Skip to content
އެސްފިޔަ

ކެތްކުރީމޭ!! 3ވަނަ ބައި

އަވަސްވެފައިވާ ހިތަކާއި އެކު މެސެޖު ހުޅުވާލި ވިޝްނާގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވި އެވެ. މަޑު މުށިކުލަ އަކަށް ދާ ޝޯލްއަކުން ނިވާކޮށްފައިވާއިރު އެ ލޯބި މޫނާއި ވަރަށް ގުޅެ އެވެ. ނަމަވެސް އެމޫނުމަތިން މިހާރު ފެންނަމުން އެދަނީ ފޫހިކަމާއި މާޔޫސްކަމެވެ. މިހުރިހާ ކަމެއްގެ އަސްލަކީ ދެންމެ އޭނާއަށް ލިބުނު މެސެޖެވެ.
ލިބުނު ޚަބަރުން ފޯނުން ނަޒަރު ވަކިކޮށްލަން ހަނދާންނެތިފައި އިންދައި އެހެން މެސެޖެއް އައެވެ. ފޫހިވެފައި އިން ނަމަވެސް މިފަހަރުގެ މެސެޖު ހުޅުވާލުމުން ކުރިން ހުރި ނުތަނަވަސްކަން ފިލާ ތުންފަތަށް ހިނިތުންވުމެއް ގެނަ އެވެ. ނަމަވެސް ވިޝްނާ އާއި ކާވެނި ކުރުމަށް އޭނާގެ އާއިލާ މީހުން ހަމަޖައްސައިފާވާ އަފްސަލް ކުރި މެސެޖު ސިކުނޑީގެ ކަނަކުން އިންޒާރުކުރި އެވެ.
ހަދާނެ ގޮތެއް ނޭނގިފައި އިން ވިޝްނާ އޭނާގެ ބައްޕަ ގޮވާލުމުން ކާރުން ފައިބި އެވެ. ކަންދިމާކުރިގޮތުން ވިޝްނާ މެެން އައި ކާރު މަޑުކޮށްލެވުނު ގަޑިއަކީ ނުމާލް ވެސް ސައިކަލުގައި އައިސް އެތަނަށް މަޑުުކޮށްލެވުނު ވަގުތެވެ. ކަނޑުފެހި ކުލައިގެ ރޮނގުދަމާފައިވާ ގަދަ ނޫކުލައިގެ ޓީޝާޓު ވަނީ ނުމާލްގެ ކަސްރަތީ ހަށިގަނޑުގައި ހިފައިލާފަ އެވެ. ކަޅުކުލައިގެ ޖީންސެއް އެއާ އެކު ލާފައިވުމުން އިތުރަށް ނުމާލް ފުރިހަމަކަމަށް ދައްކަ އެވެ. ވިޝްނާގެ ހިތް އޮބިނޯންނަ ވަރަށް ނުމާލް އަށް ބަލަން ބޭނުންވިއަސް އެކަން ކުރާކަށް ނުކެރުނެވެ. ހިތާހިތުން ނުމާލްގެ އެ ރީތި ކަމަށް ތަޢުރީފު ކުރެވުނުއިރު އެހެންމީހުންގެ އެސްފީނާއިން ސަލާމަތް ކޮށްދެއްވުމަށްވެސް އެދެވުނެވެ. ނުމާލް އަށްވެސް ވިޝްނާގެ މައުސޫމް ސޫރަފެނުމުން ހުއްޓެވުނު ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިތުގެ މައްޗައް ވިސްނުމުގެ ބާރު ފޯރުވި އެވެ.
ނުމާލް އަވަސްވެގަތީ ވިޝްނާގެ ބައްޕަ އާ ބައްދަލު ކުރުމަށެވެ.
ސައިކަލު ޕާކު ކޮށްލައިފައި “ނޯތު ހާބަރު” ގެ ގޭޓުން ވަދެގެން ދިޔަ ނުމާލް ބެލީ އަވަސް ފިޔަވަޅުތަކުގައި ގޮސް ވިޝްނާ މެންމާއި އަރާ ހަމަކުރުމެވެ. ނަމަވެސް އެކަމަށް ހުރަސްއެޅީ އެހިސާބުން ވިޝްނާ މެންނާއި އަރާ ހަމަކުރި އެހެން ފިރިހެނެކެވެ. މި މަންޒަރު ފެނުނު ނުމާލް އަށް ހީވީ އޭނާގެ ހިތުގައި މީހަކު ބާރަށް ވިކައިގެން ހެންނެވެ. ހަމަ އެހިނދު ވިޝްނާވެސް ފަހަތަށް އެބުރި ނުމާލް އަށް ބަލާލި އެވެ. އެ ބެލުމުން ނިމާލް އަށް ހީވީ އެތައްހާސް ވާހަކަ އެއް ވިޝްނާ އޭނާ ގާތު ބުނެލި ހެންނެވެ. މިލާ މޯޅި ވެފައިވާ މޫނުން ވިޝްނާ އެދި ގޮވީ އޭނާ ސަލާމަތް ކޮށްދިނުމަށެވެ. ނަމަވެސް އިތުރަށް ކުރިއަށް ހިނގާވެސް ނުގަނެވިފައި ނުމާލްއަށް ހުރެވުނީ އެވެ. އޭނާ މިއަދު ނިންމައިގެން ހުރީ ވިޝްނާގެ ބައްޕަ ގެ ހާޟިރުގަ ވިޝްނާގެ ކައިވެންޏަށް އެދުމަށެވެ. ނަމަވެސް ތަޤުދީރު މިކުޅުނީ ކޮންފަދަ ސަމާސާ އެއް ހެއްޔެވެ.
އުތުރުގެ ރަށެއްކަމަށްވާ ށ. ފޯކައިދޫ އަށް އުފަން ވިޝްނާ އިނީ އަމިއްލަ ރަށަށް ދިއުމަށްޓަކައި “އޯކިޑް” ނަމަކަށް ކިޔާ ބޮޑު ބޯޓެއްގަ އެވެ. ޑެކުއަޅައި ދެބަޔަކަށް ހަދައިފއިވާ އެބޯޓުގައި އެތައްބަޔަކު ޖާގަ ނުލިބިފައިވެސް ތިއްބެވެ. ބޯޓުގެ މަތީބައިގެ ކުޑަ ތަންކޮޅަކު އިށީންދެލައިގެން އިން ވިޝްނާގެ ހިތައް އަދިވެސް ސިފަކުރެވެނީ ދެންމެ ވީ ކަންތައްތަކެވެ. އެހާ އުއްމީދާއެކު ނުމާލް އައި ނަމަވެސް އޭނާގެ ސަބަބުން ނުމާލް ކުރިމަތި މިލާންޖެހުނީ ކޮންފަދަ ނާކާމިޔާބީއަކާ ހެއްޔެވެ؟ އޭނާ އަށް އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނީ އަމިއްލަ ބައްޕަ ނުހުއްޓެވުމުންނެވެ. ނުމާލްގެ ދެލޮލަށް ވެރިވެގެން ކަރުނަތައް ހިފެއްޓުމެއްނެތި އޮހިގެންފާނެ ފަދަ އިހުސާސް ވިޝްނާ އަށް ކުރެވުނެވެ.
ނުމާލްގެ އެ ސޫރަ ދެކިލުމަށް ހިތްއެދި ގޮވާވަރުން، ބޯޓު ނައްޓާލުމާއެކު ބޭރަށް ނުކުތީ އެއްވެސް އުއްމީދެއް ނެތި އެވެ. ނަމަވެސް އޭނާ ހީކުރި ގޮތާ ޚިލާފަށް ނުމާލް އަދިވެސް އެތާ އެބަހުއްޓެވެ. މިކަމުގެ ސަބަބުން ވިޝްނާގެ ފެޅިފައިވާ ހިތް ހީވީ ކުދި ކުދި ވީ ހެންނެވެ. ނުމާލްފަދަ އެކަނިވެރިއަކަށް އޭނާ އަށް ދެވެނީ އަނިޔާ އެކޭ ހިތައް އެރި އެވެ.
އެކިއެކި ޙިޔާލްތަކުން ސިކުނޑި ފުނިޖެހިފައިހުރި ނުމާލް ހުރީ ވިޝްނާ ފެންނާނެކަމަށް ހީކޮށް މަޑުކޮށްގެންނެވެ. ނަމަވެސް، ބޯޓު ނައްޓާލުމުން އޭނާއަށް ކުރެވުނީ ކުށްހީއެއްހެން ހީވި އެވެ. އެހެންކަމުން، މަޑުމަޑުން ހިނގައިގަންނަން އުޅުން ނުމާލްގެ ދެފައި ހަރަކާތްކުރުން ހުއްޓާލްވުނީ އެވަގުތު ނުކުތް އޭނާގެ ހިތުގެ ރާޖާ ފެނުމުންނެވެ. ދެމީހުންގެ ނަޒަރު ބައްދަލުވި ހިނދު ދެމީހުންނަށްވެސް އެކަކު އަނެކަކަށް ބަލަންތިބެވުނެވެ. ލޮލާ ލޮލުން އެތައް ވާހަކަތަކެއް ބުނެދިނެވެ. ދެހިތްވެސް އެދި ގޮވަމުންދަނީ އެކަކުއަކެކަކުގެ ލޮއެއްބައް އެދިއެވެ. އަބަދުމެ އެކުއެކީ ދެމީހުންވުމަށެވެ. ވިޝްނާގެ ލޮލުން ކަރުނަތައް ފައިބަ ފައިބާ ހުއްޓެވެ. ފުސްވަމުން ފުސްވަމުން ގޮސް ނޫމާލްގެ ސޫރަ ވަކިނުވާވަރު ވީއިރުވެސް އެހުރިތާ ހުއަޓެވެ.
ނުމާލްގެ ހާލަކީ ތޯއެވެ. އަބަދުވެސް ހެނދުނު 6:30 ގައި ނާސްތާ ތައްޔާރުކުރަން އުޅޭ ނުމާލް މިއަދު އެހުރީ އާވާރާވެފައިވާ މީހަކުހެން ބަނދަރު ގައެވެ. ދާނެވަކި ދިމާލެއްނޭނގި ހުއްޓުން އަރާފަ އެވެ. އެހެންނަމަވެސް ހިތުގައިވި އުއްމީދުގެ ބައްތި ދިއްލާދިނީ އަޢުރާފް ސޫރަތުގެ 42 ވަނަ އާޔަތް ހިތައް އައުމުންނެވެ. އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް ނޫނީ ތަކްލީފެއް ނުޖައްސަވާނެކަން ﷲ އަންގަވާފައި ވެއެވެ. އަދި އެކަމެއްގެ ނިމުން ކެތްތެރިންނަށް ފޮނިވެގެންދާނެ އެވެ. އެހެނީ ކެތްތެރިންނަކީ ﷲ ލޯބިވޮޑިގެންވާ ބަޔަކަށް ވުމެވެ.
މިހެން ހިތައްއެރުމާއި އެކު ނުމާލް އަށް ހިނިތުންވެލެވުނީ އަހަރެމެންނަށް އޯގާވެރި ކަލާނގެ ހަނދުމަވުމުންނެވެ. އަދި ފޯން ނަގައި ވިޝްނާއަށް މެސެޖު ކޮށްލީ އެއާޔަތް ހަނދުމަ ކޮށްދިނުމަށެވެ. ނަމަވެސް ވިޝްނާ އަށް މެސެޖު އައުމުން އެބަލާނެ ވަގުތެއް ނުލިބުނެވެ. ނުމާލް މެސެޖު ކުރީއޭ ހިތައްއެރި ނަމަވެސް އެ ބެލުމަށް މިފަހަރުވެސް ހުރަސް އެޅީ އަފްސަލް އެވެ.

(ނުނިމޭ)

Comments (8)

  1. Husnuheena

    Vvv reethi. Heevany asleh hen. Dhen kihineh vaany. N koniraku anebai

    1. HaNiM
      Husnuheena

      Jazakillah khairan. Anehbai maa gina dhuvaheh nuvane in sha allah. Dhen hingaa dhw balama ebaiga vaa goi

  2. Suha

    wow varah furihama

    1. HaNiM
      Suha

      Thank you suha?

  3. Eym

    Seriously its nice but dhen v odd

    1. HaNiM
      Eym

      Thank you Eym for the comment. Can you mention how can i make this good for you

  4. Niu

    Ibratheh hen heevany…. reethi v…. ?

    1. HaNiM
      Niu

      In sha allah in the end you ll get a beautiful messge. Jazakillah Khairan ?

Comments are closed.