. i hope mibai kuru namaves kamudhaane kamah..

  2. bubbles says:
    June 16, 2014 at 9:40 am

    Masha allah mi part ves v reethi… looking forward for the next part. .. 😀

    1. nishan says:
      June 16, 2014 at 11:02 am

      thank yu bubbles..

  3. Yashaa says:
    June 16, 2014 at 9:43 am

    ތެންކްސް ޝާން.. ވަރަށް ކިޔާލާ ހިތުން ހުއްޓާ ތި އަޕް ކޮށްލީ.. ވަރަށް ރިތި.. ވެއިޓިން ފޯރނެކްސްޓް ޕާރޓް

    1. nishan says:
      June 16, 2014 at 11:03 am

      ތޭންކް ޔޫ ޓޫ ޔަޝާ

  4. އަފީ says:
    June 16, 2014 at 11:52 am

    އަޅެ ހާދަރީތިވާހަކައެކޭ އަނެއްބައިވެސް ހަމަމިހާ އަވަހަށް ގެނެސްދޭނެކަމަށް އުއްމީދު ކުރަން ވަރަށް ވަރަށް ރީތި މިވާހަކަ ހަމަ ވަރަށް ވަރަށް ބޮޑަށް

    1. nishan says:
      June 16, 2014 at 12:18 pm

      ވަރަށް ބޮޑަށް ޝުކުރިއްޔާ އަފީ.. އިރާދަ ކުރެއްވިއްޔާ ކުރިޔަށް އޮތްބައި ވަރަށް އަވަހަށް ގެނެސްދޭނަން.. 🙂

  5. އަފީ says:
    June 16, 2014 at 11:55 am

    މާދަމާ އަނެއް ބައި ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން ވަރަށް ކިޔާ ހިތްވޭ މިވާހަކަ
    މިވާހަކަ ލިޔާ ކުއްޖާއަށް އަފީގެ ސަލާމް

    1. nishan says:
      June 16, 2014 at 12:20 pm

      މާދަމާ ގެނެސް ނުދެވޭނެތީ މިއަދު މި ޕާޓް އަޕްކޮށްލަ މިދިނީވެސް.. މާދަމާ ގެނެސް ނުދެވުނަސް މި ހަފްތާ ތެރޭގައި އިތުރު ޕާޓެއް ގެނެސް ދިނުމަށް މަސައްކަތް ކުރާނަން.. ނިޝާންގެ ވެސް ސަލާމް އަފީއަށް..

  6. shaamy says:
    June 16, 2014 at 12:01 pm

    Thi v ok dhw thiha avahah genes dhevenya mi partvx v salhi

    1. nishan says:
      June 16, 2014 at 12:22 pm

      thank yu shaamy..

  7. ummi says:
    June 16, 2014 at 12:19 pm

    Alhe v v reethiii mi stry ….. n thanks ehaa avahah up koh dhini ma… waiting for the next part 😀

    1. nishan says:
      June 16, 2014 at 12:23 pm

      thank yu ummi ah vaahaka kiyaali ma..

  8. އިފޫ says:
    June 16, 2014 at 1:05 pm

    owsome…. v v v v nice mipartves

    1. nishan says:
      June 16, 2014 at 2:04 pm

      thank yu ifoo ..

  9. shahoo says:
    June 16, 2014 at 1:06 pm

    varah salhi mi part ves nishaan v nu shahoo ah ves thihaa salhi koh vaahaka lliyan dhaskohdhen.

    1. nishan says:
      June 16, 2014 at 2:10 pm

      shahoo nishan vs adhi mee vaahaka liyan dhas kuraa kuhjjeh 😀 ehen meehakah dhas kohdhevey varah engunii ma thikamaa visnaa levidhaane hehe.. shahoo vaahaka kiyaa ulhenya mihaaruvs konmes varakah idea hunnane.. dhen liyan feshima madu madun dhaani kuriyah.. alhe try kohlaba.. and thank yu

  10. Jee says:
    June 16, 2014 at 1:47 pm

    thank you 🙂 v v v reethi mi vaahaka….. nd thank you mihaa avaha mi part genesdhineema.

    1. nishan says:
      June 16, 2014 at 2:12 pm

      thank yu too JEE thihaa varah mivaahaka ah inthizaaru kuraathii 😀

  11. naj says:
    June 16, 2014 at 1:51 pm

    oooooooh.. kail ge mom kihinehve loosh kairiyah e aee… alhey.. dhn kihinehtha vaany nishan… v v v v reethi mi bai vess.. v happy vehje mi part avahah genesdhiny thy.. thank you .. 🙂 …..n dhn kon irakun tha next part ???… waiting 😉

    1. nishan says:
      June 16, 2014 at 2:14 pm

      kyle ge mom eulhenii loosh ah suprise eh dheyn kanneyge.. :p libey suprise ga loosh hey nunethuniyya nasybeh 😀 thank you naj.. 🙂

  12. naj says:
    June 16, 2014 at 1:53 pm

    n pic ga e iny loosh aa kail tha .. nony neel tha ????

    1. nishan says:
      June 16, 2014 at 2:16 pm

      kyle and loosh kamah balaafa pic laafa eynii 😀

  13. naxoo says:
    June 16, 2014 at 2:20 pm

    v reethi vaahakaeh, aslu story liyanvaany avahah up kohdevay kudhin ,tanks nishaan,

    1. nishan says:
      June 16, 2014 at 2:24 pm

      thank you naxoo ..

    2. Nana says:
      June 16, 2014 at 3:16 pm

      Vaahaka varahriythi kail ge mom e aee kinaan ves govaihen dho loosh ah surprise dheyn yumnu aai kail ge karunaaige koarun thankolhehves himanaali nama aneh part ge inthizaaruga vaahaka avahah up kohdhehchey ingey viymey aneh part ge inthizaarugaa

    3. nishan says:
      June 16, 2014 at 9:19 pm

      Kail n Yumnu Bai nugenes dhevigen Miulhenii furathama Nazarakun genes dhey story eh v ma.. But adhi emeehun haaleh vs angaala dheynan.. Thank you

  14. aashaa says:
    June 16, 2014 at 4:12 pm

    wow very nice. next part kon irakun nishaan

    1. nishan says:
      June 16, 2014 at 9:21 pm

      Thank yu aashaa.. Soon will up next part..

  15. xoo says:
    June 16, 2014 at 6:35 pm

    Its a wonderfull story.. you have a grt tellent
    . ??..So when is the next part of this story

    1. nishan says:
      June 16, 2014 at 9:22 pm

      Thank you xoo
      Soon will up next part..

  16. nisha says:
    June 16, 2014 at 7:21 pm

    mi story avahah ninman ulheyyyyyy…… mihaaruvxx kehvaneekeee nooon mi vaahaka kiyaa hithun

    1. nishan says:
      June 16, 2014 at 9:24 pm

      Awwwww Nisha.. Dhen varah avahah nimidhaane adhi Kudakoh keiy kohlaa

  17. zeesh says:
    June 16, 2014 at 9:56 pm

    vaahaka v v reethi plxx thankolhey avahah vaahakage aneyyba up kohdheychey lasnukoh aneybayah inthizaaru ….

    1. nishan says:
      June 17, 2014 at 12:15 am

      Thank yu zeesh.. Varah avahah up kohdheynan in shaa Allah..

  18. naj says:
    June 17, 2014 at 2:19 pm

    thythi kada ehnu .. maa kurin nishaan suprize thi falhaa aruvaaly .. dhn thihen buneema next part kiyaa iru suprizing eh nuvaane dhw 😛 …. dhn kon irakun tha next part ?

    1. ނިޝާން says:
      June 17, 2014 at 2:31 pm

      ހެހެހެ.. ސަޕްރައިޒް ވާނެ އެހެން ބުންޔަސް.. އެނޫނަސް ކިތަންމެ ސަޕްރައިޒް އެއް ބާކީވެސް އެބައޮތް.. އެންމެ ސަޕްރައިޒް އެއް ފަޅާއެރިޔަސް މައްސަލައެއް ނޫނެއްނުން :ޕ ބުރާސްފަތި ދުވަހަށް ނިންމާލެވޭތޯ މަސައްކަތް މިކުރަނީ..

  19. zeesh says:
    June 17, 2014 at 2:57 pm

    mivaahaka v v reethi feshun ehennamavx vaahaka mihaaru dhiguvegen dhaairu fahunn up mikuribaa kiyaalan kudakon foohivaagoyy vee vaahaka dhigu kuran vaahaka agemedhuthere ah mulhin ehen bayeh laagen eyna buni meena buni. buni buni laagen thigu kohfa huryma miba kiyalan v foohivi. namavx mivaahaka mee zeesh v v shaugu veri kama eku kiya vaahaka eh mivaahaka v reethi vaahakaege aneybayah v inthizaaru kuran.

    1. nishan says:
      June 17, 2014 at 3:59 pm

      Thank yu thiya dhehvii hiyaalah.. Thikamah visnaanan kuriyah hurii baithah liyaa iru 😀 Thigothah kamu nudhaa kan kan kuriyah oiyy thanuga vs faahaga kohla dheyne kamah unmeedhu kuran.. 🙂

  20. Leef says:
    June 17, 2014 at 3:46 pm

    v reethi mi part ves. keep it up :]

    1. nishan says:
      June 17, 2014 at 4:01 pm

      Thank yu leef..

  21. she says:
    June 18, 2014 at 12:07 am

    .☆☆☆waiting for the next part…Interesting story..

    1. nishan says:
      June 18, 2014 at 2:30 pm

      thank yu she..

  22. naj says:
    June 19, 2014 at 5:05 pm

    where is the next part nishaan :(.. am waiting … nishaan buni thursday ga ey .. ekam kobaa ??? .. :(… plx update it soon

    1. nishan says:
      June 20, 2014 at 12:06 pm

      Sorry Naj.. Miadhu up kohdheynan..

Comments are closed.

Next Episodeބަރުބާދު (ފަނަރަވަނަބައި)←


All Right Reserved!