Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ކާމިޔާބު1

Lam lamha Level 1
October 26, 2018 One Min Read
6 Comments

ދުނިޔެއަކީ ވަގުތީ ތަނެކެވެ.ދާޢިމީ މަންޒިލް  އޮތީ ކުރިއަށެވެ.ދާޢިމީ މަންޒިލް ނުވަތަ އުޚުރަވީ ޙަޔާތް ބާއްޖަވެރިނުކުރެވިއްޖެނަމަަ އެމީހަކު ނާކާމިޔާބުވެއްޖެކަން ކަަށަވަރެވެ.ކަންމިހެން ހުއްޓެއްކަމަކު އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރަނީ އަހަރެމެންގެ ތެރެއިން ކިތައްމީހުންތޯއެވެ؟މިފަދަ ޚިޔާާލުތަކެއްގެ ތެރެއަށް ގެއްލިފައި އަހަރެން އިނީ އަތިރިމަތީގައެވެ.

އަހަރެންގެ އާދައިގެމަތިން ފަތިސްނަމާދު ކޮށްލައިގެން މިއަދުވެސް ނިކުތީ ހަށިގަނޑާއި ސިކުނޑި ތާޒާކޮށްލުމަށްޓަކައި ހިނގާލާށެވެ.އަރައިގެން އަންނަމުންދާ އިރުގެ ރަންދޯދިތައް އެޅި މުޅިތަން އެކަށް ދިއްލާލައިފިއެވެ.މޫދުން ނަގަމުންއަންނަ ބިޔަ ރާޅުތައް އައިސް ގޮނޑުދޮށަށް ބީއްސާާާލާ މަންޒަރު ވަރަށް ފުރިހަމައެވެ.ޤުދުރަތީ މިފަދަ ފުރިހަމަ މަންޒަރުތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވައެވެ.މުޅި މާހަޢުލަށް ނަޒަރު ހިންގާލިއަސް ފެންނަމުންދާ ޤުދުރަތީ ޗާލު މަންޒަރުން ،ވިސްނައިފި ބަޔަކަށް ﷲގެ ކުޅަދުންވަންތަކަން ހާމަވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އިރުއެރުމުން ގެއަަށްދާން އަހަރެން މިސްރާބު ޖެހީމެވެ.އެވަގުތު މަގުތަކަށް މީހުންތައް ނިކުންނަން ފެށިއެވެ.ސުކޫލަށްދާ ދަރިވަރުންނާއި މަސައްކަތުދާ މީސްމީހުންނެވެ.ބޮޑުޓައި އަޅައިގެން ސައިކަލުގައި އޮފީސްތަކަށް ދަތުރުކުރާ މީސްމީހުންވެސް ފެނެއެވެ.އޭގެތެރެއިން ފަރުޟުކުރެއްވި ފަތިސް ނަމާދު ކޮށްގެންދަނީ ކިތައްމީހުންބާއޭ އަހަރެންގެ ހިތަށްއެރިއެވެ.ބޮޑުހެނދުނާ ތަޅާމަރާގެން ސުކޫލަށް ކުދިން ގެންދާފަދައިން ފަތިސްނަމާދަށް ތެދުކުރުވީ އެކުދިން ތެދުކުރުވީ ކިތައް މައިންބަފައިންބާވައެވެ؟

މިފަދަ ފިކުރުތަކެއްގައި ހުރެ އަހަރެން ގެއަށް އައީމެވެ.ގެއަށްއައިސް ކޮޓަރިއަށްވަދެ ފެންވަރާލާ ހެނދުނުގެ ޛިކުރުކޮށްލުމަށްފަހު އަހަރެން ނިކުތީ ގޭތެރޭގެ މަސައްކަތުގައި ދައްތައަށް އެހީވުމަށެވެ.އުމުރުން 21 އަހަރުފުރިގެންދިޔައީ ދައްތަގެ ބެލުމުގެ ދަށުގައިހުރެގެންނެވެ.އަހަރެން ވަރަށް ކުޑައިރު މަންމަ ނިޔާވުމާއެކު އަހަރެންގެ ހުރިހާ ކަމަކާ  ހަވާލުވީ އަހަރެންގެ އެއްބަނޑު ދައްތައެވެ.މިއަދު އަހަރެންގެ މަންމައެެއްގެ މަޤާމުގައިވެސް ހުރިމީހަކީ ޚުދު އެދައްތަ އެވެ.ވީއިރު އެދައްތަ ލަދުގަންނާނެފަދަ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ.

Share Article

Follow Me Written By

Lam lamha

Level 1

Other Articles

Previous

ނޭދެން ވަކިވާކަށް (ސާދަވަނަބައި)

Next

ހިތް ރޮއްވާލާފާ ތިޔަ ދިޔަައީީ ދުރަށް

Next
October 26, 2018

ހިތް ރޮއްވާލާފާ ތިޔަ ދިޔަައީީ ދުރަށް

Previews
October 26, 2018

ނޭދެން ވަކިވާކަށް (ސާދަވަނަބައި)

6 Comments!

  1. Anonymous says:
    October 26, 2018 at 3:27 pm

    Maa sha Allah.. Vrh furihama.. Next part kon irakun ????

  2. Eenash says:
    October 26, 2018 at 4:19 pm

    Waiting for thext part, curiously ????

  3. Queen Dandelion says:
    October 26, 2018 at 5:13 pm

    U know..I also wrote hama mi name kiyaa stry eh..heheh..keep it up

  4. Shaya says:
    October 26, 2018 at 5:14 pm

    V v v reethi..whn nxt part

  5. Shaiii says:
    October 26, 2018 at 5:52 pm

    Next part dhigukohlahchey

  6. Lam lamha says:
    October 27, 2018 at 1:33 am

    THANKS FOR THE SUPPORT ALL THIS IS MY FIRST TYM I WROTE A STORY INSHA ALLAH NEXTYM IT WILL BE MUCH BETTER??

Comments are closed.



All Right Reserved!