އަބަދަށްވެސް އަހަރެން ހިތްހެވެ.
އަބަދަށްވެސް އަހަރެން ހިތްހެވެ.
“ނާނީ” އަކީ އަހަރެން ލޯބީގެ ގޮތުން ގުޅުނު ބައިވެރިޔާއެވެ. އެ މީހަކަށް މިހިތުން އެންމެ މަތީ ޖާގަ ދެވުނު ޖިންސުއްލަތީފެވެ. ލޯބީގެ ދަރުބާރުގައި ރަނިކަަމާގެ މަޤާމު ދެވުނު ރާނީއެވެ. އުފަލުގެ ކޮޅެއް ނެތް ހާލު، ނާނީއާއެކު ލޯބީގެ ދަތުރު ފެށީމެވެ. ހިތް ހެޔޮ ކުއްޖެކެވެ. އެހާމެ އޯގާތެރިއެވެ. ލޯބިދީ މި ހިތް އުފަލުން ފުރުވާލައެވެ. އޭނާ އެންމެ ފުރަތަމަ ހުވާ ކޮށްފާ ބުނި ފަދައިންނެވެ.
ދުވަހަކުވެސް ވަކިނުވާން ދެމީހުންވެސް ދިޔައީ ވައުދު ވަމުންނެވެ. ރޭގަނޑު ނަމަ ތަރިތަކާއި ހަނދު ހެކިކޮށެވެ. ދުވާލު ނަމަ އިރާއި ނޫ ވިލާތަށް ހެކި ކުރަމުންނެވެ. އެަތަކެއް މާ ފޮޅުވާ ލޯބީގެ ބަގީޗާ ފައްކާ ކުރަމުން ދިއައީމެވެ. ދުލާއި ގަލަމުން ލޯބީގެ އެތަށް މެސެޖެއް ފޮނުވަމުންނެވެ. ކޮންމެ ދުވަހެއްގެ ކުރު ހުލާސާއެއް ހިއްސާ ކުރަމެވެ. އިތުބާރު ކުރީ އިންތިހާ އަށެވެ. މިއީ ދެމީހުން ދެ ތަނުގައި ތިބެގެން ވީވަރެވެ. އަހަރެން އުޅެނީ މާލޭގައެވެ. އޭނާ ހުރީ އުފަން ރަށުގައެވެ. ދެން ނިކަން އަނދާޒާކޮށްލަ ބަލާށެވެ. ދެމީހުން އެއްތަން ވެއްޖެ ނަމަ ދުނިޔެ ވެސް އެފުށް މިފުށަށް ޖަހާފާނެ ނޫން ހެއްޔެވެ؟
ދުވަސްތައް އޮންނަ ނިޒާމުގެ ތެރއިން ދަތުރު ކުރަމުން ގޮސް، އަހަރެންގެ ލޯބީގެ ބަގީޗާ މިލާމޯޅިކޮށްލީ އަހަރެންގެ ކޮން ކުށެއް އޮވެގެން ކަމެއްވެސް ޚުދު އަހަރެންނަކަށް ނޭނގެއެވެ. އެ ބަގީޗާގައި ފޮޅުވި މާތަށް މޯޅިވެ ބިން މައްޗަށް ވެރި ވީރާނަވެ ދިޔައީ އުންމީދު ކުރި ގޮތަކަށެ ނޫނެވެ. އަހަރެމެން އައްސާފައިވާ ލޯބީގެ ވައު ފަށް، ނާނީގެ އަމިއްލަ އަތުން ކަނޑާ ބުރިބުރިކޮށްލީ ކީއްވެކަމެއް ވެސް ނޭނގެއެވެ. އެހާ ލޯބިން މާ ފޮޅުވަދީ އުޅިފައި އެ މާތައް މޯޅިކޮށްލީ ކީއްވެގެން ކަމެއް ވެސް ނޭނގެއެވެ. ލޯބި ނުވެޔޭ ބުނުމުގެ ބަދަލުގައި ހަމަ އެކަނި ‘އުޅެން ބޭނުން ނެތީ’ އޭ ބުނެ އެހާ އަވަހަށް ލޯބީގެ މި ޔައުމިއްޔާއިން ބޯ ދަމައިގަތީ ކީވެ ބާއެވެ؟ އެނގޭހައިވެސް އެއްޗަކީ ނާނި އަމިއްލައަށް އަހަރެން ދޫކޮށް ދިޔައީ އަހަރެންދެކެ ހަޤީޤީ ލޯބި ނުވާތީކަމެވެ. އޭނާ އެހެން ފިރިހެނެއްގެ އަވައިގައި ޖެހުނީއެވެ. އެހެންނޫނީ އެހާ އާދައިގެ ގޮތަކަށް، އަދި އަމުދުން، އަހަރެންގެ ކުށް ވެސް ބުނެނުދީ، ވަކިވެ ދާން ކެރޭނެ ހެއްޔެވެ؟
ނަނީގެ އެ ބޭވަފާތެރި ކަން އަހަރެންނަށްވީ ހަޔާތުގައި ޖެހި ހުޅަކަށެވެ. ކޮނޑުގައި އެޅިފައިވާ ދުނިޔެވީ ޒިންމާތައް ވެސް އެހާގިނައެވެ. ކިޔެވުމާއެކު މަސައްކަތުގައި ބުރަކޮށް މުޅި ދުވަސް އުޅެން ޖެހިފައި ވާއިރު، ކިރިޔާވެސް ހަމނޭވާއެއް މި ލެވެނީ ހުކުރު ދުވަހު އެކަންޏެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން އަހަރެންގެ ވިސްނުމުގައި އޮތީ ބޯ ހަމަޖައްސާލަން ހުޅުމާލެ ނޫނީ ވިލި މާލެ އަށް ޖެހިލާށެވެ. މާލެއަށް ވުރެ ބޮލަށް ފަސޭހަވެސް ވާނެ ކަމަށްޓަކައެވެ.
އަހަރެންގެ ދަތުރު ފެށީ ހުޅުމާލައަށެވެ. ގްރޭޓާރ މާލެ ބަސްޓާމިނަލުން ބަހުގައި ހުޅުމާލެ ދިޔައީމެވެ. ބަހުގައި އިންވަގުތު ބިއްލޫރި ގަނޑުން ފެންމުންދިޔަ ގުދުރަތީ މަންޒަރު ތަކުގެ ހިތްގައިމު ކަމާއެވެ. ސިނަމާލެ ބުރިޖާއި ގުޅިގެން ހުޅުމާލެ ދާން އޮންަނަ ލިންކް ރޯޑުގެ ދެފަރާތުން ފެންނަމުން ދިޔައީ ގުދުރަތީ ނިޒާމްގެ ފުރިހަމަކަމެވެ.
ހުޅުމާލޭ ދެވުމުން ހުޅުމާލެ ގޮނޑުދޮށުގައި ގޮތް ގަސްގަނޑެއްގައި ލެނގިލައިގެން އިށީނދެފީމެވެ. އަނެއްކާވެސް ހިޔާލުގެ ފުން ކަނޑުގެ ތެރެއަށް އަހަރެން ގެނބުނެވެ. ނާނީ އަހަރެންނާއި ވަކިވެ ދިޔަތާ މިހާރު ފަނަރަ ދުވަސް ވީއެވެ. އެކަމަކު ކުޑަމިނުން މައާފަށް ވެސް އެދިލާފައި ނެތެވެ. މިހިތް ކުށަކާ ނުލައި އެހެން ރޮއްވަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ އެ ހަނދާން ތަކުން އަރައިނުގަނެވިގެން މިހާ ހާލުގައި އުޅޭ އިރުވެސް، ނާނީ އެހެން ފިރިހެން ކުއްޖަކާއިއެކު އެހާ އުފަލުގައި އުޅެން ހެޔޮވާނީ ކިހިނެއްޔެވެ؟ މި ހިތަށް މިވާވަރު ހަމަ ނޭނގެނީބާއެވެ؟
.
ސިއްސައިގެން ގޮސް އަހަރެންނަށް ހިޔާލުގެ ދުނިޔެއިން ނިކުމެވުނީ ” އޭ ޒައިކް، އެކަނިން މިތާ؟ ކީއްކުރަނީ މިކޮޅުގަ؟ ” ފަހަތުން އައިސް ކޮނޑުގައި ކޮށްޓާލި އަހަރެންގެ އެކުވެރި “ސާޖިދު” ކުރި ސުވާލެވެ. ” އަހަން.. މި ހަމަ ޖައްސާލީ.. ހިނގާ ކޮފީ އަކަށް މިވާހަކަ ކިޔައިދޭނަން.. ކުަޑަ ކަމަކާ ވިސްނާލީ މި.. ” އަހަރެން އެހެް ބުނުމުން ”ސާޖީ” ހިނތުން ވެލާފައި އަހަންނާ އެކު ހިނގައި ގަނެފިއެވެ. އަހަރެމެން ވަނީ “ޑައިން މޯ ހުޅުމާލެ” އަށެވެ. ކޮފީއަށް އޯޑަރު ދިނުމަށްފަހު އަހަރެންގެ ހަޔާތުގެ އެ ސޮފްހާ ”ސާޖި” އަށް ކިޔައި ދިނީ ވަރަށް ހިތް ވަރުންނެވެ.
” ބޮރޯ.. އަޅާ ނުލާ.. މާލޭން އަންހެނުން ހުސްވީތަ؟ ކަމޯން ޑޫޑް .. އެވެސް އުޅޭ ވައްތަރެއްގެ ބައެކޭ.. އެމީހުން ފޫހިވީމަ ބިޓަކުން ބިޓަކުން ނަގަމުން ދުވާނެ.. އިސްލާހު ނުވާނެ ތިމީހުން.. ހާސް ކަނޑާލަބަލަ އަދި ލޯބި ޗިކެއް ވާނެ ކަލޭއަށް.. ” ހިނތުން ވެލާފައި ހިތްވަރު ދިނުމުގެ ގޮތުން “ސާޖި” ބުނެލީ ރަނަގަޅު ވާހަކައެކެވެ.
ތެދެކެވެ. އެވެސް އުޅޭ ވައްތަރެކެވެ. އެއަށް މިކިޔަނީ “ބަޑި” ވުމެވެ. ނަމަވެސް އަހަރެން ނާނީއަށް އެ ލަގަބު ނުދޭނަމެވެ. އަބަދައްވެސް އަހަރެން ހިތްހެވެ.
.
11 Comments!
Comments are closed.






Varah furihama
And varah reethi
I love the ??
Shukuriyya Izzathu!
Salam hurihaa readers! Story kamudhaane kamah heekuran! Anyone wants to join my fan club, a viber grup, just pm me! 9877233. thankyou all for the great support. loves!
Phone eh libunha dhuvahakun Insha Allah will ?
Reethi varah ?
ohh!!?? come on dude………???
Mihaaru haalathu oiy gothuge kuru hulaasaa eh miothee. Meehunnah mihaaru loaihbakee ves kulhivareh. Keehkuraanee. Dhuniyega kuraane kanthah madhuvegen meehunge hiy fundu fundu kuramun dhanee hithuga hama evves varakah rahumu netheema ehnu.?
Anyways vaahaka vrh furihama. Waiting for next story??
Noo vilaa hureytha..btw I love it
Manje handhaan veytha kuda iru drawling block ga sunny day kurahaa iru ganduge kanegga iru kurahaafa dhen kurahaa vilaa thakaa bird thah. E vilaa ga jassany Kon kula eh???
Zaihaan jehuny zihaan jahan ulhenikoh
Sakarai…mi hama zidange story.. it’s not look like it’s zidans story