ވާލޯބިންނޭ ދީވާނާ ވަނީ (ފެށުން)
އޮމާންކޮށް އޮތް ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗެއް ރަށުގެ ބަނދަރާ ކައިރިކޮށްފިއެވެ. އެ ވަގުތު އެ ލާންޗުން ފޭބީ ޒުވާން ފިރިހެން ކުއްޖެކެވެ. އިސްކޮޅުން ދިގު ބާމަތި ފުޅާ ޒުވާނެކެވެ. މާ ދިގުނޫން ފަން އިސްތަށިގަނޑު ވަނީ ރީތިކޮށް ސްޓައިލް ކޮށްލާފައެވެ. އޭނަ ލާފައިވާ ބްރޭންޑެޑް ގަމީހާއި ސްކިނީ ޖީންސް، އޭނާއަށް ލިބިފައިވާ މާ ދޮންނޫން ހަމުގެ ކުލަޔާ ނުހަނު ގުޅެއެވެ. ލޮލުގައި އަޅާފައިވާ ރޭބަން އަވިއައިނު ނެގުމަށްފަހު، އަޅި ކުލައިގެ ލެންސް ލައްވާފައިވާ އެރީތި ދެލޯ މާހައުލުގެ ތެރެއަށް ހުޅުވާލިއެވެ. ވަށައިގެން ވަނީ ހިތްގައިމު އަމާން މާހައުލެކެވެ. ފެންނަމުން ދަނީ އެކުވެރިކަމާއި،
އޯގާތެރިކަމާއި، އެއްބައިވަންތަކަމުގެ މިސާލެއް ނެތްފަދަ މަންޒަރުތަކެކެވެ. ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތުކަމުން ގިނައަދަދެއްގެ ބަޔަކު އަތިރިމަތީގައި އުޅޭތަން ފެނެއެވެ. ހިތްގައިމު މަޑު މަޑު ފިނި ވައިރޯޅިތައް ޖެހެމުންދާއިރު ހޮޅުއަށި ތަކުގައި މުސްކުޅިފުރައިގެ މީހުން ތަފާތު މައުލޫތަކަށް ބަހުސްކުރަމުން ދެއެވެ. އުނދޯއްޔާއި، މަސްފެންގަނޑާއި، ދޫނިކޮށިތަކުން ފަޅުފިލުވާލާފައިވާ ހިތްގައިމު ޕާކުގައި ކުދިންތައް ކުޅެ، މަޖާކުރަމުން ގެންދާއިރު އެ މަންޒަރު ބަލަން ތިބޭ މީހުނަށްވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ.
ކުއްލިއަކަށް އެއްލިކަޅިއަކުން ތަންކޮޅެއް ދުރުގައި ހުރި ޖޯއްޔެއްގައި އިން ޒުވާން އަންހެން ކުއްޖެއް ފެނުނެވެ. އެ ޒުވާނާ އިންގޮތުން ކޮންމެވެސް ބޮޑު ޙިޔާލެއްގެ ތެރެއަށް ގެއްލިފައި އިންކަން ހާމަވެއެވެ. އެ ފިރިހެން ކުއްޖާގެ މިސްރާބު އެ އަންހެން ކުއްޖާއާ ދިމާލަށް އަމާޒުވިއެވެ. މަޑުހިނގުމެއްގައި ގޮސް އެ އަންހެން ކުއްޖާއާއި އަރާ ހަމަވުމުން އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ.
“އައްސަލާމް ޢަލައިކުމް. އައި އޭމް ޒަކްވާން”.. އެ ފިރިހެން ކުއްޖާ އަމިއްލައަށް ތައާރަފް ވެލިއެވެ. އެވަގުތު އެ އަންހެން ކުއްޖާ ސިހިފައި ބަލައިލިއެވެ. ސުވާލުގެ ނަޒަރަކުން ޒަކްވާން އަށް ބަލަން ހުރުމަށްފަހު ސަލާމަށް ދިއްކޮށްފައިވާ އަތަށް ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ. އަދި އެ އަތުގައި ހިފުމުގެ ބަދަލުގައި އިސްޖަހައިލިއެވެ.
“ވައަލައިކުމް ސަލާމް.”… އިސްޖަހައިގެން އެ އިންގޮތަށް އިނދެ އެ އަންހެން ކުއްޖާ ޖަވާބުދިނެވެ. ޒަކްވާން އަތް ތިރިކޮށްލުމަށްފަހު ހިނިތުން ވެލިއެވެ.
“ނަމެއް ނުބުނާނަންތަ؟؟؟” ދެވަނަ ފަހަރަށްވެސް އެ ރީތި އޮމާން އަޑު އަހާލުމުގެ ޝައުގުވެރިކަން އުފެދުމުން ޒަކްވާން ނަން އަހައިލިއެވެ.
“ މައުރީން”… އެ އަންހެން ކުއްޖާ އޭނާގެ ނަން ބުނެލުމަށްފަހު އަނެއްކާވެސް އިސްޖަހައިލީއެވެ.
ނޯޓް: މި ވާހަކަ އަކީ އަޅުގަނޑު ލިޔާ ފުރަތަމަ ދިގު ވާހަކައެވެ. އަދި މިއީ އަޅުގަނޑުގެ އަމިއްލަ ހިޔާލުގެ މައްޗައް ބިނާކޮށް ލިޔާ ހިޔާލީ ވާހަކައެކެވެ. ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަ ކޮށްލަދިނުމަކީ އަޅުގަނޑަށް ލިބޭނެ ކުރިއެރުމެކެވެ. ހުރިހާ ކިޔުންތެރިންނަށްވެސް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
12 Comments!
Comments are closed.

wow finally ithoo dear ge aa vaahaka eh. vvv happy ithoo e story eh kan ehgunyma. mi story ves v reethi vaanekamah unmeedhu kuran
I’m new to this site. ?
ohh i thought loamerey hidhu heevey kalaa gaathugaa vaahen eh vaahakaige author ithoo kamah. ehenve excited vehfa hurivarun vaahakaige feshun kiyaaves nulaa comment kohly. unmeedhukuri ithooge story ah nuviyas mi story ge feshun v reethi. ibaaraaythah genesdhyfa huri goii v reethi, unmeedhukuran vaahakaige khaadhisaaves v unique vaanekamah.
Thank you so much. ♥️♥️♥️♥️ Insha Allah, Ithoo ah vee emme rangalhakah readers ah mi story genesdheveytho try kuraanan..????? vvvv happy vejje comment kollee a. ??? I hope kuriah oiy tha ves thi gothah supportive vaane kamah..??❣️?
All the best dear.
masha allah mi feshun v reethi
Thank you so much.♥️♥️♥️
Feshun v reethi ❤️❤️❤️??????… Interesting reethi Story akah vaane kamah ummeedhukuran ???… All the best dear ithoo ❤️❤️❤️??????…
Awwwn..??? One colorful comment.??? Thank you so much..♥️♥️♥️♥️ I will try my best..❣️❣️❣️ Insha Allah ✨✨✨
Ehaa reecheh noon.ekam ok
Thank you so much dear..♥️♥️♥️ It’s ok..?? eki meehunah reethi vaany eki story dhw..???? Vvv happy vejje feshun ves kiyaalaafa honest opinion eh dhinyma..???
Reethi feshun best of luck ????
Thank you so much♥️♥️♥️