Skip to content
އެސްފިޔަ

ވެވުނީ ލޯތްބޭ ޔާރާ ❤

ރޭގަނޑުގެ ފިނި ފިނި ރޯކިތަށް ހަށިގަނޑުގައި ބީހެމުން ދިޔައީ ހީކަރުވާ ޒާތަކަށެވެ. ގަސްތަށް އެ ވައިރޯޅިތަކާއެކު އެއް ރާގަކަށް ނަށަމުން ދިޔަ ފަދައެވެ. ފަތްތަށް އެ ގަސްތަކުގެ ހިޔާވަހިކަމުން ބޭރުވާ ފަހަރުވެސް މަދެއް ނޫނެވެ. ވިއްސާރަ މޫސުމުގެ ދުވަހެއްކަމުން ފަޒާގައި ހިފާފައިވަނީ ތެތްފިނިކަމެކެވެ.

ކޮޓަރީގެ ބެލްކަނީގައި ހުއްޓިލައިގެން އެ ޒުވާނާ ހުރީ މީހެއްގެ އިންތިޒާރުގައި ކަހަލައެވެ. މިނިވަން ވަޔާއެކު އޭނާގެ ކަޅު ފަން އިސްތަށިގަނޑުވެސް ދިޔައީ ވިހުރެމުންނެވެ. ލުވެއިޒްގެ ތުންފަތް މަތީގައިވާ ފިރިހެންވަންތަ ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. އޭނާ ހުރީ ހިޔާލީ ޢާލަމެއްގައި ފަދައެވެ.

ފަހަތުން މީހެއްގެ ހިލަންވީހެން ހީވުމުން ލުވެއިޒް ފަސް އެނބުރި ބަލާލިއެވެ. އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުން ފުންވިފަދައެވެ. ” ޔާލް..” އޭނާ ހިތާހިތުން ކިޔާލިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ގާތު އަންނާށޭ ބުނާފަަދައިން ލުވެއިޒް ދެއަތް ފުޅާކޮށްލިއެވެ. އަންހެންވަންތަ ހިނގުމެއްގައި އައިސް ޔަލްވީ ބައްދާލީ ލުވެއިޒްގެ މެދުހަށީގައެވެ. ލުވައިޒް ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތަށް ކޮންޓްރޯލް ކުރަމުން ޔަލްވީ އޭނާގެ މެޔާލާ ބޮނޑިކޮށްލީ އެއީ ހަމައެކަނި އޭނާގެ މިލްކެއްކަން ސާބިތުކޮށްދޭ ފަދައިންނެވެ.

ލުވެއިޒްގެ މެދުހަށީގައި ބޯ އަޅާލައިގެން އޮތް ޔަލްވީގެ ލޮލަށް ކަރުނަ ބޮނޑިވިއެވެ. ލުވެއިޒްގެ ލޯތްބާ އަލާލުމާ އެ އަތުގެ ހިމާޔަތުން ވަކިވާން ދެން މާ ގިނަ ދުވަހެއް ނެތްކަން އޭނާގެ ހިތް ތަކުރާރުކޮށް ހަނދާންކޮށްދެމުން ދިޔައެވެ. ޔަލްވީގެ ލޮލަށް ގިނަވެފައި ހުރި ކަރުނަތަށް މިނިވަންކަމާއެކު ދެން ބީހިލީ ލުވެއިޒްގެ ހުދު ޓީޝާރޓުގައެވެ. ޔަލްވީގެ ހިތާމައިގައި ބައިވެރިވަމުން އެ ކަރުނަތަށް ލުވެއިޒްގެ މޭގައި ބޮސްދިނެވެ.

ހަށިގަނޑުގައި އެއްޗެއް ބީހިލިހެއްނ ހީވުމުން ލުވެއިޒް ޔަލްވީ ދުރުކޮށްލިއެވެ. ޔަލްވީގެ ލޮލުން އަންނަމުންދިޔަ ކަރުނަ ލުވެއިޒްގެ ހިތަށް އަސަރުކރއެވެ. “ޝޫޝް..” ދެފަރާތަށް ބޯހޫރާ އޭނާ އެކަރުނަތަށް ފޮހެދިނީ ލޯތްބާއެކުގައެވެ. މަޑު ގިސްލުމެއްގެ އަޑު ޔަލްވީގެ ތުންފަތް ފޫއަޅުވާލުމުން ލުވެއިޒް އޭނާގެ ޝަހާދަތް އިނގިލި ޔަލްވީގެ ފިނިފެންމަ ފިޔަފަދަ ތުންފަތުގައި ޖައްސާލިއެވެ. އޭނާ ހިތުން އެ ކަރުނަތަކަކީ ޔަލްވީގެ އުފާވެރިކަން ބަޔާންކޮށްދޭ ނިޝާނެކެވެ. އެހެންނަމަވެސް ބޮޑު ތިކި މުތީގެ އެ ޖަވާހިރުތަކުގެ އަސްލު ދެނެވޮނިގަންނަވަނީ ޔަލްވީ ފިޔަވާ އެންމެ ފަރާތެވެ.

** ** **

ވިއްސާރައިގެ ކެރިގަނޑު ބޯކޮށްލިއެވެ. ކަޅު ބޯ ވިލާތަށް އިރު ފަރުދާކުރަމުން ދިޔައެވެ. އަލިކަމެއް ފަޒާއަކުން ނުފެނެއެވެ. ވިއްސަރަގަނޑު ތެރޭގައި ލުވެއިޒް ދެފައި މައްޗަށް ތިރިވިއެވެ. އޭނާގެ ލޮލުން ފޭބި ކަރުނަތަށް ވާރޭ ތިކިތަކާ އެއްވިއެވެ. އޭނާ ލައިގެން ހުރި ގަމީސް ވަނީ ގައިގައި ތަތްލަވާފައެވެ. “ސޮރީ ލުވެއިޒް…މުޅި އުމުރުގައިވެސް ތި ނޫން މީހެއް ދެކެ ލޯތްބެއް ނުވާނަން..” ލުވެއިޒްގެ އަތުރެގޭގައި ތެމިފޯވެފައިވާ ސިޓީގެ ފަހުކޮޅުގައި ލިޔެފައި އޮތް ތަންކޮޅި އޭނާގެ ހިތުގައި ގުގުމަމުން ދިޔައެވެ.  “އާތް……” އަޑުގެ ނެތްތަނަށް ލުވެއިޒް ހަޅޭއްލަވައިގަތީ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

އިިންތިޒާރު ކޮށްލައްވާ!!!

Comments (7)

  1. Queen Dandelion

    Starting rangalhu masha allah?????

  2. herwoo

    Asslam alaikum…alhugandu mi site ah liyaa furathama vaahakaiga trailer hurihaa kiyuntherinnahves kamudhaane kamah ummedhukuran ?? mi vaahakaiga first part 1st November ga genes dheynan insha allah ❤❤❤???mistakes thah faahaga kohdhinumakee alhugandah libeyne varah bodu kurierumeh ???

  3. Anonymous

    I love the story ??

  4. Shaya

    Nice????…u can do it..

  5. Myself

    So lovely….
    Pls… avahah next part

  6. Think

    First November naadhey tha adhi vx

  7. kdramafan

    OMG THAT PIC!!! W two worlds KDRAMA dho

Comments are closed.