Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ތޭރަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
June 14, 2014 8 Mins Read
53 Comments

ޔުމްނުމެން އަހަރެންނަށް އެއިޑްސް ޖައްސަން ކަންތައް ކުރިގޮތް އަދިވެސް ހިނދުރީގައި ހަރުލައިފައިވެއެވެ. ޔުމްނު އަހަރެންގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅި ކަމަށް ވަނީ އެއްބަސްވެފައެވެ. އަހަރެންނަށް މަޑުމަޑުން ޔުމްނުގެ ނަން ބުނެވުނެވެ. ލޫޠު ހިނިތުންވެލިއެވެ.

“..ދޮނާ ޤަބޫލްކުރޭ.. ދޮނާގެ ހަށިގަނޑަކު އެވައިރަސްގެ އަސަރެއް ނެތް..” ލޫޠު އަހަރެންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. “..ޔުމްނު އެކިޔާދިނީ ޔުމްނު ކަންތައް ކުރިގޮތުގެ ވާހަކަ.. އަސްލު ހަޤީޤަތް އޮތީ އެންމެނަށް ފޮރުވިފަ.. ކައިލްއަށް އަދި ޔުމްނުއަކަށްވެސް ނޭގެ ދޮނާއަށް ބަލި ނުޖެހޭކަމެއް.. ހަޤީޤަތަކީ ޔުމްނު އާއި ކައިލް ދޮނާއަށް ބަލިޖައްސާ ގެއިން ނެރެލުމަށް ރާވަމުން ދިޔަކަން އެހެންމީހަކަށް އެނގިފައި އޮތްކަން.. އަދި އެމީހަކު އައީ ފަރުދާގެ ފުރަގަހުގައި ހުރެގެން ދޮނާ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން.. އެމީހަކު އައީ ޔުމްނުމެންގެ ރޭވުން ފެނަށް ހެދުމަށްޓަކައި މޮޅު އެހެން ރޭވުމެއް ރާވަމުން..”

އަހަރެންނަށް ލޫޠުއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ބުނާނެ އެއްޗެއް ނޭގިގެންނެވެ. އަހަރެން ޔުމްނުމެންގެ ކިބައިން ސަލާމަތްކޮށް އެދިނީ ކާކުބާވައެވެ.

“..ކާކު..” އަހަރެންނަށް މަޑުމަޑުން އެހުނެވެ. ލޫޠު ނިތް އެއްލާލަމުން ފަހަތް ބަލާލުމަށް އެދުނެވެ. އަހަރެން ތެޅިތެޅި އޮތް ހިތަކާއެކު ފަހަތަށް އެނބުރި ބަލާލުމާއެކު ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ލިބުނީ އިތުރު ހައިރާންކަމެކެވެ.

“..ނީލް..” އަހަރެންނަށް މަޑުމަޑުން ބުނެލެވުނެވެ. ފިހާރައިން ރެޑްބުލް ދަޅެއް ބޮމުން ނުކުތް ނީލްއަށް އަހަރުމެން ފެނުމާއެކު ހިނިތުންވެލިއެވެ. އަދި އަތުން އިޝާރާތްކޮށްލަމުން މަޑުމަޑު ހިނގުމެއްގައި އަހަރުމެންނާ ދިމާއަށް އަޔެވެ. އަހަރެންނަށް ހުއްޓުން އަރާފައި ނީލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“..ދޮނާ ސަލާމަތްވީ ނީލްގެ ސަބަބުން.. ޔުމްނުއާ ކައިލްއާ ދެމީހުންވެގެން ދޮނާ ގަޔަށް އަޅަން އުޅުނު އެޗްއައިވީ ލޭ ބަދަލުކުރީ..ނީލް.. އަދި ރިޕޯޓް ބަދަލްކުރީވެސް..”

އަހަރެން އެނބުރި ލޫޠުގެ މޫނަށް ބަލާލީމެވެ. ލޫޠު ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ބޯޖަހައިލިއިރު އެލޮލުގައި ކަރުނައިގެ އަސަރުފާޅުވާން ހުއްޓެވެ. މިއަދު އެދެލޮލުން ފެންނަމުން އެދަނީ އުފާވެރިކަމުގެ ކަރުނަކަން ޔަޤީނެވެ. މޫނުމަތިން ފެންނަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ލޫޠު އެހަދަނީ ތެދުކަމަށް އެދެލޯވެސް ހެކިދެއެވެ. އަހަރެންނަށް ބަލިނުޖެހޭކަން ޔަޤީންވެގެންދިޔަ ހިނދު އަނގަމަތީ އަތް އަޅާލެވުނީ ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލަމުންނެވެ. އެތަކެއް ނޭވާތަކެއް އަނގައިން ބޭރުވެގެންދިޔައީ ސިކުނޑިއަށް ލިބުނު ލުޔާއި، ލިބިފައިވާ ހިތްހަމަޖެހުމުގެ ސަބަބުންނެވެ. ހިތަށް ލިބުނު ފިނިކަމާއި، ވީ އުފަލެއްގެ ސަބަބުން ހިނިތުންވެވުނީ ދުވަހަކުވެސް ހިނިތުން ނުވާހާ ބޮޑަށެވެ. އެޔާއެކު އަހަރެންގެ ލޮލުގެ ތެރެއަށް އުފާވެރިކަމުގެ ކަރުނަތައް ބޮނޑިވެގަތެވެ. އަހަރެން ދެލޯމަރާލީމެވެ. އަދި ދެއަތް ދެއަތާ ޖޯޑުކޮށްލައިގެންހުރެ މާތްﷲއަށް ޙަމްދުކުރީމެވެ.

“..އައި އޭމް ސޮރީ..” އަހަރެންނަށް ލޫޠުގެ މޫނުމަތީ އަތް ޖައްސާލެވުނީ ވިސްނާނުލައި ޝައްކުކޮށް ރުޅިއިސްކުރެވުމުން އެކަމާވީ ދެރައިންނެވެ. އަހަރެންނަށް ލޫޠު ދޮގެއް ހަދައިފާނެކަމަށް ހިތަށް އެރީތީވެސް ލަދު ގަނެއްޖެއެވެ. ލޫޠުއަކީ އަހަރެންނަށް އެޗްއައިވީ ޖެހިފައިވާކަމަށް ބުނިއިރުވެސް ސުވާލެއްވެސް ކޮށްލުމެއްނެތި އެކަމުގައި އަހަރެންގެ ކުށެއް ނޯންނާނެކަމަށް ޤަބޫލްކުރި މީހާއެވެ. އަހަރެންގެ ހުރިހާ ހިތާމަތަކެއްގައި ބައިވެރިވަމުން އައި މީހާއެވެ.

“..އިޓްސް އޯކޭ ދޮނާ..” ލޫޠު އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. “..ދޮނާގެ މަޤާމުގައި އަހަރެން ހުރި ނަމަވެސް ރުޅި އާދެވޭނެ..”

“..ލޫޠުއަށް ކޮންއިރަކު އެނގުނީ.. ކީއްވެތަ އަހަރެންނަށް އެއްވެސް ވާހަކައެއް ކިޔާނުދިނީ.. ދޮނާ ހާދަ ރުއިމެއް ރުއީމޭ.. ހާދަ ހިތާމައެއްވެސް ކުރީމޭ.. ކުރިން ބުނެލިނަމަ އަހަރެންނަށް ހިތްހަމަޖެހުމެއް ލިބުނީސް ދޯ.. މިރޭވެސް ލޫޠު ތިކުރިކަމަކުން ކިރިޔާ ހިތް ނުހުއްޓުނީ.. ހަމަ އަހަރެންނަށް ރީތިކޮށް ހުރިހާ ވާހަކަތަކެއް ކިޔާދިންނަމަވެސް ތިކަމުގަ އެހީތެރިވީމުހޭ..” އަހަރެންނަށް ލިބުނު އުފަލާއި އެކީ ޝަކުވާކޮށްލެވުނީ ހިނިތުންވަމުންނެވެ.

“..ސޮރީ..ސޮރީ..” ލޫޠު ބުނެލިއެވެ. “..އަހަރެން ހަވީރު ރިޕޯޓްތައް ބަލައި ދިޔައީމަ އެނގުނީ ދޮނާގެ ހަށިގަނޑުގަ ބަލިނެތްކަން.. ދެން ގުޅަން އުޅެނިކޮށް ހަނދާންވީ ދޮނާގެ އަތުގަ ފޯން ނޯންނާނެކަން.. އެހެންވެ އަހަރެން ދިޔައީ ގެޔަށް.. ގެޔަށް ދިޔައިރު ނީލްހުރީ އަހަރުމެންގެ އިންތިޒާރުގައި.. ނީލްގެ އަތެއް މިކަމުގައި އޮތްކަންވެސް އެނގުނީ ނީލް ބުނީމަ.. ނީލް އެ ވާހަކަތައް އަހަރެންނަށް ކިޔާދޭން އިންދަ ދޮނާއަށް ގެޔަށް އާދެވުނީ.. އަހަރެން އެއުފާވެރި ހަބަރު ދޭން ހުއްޓައި ދޮނާ އައިސް ކައިލް ކީ އެއްޗެހިތައް ކިޔައިދިނީމަ ނީލް ބުނިބުނުމަކަށް ނުބުނެ ކުޑަކޮށް ލަސްކޮށްލީ.. ޔުމްނުއަށްވެސް މިހާރު އިޙްސާސްވާނެ މަރުގެ ތުންފަތްމައްޗަށް ވެއްޓުނީމަ ވާނެ ދެރަ.. ކައިލްއަށް އިޙްސާސްވާނެ ލޯބިވާ މީހަކަށް ނިކަމެތިކަމެއް ލިބުނީމަ ވާނެގޮތް.. ދޮނާ ތަޙައްމަލްކުރި ހުރިހާ ހިތާމައެއް އެދެމީހުންވެސް މިއަދު ކުރާނެ.. ރީތި ގޮތުގަ ބަދަލެއް ހިފާލަން އަހަރުމެން ބޭނުންވީ.. ދެން ދޮނާ ކައިރީ ނުބުނީ ތަންކޮޅެއް ރިއަލްކޮށް ފަހު ތަޅާލުންގަނޑު ގެންދަންކަމަށް..” ލޫޠު ހީލަމުން އެއްލޯ މަރާލިއެވެ. އަހަރެންވެސް ހިނިތުންވެލީ ހުރިހާ ދަތްތަކެއް ފެންނަވަރަށެވެ.

“..ހެއި.. ކޮބާ ކިހިނެއް ކަންތައްވެގެން ދިޔައީ..” ނީލްގެ އަޑުއިވުނެވެ. ލޫޠު އަތުގެ އިޝާރަތުން “ބެޝްޓް” އޭ ބުނެލިއެވެ. އަހަރެން ފަހަތަށް އެނބުރިލަމުން ނީލްއާ ހަތަރު ކަޅި ހަމަކޮށްލީމެވެ. ނީލް ބޮމުންދިޔަ ދަޅު މަގުގެ އެއްފަރާތަށް އެއްލާލަމުން ނިތް އަރުވާލިއެވެ. އަހަރެންނަށް ގަބުވެފައި ނީލްގެ ލޮލަށް ބަލަންހުރެވުނީ ހިތުގެ ފުންމިނުން ޝުކުރު ކުރާ ހާލުގައެވެ. ނީލް ލޮލުގެ އިޝާރާތުން ކިހިނެއްވީތޯ ސުވާލްކޮށްލިއެވެ. ލޫޠު އަހަރެންނަށް ނީލް ކަންތައްކުރިގޮތް ކިޔައިދީފިންކަމަށް ބުނި ހިނދު ނީލްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. އާގަންނަ ގޮތަކަށް ވާހަކައެއް ބުނެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެވާހަކައެއް ދުލުކުރިއާ ހަމައަށް ނައިސްގެން އިސްޖަހާލިއެވެ.

“..ލުކު އައި އޭމް ރިއަލީ ސޮރީ..” ނީލް އިސްއުފުލާލުމަށްފަހު ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. ނީލް މާފަށް އެދުނީ ކޮންކަމަކަށް ކަމެއް އަހަރެންނަށް ނޭގުނެވެ.

“..ވައި ސޮރީ..” އަހަރެން ހިނިތުންވުމަކާއެކު ބުނެލީމެވެ. “..ތޭންކް ޔޫ..”

ނީލް ގަދަކަމުން ހިނިތުންވަމުން ބަލާލީ ލޫޠުއަށެވެ. ނީލްގެ މޫނުމަތިން ނުތަނަވަސްކަންވާ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެން ގަޔަށް އަޅަން އުޅުނު ލޭ ބަދަލްކުރެވިން ނޫނީ ރިޕޯޓްތައް ބަދަލުކުރެވިގެން ނީލް ކަންބޮޑުވާކަށް ނުޖެހެއެވެ. އޭނާ ކަންތައް އެކުރީ އަހަރެންނަށް އެންމެ ރަނގަޅު ގޮތަކަށް ޤަބޫލްކުރަމެވެ. އެކޮށްދިން ކަންތަކަށް ޝުކުރުވެރިވަމެވެ.

“..ދޮނާއަށް އެކަމެއް ނޭގޭނެ އަދި.. އަހަރެން ތަފްސީލްކޮށް އެއްވެސް ވާހަކައެއް ކިޔައެއް ނުދެން..” ލޫޠު ބުންޏެވެ. “..ޑިޓެއިލްސް ދޭނީ ނީލް.. އަހަރެން ޤަބޫލްކުރާ ގޮތުގައި ނީލް ކަންތައްކުރީ ރަނގަޅަށް.. ނީލް އެކަމަށް މާފަށް އެދޭކަށް ނުޖެހޭނެ..”

އަހަރެންނަށް އަދި ނޭގޭ އިތުރުކަމެއްވެސް ވަނީހެއްޔެވެ؟ ނީލް މާފަށް އެދޭވަރުގެ ކަމެއް ކުރެވިފައިވަނީބާއެވެ. އަހަރެންނަށް ލޫޠުގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އޭނާ އިތުރަށް އެއްޗެއް ބުނެލާތޯއެވެ. ނީލްއަށް ބަލާލުމުންވެސް އެއްޗެއް ނުބުނެ ހުރުމުން އަހަރެން ކޮންކަމެއްތޯ ސުވާލްކުރީމެވެ. ނަމަވެސް އެކަކުވެސް ޖަވާބު ދޭކަށް ނޫޅުނެވެ. ހިމޭނުންތިބީއެވެ. ލޫޠު އެއްވެސް ޖަވާބެއް ނުދީ ހުރީ ނީލް ޖަވާބު ދިނުމަށް ފުރުޞަތުދީގެން ކަންނޭގެއެވެ.

“..ކޮންކަމެއްތަ؟..” އަހަރެން ނީލް ކައިރީ އެހީމެވެ.

“..ހިނގާ ގެޔަށް..” ނީލް ބުނެލިއެވެ. “..ތަނެއްގަ ހަމަޖެހިލައިގެން ތިބެ މިވާހަކަ ދައްކާނީ..”

އަހަރެންނާއި ކައިލްގެ ކާވެނި ރޫޅުމުން އެކަމާ ނީލް މާފަށް އެދެނީކީ ނޫންބާއެވެ؟ ކާވެނި ރޫޅުނީ ނީލްގެ ސަބަބުންނޭ އޭނާއަށް ހީވަނީކަންނޭގެއެވެ. އެހެނަސް އެކަމުގައި ނީލްގެ ކުށެއްވެސް އޮތީކީ ނޫނެވެ. ނީލް އަހަރެން ސަލާމަތް ކުރުމަށް މަސައްކަތް ނުކުރި ނަމަވެސް އެކަން އެގޮތަށް ހިނގާނެކަން ކަށަވަރެވެ. އަހަރެން އިތުރު ސުވާލެއް ކުރުމެއްނެތި ނީލްއާއި ލޫޠުގެ ފަހަތުން ހިނގައިގަތީމެވެ. ދެވުނީ ވަކި ހިސާބަކަށެވެ. ފަހަތުން މީހަކު ޓެކްސީ އޭ ގޮވާލިއަޑު އިވުނެވެ. އިވުނީ ކައިލްގެ އަޑުކަން އެނގުމުން އަހަރެން ފަހަތަށް އެނބުރި ބަލާލީމެވެ. ޔުމްނުމެން ގޭ ދޮރުމަތީގައި ހުރި ކައިލް ފޯން ކަންފަތުގައި ޖަހައިގެން ހުރެ ދެކޮޅަށް ހިނގަމުން ދިޔައީ މަގުމަތިން ދާ ކާރުތަކަށް އަތްނަގަމުންނެވެ. އިރުއިރު ކޮޅާ މޫނުމަތިވެސް ފޮހެލައެވެ. އޭނާގެ ހަރަކާތް ހުރިގޮތުން ހުރީ ވަރަށް ބޮޑަށް ހާސްވެފައިކަން އެނގުނެވެ. ޔުމްނުއަށް ކަމެއްވީބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

“..އެބަ އަންނަން..” ލޫޠު ކައިލްއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އަހަރެން ލޫޠުގެ އަތުގައި ހިފެހެއްޓީ މަޑުކުރުމަށް ބުނަމުންނެވެ.

“..ކީއްކުރަން..” އަހަރެން ސުވާލްކޮށްލީމެވެ.

“..އިތުރަށް ގޮއްވާލަން.. ހާސްކޮށްލަން..” ލޫޠު ޖަވާބު ދިނެވެ. “..ދޮނާ ރުއިވަރަށް އޭނަވެސް ރޯންޖެހޭނެ..”

“..ލޫޠު މަޑުކުރޭ..އަހަރެންނަށްވެސް ތިކަން ކުރެވިދާނެ..” އަހަރެން ކައިލްއާ ދިމާއަށް ހިނގައިގަތީމެވެ.

އެއްލިކަޅިއަކުން ކައިލްއަށް އަހަރެން ފެނުމާއެކު ހުއްޓުން އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ދެލޯވަށްކޮށްލަމުން ބަލާލިއިރު ދެލޯ ހީވަނީ ރަތް އަނގުރު ކޮޅެއް ހެންނެވެ. އަހަރެންނަށް ކައިލްގެ ރަތްވެފައިވާ މޫނު ފެނުމާއެކު ޖެހިލުންވާގޮތްވެ ހުއްޓުން އެރިއެވެ. އޭނާ ރުޅިވެރި ނަޒަރަކުން ބަލާލަމުން ބާރު ހިނގުމުގައި އަހަރެންނާ ދިމާއަށް އަންނަން ފެށުމާއެކު ހިތު ވިންދު އަވަސްވެގެންދިޔައެވެ. ނަމަވެސް ކުއްލިއަކަށް ލޫޠު އާއި ނީލް އަހަރެންގެ ފަހަތުން ހުއްޓިލުމާއެކު ކައިލްގެ ފިޔަވަޅުތައް ހުއްޓުމަކަށް އަޔެވެ. ލޫޠު އަހަރެންގެ އަތުގައި ހިފަހައްޓާލިއިރު ނީލް ކޮނޑުމަތީ އަތްބާއްވާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެމީހުން ތިބިހާ ހިނދަކު އަހަރެންނަށް އެއްވެސް ގޮތެއް ނުހެދޭނޭ ބުނާކަހަލައެވެ. އަހަރެންނަށް ހިތްވަރު ލިބުނެވެ. އެމީހުން ތިބިހާ ހިނދަކު ކައިލްއަށް އަހަރެންނަކަށް ގެއްލުމެއް ނުދެވޭނެއެވެ. އެހެންކަމުން މަޑުމަޑުން ހިނގާލައިފައިގޮސް ކައިލް ކައިރީގައި ހުއްޓެލީމެވެ. ކައިލް ހުރީ ދުރު ބަލަހައްޓައިގެންނެވެ. ދެދަތްޕިލަ ފިއްތާ ބާރުކޮށްގެންހުރީ އޭނާގެ ރުޅިގަނޑު ކޮންޓްރޯލްކުރަން ކަންނޭގެއެވެ.

“..ކިހިނެއްވީ..” އަހަރެން ހުޅުވިފައި ހުރި ޔުމްނުމެންގޭ ދޮރުން އެތެރެ ބަލާލީމެވެ. “..ޔުމްނުއަށް ކަމެއްވީތަ؟..”

“..މާ ހެޔޮއެދޭ މީހަކަށް ވާނެކަމެއްނެތް..” ކައިލް ދަތްކުނޑި ވިކާގަތެވެ. “..ކަލޭމެން ތިކުރިކަމަކުން އޭނައަށް ޖެހިފަ އޮތް ހާލުބަލާލަބަ.. ކަލޭ ބޭނުން ކަންތައްވެއްޖެނުން.. ދެން ގޮސް އުފާ ފާޅުކޮށްބަލަ.. މާ މާތް މީހަކަށް ވާންވެގެން އައިސް ވީ ގޮތް ބަލާނެ ކަމެއް ނެތް.. މީހަކު މަރުގެ ތުންފަތް މައްޗަށް ވައްޓާލެވުނީމަ ހިތްހަމަ ޖެހިއްޖެއްނުން.. އޭނަ އެކަމާ ބިރުން ރޮއެ ރޮއެގޮސް ހޭ ނެތިފައޭ އެއޮތީ.. ހޭނެތިފަ.. ހޭއެރިޔަސް ރޮއެ ހޭރެނީ.. ރޮއެ ރޮއެ ގޮސް ހޭދެބައިވަނީ.. ތިހިތަށް އެއްޗެއް އަރާތަ؟..”

“..ނަސީބެއްނުން ބިރުންގޮސް މަރު ނުވިކަން..” އަހަރެން ފުޅާ ހިނިތުން ވުމަކާއެކު ބުނީމެވެ. ކައިލް ކުއްލިއަކަށް އަހަރެންނަށް ބަލާލިއިރު ދެލޮލުން އަލިފާންކަނި ބުރައެވެ.

“..ތި ހިތަށް ހަމަ އެކައްޗެއްވެސް ނާރައޭ ދޯ.. ތީ ކޮންކަހަލަ އަންހެނެއްތަ؟.. މަ ހީނުކުރަން ކަލޭ ތީ ތިކަހަލަ އިންސާނިއްޔަތުކަމެއް ނެތް މީހެއްކަމަކަށް.. އެވަރު ބޮޑުކަމެއް ކުރަން ހިތަށް އެރީތީވެސް ހައިރާންވެއްޖެ.. ކަލޭ ހިފާބަދަލެއް މަގޭ ކިބައިން ހިފިނަމަ.. ކަލެޔަށް ދިން ގެއްލުމެއްދިނީ މަށޭ..” ކައިލް ރުޅި އައިސްފައި ހުރި ނަމަވެސް ހިސާބަކަށް އަޑުގައި ތުރުތުރުލުމެއް އެކުލެވިފައިވެއެވެ. ޔުމްނުއަށް ވީގޮތުން އޭނާއަށް އަސަރުކޮށްފައިވާ މިންވަރު މޫނުމަތިން ވަރަށް ރީއްޗަށް ހާމަވަމުން ދިޔައެވެ. ދެލޮލުގައިވެސް ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

“..ޔުމްނު ކުރިކަމެއް ކުރީވެސް މަބުނެގެން.. ކުށެއް ނެތް މީހަކަ ތިވަރުގެ ބޮޑު ޝަޒާއެއްދޭން ހެޔޮނުވާނެ..”

“..މަގޭ ކޮންކުށެއް އޮވެގެންތަ މަށަށް މިވަރުގެ ބޮޑު ޝަޒާއެއް ލިބުނީ..” އަހަރެންގެ އަޑަށް ބާރުލަމުން ބުނީމެވެ. “..މަ ތިމީހުންނަށް ކޮން ގެއްލުމެއްތަ ދިނީ؟ ދެން ތިދައްކަނީ އަހަރެން ކަންތައްކުރިގޮތުގެ ވާހަކަ.. ކަލޭ ހިލޭ އަންހެނަކަށްޓަކައި ހަތަރު އަހަރު ދުވަސްވަންދެން އިނދެގެން އުޅުނު އަނބިމީހާއަށް ހަދާލިގޮތް ހަނދާންނެތުނީތަ؟ ތީ ކޮންކަހަލަ ފިރިހެނެއްތަ؟ މަށަށް މިހާލު ޖެއްސިއިރު ތިހިތަށް އެއްވެސް އެއްޗެއް އެރިތަ؟ ތިހިތުގަ އިންސާނިއްޔަތު ކަމެއް އޮތްތަ؟ މަވަކި ހައިރާނެއް ނުވާނެތަ؟ ދެރައެއް ނުވާނެތަ؟ ބުނެބަލަ.. ޖަވާބު ދީބަލަ.. ނުބުނެވޭނެ އެއްވެސް އެއްޗެއް.. މަވެސް އޮންނަނީ ހިތެކޭ.. އެހިތަށް އަސަރުވެސްކުރެޔޭ.. މަލޮލުންވެސް ކަރުނަ ފައިބައޭ!.. ބިރުވެސް ގަނެއޭ! އެދުވަހު މަށަށް އެހެން ހަދާލިއިރު ތި މީހުން ހިތުގަ ރަހުމެއް ކުލުނެއް ނެތެއްނުން.. އެހެންވީމަ މަށާމެދު ނުވިސްނި ބަޔަކާމެދު ވިސްނަންވީ ކީއްކުރަން؟ މަށަށް ރަހުމް ނުކުރި ބަޔަކަށް މަށެއްވެސް ރަޙުމެއް ނުކުރާނަން.. ޔުމްނު އާ ކަލެޔާ ދެމީހުންވެގެން މަށަށް މިހާލު ޖެއްސީ އެހެންވީމަ އެކަމުގެ ޝަޒާ ކަލޭމެން ދެމީހުންނަށްވެސް ލިބެންޖެހޭނެ.. އެހެންވެ ޔުމްނުއަށް އޭނަ ކުރި ކުށުގެ އަދަބު މިދެނީ.. ދެން އޮތީ ކަލެޔަށް ލިބެންޖެހޭ އަދަބު.. ކަލޭ މަށަށް މިހާލު ޖެއްސީ ކިނާން ހޯދާށެއްނުން.. އެހެންވީމަ ކަލޭގެ އަތުން ..”

“..މަ ކަލެޔަށް ކިނާން ދޫކުރާނޭ ހީވަންޏާ ތި ކުރެވެނީ ކުއްހީއެއް..” ކައިލް ކުއްލިއަކަށް ބުނެލިއެވެ. “..މިރޭ ހިނގާ މިދިޔަ ކަންތަކުގެ ސަބަބުން ކުޑަކޮށްވެސް ދުލެއް ނުދޭނަންކަން ހަނދާންކުރާތި!..”

“..ކަލެޔަށް ޖެހޭނީ ދޫދޭން..” އަހަރެން ވަގުތުން ބުނީމެވެ. “..ޔޫ ޑޯންޓް ހޭވް އެނީ އަދަރ ޗޮއިސް..” ކައިލް އެއްޗެއް ބުނަން އަނގަހުޅުވާލިއެވެ. އަހަރެން އަތުގެ އިޝާރާތުން މަޑުކުރުމަށް ބުނީމެވެ.

“..މަ މިހާރު ނުޖެހޭ ބިރު ގަންނާކަށް މުޅި ދުނިޔެއަށް ބޭޒާރުވެދާނެތީކީ.. މަށަށް މިހާރު ކަލޭ މުޅި ދުނިޔެއަށް ބޭޒާރުކޮށްލެވިދާނެ.. ކަލޭ ސާބިތެއް ނުކުރެވޭނޭ ބުނިކަންތައް ސާބިތުކުރެވޭނެ ހެކި އެބަހުރި.. މަ ބޭނުން ވެއްޖެޔާ ކަލޭ ޖަލުގެ ތޭރިތަކުގެ ތެރެއަށްވެސް ކޮށްޕާ ލެވިދާނެ.. އެހެންވީމާ ކަލެޔަށް އެންމެ ރަނގަޅުވާނެ ގޮތަކީ މަޑުމަޑުން އަނގަހިމޭނުންލައިގެން ހުރިއްޔާ.. މިރޭ ހިނގާ މިދިޔަ ކަންތައް އެއްވެސް މީހަކަށް އެނގިއްޖެއްޔާ ކަލޭމެން ދެމީހުން ރީތި ގޮތުގަ މުޅި ދުނިޔެއަށް ފަޟީހަތްކޮށްލާނެކަން ހަނދާންކުރާތި.. އަދި ބުނަން.. މަމިތަނަށް މިއައީ ކަލޭމެނަށް ހެޔޮއެދޭ މީހަކަށް ވާކަށްނޫން.. މާދަމާ އަހަރެން ކިނާން ބަލާ ދާނަން.. އޭނަގެ އެއްޗެހި ރެޑީކޮށްފަ ބަހައްޓާތި.. އެވާހަކަ ބުނެލަން މިއައީ..”

ކައިލް އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން އިރުކޮޅަކު މަޑުކޮށްލީ އޭނާ އެއްޗެއް ބުނެލާތޯއެވެ. ނަމަވެސް އޭނާ އަނގަވެސް ހުޅުވާނުލިއެވެ. ބުނާނެ އެއްޗެއް ނޭގެނީ ކަންނޭގެއެވެ. ކައިލްއަށް ވާނީ އެހެންކަން އަހަރެންނަށް މާކުރިންވެސް އެނގެއެވެ. އަހަރެން ހިނިތުންވެލަމުން ހިނގައިގަތް އިރުވެސް ކައިލް ހުރި ފިޔަވަޅުމަތީ ހުއްޓި ހުރީއެވެ. އަހަރެންގެ ހިތަށްވަނީ ހިތްހަމަ ޖެހުން ލިބިފައެވެ. ސިކުނޑިއަށްވަނީ ލުއި ލިބިފައެވެ. ލޫޠު ހިނިތުންވަމުން އަހަރެންގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ. ނީލްވެސް މަޑުމަޑުން އަހަރުމެންނާ އެއްވަރަށް ހިނގަމުންދިޔައެވެ. އަހަރެން ލޫޠުއަށް ކައިލް ދެއްކިވާހަކަތައް ކިޔައި ދެމުން ދިޔައިރު ނީލްހުރީ އެހެންކަމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާ އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުރެ ހިނގަމުންދިޔައީ އަނގައިން ބަހެއް ބޭރުކޮށްލުމެއް ނެތިއެވެ. އަހަރެންނަށް އިރު އިރުކޮޅާ ނީލްގެ މޫނަށް ބަލާލެވެއެވެ. ނީލްގެ މޫނުމަތީގައިވާ ކަންބޮޑުވުމެއްވާ ސަބަބެއް އަހަރެން ވިސްނާވިސްނާވެސް ނޭގުނެވެ.

“..ދޮނާ ވަރުގެ ހިތްވަރުގަދަ އަންހެނަކު ނުހުންނާނެ..” ލޫޠު ގެޔަށް ވަންނަމުން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “..އައި އޭމް ޕްރައުޑް އޮފް ޔޫ..”

“..އަހަރެންނަށް ހިތްވަރު މި ލިބުނީ ކީއްވެގެންކަން އެނގޭތަ؟.. ލޫޠުގެ ސަބަބުން.. ލޫޠު ނެތްނަމަ އަހަރެންނަށް މިގޮތަށް ކޮއްޅަށް ހުންނާނެ ހިތްވަރުވެސް ނުލިބޭނެ.. އަހަރެންނަށް އިތުބާރުކޮށް ހުރިހާކަމެއްގަ އެހީތެރިވެދިނީތީ.. ތޭންކްޔޫ ލޫޠު.. އައި އޭމް ޕްރައުޑް އޮފް ޔޫ ޓޫ.. އެންޑް ތޭންކް ޔޫ ނީލް..” އަހަރެން ހިނިތުންވެލަމުން ނީލްގެ މޫނަށް ބަލާލީމެވެ. “..ތިކަހަލަ އެކުވެރިއެއްވެސް ލިބޭނީ ވަރަށް މަދު މީހަކަށް..”

ނީލް ގަދަކަމުން ހިނިތުންވެލިއެވެ. އަހަރެން ސޯފާގައި އިށީނުމާއެކު ނީލް އާއި ލޫޠުވެސް އިށީނެވެ. އަހަރެން ނީލްގެ މޫނަށް ބަލައިލީމެވެ. އޭނާ އިސްޖަހައި ލިއެވެ.

“..ނޭގޭ މިވާހަކަ ފަށާނެ ހިސާބެއްވެސް..” ނީލް ބުނެލިއެވެ.

“..އަހަރެންނަށް ފެށިގެން ކަންތައްވީގޮތް ކިޔައިދީ.. ނީލްއަށް ކައިލްގެ ރޭވުން އެނގުނުގޮތާއި ނީލް ކަންތައްކުރިގޮތް..” އަހަރެން ނީލް ވާހަކަ ފަށަންވީ ހިސާބު ބުނެދިނީމެވެ. އެހުރިހާއެއްޗެއް ނީލް ކިޔައިދިނުމުން އޭނާ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ކުރެވިފަ އޮތަސް އެކަމެއް އެނގިގެންދާނެއެވެ.

“..ކައިލް އެޗްއައިވީ ލޭ ހޯދަދިނުމަށް ބުނި ޒައިކު އަކީ އަހަރެންގެ ފްރެންޑެއްގެ ފްރެންޑެއް..” ނީލް އިސް އުފުލަމުން އަހަރެންގެ ލޮލަށް ބަލާލިއެވެ. އަދި އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ވާހަކަ ދައްކަންފެށިއެވެ. “..އަހަރެންނަށް ކައިލްއާ ޔުމްނުގެ ދެމެދުގަ ގާތް ގުޅުމެއް އޮންނަކަން އެނގުނީ މީގެ ހަތަރުމަހެއްހާ ދުވަސް ކުރިން.. އަހަރެން ވަރަށް މަސައްކަތްކުރިން އެވާހަކަ ލޫޝްއާ ހަމައަށް ގެންދެވޭތޯ.. ނަމަވެސް ހިތްވަރެއް ނުލިބުނު.. އަހަރެންނަށް ހީވީ އަހަރެން ދައްކާ ވާހަކަ ޤަބޫލެއް ނުކުރާނޭ.. އެހެންވެ އެމަންޒަރުތައް ލޫޝްގެ ލޯ ކުރިމައްޗަށް ދައްކަން ނިންމައިގެން އެކަހަލަ ފުރުޞަތަކަށް އިންތިޒާރުކޮށްގެން ހުއްޓާ އެއްދުވަހަކު ޒައިކު އާ ބައްދަލުވީ ކޮފީއަކުން.. އެދުވަހު ކޮފީގައި ތިބެގެން ލިބޭ މުސާރައިގެ ވާހަކައާއި މުސާރަ ކުޑަވާހަކައާއި އެހެންވެ އިތުރު މަސައްކަތްވެސް ކުރަންޖެހޭ ވާހަކަ ދައްކަނިކޮށް ޒައިކުއަށް ބުނެވުނީ އޭނާއަށް ބޮޑު ލާރިގަނޑެއް ލިބެން އުޅޭ ވާހަކަ.. އެލާރި ގަނޑު ދެނީ އޭނަގެ ބޮސްއޭ ބުނީ.. ޒައިކު އަކަށް ނޭގޭނެ އަހަރެންނަށް ކައިލް އެނގޭކަމެއް.. އަހަރެންނަށް އެނގޭ ޒައިކު އުޅެނީ ކައިލް އޮފީހުގަކަން.. އެހެންވެ އަހަރެންނަށް އަހައިލެވުނީ ކޮން މަސައްކަތެއްކޮށްގެން ދޭ ލާރި ގަނޑެއްތޯ؟ ދެން ޒައިކު ފަރާތުން އެނގުނީ އޭނަގެ ކޮއްކޮއަށް އެއިޑްސްޖެހިފަ ހުންނަކަމާއި އޭނަގެ ގައިން އިންޖެކްޝަނެއްގެ ލޭ ހޯދައިދީފިޔާ ކައިލް އެއްލައްކަ ރުފިޔާ ދޭން ބުނެގެން އުޅޭކަން.. ދެން އަހަރެން އެހީ ކީއްކުރަން ކޮންބޭނުމަކުތޯ؟ ނަމަވެސް އަހަރެން އެހީމަވެސް ޒައިކު ނުބުނި ކައިލް ކީއްކުރަން ކޮންބޭނުމަކު ހޯދައި ލެޔެއްކަމެއް.. އެދުވަހު އަހަރެންނަށް ޝައްކުވީ.. އެހާބޮޑު އަގުދީގެން ލޭ ހޯދާނީ މީހެއް ގަޔަށް އިންޖެކްޓް ކުރާށޭ އަހަރެންނަށްގެ ސިކުނޑި އަހަރެންނަށް ބުނެދިން.. އެހެންވެގެން އަހަރެން ފްރެންޑް ލައްވާ ޒައިކު ކައިރީ އަހައިގެން އޮޅުންފިލުވީ ކައިލް ކީއްކުރަން ހޯދައި ލެޔެއްތޯ.. ޒައިކު އަހަރެންގެ ފްރެންޑަށް ހުރިހާ އެއްޗެއް ކިޔައިދިން.. ކައިލް އާއި ޔުމްނު ރާވައިގެން ކައިލްގެ އަންހެނުނަށް އެއިޑްސް ޖައްސުވައި ގެއިން ނެރެލަން އުޅޭކަމަށް ޒައިކު އަހަރެންގެ ފްރެންޑް ކައިރީ ބުނީ.. ޒައިކު އެކަން އެނގިފައޮތީ ކައިލްއާ ޔުމްނު ދެއްކި ވާހަކައެއް އަޑުއިވިފަ އޮތީމަކަމަށްވަނީ.. އަހަރެން ނިންމީ ކޮންމެ ހާލެއްގައި ނަމަވެސް ލޫޝް ސަލާމަތްކޮށްދޭން.. އެވާހަކަތައް ލޫޝްއަށް ކިޔައި ނުދީ އަހަރެން އަމިއްލައަށް ޕްލޭނެއް ހެދުމަށްފަހު އަހަރެން ފްރެންޑް ތުރޫކޮށް ޒައިކު ކޮއްކޮއާ ބައްދަލުކުރީ.. ދެން.. ދެން.. އަހަރެން..”

ނީލްއަށް ވާހަކަ ކުރިޔަށް ނުގެންދެވިގެން ހުއްޓާލިއެވެ. އޭރު އޭނާގެ ދެލޯ ވަނީ ކަރުނަތައް ގިނަވެގެންގޮސް ބަރުވެފައެވެ. ދެންމެ ދެންމެ ކަރުނަތައް އޮހިގެންފާނެހެން ހީވެއެވެ. އަހަރެންވެސް އިނީ ފެންކަޅިވެފައެވެ. ނީލް ވާހަކަ ކުރިޔަށް ގެންދަން އަނގަހުޅުވާލިއެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ.

“..ދެން ޒައިކް ކޮއްކޮ ކައިރީ ބުނެގެން ލޭ ބަދަލްކުރީ..” ވާހަކަ ދަންކަންފެށީ އަހަރެންނެވެ.  “..އެހެންވެ އަހަރެން ގަޔަށް ޔުމްނުއަށް އެޅުނީ އެޗްއައިވީ ލެޔެއްނޫން.. ދެން ނީލް އަހަރެންގެ ރިޕޯޓްތައް ބަދަލުކުރުވީ.. އެހެންހެދީ ކައިލްގެ ކިބައިން އަހަރެން ސަލާމަތްކުރުމަށް.. ނީލްއަށް އެނގޭ ކައިލްއަކީ ރަނގަޅުމީހެއް ނޫންކަން.. އެކަހަލަ މީހަކާ އެކީ އުޅެގެން އަހަރެންނަށް އުފަލެއް ނުލިބޭނެކަން.. އަހަރެންގެ ފުރާނައަށްވެސް ހުރި ބިރެއްކަން.. އެހެންވެ ރިޕޯޓްތައް ބަދަލުކޮށްގެން އެމީހުންގެ ޕްލޭން ކާމިޔާބުވީކަމަށް އެމީހުންނަށް ވިސްނާދިނީ.. ނީލްއަށް އެނގޭ ކައިލް އައިސް އަހަރެން ވަރިކޮށް ގެއިން ނެރެ އެއްލާލާނެކަންވެސް… އަހަރެން ވަރިކޮށްލާ  ގެއިން ނެރުނުތަނުން ނީލްއާ މަގުމަތިން ބައްދަލުވުން އެއީ އިއްތިފާޤެއްނޫން.. ނީލް  އަހަރެން ގޭ ދަށުގައި ފާރައަށް ހުރީ އަހަރުމެންނަށް އެހީވާންވެގެން.. މިހެނެއް ނޫންތަ ކަންތައްވީކީ..” ނީލް މަޑުމަޑުން ބޯ ޖަހައިލިއެވެ. އަހަރެންނަށް ހިނިތުން ވެވުނެވެ.

“.. އެހެންވީމަ ނީލް އަހަރެން ކިބައިން މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ކުރެވިފައެއް ނެތެއްނުން.. އަހަރެންނަށް އެއިން އެއްވެސް ވާހަކައެއް ކިޔާދެވިފަ ނެތީމަތަ މާފަށް އެދުނީ..” ނީލް ދެއަތައް ބޯ ހޫރުވާލިއެވެ. ދެންވެރިވެގެންދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.

“..ލޫޝްއަށް ނޭގޭ އިތުރުކަމެއްވެސް އެބައޮތް..” ނީލް ބުނެލިއެވެ. “..ލޫޝްގެ ހިތަކަށް ނާރާތަ ލޫޝް ބަލިވީ ކީއްވެގެންބާއޭ؟..”

ނީލްގެ އެޖުމްލައާއެކު އަހަރެންގެ ހިތް ތެޅިގަތެވެ. އެއީ އަހަރެންނަށް އަދި ވިސްނާނުލެވި އޮތްކަމެކެވެ. އަހަރެން ބަލިވެ އެޗްއައިވީ ޕޮޒިޓިވް ވުމުން ފުރަތަމަ މަރުހަލައިގައި މެދުވެރިވާ ކަންތައްތައް އަހަރެންނަށް ދިމާވުން އެއީ އިއްތިފާޤަކަށް ނުވާނެއެވެ.

“..ލޫޝް ބަލިވީ އެރޭ ލޫޝްގެ ގަޔަށް އެޅި ލޭގެ ސަބަބުން..” އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ހަމަ ހަޤީޤަތަށްވެސް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުނީބާއެވެ.

“..ބިރު ނުގަނޭ.. ލޫޝް ގަޔަކު އެވައިރަސްގެ އަސަރެއް ނެތް..” ނީލް ކޮޅަށް ތެދުވެލަމުން ބުނެލިއެވެ.

“..ދެން ކީއްވެ ބަލިވީ..” އަހަރެންނަށް އެހުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

އޯގާވީ ހިތަކުން…35

Next

ބަރުބާދު (ސާދަވަނަބައި)

Next
June 16, 2014

ބަރުބާދު (ސާދަވަނަބައި)

Previews
June 12, 2014

އޯގާވީ ހިތަކުން…35

53 Comments!

  1. nishan says:
    June 14, 2014 at 2:26 am

    sorry for the delay.. unmeedhu kuran mi bai vs kamu dhaane kamah.. good nyt all..

  2. mary says:
    June 14, 2014 at 8:52 am

    dhen kon irakun??

    1. nishan says:
      June 14, 2014 at 11:09 am

      tuesday ga .. in shaa allah..

  3. AZOO says:
    June 14, 2014 at 9:09 am

    varah mi vas.when next nishan

    1. nishan says:
      June 14, 2014 at 11:11 am

      thank yu azoo.. tuesday ga genesdheynan ..

  4. NAACP says:
    June 14, 2014 at 10:20 am

    Aneh bai kon irakun? Varah reethi. Loose ah dhen vaanee kihineh baa? Aneh part ge inthixaaruga

    1. nishan says:
      June 14, 2014 at 11:12 am

      thank yu naacp.. tuesday ah inthizaaru kohlahvaa!!!

  5. Naacp says:
    June 14, 2014 at 12:14 pm

    Haadha Gina dhuvaheh. Nuvaane mashakah ketheh 🙁

    1. nishan says:
      June 14, 2014 at 1:52 pm

      Ehaa dhuvaheh netheh nun..2 days fahun Tuesday annaane 😀

    2. NAACP says:
      June 14, 2014 at 2:12 pm

      Mashah varah las. E ah vure avahakah nugeneveyne tha? 🙁

    3. nishan says:
      June 14, 2014 at 2:29 pm

      Will try 🙂

  6. aysh says:
    June 14, 2014 at 12:15 pm

    varah reethi:) aneh part ah waiting

    1. nishan says:
      June 14, 2014 at 1:54 pm

      Thank yu aysh..

  7. mary says:
    June 14, 2014 at 12:32 pm

    މިބައިވެސް ވަރަށް ރީތި. ދެރައީ ކިޔާހިތްވެފަ އިންދާ ނިމޭތީވެ. ދެން އޮންނަ ބައި ތަންކޮޅެއް އަވަހަށް ގެނެސްދެއްޗޭ. ނިޝާން މި ވާހަކައިގެ އެއްބައި އަނެއްބަޔާއި ގުޅުވާފަވާގޮތް ވަރަށް ރީތި. ހާއްސަކޮށް ފަހުން ގެނެސްދޭ ބައިތައް.

    1. nishan says:
      June 14, 2014 at 1:55 pm

      Thank yu Mary 🙂

  8. shaani says:
    June 14, 2014 at 12:43 pm

    V salhi kyp it up nishan

    1. nishan says:
      June 14, 2014 at 1:56 pm

      Thank yu shaani..

  9. JEE says:
    June 14, 2014 at 12:51 pm

    mi bai vara reethi :)thank u nishan…..waiting to next part

  10. JEE says:
    June 14, 2014 at 12:52 pm

    mi bai vara reethi :)…..waiting to next part

    1. nishan says:
      June 14, 2014 at 1:57 pm

      Thank yu Jee…

  11. Mine says:
    June 14, 2014 at 1:23 pm

    VVVVVVVV reethi mi part ves…. thankolheh fast koh up kohdheeba. v kiyaa hithun mi hunnanee.. Up vanee maalahun 🙁 Fast koh up kohdhehchey ..plxxxx

    1. nishan says:
      June 14, 2014 at 2:01 pm

      Thank yu mine.. Nishan vs beynun vanee varah avas avahah part thah genes dheyn but busy koh ulhen jeheythi vaahaka nunimigen Las vanee..
      Varah avahah grnesdheynam next part.
      In shaa allah..

  12. shahoo says:
    June 14, 2014 at 2:23 pm

    varah salhi. nishan varah molhu vaahaka liyan. avahah up kohdhehcheyyy..

    1. nishan says:
      June 14, 2014 at 2:39 pm

      Thank yu shahoo 🙂 Iraadha kurehviyya varah avahah up vaane

  13. reem says:
    June 14, 2014 at 2:54 pm

    nishaan, kail ge mom men kobaitha? any way v nice.

    1. nishan says:
      June 14, 2014 at 3:17 pm

      Emeehun vs Eba ulhey dhuniyey ga.. Hehe.
      Thank yu Reem..

  14. naj says:
    June 14, 2014 at 3:16 pm

    tuesday vandhen madeh nukurevey ne nishaan …………………………………. alhey konme faharakuvess nishaan ninmaalany hiyy thalhuvaalaafa … dhn vaany kihinehtha … anehkaa neel ah HIV jehunyytha .. neel ehaa kanbodu e vanyy … my god .. alheyy .. v v v v reethi mi bai vess… ekam yumnu ah ehen vyma kudakoh dheravess vey.. just kiddind … v reethi ingey ni part vess nishaan …….. 🙂 😉

    1. nishan says:
      June 14, 2014 at 3:25 pm

      Hehe.. Neal ah Vaa goiy neygifa nishan vs meeni.. Eyna konmes molhu kameh kohlaa gen kanneyge eulhenii 😛 Tuesday ge Kurin vs ninmaalevihjaa up koh dheynan. Tuesday ei yageen dhuvas 🙂

  15. naj says:
    June 14, 2014 at 3:17 pm

    n nishaan kon kahala vazeefa akah tha dhany ????????????????

    1. nishan says:
      June 14, 2014 at 3:30 pm

      Nishan mii hama aadhaige muvahzafeh.
      Admin Officer eh.
      Aanmukoh ehaa busy eh nuvaane but sometimes busy dhuvas Kolhu Kolhu vs annaane.. Last week Kahala. 😉

  16. bubbles says:
    June 14, 2014 at 3:52 pm

    Masha allah v v nice mi part ve.. looking forward for the next part.. 😀

    1. nishan says:
      June 14, 2014 at 4:23 pm

      Thank yu bubbles..

  17. Sem says:
    June 14, 2014 at 7:17 pm

    n den Obviously Loosh N Neel gulheyny…
    adi mivaahkain BARUBAADH vaany KAILge Life…Vaaahala v habey s…

    1. nishan says:
      June 14, 2014 at 8:33 pm

      Sem mihaaru story nimey goiy vs guess kohlii dho 😀 not bad hama thigothah vs vedhaane and thank yu..

  18. naxu says:
    June 14, 2014 at 7:17 pm

    vrh habeys mi paartvxxx…. waiting 4 the next part…. tc

    1. nishan says:
      June 14, 2014 at 8:36 pm

      Thank yu naxu .. Tc

  19. aish says:
    June 14, 2014 at 8:26 pm

    Varah reethi story… Mihaathanah kiyunu enme reethi eh story… Varah avahah up kohladhehchey inge.. impatiently waiting …

    1. nishan says:
      June 14, 2014 at 8:41 pm

      Thanks. Aish 🙂 Laheh nuvaane in shaa Allah..

  20. swyt says:
    June 14, 2014 at 9:07 pm

    v reethi mibaives……….. dhen in bai ge inthizaaruga…. kei madhuvefa

    1. nishan says:
      June 14, 2014 at 11:17 pm

      Thank yu swyt..

  21. vaahakakiya meeha says:
    June 14, 2014 at 10:01 pm

    mivaahaka liyaakujjage visnumah hama saabas v.v. reethi mivaahaka avahah anehbai gennane kamah ummeedhu kuran

    1. nishan says:
      June 14, 2014 at 11:19 pm

      Vaahaka kiyaa meehaa ah thanks.. Soon will up next..

  22. MIN says:
    June 14, 2014 at 10:28 pm

    alhe thivarah hiyy thallhuvaakah nuvaane ehnu….. pls loosh ah kameh nukuraathi, kohfiyya dhen nishan ganaaaaaaaa’daa vaahaka eh nudhahkaanan… n mi story nuves kiyaanan…..ingey delay boy……

    1. nishan says:
      June 14, 2014 at 11:27 pm

      MIN nishan blackmail kohlanii dho thii 😛 don’t worry nishan nuhadhaanan gotheh 😀 and thank yu..

  23. rhpisa says:
    June 15, 2014 at 7:20 am

    V intresting

    1. nishan says:
      June 15, 2014 at 7:54 am

      Thank yu rhpisa..

  24. Reen says:
    June 15, 2014 at 1:10 pm

    Dhen vaanee kihineh baa? Suvaalu maakeh ge thereyga. Dhen gulheyny neel aa loosh aa. Dhen kinaan ves libeyni loosh ménah dho? Dhen Yumnu aa Kail ge hayaai barubaadhuvaanee. Dho nishaan? Rangalhah tha mibunevunee

    1. nishan says:
      June 15, 2014 at 2:17 pm

      nishan vs hama meeni thi suvaal mark therey ga 😛 hehe.. dhen kihineh hadhan vee? Reen thibuni gothah vs nimi dhaane.. neyge bunaakah hama kuhli akah vs story efuh mifushah vs jehi dhaane.. lets c vaane gotheh.. 🙂

    2. Reen says:
      June 15, 2014 at 3:38 pm

      Thy aslu vaahaka up kuru nishaan eh noon dho? WaahAka up kuraa meeha koment kuran yaa innaane rangalhu faahaga. Ekamu nethennu

    3. nishan says:
      June 15, 2014 at 7:05 pm

      That’s me hama.
      Login nuve comment kurevifa eynii 🙂

    4. Reen says:
      June 15, 2014 at 8:38 pm

      Alhe sorry. Neygunee Rene ah. Vvvvvvvvvv sorry 🙁

  25. Reen says:
    June 15, 2014 at 8:51 pm

    Rene ge badhalu ga innaanee reen. Otomatikun badhalu vanee

    1. nishan says:
      June 16, 2014 at 1:47 am

      It’s ok..

Comments are closed.

Next Episodeބަރުބާދު (ސާދަވަނަބައި)←


All Right Reserved!