Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ކާމިޔާބު5

Lam lamha Level 1
October 29, 2018 4 Mins Read
5 Comments

ތެދެކެވެ.އެއީ މާކުރިއެވެ.ވެދިޔަކަންތައްވެ ނިމުނީއެވެ.އަހަރެން ވިމްލާއަށް މަޢާފުކޮށްފައި ގެއަށްދާން ހިނގައިގަތީ ބްރޭކަށް ލިބިފައިވާ މަދު ވަގުތުކޮޅުގެ ސަބަބުން ނަމާދުގަނޑި ކަޓާފާނެތީއެވެ.ވިމްލާ އަހަރެންގެ ފޯނުނަމްބަރަށް އެދުނެވެ.ވިސްނާލާފައި އަހަރެން ނަމްބަރު ދިނީމެވެ.

ގެއަށް އައިސް ނަމާދުކޮށް ކައިހަދާގެން އަހަރެން ކުޑަކޮށް ވިމްލާއާ ދޭތެރޭ ވިސްނާލީމެވެ .އޭނާ އަކީ ދީންވެރި މީހަކަށް ނުވާތީ   ގުޅުންބާއްވާކަށް އަހަރެންގެ ހިތެއް  ނޭދެއެވެ. އެހެންނަމަވެސް އިންސާނާއަށް ވިސްނޭކަށް ދުވަހެއް ނުނަގާނެތާއެވެ.ވޭއެތުވެދިޔަ ތަނުގައި ވާހަކަ ދައްކާފައިނުވާހާ ހިތްހެޔޮކޮށް އޭނާ މިއަދު އަހަންނާ ވާހަކަ ދެއްކިއެވެ.އެއީ ވިމްލާގެ ފަރާތުން އަހަންނަށް ފެނުނު ހެޔޮ ބަދަލެކެވެ.އަދިވެސް ވިމްލާއަށް ހެޔޮބަދަލުގެނެވިދާނެ ކަމަށް އަހަރެންގެ ހިތް ބުނަމުންދިޔައެވެ.އޭނާ އިސްލާހުކުރަން އަހަރެން ވަރަށް ބޭނުމެވެ.ނަމަވެސް ގާތް ކޮށްގެން ނޫނީ އޭނާ އިސްލާހެއް ނުކުރެވޭނެކަން އިނގޭތީ އަހަރެން އޭނާ ގާތްކުރަން އަޒުމް ކަނޑައެޅީމެވެ.   އެރޭ އަހަންނަށް ނުދަންނަ ނަމްބަރަކުން ކޯލެއް އައެވެ.އޭރު ގަނޑިން 11.30 ވެދާނެކަންނޭނގެއެވެ. އަހަރެންގެ ފޯނަށް ދުވަހަކުވެސް މީހަކު މިފަދަ ގަނޑިއެއްގައި ގުޅާފައި ނުވާތީ އެއީ ވިމްލާކަން ޔަޤީންކޮށް އަހަރެން ފޯނުނެގީމެވެ.ވީވެސް އެހެން ނެވެ.މިފަދަ ގަނޑިއެއްގައި ގުޅުމުން އަހަރެން ސުވާލުކުރީމެވެ.އެހެންނަމަވެސް މިގަނޑީގައި ގުޅުމަކީ އާދައިގެ ކަމެއްހެން ވިމްލާގެ ވާހަކަތަކުން އަހަންނަށް ދޭހަވިއެވެ.އޭނާ އެދުނީ ކޮފީއަކަށް ދިއުމަށެވެ.މިގަނޑީ ނުދެވޭނެކަމަށްބުނެ އަހަރެން ފޯނުކަނޑައިލާ ނިދީމެވެ.

އެހެންދުވަސްތަކެކޭވެސް އެއްފަދައިން ފަތިހުތެދުވެ ނަމާދުކޮށް ހަދައިގެން އަހަރެން ދިޔައީ ހިނގާލާށެވެ.އަތިރިމައްޗަށްގޮސް ވެލިގަނޑުގައި އިށީންދެލުމަށްފަހު ވިމްލާއަށް އަހަރެން ގުޅާލީމެވެ.އެކޮޅުން ކުޑަވަގުތު ކޮޅެއްގެތެރޭގައި ޖަވާބުދިނެވެ.އަހަރެން ވާހަކަދައްކަން ފެށީމެވެ.ރޭގައި  ގުޅިގަނޑީއޮތީ ނިދަންއަރާ ކަމަށްބުނެ މެންދުރު ތާކަށް ކާންދާން އަހަރެން ދައުވަތު ދިނީމެވެ.”ސާބަސް އެއީ މީހުން ތަންތަނަށް ކާންދާ ގަނޑިތަ؟ރޭގަނޑަށް ހަދާ އޭރަށް ދެވިދާނެ، އެހެން ނޫނަސް އެއީ އަހަރެން ނިދާފަ އޮންނަ ގަނޑި” ވިމްލާ އާފުރިލަމުން ބުންޏެވެ.ގަނޑިއެއް ހަމަޖެއްސުމަށް ފަހު އަހަރެން ފޯނުކަނޑާލީމެވެ.

އެރޭ 8.30ގައި ތައްޔާރުވެފައި ވިމްލާއަށް ގުޅަން ފޯނުނެގި ވަގުތަކީ ވިމްލާގެ ކޯލު ލިބުނު ވަގުތެވެ.ޖެލީއިން ދިމާކުރަން ނިންމައިގެން ގެއިންނިކުތީ އަހަރެންގެ ދައްތަގެ ހުއްދައާއެކުއެވެ. އަހަރެންނަށް އެހިސާބަށް ދެވުނުވަގުތު ވިމްލާހުރީ އެތާ ދޮރުމަތީގައެވެ.ސިނޑިން މައްޗަށް އެެރުމަށް ފަހު އަހަރެން މިސްރާބުޖެހީ މީހުންމަދު އޭސީ ކޮށްފައިވާ ދިމާއަށެވެ.އެވަގުތު ވިމްލާ އަހަރެން ހުއްޓުވާފައި ގެންދިޔައީ ފިރިހެނުން އެންމެގިނަ އައުޓްޑޯ ސަރަހައްދަށެވެ.އެތަނަށް ދިޔުމުގެ ބޭނުމަކީ ކޮބާތޯ އެހީމެވެ.ނަމަވެސް ވިމްލާގެ ފަރާތުން އަހަންނަކަށް ޖަވާބެއް ނުލިބުނެވެ.

ތީތި އަޅާގެން އުދަނގުލެއް ނުވޭތަ؟ކިހިނެއް ކަނީ ތިހެންހުރެ؟”ކަނެއްގައި ހުރި މޭޒެއްގައި އިށީން ދެލުމަށްފަހު ކާއެއްޗެއްސަށް އޯޑަރުދެމުން ވިމްލާ އަހަންނަށް ބުނެލިއެވެ.”އިންޝާﷲ އެއްވެސް އުދަނގުލެއްނުވޭ، ކެވޭނެގޮތް އޮވެގެންދޯ މިތަނަށް އަންނާނީ”ހަމަޖެހިލުމަށްފަހު އަހަރެން ވިމްލާއަށް  ރައްދު ދިނީމެވެ.”އެކަމް ތިއަޅާގެން ހާދަހޫނެއް ވާނޭ އަދި ވަކިން ޚާއްސަކޮށް ހޫނުގަދަ ދުވަސްދުވަހު”އަހަރެންގެ ލޮލަށް ބަލަހައްޓާގެންހުރެ ވިމްލާ ފޫހިރާގެއްގައި ބުނެލިއެވެ.”އަދި މިނޫނަސް މާހޫނުގަދަ ދުވަހެއް އެބައޮތް”ހަމަޖެހިލައިފާ އަހަރެން މިފަހަރުވެސް ރައްދުދިނީމެވެ.

ދެމެދުގައި ތަފާތު މައުޟޫއުތަކަށް ވާހަކަދެެކެ ވުނެވެ.އޭނާ އުޅެނީ މުސާރަ ބޮޑު ވަޒީފާއެއްގައި ކަމަށާއި އެތާނގެ ވެެރިޔާގެ ރަނގަޅުކަން ވިމްލާގެ ވާހަކަތަކުން ދޭހަވިއެވެ.އަހަރެންވެސް އަހަރެންގެ ވަޒީފާއާއި ބެހޭގޮތުން ކުރުކޮށް ވިމްލާއަށް ކިޔައިދިނީމެވެ.ވިމްލާ ހޭންފެށިއެވެ.އަހަރެން ކަހަލަ މޮޅަށް ކިޔަވައިގެންތިބޭ މީހުނަށް އެކަހަލަ ވަޒީފާ އެކަށީގެންނުވާ ކަމަށްބުނެ މުސާރަބޮޑު ވަޒީފާއެއް ހޯދަދޭން އެހީވެދޭނެކަމަށް ވިމްލާ  ބުންޏެވެ.”އެކަމް ތިމޫނު އަަޅާގެން ނުލިބޭނެ ތިޖެހޭނީ ނަގަން”ވިމްލާ އެހެންބުނުމުން އިތުރުތަނެއް ބޭނުންނުވާ ކަމަށާއި އަހަރެން އުޅޭ ވަޒީފާ އަހަންނަށް ކަމުދާކަމަށްބުނެ އެކަމާ ދެކޮޅުހެދީމެވެ.

ކެއުން ނިންމާލުމަށްފަހު ވިމްލާ އޭނާގެ ޕާރސް ނެގިއެވެ.މޫނުމައްޗަށް ވެއްޓިފައިވާ ފަން އިސްތަށި ކޮޅު އެއްފަރާތް ކޮށްލުމަށްފަހު ސިނގިރޭޓް ފޮއްޓެއް ނެގުމަށްފަހު ތުނބުގައި ސިނގިރޭޓް ޖެހުމަށްފަހު ލައިޓަރު ނަގާ ރޯކޮށްލިއެވެ.އަހަރެން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.އައުޓްޑޯ އަށް ގެނައި މަޤްސަދަކީ މިއީކަން އެވަގުތު އަހަންނަށް އެނގުނެވެ.”ތިބޯކަށް ނުވާނެ.ހަށިގަނޑަށް ގެއްލުން ތިދެވެނީ.ފައިސާާ އެންދުން ކަހަލަ ކަމެއްތީ”ވިމްލާއާ ދިމާއަށް އަަހަންނަށް ބުނެވުނެވެ.”މީ އަހަރެންގެ ހަށިގަނޑު ވާގެއްލުމެއް ވާނީ މަށަށް، މަގޭ ފައިސާ ހުސްވީމަ ދެރަވާނީވެސް މަ، މިއީ މީހަކާ ބެހޭކަމެއްނޫން”ކުޑަކޮށް ހިތްހަމަ ނުޖެހިހުރެ ވިމްލާ ރައްދުދިނެވެ.އަހަރެން ވިމްލާއަށް އެކިގޮތްގޮތުން ހެޔޮނަސޭހަތްލާދިނީމެވެ.އާހިރުގެ ވޭން ހުރި އުގޫބާތްތަކާއި،މަރު ކޮންމެ ވަގުތަކުވެސް ބައްދަލް ކޮށްފާނެކަމާއި އުޅުން އިސްލާހުކުރުމަށް ނަސޭހަތްތެރިވީމެވެ.ކުޑަވަގުތު ކޮޅަކަށް ހިމޭނުން އިނދެފައި ވަރަށް ބާރަށް ވިމްލާ ހީގަތެވެ.”އަދި ވެސް ތިއަނގަތެޅުން ނުހުއްޓުނުދޯ”ގޮނޑިން ތެދުވެ ދަބަސް ކޮނޑުގައި އަޅުވާލަމުން ވިމްލާ ބުންޏެވެ.”

އެރޭ ގެއަށް އައިސް ވިމްލާއާއެކު ބޭރަށް ދެން ނުދިއުމަށް އަހަރެން ނިންމީމެވެ.އެހެންނަމަވެސް ވިމްލާ ހެޔޮމަގަށް އެޅުވޭތޯ ކުރަމުން އަންނަ މަސައްކަތް ހުއްޓައެއް ނުލަމެވެ.އެފްބީއިންނާއި ވައިބާރ އިން ދީނީ ޕޯސްޓްތަކާއި އިބްރަތްތެރި ދީނީ ވާހަކަތައްވެސް ވިމްލާއަށް ފޮނުވަން ފެށީ މެވެ.ކޮންމެ މެސެޖެއްގެ ތިރީ ގައި”ވިސްނާލާ”މިހެން ޖަހަމުން އަހަރެން ގެންދިޔައީމެވެ.ރައްދުގައި ހޫމް ނުވަތަ ހިނިގަނޑަކުން ވިމްލާ ނިންމާލައެވެ.

އެެއްރޭ ވިމްލާ ވައިބާރ އިން ޒުވާން ފިރިހެނެއް  ގެ ފޮޓޯ ފޮނުވުމަށްފަހު ރީތިތޯ އަހަންނާ ސުވާލު ކުރިއެވެ.އެޒުވާނާ ބަލާބެލުމަށް ހުތުރެއް ނޫނެވެ ވިމްލާއެކޭ އެއްފަދައިން ދޮންހަންގަޑަކާއި ކަޅުކަން ގަދަ އިސްތަށިގަނޑެއްގެ ވެރިއެކެވެ.ކޮނޑާ ހަމައަށް ދިގުކުރެވިފައިވާ ބުޅި އިސްތަށިގަނޑެއްގެ ވެރި އެކެވެ.ހުތުރެއް ނޫންކަމަށް ލިޔެފައި ފޮނުވީމެވެ. “ސަޅިދޯ!މިކަހަލަ ރީތި ބިޓުންތިބޭނެ ލައްކައަކުން.” ވިމްލާ ފަޚުރުވެރިކަމާ އެކު ރައްދު ފޮނުވާާލިއެވެ. “ބޭރުފުށުން ފެންނަ ރީތިކަމަކީ އަގެއްހުރި އެއްޗެއް ނޫން.ހުރިހާވެސް އެއްޗަކީ ދީންވެރި އަޚްލާގާއި ސާފު ހިތެއް.އެ ނެތްނަމަ ކާމިޔާބެއް ނެތް. ތިޔަ ރީތިކަން ކޮންމެވެސް ދުވަހަކުން ބީވެދިޔަސް ތޯހިރު ހިތެއް ދުވަހަކުވެސް ބީވެ ނުދާނެ”ޖަވާބުގައި އަހަރެން ފޮނުވީމެވެ.”ހަހަހަ ދެންހުރޭ އުމުރުދުވަހު ބިޓެއް ނުނަގާ ތިބުނާ ތޯހިރުހިތް ފެނޭތޯ”ވިމްލާ އެހެންބުނުމުން ބިޓުން ނަގަން ނޯންނަކަމާއި އޮތީ ދީންވެރިއަކާ އެކު ޒަވާޖީ ޙަޔާތެއް ފެށުންކަމަށް އަހަރެން ބުނީމެވެ.

ފަހަކަށް އައިސް ވިމްލާ އަހަންނާ ވާާހަކަ ދައްކާލެއް މަދުވާންފެށިއެވެ.މެސެޖްތައް ވެސް ގިނައިން ދަނީ ބަލާނުލައެވެ.ރިޕްލައިތައްވެސް  ކުރުން މަދުވިއެވެ.އަހަރެންގެ ނަސޭހަތްތަކުން އޭނާ ފޫހިވީކަމަށްވެދާނެއެވެ.އެގޮތުގައި އެއްމަސް ހޭދަވީއެވެ.ވިމްލާގެ ޚަބަރެއް އެއްގޮތަކަށްވެސް ނުވެއެވެ.ވިމްލާ އޮންލައިން ނުވާތާ ހަފްތާއަކަށް ވުރެ ގިނަދުވަސްވީއެވެ.ވިމްލާއަށް ގުޅާލާނަމޭ ހިތާ އޭނާގެ ނަމްބަރަށް ޑައިލްކޮށްލީމެވެ.ފޯނު އޮތީ ނިއްވާލާފައެވެ.ވިމްލާއަށް ކީއްވީބާއޭ އަހަރެންގެ ހިތަށް އެރިއެވެ.ދެތިންފަހަރަކު އަނެއްކާވެސް ގުޅާލީމެވެ.ފޯނު އޮތީ ނިއްވާލާފައެވެ.އަހަރެން މަތިން ފޫހިވެގެން ނަމްބަރު ބަދަލުކުރީބާއޭ އެވަގުތު އަހަރެންގެ ހިތަށްއެރިއެވެ.އިސްލާހުވާން ނޭދޭ މީހަކު އިސްލާހެއް ނުކުރެވޭނެއެވެ.އެހެންކަމުން އިތުރަށް ވިމްލާއަށް ގުޅަންނަހަދާ ފޯނުބޭއްވީމެވެ.

އެއްދުވަހަކު އަހަރެންގެ ބޮޑުދައިތަ ވަރަށް ހާލުދެރަ ވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޮޑުދައިތަ ވޯޑަށްނެރޭނެ ވާހަކަ ބުނުމުން  އަހަރެން ތައްޔާރުވީ ހޮސްޕި- ޓަލަށް ދާށެވެ.ހޮސްޕިޓަލަށްގޮސް ބޮޑުދައިތަ އޮތް ވޯޑަށް ވަދެ އަހަރެން ގޮސް ބޮޑުދައިތަ ކައިރި ހުއްޓިލީމެވެ.އޭރު ބޮޑުދައިތައަށް އޮތީ ނިދިފައެވެ. ކައިރީގައި ބޮޑުބޭބެ އިނެވެ.އަހަރެން ބޮޑުބޭބެއަށް  ހިތްވަރުދީ ހަދާފައި ގޮނޑީގައި އިށީންދެލުމަށްފަހު މުޅިތަނަށް ނަޒަރު ހިންގާލީމެވެ.އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އެއްވެސް އެހީތެރިއަކުނެތް އެނދުމަތި ކުރެވިފައިވާ މީހާއަށެވެ.ދުރުން ސިފަ ވަކި ކުރަން ނޭނގުނަސް އެއީ އަންހެނެއްކަން އިސްތަށިގަނޑުން ހާމަކޮށްދެެއެވެ.އެހެން ހުރިހާ އެނދެއްގައި އެހީތެެރިންތިބި އިރު އެއެނދުގައި ނެތީ ކީއްވެބާޢޭ އެވަގުތު ހިތަށްއެރިއެވެ.ނޫނީ އެހީތެރިއާ ބޭރަށް ނުވަތަ ފާހަނައަށް ދިޔައީ ކަމަށްވެސް ވެދާނެއެވެ.

ގަނޑި  ދެގަނޑިއިރު ހޭދަވިއިރުވެސް އެ އެނދަށް ނަރުހުން ނޫނީ އިތުރު ބަޔަކު ނާދެއެވެ.އިރުއޮއްސެން ކައިރި ވުމުން ބޮޑުބެ ގާތު ދާވާހަކަ ބުނެލުމަށްފަހު އަހަރެން ދާން ހިނގައިގަތީމެވެ.ދިޔަ މަގުމަތީ އެއެނދަށް އަހަރެން ބަލާލީމެވެ.ވަރަށް ދަންނަ ވައްތަރުޖަހާ މޫނެ ކެވެ.އެނދާ ކުޑަކޮށް ކައިރިވެލުމަށްފަހު ވަރަށް ރަނގަޅަށް އަހަރެން ބަލާލީމެވެ.އަހަރެން ދިޔައީ ސިއްސައިގެންނެވެ.އެއީ ވިމްލާއެވެ.އަހަންނަށް ހުރެވުނީ  ގަބޫލުކުރަންވެސް ދަތިވެފައެެވެ.މުޅިމީހާގެ ސިފަވަނީ ފާހަގަކުރަން ނޭނގޭވަރަށް ބަދަލު ވެފައެވެ.އޮމާން ދޮންހަންގަނޑު ވަނީ ކުރަކިވެ އަދާފައެވެ.ފަން ވަރުގަދަ ކަޅުކަންގަދަ އިސްތަށި ގަނޑުވަނީ ކިސުޅިވެފައެވެ.

އަހަންނަށް ގަބޫލުނުކުރެވެގިން މޭޒުމަތީ އޮތް ފައިލުނަގާ ހާވަންފެށީމެވެ.އޭގައިވަނީ ވިމްލާގެ ނަމެވެ.އޭނާ ދަނީ ވައިރަސްއަކަށް ފަރުވާ ކުރަ މުންނެވެ.ވިމްލާ ބަލިއަޑަކުން އަހަންނަށް ގޮވާލިއެވެ. އަހަރެން ބަލާލި ވަގުތު ވިމްލާގެ ދެލޯ ކަރުނުން ފުރި ކަރުނަތައް ފައިބަމުން ދިޔައެވެ.އަހަރެންގެ ދެލޯވެސް އެވަގުތު ފެންކަޅިވިއެވެ.ރަހުމަތްތެރިޔާގެ ހާލާމެދު ހަމްދަރުދީވެ އަހަންނަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.އެހެންނަމަވެސް ވިމްލާ ކުރިމަތީ އެގޮތަށް ރޯންވެއްޖިއްޔާ އޭނާއަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަން އެނގޭތީ ނުރޮއެ އަހަރެން ވަރަށް ހިތްވަރުކުރީމެވެ

ބަންގިގޮވުމުން ހޮސްޕިޓަލު މިސްކިތުން ނަމާދު ކޮށްލައިގެން ވިމްލާ ކައިރިއަށް ދިޔައީމެވެ.ނަރުހުން ބުނިގޮތުގައި ވިމްލާގެ ބަލި ﷲ އިރާދަފުޅުން ފަރުވާ  ކޮށްގެން  ރަނގަޅުވާނެ ކަމަށާއި ވިމްލާގެ އެެއްވެސް އެހީތެރިއަކު ނެތްކަން އެނގުނެވެ.އަދި އޭނާ އެނދުމަތިވެފަވާތާ ދެހަފްތާކަންވެސް އެނގުނެވެ.އަހަރެން ވިމްލާއަށް އެހީވީމެވެ.ވަޒީފާއިން ޗުއްޓީ ނަގައިގެން ވިމްލާ ކައިރި ހޮސްޕިޓަލުގައި ހޭދަކުރީމެވެ.

ﷲރަހްމަތްފުޅުން ވިމްލާގެ ބަލި މުޅިން ފަސޭހަ ވެ ހަށިގަނޑު ތާޒާ ވިއެވެ.މިއަދު ވިމްލާއަށް ވިސްނިއްޖެއެވެ.ކާމިޔާބީގެ މަގުން ހިނގަން ވިމްލާ މިއަދު ހުރީ ތައްޔާރަށެވެ.ރީއްޗާއި ފައިސާވެރިކަމަކީ އަގެއްނެތް އެއްޗެއްކަން ވިމްލާޢަށް އެނގުނެެވެ.ރީތި ލޯބިވެރިޔާއާ އެކުއުޅުނު ރަހްމަތްތެރިން ވިމްލާ އެމީހުނަށް އެންމެ ބޭނުންޖެހުނު ވަގުތު ދުވެފިލީއެވެ

ވިމްލާ ސިނގިރޭޓް ބުުއިން އެއްކޮށް ހުއްޓާލާ ޠައުބާ ވިއެވެ.އަހަރެން ވިމްލާއަށް ނަމާދު ކިޔާ ތަކެއްޗާޢި ގުރުއާން އުގަންނާދިނީމެވެ.އަހަންނެކޭ އެއްފަދައިން ވިމްލާވެސް އިސްލާމީ ޖިލްބާބުން ނިވާވިއެވެ.މިއަދު ވިމްލާ އަކީ އަހަރެންގެ ގާތް އުޚުތެކެެވެ.ކާމިޔާބަށް ވާސިލުވުމަށް އަހަންނާއެކު މަސައްކަތްކުރާ އުޚްތެކެވެ.

…..ނިމުނީ…..

 

Share Article

Follow Me Written By

Lam lamha

Level 1

Other Articles

Previous

ވާ ލޯބި އިނގޭ ނަމަ 2

Next

އެ ސިއްރު 2

Next
October 29, 2018

އެ ސިއްރު 2

Previews
October 29, 2018

ވާ ލޯބި އިނގޭ ނަމަ 2

5 Comments!

  1. Eenash says:
    October 29, 2018 at 9:16 am

    Barakallah.. Varah reethi???

  2. Fathimath says:
    October 29, 2018 at 9:59 am

    ❤❤

  3. khadhy says:
    October 29, 2018 at 11:17 am

    masha allah varah reethi

  4. ?????? says:
    October 29, 2018 at 12:17 pm

    Maa sha Allah. Vrh furihama.. Good job dear and keep up the good work.. Ummeedhu kuran anekkaa ves dear ge ithuru vaahaka eh fennaane kamah.. ☺️?????????? jazakillah for such a wonderful Islamic story…

  5. Anonymous says:
    October 29, 2018 at 1:23 pm

    Skukuran all insha allah adhi fenigendhaane??

Comments are closed.



All Right Reserved!