Skip to content
އެސްފިޔަ

ވާލޯބިންނޭ ދީވާނާ ވަނީ -1

އޮމާންކޮށް އޮތް ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗެއް ރަށުގެ ބަނދަރާ ކައިރިކޮށްފިއެވެ. އެވަގުތު އެ ލާންޗުންފޭބީ ޒުވާން ފިރެހެން ކުއްޖެކެވެ. އިސްކޮޅުން ދިގު، ބާމަތިފުޅާ ޒުވާނެކެވެ. މާ ދިގު ނޫން ފަން އިސްތަށިގަނޑު ވަނީ ރީތިކޮށް ސަޓައިލް ކޮށްލާފައެވެ. އޭނާ ލާފައިވާ ބްރޭންޑެޑް ގަމީހާއި ސްކީނީ ޖީންސް، އޭނާއަށް ލިބިފައިވާ މާ ދޮން ނޫން ހަމުގެ ކުލަޔާ ނުހަނު ގުޅެއެވެ. ލޮލުގައި އަޅާފައިވާ ރޭބަން އަވިއައިނު ނެގުމަށް ފަހު، ނޫ ކުލައިގެ ލެންސް ލައްވާފައިވާ އެ ރީތި ދެލޯ މާހައުލުގެ ތެރެއަށް ހުޅުވާލިއެވެ. ވަށައިގެން ވަނީ ހިތްގައިމު އަމާން މާހައުލެކެވެ. ފެންނަމުންދަނީ އެކުވެރިކަމާއި، އޯގާތެރިކަމުގެ މިސާލެއްނެތްފަދަ މަންޒަރުތަކެކެވެ. ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތު ކަމުން ގިނަ އަދަދެއްގެ ބަޔަކު އަތިރިމަތީގައި އުޅޭތަން ފެނެއެވެ. ހިތްގައިމު މަޑުމަޑު ފިނި ވައިރޯޅިތައް ޖެހެމުންދާއިރު ހޮޅުއަށިތަކުގައި މުސްކުޅިފުރައިގެ މީހުން ތަފާތު މައުލޫތަކަށް ބަހުސްކުރަމުންދެއެވެ. އުނދޯއްޔާއި، މަސްފެންގަނޑާއި، ދޫނިކޮށިތަކުން ފަޅުފިލުވާލާފައިވާ ހިތަގައިމު ޕާކުގައި ކުދިންތައް ކުޅެ، މަޖާކުރަމުންދާއިރު އެ މަންޒަރު ބަލަންތިބޭ މީހުނަށްވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ.
ކުއްލިއަކަށް އެއްލި ކަޅިއަކުން ތަންކޮޅެއް ދުރުގައި ހުރި ޖޯއްޔެއްގައި އިން ޒުވާން އަންހެން ކުއްޖެއް ފެނުނެވެ. އެ ޒުވާނަ އިން ގޮތުން ކޮންމެވެސް ބޮޑު ޙިޔާލެއްގެ ތެރެއަށް ގެއްލިފައި އިންކަން ހާމަވެއެވެ. އެ ފިރެހެން ކުއްޖާގެ މިސްރާބު އެ އަންހެން ކުއަޖާއަށް އަމާޒުވިއެވެ. މަޑު ހިނގުމެއްގައި ގޮސް އެ އަންހެން ކުއްޖާއާއި އަރާ ހަމަވުމުން އިސްލަމީ ރިވެތި ސަލާމުން ސަލާމް ގޮވަލިއެވެ.

“އައްސަލާމް ޢަލައިކުމް.. އައި އޭމް ޒަކްވާން..” އެ ޒުވާނާ އަމިއްލައަށް ތައާރަފް ވެލިއެވެ. އެ ވަގުތު އެ އަންހެން ކުއްޖާ ސިހިފައި ބަލާލިއެވެ. ސުވާލުގެ ނަޒަރަކުން ޒަކްވާންއަށް ބަލަން ހުރުމަށްފަހު ސަލާމަށް ދިއްކޮށްފައިވާ އަތަށް ބަަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ. އަދި އެ އަތުގައި ހިފުމުގެ ބަދަލުގައި އިސްޖަހާލިއެވެ.

” ވައަލައިކުމް ސަލާމް..” އިސްޖަހައިގެން އެ އިންގޮތަށް އިނދެ އެ އަންހެންކުއްޖާ ޖަވާބު ދިނެވެ.

“ނަމެއް ނުބުނާނަންތަ؟؟؟..” ދެވަނަ ފަހަރަށްވެސް އެ ރީތި އޮމާން އަޑު އަހާލުމުގެ ޝައުގުވެރިކަން އުފެދުމުން ޒަކްވާން ނަން އަހައިލިއެވެ.

“މައުރިން..” އެ އަންހެން ކުއްޖާ އޭނާގެ ނަން ބުނެލުމަށްފަހު އަނެއްކާވެސް އިސްޖަހައިލީއެވެ.

“މައުރިން…” ޒަކްވާން މަޑުމަޑުން އެނަން ކިޔައިލިއެވެ. މައުރިން އިންތަނުން ތެދުވެ ގެއާދިމާއަށް ހިނގައިގަތެވެ. ނަމަވެސް ފަސްއެނބުރި ބަލައިލީ ޒަކްވާން އޭނާއަށް ގޮވައިލުމުންނެވެ.

“އަމްމް……. އިފް ޔޫ ޑޯންޓް މައިންޑް، އަހަރެންނަށް ކުޑަ ހެލްޕެއް ވެދީފާނަންތަ؟؟؟ ޝައިމް ކިޔާ ކުއްޖެއް ދަންނަންތަ؟؟..” ޒަކްވާން ދެޖީބަށް އަތް ޖަހާލަމުން ސުވާލު ކޮށްލިއެވެ.

“ހުމްމްމް … ދަންނަން.. އަނެއްކާ ކިހިނެއްވީ؟؟؟” ޒަކްވާންގެ ސުވާލަށް ޖަވާބުދެމުން، މައުރިން ވެސް ކޮށްލީ ސުވާލެކެވެ.

” މާ ބޮޑު ކަމެއްވީކީ ނޫން.. އަސްލު ހީ އިޒް ވަންއޮފް މައި ކްލާސް ބަޑީ.. މި ބުނީ ކުރީގަ.. ދެން އަބަދުވެސް ބުނާނެ މި ރަށަށް އާދެބަލާށޭ… ސޯ އައި ވޮނަ ގިވް ހިމް އަ ސަޕްރައިޒް… އެހެންވެ ނުބުނެ މި އައީވެސް.. އެ ގެއަށް ގެންގޮސްދީފާނަންތަ؟؟؟” ޒަކްވާން ހިނިތުންވެލިއެވެ. މައުރިން ބޮލުގެ އިޝާރާތުން އާއެކޭ ބުނުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ. ޒަކްވާންވެސް މައުރިން އާއި އެއްވަރަށް ހިނގަމުންދިޔައިރު، ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެންމެފަހުން މި ހިމޭންކަން ފޫދުއްވާލީ ޒަކްވާންއެވެ.

” މީ ހާދަ ރީތި ރަށެކޭ ދޯ؟.. އަހަރެން ދުވަހަކުވެސް އަދި މިހާރީތި ރަށަކަށް ނާންނަން… މިހާރު އެބަ ހިތަށް އަރާ ތަންކޮޅެއް ކުރިން މި ރަށަށް އާދެވުނުނަމައޭ.” މަޑުމަޑުން ހިނގަމުން ޒަކްވާން ވާހަކަދެއްކިއެވެ. މައުރިން ހަމަ އެކަނި ހިނިތުންވެލީއެވެ. ނަމަވެސް ޒަކްވާން ހުރީ މައުރިން އާއި ވާހަކަ ދައްކަން ބޭނުންވެފައެވެ.

” މި ރަށުގަ އުޅޭ ހުރިހާކުދިންވެސް ހަމަ ތިހާ ރީތިވާނެ ބާއޭ އަހަރެން ހިތަށްއަރާ. ގައިމު ވެސް އަހަރެންނަށް އަދިކިރިޔާ ތިވަރުގެ ކުއްޖަކާ މި ދިމާވީ..” މިފަަހަރު ޒަކްވާން ވާހަކ ދެއްކީ ވަރަށް މަޑުންނެވެ.

” ކިކޭ؟؟؟..” ޒަކްވާން ބުނިއެއްޗެއް ސާފުނުވުމުން މައުރިން އަހާލިއެވެ.

” މްމްމް…. އެއްޗެކޭ ނުބުނަން..” ހީލާފައި ޒަކްވާން ބުންޏެވެ.
ޒަކްވާން މިހެން ބުނިތަނާ އެ މަގުގެ މެދެއްހާ ހިސާބުގައި ހުުރި ގެއެއްގެ ކުރިމަތީ މައުރިން މަޑުކޮށްލިއެވެ.

” މީ ޝައިމް މެން ގެ… އާދޭ އެތެރެއަށް…” މައުރިން މިހެން ބުނުމަށްފަހު އެ މުށި ކުލައިގެ ދޮރާށި ހުޅުވަލުމަށްފަހު އެ ގެއަށް ވަނެވެ. ފަހަތުން ޒަކްވާން ވެސް ވަނެވެ. އެ ގޯތި ތެރެ ފެނުނު ހިނދު ޒަކްވާން އަށް ހަށި ފުރާ ނޭވާއެއް ލެވުނެވެ. ވަށައިގެން ފެންނަން އޮތް މާމެލާމެލީގެ ބަގީޗާ ފެނުމުން ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ.
މައުރިން ގޮސް އެގޭ ދޮރު ހުޅުވާލަފައި އެތެރެއަށް ވެނެވެ. ޒަކްވާން ގޭ ތެރެއަށް ނުވަދެ ގޯތިތެރޭގައި މަޑުކޮށްލީއެވެ. ކޮޓަރިން ނިކުތް ޝައިމް އަށް މައުރިން ފެނުމުން ހިނިތުންވެލިއެވެ. އޭރު އަދި އޭނަ އަށް ޒަކްވާން އެއް ނުފެނެއެވެ.

” ހޭއި މައު… މިއަދު އަތިރިއަށް ނުދާ ދުވަހަކީތަ؟؟؟ ކަމަކުތަ ތި އައީ؟؟..” ޝައިމް ވާހަކަ ދައްކަމުން އައިސް މައުރިން ގާތު މަޑުކޮށްލިއެވެ.

” ނޫން… މި …..” މައުރިން އަށް ބުނެވުނީ އެ ހިސާބަށެވެ. މީހަކު
‘ ސަޕްރައިޒް ‘ އޭ ކިޔާ ހަޅޭލަވައިގަތް އަޑަށް ސިހިފައި ދޮރާ ދިމާއަށް ބަލައިލިއިރު ނިކަން ހިނިއައިސްފައި އެތާ ހުރީ ޒަކްވާންއެވެ. ޝައިމް ހައިރާން ވި ވަރުން އަނގަވެސް ހުޅުވުނެވެ. މިތަންފެނި މައުރިން އާއި ޒަކްވާންއަށް ހިނިގަނޑު ނުހިފެއްޓުނެވެ.

” ބޮރޯ… ތި އަނގަ ލައްޕާފަ އާދެބަލަ.. މީ މަށޭ..” ޒަކްވާން ހެމުން ވާހަކަ ދެއްކިއެވެ. ޝައިމް އަށް ހޭވެރިކަން ވީ ދެނެވެ. ދުވެފައި ގޮސް ޒަކްވާންގެ ކޮނޑުގައި ބޮނޑިއެއް އެޅުމަށް ފަހު ބައްދައިގަތެވެ.

” އަންގާވެސް ނުލާ… ތީ ކޮންކަހަލަ މީހެއް..” ޝައިމްގެ އަޑުގައި ވަނީ އުފާވެރިކަމެވެ.

“އަންގާނުލާ އައިމަ މާ މަޖަލެއްނު… މަ ފެނުނީމަ ތި ހުރީ އަނގަ ހުޅުވިގޮތަށް ލައްޕަން ނޭނގިފަ… އަހަރެން އަންނަކަން ކުރިން އިނގުނު ނަމަ އެ މަންޒަރެއް ނުފެނުނީހެއްނު..” ޒަކްވާން ވެސް ހުރީ ހަމަ އެހާ އުފާ ވެފައެވެ. މި ދެ އެކުވެރިންގެ ސަކަރާތް ބަލަން މައުރިން ދުރުގައި ހިނިތުންވެލައިގެން ހުއްޓެވެ.

” ކިހިނެއް މައު އާ ޒެކް އާ ދިމާވީ؟؟؟..” ޝައިމް މައުރިން ގާތު އަހާލިއެވެ. މައުރިން ސޯފާގައި އިށީނުމަށް ފަހު ޒަކްވާން އާއި ދިމާވި ގޮތް ކިޔައިދިނެވެ.

” ޔާ، އެ ބުނީ ތެދެއް.. މަގޭ ނަސީބު މައުރިން އެތާ އިންކަން… ” ޒަކްވާން، މައުރިން އަށް ބަލާލަމުން ވާހަކަދެއްކިއެވެ. ތިން ޒުވާނުން ތަފާތު ވާހަކަތަކުގައި ތިއްބާ އިވުނީ އިރުއޮއްސި ބަންގި ގޮވާ އަޑެވެ.

” އެ ގޮވީ ބަންގި.. ޝައިމް.. އަހަރެން ދެން ދަނީ އިނގޭ.. މާދަން އަންނާނަން…” މައުރިން މިހެން ބުނުމަށްފަހު ދާން ހިނގައިގަތުމުން ޒަކްވާން އޭނާ އަށް ގޮވާލިއެވެ.

” މައުރިން އެކަނިތަ ދަނީ؟؟؟ މަށާ ޝައިމް އާ ގޮސްދާނަން މައުރިން ގެއަށް ލައިދޭން.. ދޯ ޝައިމް؟؟؟..” ޒަކްވާން މިހެން ބުނުމުން ޝައިމް ވަރަށް ބާރަށް ހޭންފެށިއެވެ. މައުރިން ގަތަށް ވެސް ހިނިއައެވެ.

” ޒެކް… އިނގޭތަ މައު މެން ގެ އިންނަތަން؟؟ މިގޭ ކުރިމަތީ އެހުރީ މައު މެން ގެ… ދެން ޒެކް ތިހާ ކަންބޮޑުވަންޏާ ދޭ މައު ފަހަތުން، އޭނަ ގެ އަށް ލައިދޭން…” ޝައިމް ހެމުން ވާހަކަދެއްކިއެވެ. ޒަކްވާން ރަކި ހުނުމަކާއިއެކު ބޯ ކަހާލިއެެވެ.

” މަލާމަތް ކުރާނެކަމެއް ނެތް.. އަހަރެން އަދި އަލަށޭ މި ރަށަށް މި އައީ… ދެން މި ރަށުގަ އުޅޭ މީހުންގެ ގޭގެއެއް ނޭނގޭނެ އެއްނު.. ދޯ މައުރިން..” ޒަކްވާން މިހެން ބުނުމުން މައުރިން ހިނިތުންވެލާފައި ނިކުމެގެން ހިނގައްޖެއެވެ. މައުރިން ދިއުމުން ޒަކްވާން އާއި ޝައިމް ވެސް ކޮޓަރިއަށް ވަނެވެ.
(ނުނިމޭ)

Comments (14)

  1. Queen Dandelion

    Woah??first prt aa balaafa vrh rythi masha allah??nxt prt avahah up kohdheeba..??heheh..???..ly dear??❤❤???

    1. Ithoo♥️
      Queen Dandelion

      Alheyy…??? Thank you so much dear.♥️♥️♥️ Vvvv happy vejje mi comment kiyaalaafa.??? Next part mihaaru submit kollaafa innaany..??? Hope you will like that part too..??? Ly dear?♥️

  2. Ithoo♥️

    Salaam everyone..♥️♥️♥️ kurin ves buneli gothah mee ithoo liyaa furathama dhigu vaahaka… mee than kolheh kurin liyan fashaafa in story eh veema kudhi kudhi mistakes huredhaane… So please point out the mistakes so I can improve… I hope hurihaa readers ge surpport libeyne kamah… And yes… Both positive and negative comments are really important for me… I will try my best to upload at least one part each and everyday… I love you guys so much…???? Enjoy the story..???

  3. Aish

    V reethi… waiting for the next part please upload kodathi vaahaka nimeden..

    1. Ithoo♥️
      Aish

      Thank you Aish..♥️♥️♥️ Next part Insha Allah mirey next part submit kollaanan…???❣️❣️❣️ Yes.. Kameh dhimaa vanyaa Insha Allah vaahaka nimendhn up kohdheynan..??? Thanks for the support…??

    2. Ithoo♥️
      Aish

      Kameh dhimaa nuvanyaa ***

  4. Stry Kiyaa Man

    Masha allah v furihama..
    Ekam thankolheh kury mi part .next part inn feshigen dhigukoh genass dheyne kamah ummeedh kuran….N
    Kondhuvass thakuga stry upload kurany….
    Keep it up..
    Waiting 4 next part .
    -salaam-?????

    1. Ithoo♥️
      Stry Kiyaa Man

      Salaam✨
      Al-hamdhillah…♥️ Thank you so much dear…??? Next part thah dhigu kolladheynan❣️❣️❣️ Insha Allah komme dhuvahaku ves 1 part up kollaanan…???? keep waiting…??

  5. Shaya

    Salhi ey vaahaka ??

    1. Ithoo♥️
      Shaya

      Thank you so much Shaya♥️♥️♥️

  6. Sis

    Nice introduction…. ❤️….. Waiting for the next part…

    1. Ithoo♥️
      Sis

      Thank you so much..♥️♥️♥️ Next part Insha Allah tomorrow ah up vaane..??? Keep waiting..???

  7. mai

    hahaha…zek v kada vaane…stry v rythi

    1. Malak ♥️
      mai

      Thank you so much dear..♥️♥️♥️ Hehehe… let’s see dhw… varah happy vejje story kiyaalaafa comment eh kolleema…???

Comments are closed.